Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުބީއެމްއެލް ބިޒްނަސް ސެންޓަރ

ބީއެމްއެލްގެ ބިޒްނަސް ސެންޓަރެއް އައްޑޫ ސިޓީގައި ގާއިމްކޮށްފި

12 ފެބުރުއަރީ 2019 | އަންގާރަ 12:07

އެކްސްޗޭންޖް ކައުންޓަރެއް ވެސް ވަނީ ގާއިމްކޮށްފައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 12 ފެބުރުއަރީ 2019 | އަންގާރަ 12:07
އައްޑޫގައި ހުޅުވި ބީއެމްއެލް ބިޒްނަސް ސެންޓަރ

އައްޑޫގައި ހުޅުވި ބީއެމްއެލް ބިޒްނަސް ސެންޓަރ

ބޭންކް އޮފް މޯލްޑިވްސްގެ ފުރަތަމަ ބިޒްނަސް ސެންޓަރ އްޑޫ ސިޓީގައި ހުޅުވައިފިއެވެ.

މިއީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ބިޒްނަސް ސެންޓަރުތަކުގެ ތެރެއިން ފުރަތަމަ ޚިދުމަތްދޭން ފެށި ސެންޓަރު ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މި ބިޒްނަސް ސެންޓަރުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކަނޑައަޅާފައިވާ ހާއްސަ ރިލޭޝަންޝިޕް މެނޭޖަރުން ތިބޭނެ ކަމަށާއި ވިޔަފާރިއާ ގުޅޭ ލަފާޔާއި އިރުޝާދު ދިނުމާއި ވިޔަފާރިތަކަށް އަމާޒުކޮށް ބޭންކުން ދޫކުރާ ލޯނާ ގުޅޭ މައުލޫމާތު ދިނުމާއި، ލޯނަށް އެދި ހުށަހެޅުމުގެ މަރުހަލާގައި އެހީތެރިކަން މި މުވައްޒަފުންގެ ފަރާތުން ލިބިގެންދާނެއެވެ.

ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކައިރި މުސްތަގްބަލެއްގައި މިފަދަ ސެންޓަރުތައް މާލެ، ހުޅުމާލެ އަދި ކުޅުދުއްފުށީގައި ހުޅުވިގެންދާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

އާދިއްތަ ދުވަހު ހިތަދޫގައި ބޭއްވި އައްޑޫ ބިޒްނަސް ސެންޓަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބޭންކް ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ އައްޑޫ ސިޓީއަކީ ރާއްޖޭގެ އިޤްތިޞާދުގެ މުހިންމު ދައުރެއް އަދާކުރާ ސިޓީއަކަށްވެފައި، އައްޑޫގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ބިޒްނަސް ސެންޓަރެއް ގާއިމްކުރެވިގެން ދިޔުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މި ސެންޓަރުގައި މަސައްކަތްކުރަމުންދާ ތަޖްރިބާކާރު މުވައްޒަފުންގެ ފަރާތުން ވިޔަފާރިތަކަށް އެންމެ އެކަށޭނެ މާލީ އެހީތެރިކަން ހޯދުމުގައި އެހީތެރިކަންފޯރުކޮށްދޭނެ ކަމަށްވެސް ނޫރައްދީން ވިދާޅުވިއެވެ.

އައްޑޫ ބިޒްނަސް ސެންޓަރ ހުޅުވުމުގެ އިތުރުން، އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ވަނީ ފަތުރުވެރިންނަށް ބޭރު ފައިސާ މާރުކުރުމަށްޓަކައި އެކްސްޗޭންޖް ކައުންޓަރެއް ވެސް ގާއިމްކޮށްފައެވެ. އިންޓަރނޭޝަނަލް ފްލައިޓް ގަޑިތަކުގައި މި ކައުންޓަރުގެ ހިދުމަތް ލިބެމުންދާނެއެވެ.

މުޅި ރާއްޖެ ޝާމިލްވާ ގޮތަށް ބްރާންޗް، ރިލޭޝަންޝިޕް މެނޭޖަރުން، ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، އޭޓީއެމް، ޕީއޯއެސް މަރޗަންޓުން އަދި 20 އަތޮޅުގައި އެޖެންޓުން ހިމެނޭ ބޭންކިންގ ވިއުގައެއްގައެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

05 މެއި 2017

ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގެ ޚިދުމަތް އިތުރަށް ފުޅާކޮށްފި

05 މެއި 2017
ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގެ ޚިދުމަތް އިތުރަށް ފުޅާކޮށްފި
27 އެޕްރީލު 2017

ހުޅުމާލޭގައި މުޅިން އައު އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފި

27 އެޕްރީލު 2017
ހުޅުމާލޭގައި މުޅިން އައު އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފި
17 އެޕްރީލު 2017

އައްޑޫ އިންވެސްޓާސް ފޯރަމް އޭޕްރިލް 22ގައި

17 އެޕްރީލު 2017
އައްޑޫ އިންވެސްޓާސް ފޯރަމް އޭޕްރިލް 22ގައި
30 މާރިޗު 2017

ލ. ގަމުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވައިފި

30 މާރިޗު 2017
ލ. ގަމުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވައިފި
28 ފެބުރުއަރީ 2017

އައްޑޫ އިންވެސްޓާސް ފޯރަމް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި

28 ފެބުރުއަރީ 2017
އައްޑޫ އިންވެސްޓާސް ފޯރަމް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
24 ފެބުރުއަރީ 2017

ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް

24 ފެބުރުއަރީ 2017
ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް
23 ފެބުރުއަރީ 2017

ހޯރަފުށްޓާއި އިހަވަންދޫގައި ބީއެމްއެލްގެ ބްރާންޗް ހުޅުވައިފި

23 ފެބުރުއަރީ 2017
ހޯރަފުށްޓާއި އިހަވަންދޫގައި ބީއެމްއެލްގެ ބްރާންޗް ހުޅުވައިފި
19 ފެބުރުއަރީ 2017

އައްޑޫގައި ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރެއް ހުޅުވައިފި

19 ފެބުރުއަރީ 2017
އައްޑޫގައި ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރެއް ހުޅުވައިފި
18 ފެބުރުއަރީ 2017

ބީއެމްއެލް އިން ޑޮލަރަށް ހާއްސަ އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފި

18 ފެބުރުއަރީ 2017
ބީއެމްއެލް އިން ޑޮލަރަށް ހާއްސަ އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފި
13 ފެބުރުއަރީ 2017

ބީއެމްއެލްގެ މުވައްޒަފުން ލޭ ހަދިޔާކޮށްފި

13 ފެބުރުއަރީ 2017
ބީއެމްއެލްގެ މުވައްޒަފުން ލޭ ހަދިޔާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް