Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހާމަކުރޭ ޕްރޮޓެސްޓް

މަޖިލިސް އިންތިޚާބުގެ ކުރިން މާލީ ބަޔާނާއި ކޮރަޕްޝަން ހާމަކުރުމަށް ކެންޕެއިނެއް!

12 ފެބުރުއަރީ 2019 | އަންގާރަ 08:23

ހިނގާލުން އޮތީ ހުކުރު ދުވަހުގެ ހަވީރު 4:00 ގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 12 ފެބުރުއަރީ 2019 | އަންގާރަ 08:23
ގާނޫނީ ވަކީލް ޝުނާނާ

ގާނޫނީ ވަކީލް ޝުނާނާ

އެޕްރީލް މަހުގެ 6 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކުރިން މަޖިލީހަށް ކުރިމަތިލާފައި ތިބި މެމްބަރުންނާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީގެ) ޚިޔާނާތުގައި ހިމެނޭ 155 މީހުންގެ ނަން ހާމަކުރުމަށް ބާރު އަޅާ "ހާމަކުރޭ" ގެ ނަމުގައި ހިނގާލުމެއް ބޭއްވުމަށް ނިންމައިފިއެވެ.

އެ ހިނގާލުން އިންތިޒާމުކުރުމުގައި އިސްކޮށް އުޅުއްވާ ވަކީލު މަރިޔަމް ޝުނާނާ ވިދާޅުވީ އަންނަ ހުކުރުދުވަހުގެ ހަވީރު 4:00 އިން ކާނިވާ ސަރަހައްދުން ފަށާ ހިނގާލުމުގައި ތިން ކަމަކަށް ގޮވާލާނެ ކަމަށެވެ. އެއީ މަޖިލީހަށް ކުރިމަތިލާ މީހުންގެ މާލީ ބަޔާން ހުށައެޅުމާއި އެމްއެމްޕީއާރުސީގެ ކަރަޕްޝަންގައި ހިމެނޭ މީހުންގެ ނަންތައް ހާމަކުރުމާއި އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީގެ) މެމްބަރުންގެ އިސްތިއުފާ ދެއްވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement
"އަޅުގަނޑުމެން ފޯކަސްކުރާނީ މައިގަނޑު ތިން ކަމަކަށް. އެއީ މަޖިލިސް މެމްބަރުންގެ ތެރޭގައި އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ފައިސާ ބޭނުން ކޮށްފައިވާ ފަރާތްތަކަށް ތިބި ކަމުގައިވާނަމަ އެނަންތައް ހާމަކޮށްދިނުމަށާއި މަޖިލިސް އިންތިޚާބުގެ ކުރިން ކުރިމަތިލާފައި ތިބި މެމްބަރުން މާލީ ބަޔާން ހުށަނާޅުއްވާތިބި ފަރާތްތަކުގެ މާލީ ބަޔާން ހުށައެޅުއްވުމަށާއި އޭސީސީގެ މެމްބަރުންގެ މައްސަލަ ބަލައި ދިނުމަށް. އެއީ ފާއިތުވި ފަސްއަހަރުގައި ކުރަންޖެހޭ މަސައްކަތްތައް ނުކޮށްތިބިކަން އެބަ އެނގޭ. އެއީ މިހާރު ހާމަވާ މައުލޫމާތުތަކަށް ބަލާއިރު،" ޝުނާނާ ވިދާޅުވިއެވެ.

އޭސީސީގެ ނާއިބު ރައީސް މުއައްވިޒް ރަޝީދު ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ 155 ބޭންކް އެކައުންޓަކަށް ޖަމާވިކަން ހާމަ ކުރައްވާފައެވެ.އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ހިޔާނާތުގެ ފައިސާގެ އަދަދު 1.4 ބިލިއަނަށް އަރައެވެ. ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެތައް ބިލިއަން ރުފިޔާއަކަށް ޚިޔާނާތްތެރިވެފައިވާއިރު، އަމިއްލަ އެކައުންޓްތަކަކަށް އެއް ބިލިއަން ރުފިޔާ ޖަމާކޮށްފައި ވެއެވެ.

"މަޖިލިސް އިންތިޚާބުގެ ކުރިން ބޭނުންވާނެ އެއީ ކޮން ބޭފުޅުންނެއްކަން އެނގެން. އޭރުން އެމީހަކަށް އެނގޭނީ އެމީހަކު ބޭނުންވާ މީހާއަށް ނުވަ ތަ ޗޫސް ކުރާނެ މީހަކު އެނގެން. ބައެއްބޭފުޅުންގެ ނަން ހާމަ ކުރައްވާ ބައެއް ބޭފުޅުންގެ ނަން ހާމަ ނުކުރައްވާ. އެހެންވީމަ ހާމަ ނުކުރައްވާ ބޭފުޅުންގެ ނަން ވެސް މިހާރު ހާމަ ކުރައްވާށޭ. ހާމަ ކުރެވެން ޖެހޭނެކަމަށް އަޅުގަނޑު ދެކެނީ. " ޝުނާނާ ވިދާޅުވިއެވެ.

ކަރަޕްޝަނުގެ ފައިސާ ވަދެފައިވާ އެކައުންޓުތަކުގެ ތަފްސީލު އާންމު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި އޭސީސީއަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ވެސް ދަނީ ގޮވާލަމުންނެވެ.

ޝުނާނާ ވަނީ ކަރަޕްޝަނާ ދެކޮޅަށް ބާއްވާ ހިނގާލުމުގައި ބައިވެރިވާ ފަރާތްތަކުން ކަޅާއި ހުދުގެ ހެދުން ލުމަށް އިލްތިމާސްކުރައްވާފައެވެ. އެ ދެ ކުލައަކީ "ނިއުޓްރަލް" އަދި އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ކުލައަކަށް ނުވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
02 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

02 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް