Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ޔާމީނުގެ އިންޑިޔާ އައުޓް ކެމްޕެއިން

މައްސަލައަކީ އިންޑިޔާއެއް ނޫން، ރިޔާސީ އިންތިޚާބުގައި ކުރިމަތިވެވަޑައިގެންނެވި ބޮޑު ނާކާމިޔާބީ

އިންޑިޔާ އައުޓް ނަމުގައި ރައީސް ޔާމީން އިސްވެ ހުންނަވައިގެން ގެންދަވަނީ ކެމްޕެއިން ހިންގަވަމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 25 ޑިސެމްބަރު 2021 | ހޮނިހިރު 15:22
ކުރީގެ ރައީސް ޔާމީން ކ. ތުލުސްދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

ކުރީގެ ރައީސް ޔާމީން ކ. ތުލުސްދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

"އިންޑިޔާ ސަރުކާރުންވެސް ހާމަކުރެއްވި ގޮތެއްގައި މިހާތަނަށް މިއޮތީ އިންޑިޔާ އާ ދެގައުމުގެ ދެމެދުގައި ވަރަށް ގާތް ގުޅުމެއް. އެގުޅުން އިތުރަށް ވަރުގަދަވެގެންދާނެކަމަށް އިންޑިޔާ ސަރުކާރުގެ ފަރާތުންވެސް ވަރަށް ސާފުބަހުން ހަމަ ވިދާޅުވި. އަދި އަޅުގަނޑުމެންގެ ސަރުކާރުގެ ފަރާތުން އަޅުގަނޑު އިންޑިޔާއަށް ދެންނެވިން އިންޑިޔާ އާ ދިވެހިރާއްޖެ އާ ދެމެދު މިއޮންނަނީ ހަމަ ގާތް އުހުއްވަތްތެރި ގުޅުމެކޭ. މިގުޅުންހަމަ ވަރަށް ގަދައަށް ބަދަހިވެގެންދާނެކަމަށް." މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ވެރިކަމުގެ ކުރީކޮޅު އިންޑިޔާއަށް ކުރެއްވި ދަތުރުފުޅަށްފަހު އެނބުރި ރާއްޖެވަޑައިގެން އެއަރޕޯޓްގައި ރާއްޖޭގެ ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގެ ވަރަށް ކުޑަކުޑަ މިންވަރެކެވެ.

އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވަނީ އިންޑިޔާ އާ ރާއްޖޭގެ ގުޅުމާއި އެކި ދާއިރާތަކުން ދެގައުމު ގުޅިގެން މަސައްކަތްކުރުމާއި ގުޅޭގޮތުން ދެގައުމުގެ ސަރުކާރުން މަޝްވަރާކުރެއްވި ކަމަށް ވިދާޅުވެފައެވެ. އޭގެތެރޭގައި މެރިޓައިމް އާއި ޓެރަރިޒަމާ ދެކޮޅު މަސައްކަތްވެސް ހިމެނޭކަމަށް ވިދާޅުވިއެވެ. އަދި ރާއްޖެއަށް ކާބޯތަކެތި ގެނައުމާއި ތެޔޮ ގެނައުމުގެ ކަންކަންވެސް ހިމެނޭކަމަށް ވިދާޅުވިއެވެ. މީގެއިތުރުން އިންޑިޔާގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްކުރެވިދާނެ ދާއިރާތަކާއި ގުޅޭގޮތުން ވާހަކަދެއްކެވި ކަމަށްވެސް ވިދާޅުވިއެވެ.

މިއީ ހަމަ ރާއްޖޭގެ ކޮންމެ ވެރިއަކުވެސް ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އެންމެ ފުރަތަމަ ކުރައްވާ ކަންކަމުގެ ތެރެއިން ކަމެކެވެ. އިންޑިޔާއަށް ވަޑައިގެން އެސަރުކާރެއްގެ ސިޔާސަތުތައް ހާމަކޮށް އެސަރުކާރުން ތަރައްގީކުރަން ބޭނުންވާ ކަންކަމާ މަޝްވަރާކޮށް ހުރި ދަތިތައް ހިއްސާކޮށް އިންޑިޔާގެ އެހީތެރިކަން އެކި ދާއިރާތަކުން ހޯދުމަކީ ރާއްޖޭގެ ކޮންމެ ވެރިއަކުވެސް ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ކުރައްވާ ކަންކަމުގެ ތެރެއިން ކަމެކެވެ. އެބީދައިން ރައީސް ޔާމީނުވެސް އިންޑިޔާއަށް ދަތުރުކުރައްވާ އިންޑިޔާގެ އެހީތެރިކަން ހޯއްދެވުމަށް މަސައްކަތް ކުރެއްވިއެވެ. ނަމަވެސް ޔާމީނުގެ ވެރިކަމުގެ ވަކި ހިސާބަކުން ދެން ފެނިގެންދިޔައީ އިންޑިޔާއާ ފެޔަށް ޖެހިވަޑައިގެން ޗައިނާ ކައިރިކުރެއްވި ސިޔާސަތެވެ. ރައީސް ޔާމީނުގެ ފަސް އަހަރުގެ ދައުރަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް ބަލާއިރު ރާއްޖެ ބައިނަލްއަގްވާމީ މުޖުތަމައާ އެކިހެރި ދުވަސްތަކެއް ހޭދަކުރި ދައުރެކެވެ. ޗައިނާ އާއި ސައުދީ އާ ގާތްގުޅުންތަކެއް ބާއްވަވާ އެހެން ގައުމުތަކާއި ފެއަށް ޖެހިވަޑައިގަތެވެ. ކޮމަންވެލްތުން ވަކިވުމަށް ނިންމިއެވެ. ގަތަރާއި ގުޅުން ކަނޑާލިއެވެ. މިފަދަ އެތައް ކަމެކެވެ.

ރައީސް ޔާމީނު ރާއްޖެއަށްޓަކައި ދެކެމުން އައި ސިޔާސަތުގައި ހަލުވިކަމާއެކު ކުލަ ޖެއްސުމުގައި އިންޑިޔާއަށް ވުރެ ޗައިނާ މާބޮޑަށްވެސް ރަނގަޅެވެ. ދުނިޔޭގެ ބޮޑު ޑިމޮކްރަސީއެއްގެ ގޮތުގައި އޮންނަ އިންޑިޔާއަކީ ގައުމުތަކުގެ އެތެރޭގައި ހިނގާ ކަންކަމާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމުގައި އެކަންކަމަށް ބަލާ ގައުމެކެވެ. ރައީސް ޔާމީނުގެ ދައުރުގައި ދިވެހިން ދެކެމުން ދިޔަ އަސާސީ ހައްގުތަކުން މަހުރޫމްކުރުވާ ކަންކަމާއެކު އިންޑިޔާގެ އެހީތެރިކަން އެގައުމަކަށް ލިބުމަކީ ނާދިރުކަމެކެވެ. އެކަންކަން ހައްލުކުރުމަށް އިންޑިޔާއިން އެގައުމަކަށް ޕްރެޝަރ ކުރާނެއެވެ. މިއާ އިދިކޮޅު ސިޔާސަތެއް ގެންގުޅެމުން އަންނަ ގައުމަކީ ޗައިނާއެވެ. އެހެންކަމުން ރައީސް ޔާމީނު ގެންނަވަން ބޭނުންފުޅުވި ތަރައްގީ ގެނައުމުގައި ޗައިނާ ވެގެންދިޔައީ އެމަނިކުފާނުގެ އެންމެ ގާތް މިތުރަށެވެ.

އޭގެފަހުން އެމަނިކުފާނުގެ ފަސް އަހަރުގެ ވެރިކަން ނިމުމަކަށް އައެވެ. 2018 ވަނަ އަހަރު އެމަނިކުފާނަށް ކުރިމަތިވެވަޑައިގެންނެވި ބޮޑު ނާކާމިޔާބީ އަކީ މިހާތަނަށްވެސް އެމަނިކުފާނަށް ހަޖަމުކުރައްވަން އެންމެ އުނދަގޫކަންތަކަށް މިވަނީ ވެފައެވެ. ފަސް އަހަރުގެ ޖަލު ހުކުމް އިއްވުމުގެ ކުރިން ދައްކަވާފައި ހުރި ވާހަކަތަކާއި ފަސް އަހަރުގެ ޖަލު ހުކުމުން މިނިވަންވެވަޑައިގަތްފަހުން ދައްކަވަމުންދާ ވާހަކަތަކަށް ބަލާއިރުވެސް އެމަނިކުފާނަށް ރައްޔިތުން ނޫނެކޭ ބުނިކަމަށް ގަބޫލުފުޅެއް ނުކުރައްވައެވެ. އޭރު އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުގައި ހުންނެވި ޝަރީފަށް ބަހުގެ ހަމަލާތަކެއް ޖަލުން މިނިވަންވެވަޑައިގަތުމަށްފަހު ދެއްވަމުން ގެންދަވަނީ އެނޫން ދެން ކޮންކަމެއްގައި ހެއްޔެވެ؟ އަބަދުވެސް އީސީ ގޯސްވެ ސްޕްރީމް ކޯޓު ގޯސްވެ ހުކުމެއް ގޯސްވެ ލީ ފާހަގައެއް ގޯސްވެ އެވާހަކަތަކެވެ. 2023 ވަނަ އަހަރު ބޯމަތިވަމުން އަންނައިރުވެސް އެކަމުން އެމަނިކުފާނަށް އަރައިގަނެވޭގޮތެއް އަދި ފެންނާކަށްނެތެވެ.

ރައީސް ޔާމީނުގެ ސިޔާސީ ހަޔާތަށް ބަލާއިރު ފުރަތަމަ ފަހަރަށް މަގުމަތީ ހަރަކާތަކަށް މިނިކުންނެވީ ވެރިކަމުގެ ކުރީކޮޅު ދަތުރުކުރައްވާ ގުޅުން ރަނގަޅުކުރަންވާނެކަމަށް ވިދާޅުވެ ވާހަކަދެއްކެވި އިންޑިޔާ އާ ދެކޮޅަށެވެ. މިސަރުކާރުން ކުރާ އެންމެ ބޮޑު "ހަރާން" ކަމަކީ އިންޑިޔާ އާ ގާތްގުޅުމެއް އޮތުން ކަމަށް ދެކެވަޑައިގެން ގެންދަވަނީ ކެމްޕެއިންތައް ކުރިޔަށް ގެންދަވަމުންނެވެ. މިއީ 2023 ވަނަ އަހަރަށް ކުރާ ކެމްޕެއިނެއް ނޫންކަމަށް ވިދާޅުވެ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ އެމަނިކުފާނު ގެންގުޅުއްވި "މޮޅެތި" ސިޔާސަތުތަކުގެ ވާހަކަތައް ގެންދަވަނީ ދައްކަވަމުންނެވެ. އެންމެފަހުން މިވަނީ ވެރިކަމުން ދުރުކުރުމަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އިންޑިއާއިން ނުފޫޒު ފޯރުވި ކަމަށް ވިދާޅުވެފައެވެ. ރާއްޖޭގެ އެންމެ ބޮޑު މަސްލަހަތަކީ ރިިޔާސީ އިންތިޚާބަށް ބޭރުގެ ނުފޫޒު އަންނަން ޖާގަނުދިނުން ކަމަށެވެ. ބޭރުގެ ނުފޫޒަަށް ޖާގަ ދީފިނަމަ އެ ނުފޫޒަކުން ދެން ސަލާމަތެއް ނުވެވޭނެ ކަމަށް ވިދާޅުވިއެވެ. ރައީސް ޔާމީން މިމޭރުމުން ވާހަކަދެއްކެވިއިރު 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު އޭރު ވެރިކަމުގައި ހުންނެވި ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަށް އައިއިރު ހުންނެވީ ކޮންތަނެއްގައި ކަމާއި އޭރު ކުޅުއްވި ކުޅިވަރު ހަނދުމަފުޅު ނެތީކަމަށްވެސް ވެދާނެއެވެ. އެއީކީ އަނެއްހެން ރައީސް ޔާމީން ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ބަލާއިރު މައްސަލައެއްވެސް ނޫނެވެ. އިހަކަށް ދުވަހު އެމަނިކުފާނުގެ ވެރިކަމުގައި ކުރެއްވުނު ކަންތައްތައް ހަނދުމަފުޅު ނެތިގެން އެނޫން ގޮތްގޮތަށް ވާހަކަދައްކަވަނީވެސް މަދެއްކޮށެއް ނޫނެވެ.

އެހެންނަމަވެސް އިންތިޚާބުން ބަލިވުމުގައި އިންޑިޔާއިން ނުފޫޒު ފޯރުވިކަމަށް ވިދާޅުވުމުން އިންޑިޔާ އައުޓް ނަމުގައި ކުރިޔަށް މިގެންދާ ކެމްޕެއިންގެ ހަގީގަތުގައި ކުރިޔަށް މިގެންދަވާ މަގްސަދާ މެދު އަމިއްލަ ނަފުސާ ސުވާލުކުރުމަށް އެބަ މަޖުބޫރުވެއެވެ. އެއީ އެމަނިކުފާނަށް އަދިވެސް 2018ގެ ނާކާމިޔާބީ ހަނދުމަފުޅު ނައްތާލަން ދަތިވެ އެވާހަކަތައް ދައްކަވަމުން ގެންދަވާތީއެވެ. މިއުޅެނީ އިންޑިޔާގެ ނުފޫޒު ގަދަވެގެންތޯ ނުވަތަ އެމަނިކުފާނުގެ ވެރިކަން ނިމުމަކަށް ގެނައުމުގައި އިންޑިޔާގެ ދައުރެއް އޮތްކަމަށް އެމަނިކުފާނަށް ގަބޫލުފުޅު ކުރެއްވޭތީ އެކަމުގެ ރުޅިގަނޑު ބާލަންތޯ އެބަ ސުވާލުއުފެދެއެވެ. ކޮންމެއަކަސް އިނގޭ ކަމަކީ ރައްޔިތުން 2018 ވަނަ އަހަރު އެމަނިކުފާނަށް ބުނީ ނޫނެކޭ ކަމެވެ. އެއީ ދިވެހި ރައްޔިތުން ވޯޓު ލައިގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ޤާނޫން އަސާސީވެސް ސައޫދީއަށް؟، ބަލިޖެހުނަސް ޅަދަރިންވެސް ސައޫދީއަށް؟!

ޤާނޫން އަސާސީވެސް ސައޫދީއަށް؟، ބަލިޖެހުނަސް ޅަދަރިންވެސް ސައޫދީއަށް؟!

16 މާރިޗު 2017
5 އެއާޕޯޓު ހަދަން ހަވާލު ކުރީ ދުވަހަކު އެއަޕޯޓެއް ހެދި ބަޔަކާ ނޫން!

5 އެއާޕޯޓު ހަދަން ހަވާލު ކުރީ ދުވަހަކު އެއަޕޯޓެއް ހެދި ބަޔަކާ ނޫން!

12 މާރިޗު 2017
ސަނާ ކިޔާވަރުގެ ރިޔާސީ ބަޔާނެއް އަޑެއް ނީވުނު!

ސަނާ ކިޔާވަރުގެ ރިޔާސީ ބަޔާނެއް އަޑެއް ނީވުނު!

08 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު