Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ އިންތިޚާބު 2018

އަމިއްލަ ކެންޑިޑޭޓުންނަށް މިފަހަރު ފުރުސަތެއް އެބައޮތް؟

މިފަހަރުގެ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާނެކަން ދެ ބޭފުޅަކު ވަނީ އިއުލާންކުރައްވާފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 23 ޖޫން 2018 | ހޮނިހިރު 12:31
ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ޝުޖާޢު ހުސެއިން (ކ) އަދި އުމަރު ނަސީރު (ވ)

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ޝުޖާޢު ހުސެއިން (ކ) އަދި އުމަރު ނަސީރު (ވ)

މިފަހަރުގެ ރިޔާސީ އިންތިޚާބަކީ އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުން ފެނިގެންދާނެ އަހަރެއް ކަމަށް ބެލެވެއެވެ. އިންތިޚާބުގައި ވާދަކުރާ ނެކަމަށް ވިދާޅުވެ، ސިޔާސީ ޕާޓީތަކާއި ވަކިން ދެ ބޭފުޅަކު އެބަ ކެމްޕެއިން ކުރައްވައެވެ. މިއީ އައު ޤާނޫނު އަސާސީގެ ދަށުން މަލްޓިޕާޓީ ޑިމޮކްރަސީ ރާއްޖެއަށް އައިސްގެން ބާއްވާ އިންތިޚާބެއްގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުން ފެނިގެންދާނެ ފުރަތަމަ ފަހަރެވެ.

މިހާރު އަމަލުކުރަމުން އަންނަ ޤާނޫނު އަސާސީގެ ދަށުން 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ހަ ކެންޑިޑޭޓަކު ވާދަކުރެއްވިއިރު، 6 ބޭފުޅުން ވެސް ނިކުންނެވީ ސިޔާސީ ޕާޓީތަކުގެ ޓިކެޓްތަކުގައެވެ. އެމްޑީޕީގެ ޓިކެޓްގައި ރައީސް ނަޝީދު ނިކުމެވަޑައިގެންނެވިއިރު، ޑީއާރްޕީގެ ޓިކެޓްގައި ނިކުމެވަޑައިގަތީ ރައީސް މައުމޫނެވެ. ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ނިކުމެވަޑައިގަތީ ޤާސިމް އިބްރާހިމެވެ. އަދި އައިޑީޕީގެ ޓިކެޓްގައި އުމަރު ނަސީރު ނިކުމެވަޑައިގެންނެވިއިރު، ސޯޝަލް ލިބަރަލް ޕާޓީގެ ޓިކެޓްގައި ނިކުމެވަޑައިގަތީ އިބްރާހީމް އިސްމާއިލެވެ. ހަސަން ސަޢީދު ނިކުމެވަޑައިގަތީ ޤައުމީ ޕާޓީ ޓިކެޓްގައެވެ.

ދެވަނަ އިންތިޚާބުގައި، 2013 ވަނަ އަހަރު ރައީސް ނަޝީދު އެމްޑީޕީ ޓިކެޓްގައި ނިކުމެވަޑައިގަތްއިރު، ރައީސް ޔާމީން ނިކުމެވަޑައިގަތީ ޕީޕީއެމް/އެމްޑީއޭ ކޯލިޝަން ޓިކެޓްގައެވެ. އަދި ޤާސިމް އިބްރާހިމް ޖޭޕީ/އަދާލަތު ކޯލިޝަން ޓިކެޓްގައި ނިކުމެވަޑައިގަތްއިރު، ރައީސް ވަޙީދު ނިކުމެވަޑައިގަތީ އެމަނިކުފާނުގެ ޤައުމީ އިއްތިޙާދު ޕާޓީ އާއި ޑީއާރްޕީގެ ކޯލިޝަންގެ ތެރެއިންނެވެ.

އެހެންނަމަވެސް މިފަހަރު މަންޒަރު ތަފާތެވެ. ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓުން ފައިނަލް ނުވަނީސް އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރާނެ ކަމަށް އެކި ފަރާތްތަކުން ބުނަން ފެށިއެވެ. އަދި ސީރިއަސްކަމާ އެކު ދެ ފަރާތަކުން ކެމްޕޭން ހަރަކާތްތައް ފެށިތަން ފެނުނެވެ. އެހެންކަމުން މިފަހަރަކީ އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ފެނިގެންދާނެ ފަހަރަކަށް ވުމަކީ ވަރަށް ގާތް ކަމެކެވެ. ދެ ބޭފުޅުން ވެސް ވިދާޅު ވަނީ އިންތިޚާބަށް ކުރިމަތިލައްވާނެ ކަމަށެވެ.

އަމިއްލަ ގޮތުން ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ އެއް ބޭފުޅުންނަކީ 2008ގެ އިންތިޚާބުގައި ވެސް ވާދަކުރައްވައި، ލަދުވެދިތި ނަތީޖާއަކުން އިންތިޚާބުގެ ފުރަތަމަ ބުރުން ކެޓި އުމަރު ނަސީރެވެ. އެފަހަރު އައިޑީޕީގެ ޓިކެޓްގައި ވާދަކުރެއްވި އުމަރު، މިވީ 10 އަހަރު ތެރޭގައި ސިޔާސީ ޕާޓީތަކަށް ހެއްދެވި ގޮތްތައް ރައްޔިތުންނަށް ވަނީ ފެނިފައެވެ. އައިޑީޕީ 'ކަނޑު ފައްތާލައި' ޑީއާރްޕީއަށް ވަޑައިގެން އެޕާޓީ ވެސް ފައްތާލެއްވީއެވެ. އަދި އެ އަށް ފަހު ޕީޕީއެމް ފައްތާލަން އުޅުއްވަނިކޮށް ރައީސް ޔާމީން އުމަރު ސައިޒްކުރެއްވިއެވެ.

އުމަރު ގެންދަވަނީ އޭނާގެ ރިޔާސީ ވައުދުތައް ވެސް ހާމަކުރަމުންނެވެ. އެގޮތުން 2008 ވަނަ އަހަރު ވެސް އާއްމުކުރެއްވި ފަދަ ހަރުކަށި ސިޔާސަތުތަކެއް މިފަހަރު ވެސް އުމަރު ގެންދަވަނީ އިއުލާންކުރައްވަމުންނެވެ. އެގޮތުން ގޭންގުތަކާ މެދު ހަރުކަށި އުޞޫލުތައް ގެންގުޅުއްވާނެ ކަމަށާއި، އަދީބު އަބަދު އޮންނަވަން ޖެހޭނީ ޖަލުގައި ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ. އަދި މަސްތުވާތަކެއްޗާ ދެކޮޅަށް ހަރުކަށި ސިޔާސަތުތަކެއް ވެސް އުމަރު ވަނީ އިއުލާންކުރައްވާފައެވެ. މީގެ އިތުރުން ޕްރައިވަޓައިޒޭޝަން އިތުރުކުރައްވާނެ ކަމަށް ވެސް އުމަރު ވަނީ ވިދާޅުވެފައެވެ.

އަމިއްލަ ގޮތުން ވާދަކުރައްވާ އަނެއް ކެންޑިޑޭޓަކީ ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ ކުރީގެ ނާއިބު ރައީސް ޝުޖާޢު ހުސެއިންނެވެ. އޭނާ ވަނީ އެމްޑީޕީގެ ޓިކެޓްގައި 2014 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ނިކުންނެވުމަށް އެޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވާފައެވެ. އެހެންނަމަވެސް ކާމިޔާބެއް އެފަހަރަކު ނުވިއެވެ. އޭގެ ފަހުގައި ދެން އޭނާ ފެނިގެން ދިޔައީ ސަރުކާރުގެ ކޯލިޝަން ޕާޓްނަރު އެމްޑީއޭގެ ތެރެއިންނެވެ.

ޝުޖާއު ވެސް ގެންދަވަނީ އޭނާގެ ރިޔާސީ ވައުދުތައް ހާމަކުރައްވަމުންނެވެ. އެގޮތުން މިހާތަނަށް އޭނާ ހާމަކުރައްވާފައި ވަނީ ވަޒީފާއާ ބެހޭ ސިޔާސަތު އެކަންޏެވެ. ޝުޖާޢު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ތަމްރީން ލިބިފައިވާ މީހުންނަށް ޚާއްސަ ވަޒީފާތަކަށް 10،000ރ. ގެ އަސާސީ މުސާރައެއް ކަނޑައަޅުއްވާނެ ކަމަށާއި، އެނޫން ވަޒީފާތަކަށް 5،000ރ. ގެ އަސާސީ މުސާރައެއް ކަނޑައަޅުއްވާނެ ކަމަށެވެ. އަދި ވަޒީފާ ހޯދަން މަސައްކަތްކުރާ ފަރާތްތަކަށް ވެސް ޚާއްސަ އެލަވަންސެއް ދެއްވާނެ ކަމަށް އޭނާ ވަނީ ވައުދުވެވަޑައިގެންފައެވެ.

އިންތިހާބަށް ކުރިމަތިލުމުގެ ކުރިން މިނިވަން ކެންޑިޑޭޓުންނަށް އިތުރު މަސައްކަތްތަކެއް ކުރަން އެބަޖެހެއެވެ. ރިޔާސީ އިންތިޚާބާ ބެހޭ ގާނޫނުގައި ބުނަނީ ރިޔާސީ އިންތިޚާބަށް ސިޔާސީ ޕާޓީއެއްގެ ފަރާތުން ފިޔަވައި، އަމިއްލަ ގޮތުން ކުރިމަތިލާ މީހެއް ނަމަ، ޢުމުރުން 18 އަހަރު ފުރިފައިވާ މީހުންކުރެ މަދުވެގެން 1500 މީހުން އެމީހަކަށް ތާއިދުކުރާކަން ދައްކައިދިނުމުގެ ގޮތުން އެމީހުންގެ ފުރިހަމަ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، ދާއިމީ އެޑްރެހާއި، އަދި ސޮއި ހިމެނޭ ލިޔުމެއް ހުށަހަޅަންޖެހެއެވެ. ސުވާލަކީ މިހާރު ޝައުގުވެރިކަން ފާޅުކޮށްފައިވާ ދެ ފަރާތަށް އެވަރުގެ ތާއީދެއް ވެސް ލިބިދާނެތޯއެވެ؟

ދެން އޮތް ސުވާލަކީ މިފަހަރުގެ ރިޔާސީ އިންތިޚާބުގައި މި ދެ ބޭފުޅުންނަށް ކިހާ ތާޢިދެއް ލިބިދާނެތޯއެވެ؟ މީގެ ކުރީގެ ދެ އިންތިޚާބުގައި ނަތީޖާ ނެރުނީ ރައީސް ނަޝީދާއި ރައީސް މައުމޫނާ ދެބޭފުޅުންގެ ތެރެއިން ޤާސިމް އިބްރާހިމް އެރުއްވި ފަޅިއަކުންނެވެ. އެހެންނަމަވެސް މިހާރުގެ ސިޔާސީ އޮއިވަރު މިވަނީ ބަދަލުވެފައެވެ. ރައީސް މައުމޫނާއި ރައީސް ނަޝީދުގެ ވާދަވެރިކަން އެވަނީ ނިމިފައެވެ. 'ކިންގް މޭކަރ'ގެ ބާރު މިއަހަރު ޤާސިމް އިބްރާހިމްގެ އަތްޕުޅު މަތީގައި ނެތްކަން ސާފެވެ. ފާއިތުވި 10 އަހަރު ޤާސިމްގެ އަރިހުން ދިވެހިން ފިލާވަޅެއް ލިބިގެންފިއެވެ. ބޮޑު ދެ ސިޔާސީ ޕާޓީގެ ވާހަކަތަކަށް ބަލާއިރު، އެޕާޓީއެއްގެ ކެންޑިޑޭޓް އެއްބުރުން ގެންދާނެވެ. އަދި ދެވަނަ ބުރަކަށް ދާން ޖެހުނަސް ބޮޑު އަނެއް ޕާޓީގެ ކެންޑިޑޭޓް ދެވަނަ ބުރަކަށް ނުދާނެއެވެ. އެހެންކަމަށްވާ ނަމަ ދެވަނަ ބުރަކަށް ގޮސްފި ނަމަ ދެވަނަ ބުރަކަށް ދާނީ ބޮޑު އެއް ޕާޓީގެ ކެންޑިޑޭޓާއި އަމިއްލަ ގޮތުން ކުރިމަތިލި ކެންޑިޑޭޓެއްތޯއެވެ؟ ބަލަން ތިބެމާ ހެއްޔެވެ؟

ކޮމެންޓް

އިތުރަށް ކިޔާލަން

ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ގައުމަކަށް މިފަހަރު ކެނެޑާ

ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ގައުމަކަށް މިފަހަރު ކެނެޑާ

02 ސެޕްޓެމްބަރު 2017
ރައީސަކު އަމިއްލަފުޅަށް ފަޟީޙަތްވެ ބޮލާ ފޮށާއެޅޭނީ މިވަރަށް

ރައީސަކު އަމިއްލަފުޅަށް ފަޟީޙަތްވެ ބޮލާ ފޮށާއެޅޭނީ މިވަރަށް

15 އޯގަސްޓު 2017
ކަމަކަށްފަހު ކަމެއް އަމިއްލައަށް ފަޅައިއަރުވާ ބޮލާފޮށާ އެޅެނީ

ކަމަކަށްފަހު ކަމެއް އަމިއްލައަށް ފަޅައިއަރުވާ ބޮލާފޮށާ އެޅެނީ

07 އޯގަސްޓު 2017
މަނިކުފާނެވެ، ބޯ ގޮއްވަންޖެހުނީ އަމިއްލައަށް ކަންތައްތައް ކުރެއްވި ގޮތުގެ ސަބަބުންނެވެ!

މަނިކުފާނެވެ، ބޯ ގޮއްވަންޖެހުނީ އަމިއްލައަށް ކަންތައްތައް ކުރެއްވި ގޮތުގެ ސަބަބުންނެވެ!

04 އޯގަސްޓު 2017
ވެނެޒުއޭލާގައި ބޭއްވުނު ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް އިންތިޚާބުން ގައުމަށް އުންމީދެއް އެބައޮތްތަ؟

ވެނެޒުއޭލާގައި ބޭއްވުނު ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް އިންތިޚާބުން ގައުމަށް އުންމީދެއް އެބައޮތްތަ؟

31 ޖުލައި 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު