Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަޖިލިސް އިންތިޚާބު 2019

ޕްރައިމަރީގައި ބަލިވާ ކެންޑިޑޭޓުން އަށް އިންތިޚާބުގައި ވާދަކުރެވުން: ގާނޫނުއަސާސީއާ ހިލާފެއް ނޫން!

ޤާނޫނުއަސާސީގެ 2 ވަނަ ބާބުގައި ބަޔާންކޮށްފައިވާ އަސާސީ ޙައްޤެއް ހަނިކުރެވޭނޭ ގޮތް ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި އެބަ އޮތް

ރާއްޖެ އެމްވީ | 12 ފެބުރުއަރީ 2019 | އަންގާރަ 04:08
މަޖިލީހުގެ އިންތިޚާބުގެ އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރި ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މަޖިލީހުގެ އިންތިޚާބުގެ އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރި ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް މާއްދާއެއް އިތުރުކޮށް، ޕާޓީގެ ޕްރައިމަރީގައި ވާދަކުރާ ފަރާތްތަކަށް އެހެން އެއްވެސް ޙައިސިއްޔަތަކުން އެ އިންތިޚާބެއްގައި ބައިވެރިނުވެވޭނޭކަމަށް ހަމަޖައްސާފައެވެ. އެ މާއްދާގައި ބުނެފައި އޮންނަނީ އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް އޮތްކަމުގައިވީ ނަމަވެސް، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކޮށްފައިވާ މެންބަރަކު، ޤާނޫނުއަސާސީއިން ނުވަތަ ޤާނޫނަކުން ބާރުލިބިގެން ބާއްވާ އެއްވެސް އިންތިޚާބެއްގައި ސިޔާސީ ޕާޓީ ގެ ޓިކެޓް ހޯދުމަށް އެ ޕާޓީގެ ޕްރައިމަރީ ގައި ވާދަކޮށްފައިވާ މެންބަރަކު، އެ އިންތިޚާބެއްގައި އެހެން އެއްވެސް ހައިސިއްޔަތަކުން ވާދަކޮށްގެން ނުވާނެކަމަށެވެ. އަދި ޕްރައިމަރީގައި ބައިވެރިވެ ބަލިވުމަށްފަހު އެ އިންތިޚާބުގައި އެހެން ހައިސިއްޔަތަކުން ވާދަކުރުމަށް ހުށަހަޅާ މީހުންގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަންއިން ބާތިލުކުރަންވާނޭކަމަށްވެސް އެ މާއްދާގައި ބުނެފައި އޮވެއެވެ.

ޕްރައިމަރީގައި ވާދަކޮށް އިންތިޚާބު ކާމިޔާބުކުރާ ކެންޑިޑޭޓަށް މި މާއްދާ ވަރެއް ނޯވެއެވެ. ހަމަ އެގޮތަށް ޕްރައިމަރީގެ ނަތީޖާ އިޢުލާނުކުރާ ވަގުތުން ފެށިގެން، ބަލިވާ ކެންޑިޑޭޓުގެ ނަޒަރުގައި އެ މާއްދާ ޤާނޫނުއަސާސީއާ ޚިލާފުވެއެވެ. އަޅުގަނޑު ދެކޭ ގޮތަކީތޯއެވެ؟ އެގޮތް ދަންނަވާލުމުގެ ކުރިން އެނގެންޖެހޭ ޤާނޫނުގެ ބައެއް ޙަޤީޤަތްތައް އެބަހުއްޓެވެ. މި ނިންމީ ޚިޔާލު ފަސްކޮށްފައި ޙަޤީޤަތް އިސްކުރާށެވެ.

އިންތިޚާބުތަކުގައި ވާދަކުރުމަކީ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ އަސާސީ ޙައްޤެކެވެ. ޤާނޫނުއަސާސީގެ 2 ވަނަ ބާބު، ނުވަތަ 16 ވަނަ މާއްދާއިން ފެށިގެން 69 ވަނަ މާއްދާއާ ދެމެދު ބަޔާންކޮށްފައި އެހުރީ ޤާނޫނުއަސާސީގެ ތާސީރެވެ. ޤާނޫނުއަސާސީއޭ ކިޔުނު އެއްބަސްވުން ބިނާވަނީ އެ ބާބު ނެގެހެއްޓުމުގެ މައްޗަށެވެ. އެހެން މާއްދާތަކުގައި ހުރި އެންމެހައި އިންތިޒާމުތަކަކީ އެ ބާބުގެ ދަށުން ލިބިދެވޭ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި އެކުލަވާލެވިފައިވާ އިންތިޒާމެވެ.

ޤާނޫނުއަސާސީގެ 2 ވަނަ ބާބުގައި ބަޔާންކޮށްފައިވާ އަސާސީ ޙައްޤެއް ހަނިކުރެވޭނޭ ގޮތް ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި އެއޮތީ ބުނެދީފައެވެ. އެއީ ޤާނޫނުއަސާސީއާ ތަޢާރުޟުނުވާ ގޮތުގެ މަތީން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންނެވެ. އަދި އަސާސީ ޙައްޤެއް ހަނިކުރުމުގައި އެކަން ކުރަންވާނީ މިނިވަން، ދިމިޤްރާޠީ މުޖުތަމަޢުއެއްގައި އެފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނޭ މިންވަރަށެވެ.

އެގޮތަށް ހަނިކޮށްފައިހުރި ބައެއް ޙައްޤުތަކަށް ބަލާއިރު، އެއްވެ އުޅުމުގެ މިނިވަންކަމާއި، އިސްތިއުނާފްކުރުމުގެ ޙައްޤާއި، ދަތުރުފަތުރު ކުރުމުގެ މިނިވަންކަމާއި، އެފަދަ ކިތަންމެ ޙައްޤެއް ހިމެނެއެވެ. ޤާނޫނުއަސާސީގައި ބަޔާންކުރަނީ ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމެއްނެތި ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ ޙައްޤު ހަމަ ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށެވެ. އެއްވެ އުޅުމުގެ ޙައްޤު ލިބިދިނުމަށް ހަދާފައިވާ ޤާނޫނުގައި ވަނީ އެ ޙައްޤު ބޭނުންކުރެވޭނޭ ޙާލަތްތަކާއި، ކޮށްގެންނުވާނޭ ކަންކަމާއި، ޙައްޤު ބޭނުންކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭނޭ ކަންތައްތަކެއް ބަޔާންކޮށްފައެވެ. ހަމަ އެގޮތަށް، ކޯޓުތަކުން ނިންމާ ނިންމުންތައް އިސްތިއުނާފްކުރުމަށް ހުށަހެޅުމުގެ ޙައްޤު އެ މައްސަލައިގެ މަސްލަޙަތު ހިމެނޭ ހަމަ ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށް ކަނޑައަޅާފައިވާއިރު ޤާނޫނުގައި ވަނީ އެޙައްޤު ބޭނުންކުރުމަށް މުއްދަތުތަކެއް ކަނޑައަޅާފައެވެ. އަދި އެ މުއްދަތު ފަހަނައަޅައި ދިއުމުން ދެން އެ ޙައްޤުގެ ބޭނުންކުރެވޭކަށް ނޯވެއެވެ. ދަތުރުފަތުރުކުރުމުގެ ޙައްޤުވެސް އެފަދައެވެ. ދަތުރުފަތުރު ކުރުން މަނާކުރެވިދާނޭ ބައެއް ޙާލަތުތަކާއި، ދަތުރުކުރުމަށް ދައުލަތުން ބައެއް އިތުރު ހުއްދަތައް ހޯދުން ޤާނޫނުތަކުން ލާޒިމުކުރެއެވެ.

މިހުރީ ހައްތަހާވެސް އަސާސީ ޙައްޤުތައް ޤާނޫނުއަސާސީއާ އެއްގޮތަށް ހަނިކުރުމާއި، ޤައިދުކުރުމުގެ މިސާލުތަކެވެ. އަނެއްކާވެސް އިންތިޚާބުތަކުގައި ވާދަކުރުމުގެ ޙައްޤުގެ ވާހަކައެވެ. އެ ޙައްޤުވެސް ޤާނޫނަކުން ނިގުޅައިގަތީކީ ނޫނެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޤާނޫނަކުން ކުރިމަތިކުރުވީ ހަނިކުރުމެކެވެ. އެ ހަނިކުރުމަކީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކުރާފަދަ، މިނިވަން، ދިމިޤްރާޠީ މުޖުތަމަޢުއެއްގައި އެފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނޭ މިންވަރަށް ކޮށްފައިވާ ހަނިކުރުމެއްތޯ ބަލާއިރު، ތަހުޒީބުކަމަށް މިކިޔާ ޤައުމުތަކުގައިވެސް އެފަދަ ޤާނޫނުތައް އެބަހުއްޓެވެ.

ދިމިޤްރާޠީ ހަމަތަކުގައި އަޅުގަނޑުމެންގެ އެދުރެއްކަމަށް ދެކޭ އެމެރިކާގައި، 50 ސްޓޭޓްގެ ތެރެއިން 3 ސްޓޭޓެއް ނޫން އެހެން ހުރިހާ ސްޓޭޓެއްގައި އޮންނަނީ ޕާޓީ ޕްރައިމަރީއިން ބަލިވާ މީހާއަށް އިންތިޚާބުގައި އެހެން ޙައިސިއްޔަތަކުން ވާދަނުކުރެވޭނޭ ކަމަށް ޤާނޫނުގައި ލިޔެފައިކަމަށް އަޅުގަނޑު ބެލިބެލުމުން އެނގުނެވެ. އެކި ސްޓޭޓްތަކުގައި އެކަމަށް ހުރި ޤައިދުތައް ތަފާތެވެ. ބައެއް ސްޓޭޓްތަކުގައި އެފަދަ ކެންޑިޑޭޓުންނަށް އެއްވެސް ޙައިސިއްޔަތަކުން އެ އިންތިޚާބުގައި ވާދަކުރުން މަނާވާއިރު، ބައެއް ސްޓޭޓްތަކުގައި އެހެން ޕާޓީއެއްގެ ޓިކެޓްގައި ވާދަކުރުން މަނާކުރެއެވެ. އެ ޤައުމުގައި، ޤާނޫނުގައި އެކަމާމެދު ވަކިގޮތަކަށް ލިޔެފައި ނޯންނަ ސްޓޭޓްތަކުގައިވެސް އެކަމަކީ ޢާންމުކޮށް ކޮށްއުޅޭ ކަމެއްވެސް ނޫނެވެ. އެ މީހުން ދެކި އުޅެނީ، އަމިއްލަ ޕާޓީގެ މެންބަރުން ނޫނެކޭ ބުނުމުން އެ ނިންމުމަށް ގޮންޖަހައި އެ އިންތިޚާބުގައި އިތުރަށް ވާދަކުރުމަކީ ހުތުރުކަމެއްގެ ގޮތުގައެވެ.

އެމެރިކާގައި އެފަދަ ޤާނޫނުތައް ހިންގަނީ ހަމައެކަނި ޕާލަމެންޓްގެ އިންތިޚާބުގެ މައްޗަށެވެ. އެހެންނަމަވެސް އެމެރިކާގެ މިޝިގެން ފަދަ މަދު ސްޓޭޓެއްގައި ރިޔާސީ އިންތިޚާބުގެ މައްޗަށްވެސް އެ ޤާނޫނު ހިންގައެވެ. އޭގެ އެއް މިސާލަކީ 2012 ވަނަ އަހަރު ރިޕަބްލިކަން ޕްރައިމަރީގައި ވާދަކުރި ކެންޑިޑޭޓެއްކަމަށްވާ ގެރީ ޖޯންސަން އަށް އެހެން ޙައިސިއްޔަތަކުން އިންތިޚާބުގައި ވާދަނުކުރެވޭނޭކަމަށް ކަނޑައެޅުމެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ގެނެވުނު އިސްލާޙްގެ ކުރިންވެސް، ޕްރައިމަރީގައި ވާދަކޮށް ބަލިވާ މީހުން އެ އިންތިޚާބުގައި އެހެން ޙައިސިއްޔަތަކުން ވާދަނުކުރާނޭކަމަށް އިޤްރާރުވަމުން ދިޔައެވެ. އެއީ ޕާޓީތަކުން އަމިއްލައަށް ހަމަޖައްސައިގެން އުޅުނު އިންތިޒާމެކެވެ. އެ އަޙުދާ ޚިލާފްވި ބައެއްފަރާތްތަކަށް ފިޔަވަޅު އެޅުނުކަންވެސް ސިޔާސީ ތާރީޚުގައި ލިޔެވެން އެބައޮތެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ 10 ވަނަ މާއްދާއެއް އުފަންވެ، އެ އިންތިޒާމަށް ރަސްމީ ޙައިސިއްޔަތު ދިނީ ސަބަބުތަކެއް ހުރެގެންނެވެ. އެ ޤާނޫނު ފާސްކުރީ، ޕާޓީތަކުގެ ޕްރައިމަރީގައި ވާދަކޮށް ބަލިވާ މީހުން އެހެން ޙައިސިއޔަތަކުން އެ އިންތިޚާބުގައި ވާދަކުރުމަކީ ޕްރައިމަރީ ބޭއްވުމުގެ މަޤްސަދު ގެއްލިގެންދާނޭ ކަމަކަށްވާތީއާއި، އެއީ ސިޔާސީ ހަމަޖެހުމަށްވެސް އޮތް ހުރަހެއްކަމަށް ބުނަމުންނެވެ. މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގައި ބަޔާންކުރަނީ ޤާނޫނެއް ވުޖޫދަށް އަންނަނީ އޭގެ ކުރިން ހިނގަމުންދިޔަ ކަމެއް ހުއްޓުވުމަށް ނުވަތަ ރަނގަޅުކުރުމަށް ކަމަށް ބަލަންވާނޭ ކަމަށެވެ. 2016 ވަނަ އަހަރު ވުޖޫދަށްއައި ޤާނޫނު ބާތިލުކުރަން އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވަނީވެސް އެ ޙަޤީޤަތްތައް ޤަބޫލުކުރާތީކަމަށް ބަލަންޖެހެއެވެ.

ދެން އޮތީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ 10 ވަނަ މާއްދާ ބާތިލުކުރަން ހުށަހަޅާފައިވާ މައްސަލައެވެ. ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއް ނަމަވެސް ބާޠިލުކުރުމުގެ ބާރު ލިބިގެންވަނީ ހައިކޯޓަށާއި، ސުޕްރީމް ކޯޓަށްކަމަށް ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ހ) ގައި އޮންނަނީ ބަޔާންކޮށްފައެވެ. އެމާއްދާގެ ޢިބާރާތުގައި ބުނަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއް ވިޔަސް ޤާނޫނުއަސާސީއާ ޚިލާފްވޭތޯ ބެލުމާއި، އެފަދަ މައްސަލަތަކުގައި ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ ހައިކޯޓަށާއި، ސުޕްރީމް ކޯޓަށެވެ.” މިހެންނެވެ. މިމާއްދާގެ ޢިބާރާތަށް ބަލާއިރު، ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއް ނަމަވެސް ބާޠިލުކުރުމުގެ އިޚްތިޔާރު ސުޕްރީމްކޯޓަށް ނުވަތަ ހައިކޯޓަށް ލިބެނީ، ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް ޤާނޫނުއަސާސީއާ ޚިލާފްވާ ޙާލަތުގައި އެކަނިކަން އެނގެއެވެ.

ޤާނޫނު ނަންބަރު 28/2016(ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް 3 ވަނަ އިސްލާޙް ގެނައުމުގެ ޤާނޫނު) އިން އިންތިޚާބުތަކަށް ކުރިމަތިލުމުގެ ޙައްޤަށް ގެނެވުނު ހަނިކުރުމަކީ ޤާނޫނުއަސާސީއާ ޚިލާފްކަމެއް ކަމަށް ބުނެވޭކަށް ނެތެވެ. އެއީ ތަހުޒީބު މުޖުތަމަޢުތަކުގައިވެސް އެކަން އޮތްގޮތެވެ. އެގޮތަށް އެކަން ހަމަޖައްސާފައިވާ އޮތުމުން ވާނީ ފައިދާ ވަނީ ކޮން ބަޔަކަށްތޯއާއި ގެއްލުންވާނީ ކޮން ބަޔަކަށްތޯ އެއީ ގޮތް ނިންމުމުގައި ކޯޓުން އުފައްދާނޭ ސުވާލެއް ނޫނެވެ. ޤާނޫނުގައި އެވާހަކަ ލިޔުމުގެ ސަބަބުން، ޤާނޫނުއަސާސީގެ އިމުން ބޭރުވެ އަސާސީ ޙައްޤެއް ނިގުޅައިގަނެވިގެން ނުދާ ނަމަ އެ މާއްދާގެ މައްޗަށް ޢަމަލުކުރުން ހުއްޓުވޭނޭ ބާރެއް ނެތެވެ. ޤާނޫނުތައް ބާތިލުކުރުމަށް ކޯޓުތަކަށް ލިބިދޭ ބާރަކީ ގައިދުތަކާއެކު ދެވޭ ބާރެކެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއް ކޯޓަކަށްވެސް ބާތިލުކުރެވޭނީ އެ ޤާނޫނު ޤާނޫނުއަސާސީއާ ޚިލާފްވާ ޙާލަތުގައި އެކަންޏެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް 3 ވަނަ އިސްލާޙް ގެނައުމުގެ ޤާނޫނަކީ ޤާނޫނުއަސާސީއާ ޚިލާފް ޤާނޫނެއްކަމަށް ނުފެނެއެވެ.

އެޑިޓަރުގެ ނޯޓް: މިއީ ގާނޫނީ ވަކީލް މަހްފޫޒު ސައީދު ލިޔުއްވާފައިވާ ލިޔުމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހުސް ކޮމަން ކެންޑިޑޭޓުން

ހުސް ކޮމަން ކެންޑިޑޭޓުން

25 ޖުލައި 2023
ބްރެޒިލް މީހުން މިރޭ ރެއާލް މެޑްރިޑް ބަލިވާން އެދެނީ ކީއްވެ؟

ބްރެޒިލް މީހުން މިރޭ ރެއާލް މެޑްރިޑް ބަލިވާން އެދެނީ ކީއްވެ؟

21 ފެބުރުއަރީ 2023
މައްސަލައަކީ އިންޑިޔާއެއް ނޫން، ރިޔާސީ އިންތިޚާބުގައި ކުރިމަތިވެވަޑައިގެންނެވި ބޮޑު ނާކާމިޔާބީ

މައްސަލައަކީ އިންޑިޔާއެއް ނޫން، ރިޔާސީ އިންތިޚާބުގައި ކުރިމަތިވެވަޑައިގެންނެވި ބޮޑު ނާކާމިޔާބީ

25 ޑިސެމްބަރު 2021
ބަލިވާން މެދުވެރިވި ސަބަބަކީ ކޮބާ؟

ބަލިވާން މެދުވެރިވި ސަބަބަކީ ކޮބާ؟

14 އޮކްޓޯބަރު 2021
ގައުމަށް ލާބައޮތް ގޮތަކީ ލާމަރުކަޒު ވުން، އެމްޑީޕީގެ ހުވަފެން، އެހުވަފެނުގެ ތައުބީރަކީ ރަށްވެހި ފަތިހަށް ފައްކާވެފައިވާ އެމްޑީޕީގެ ކެންޑިޑޭޓުން

ގައުމަށް ލާބައޮތް ގޮތަކީ ލާމަރުކަޒު ވުން، އެމްޑީޕީގެ ހުވަފެން، އެހުވަފެނުގެ ތައުބީރަކީ ރަށްވެހި ފަތިހަށް ފައްކާވެފައިވާ އެމްޑީޕީގެ ކެންޑިޑޭޓުން

02 މާރިޗު 2021

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު