Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ގައުމަށް ލާބައޮތް ގޮތަކީ ލާމަރުކަޒުވުން

ގައުމަށް ލާބައޮތް ގޮތަކީ ލާމަރުކަޒު ވުން، އެމްޑީޕީގެ ހުވަފެން، އެހުވަފެނުގެ ތައުބީރަކީ ރަށްވެހި ފަތިހަށް ފައްކާވެފައިވާ އެމްޑީޕީގެ ކެންޑިޑޭޓުން

ލާމަރުކަޒު ނުވެއޮތުމުން، އަތޮޅުތަކުގައި ތިބޭ ރައްޔިތުން ތަހައްމަލުކުރަންޖެހޭ ތަކުލީފުތައް އެމްޑީޕީއަށް އަބަދުވެސް ވަރަށް ސާފު

ރާއްޖެ އެމްވީ | 2 މާރިޗު 2021 | އަންގާރަ 10:38
ރަށްވެހި ފަތިސް ކެމްޕެއިން ލޯންޗު ކުރުމުގެ ޖަލްސާގައި ރައީސް ޞާލިޙް ވާހަކަފުޅު ދައްކަވަނީ

ރަށްވެހި ފަތިސް ކެމްޕެއިން ލޯންޗު ކުރުމުގެ ޖަލްސާގައި ރައީސް ޞާލިޙް ވާހަކަފުޅު ދައްކަވަނީ

25 ފެބްރުވަރީ 2021 ވަނަ ދުވަހުގެ ރޭ ރައީސް އިބްރާހިމް މުހަންމަދު ޞާލިހް ފެނިގެން ދިޔައީ ތަފާތު ގޮތަކަށެވެ.

އެމްޑީޕީގެ ލޯކަލް ކައުންސިލް އިންތިޚާބުގެ ރީލޯންޗިން އިފްތިތާހު ކޮށްދެއްވުމަށް ވާހަކަފުޅު ދެއްކެވި ހަފްލާއަކީ އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީގެ އިހްތިފާލެކެވެ. ރާއްޖޭގެ ކަންކޮޅުތަކުގައި މަންޒަރު ބަލަމުން ދިޔަ ރައްޔިތުންގެ އިހްސާސްތަކުގައި ލާމަރުކަޒީ ވިންދު އެމަނިކުފާނުގެ ވާހަކަފުޅުން އުފެއްދިއެވެ. ސަބަބަކީ އެމަނިކުފާނުގެ ބަސްމަގުގެ އިބާރާތްތަކާއި، ރާގާއި އޭގެ ޒީލަ މި އިހްތިފާލުގައި ގެންގުޅުއްވީ ސައްތައިން ސައްތަ ލާމަރުކަޒީ ލަހުޖާގައި ކަމަށްވުމެވެ. ވާހަކަފުޅު ފައްޓަވަމުން ވެސް ވިދާޅުވީ މިހެންނެވެ.

އެމްޑީޕީއަކީ ތަރައްގީއާއި މިނިވަންކަމުގެ ބަހުރުވަ ގެންގުޅޭ ފިކުރެކެވެ. އެމަނިކުފާނުގެ މި ބަސްމަގު ވަކިން ޚާއްޞަކޮށެވެ. އެޕާޓީގެ މެމްބަރުންގެ ކަންފަތްތަކަށް ފަސޭހަވިއެވެ.

އެމްޑީޕީ އުފެދިގެން އައީ މުޅިން ތަފާތު ބަސްތަކަކާއި އެހެން ވިސްނުމަކާއި އައު ވާހަކަ ތަކެއްގެ ތެރެއިންނެވެ. އަޅުވެތިކަމާ ދުރު މިނިވަންކަމުގެ އުއްމީދެއް ހިފައިގެންނެވެ. މި އިންގިލާބީ ފިކުރު އުފަންވުމުގެ މުގުލުގައި ހުންނެވި އެއް ބޭފުޅަކީ ޚުދު އެމަނިކުފާނެވެ. ރައީސް ޞާލިހުގެ މިވާހަކަފުޅުތައް ކަންފަތަށް ވުރެ ފުނުން އިވިގެން ދިޔައީ އަޑުއެހި މީހުންގެ ހިތަށެވެ.

އަބަދުވެސް އެމްޑީޕީ ވަކާލާތުކުރާ ފަލްސަފާއަކީ ޚިދުމަތްތަކާއި ހިންގުމުގެ އިންތިޒާމްތައް އަތުރާލައި ފަތުރާލުމެވެ. އެއް ތަނެއްގައި ޖަމާކުރުމުގެ ބަދަލުގައި ބާރުތައް ބަހާލުމެވެ. އެހެން ނަމަވެސް ބާރަކީ ލިބުމަށްފަހު އޭގެ މައްޗަށް އިންސާނާގެ ހިތް މަލަރުވެ، ދަހިވެތިވާ އެއްޗެކެވެ. ސަރުކާރާއި ދައުލަތުގެ އެންމެ މަތީވެރިޔާގެ ގޮތުގައި ހުންނަވައި މިކަމުގެ މައްޗަށް ވެސް ރައީސް ޞާލިހު އަލިއަޅުއްވައިލެއްވިއެވެ.

ގާނޫނު އަސާސީން ބާރު ލިބިދޭ ދައުލަތުގެ އެންމެ މަތީވެރިޔާގެ ގޮތުގައި މިވަގުތު ހުންނެވި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހެވެ. އެހެން ނަމަވެސް ބާރުތައް ރައްޔިތުންނަށް ދޫކޮށްލެއްވުމަށް ތައްޔާރުވެ ވަޑައިގެން ހުންނެވި މިންވަރުގެ ބޮޑުކަމުން، މި މަހައްލުގައި އެމަނިކުފާނު ބޮޑަށް ސިފަވީ، ޅ. ހިންނަވަރު ނޫރާނީއާގޭ އިބްރާހިމް މުހަންމަދު ޞާލިހްގެ ގޮތުގައެވެ.

ދިވެހި ވެރިކަމުގެ ވައްޓަފާޅި ޒަމާނުއްސުރެ ދެމިގެން އައި ގޮތް ބަދަލު ވެގެން ދިޔަ ގޮތާއި އެ ބަދަލު އަންނާން ޖެހޭ ސަބަބާއި އޭގެ ހުއްޖަތް ރައީސް ޞާލިހު އެރޭ ބަޔާން ކޮށްދެއްވިއެވެ.

"އަޅުގަނޑުމެންނަކީ ދިވެހީންގެ މައްޗަށް ހިންގާ އަމުރު މައުރޫފުގެ މުރަނަ ވެރިކަން، ދިވެހި ރައްޔިތުންނާ އެކީ އެރައްޔިތުންގެ ބައިވެރިވުމާއެކު ހިންގާ ހެޔޮ ވެރިކަމަކަށް ފުރޮޅާލި ޕާޓީ. ރާއްޖެ އުފެދި އެކުލެވިފައި މިއޮތީ ލާމަރުކަޒީ ސިފަޔަށް. ރާއްޖޭގައި މީހުން ވަޒަންވެރިވެ އާބާދުވެފައި ވަނީ ލާމަރުކަޒީ ސިފައަށް. ދިވެހީންގެ ޠަބީޢަތާ އެއް ބައްޓަމަށް ދިވެހީންގެ ކަންކަން ލާމަރުކަޒީ ނިޒާމަކުން މެނުވީ ނުހިންގޭނެ."

ލާމަރުކަޒީ ބަދަލަކީ ކުޑަ އަދި ފަސޭހަ ބަދަލެއް ނޫނެވެ. މިބަދަލާ ދެކޮޅު ގިނަ ގޮންޖެހުން ތަކެއް ހުއްޓެވެ. ރައީސް އިބްރާހިމް މުހަންމަދު ޞާލިހަކީ މިކަންކަން ގާތުން ދެކެ، ދެނެވަޑައިގެން ހުންނެވި ބޭފުޅެކެވެ.

ޒަމާންވެ އާދަވެފައިވާ ކޮންމެ ކަމެއް، އާ ކަމަކަށް ބަދަލުވުމަކީ ބޮޑު ކަމެކެވެ. ދެމެހެއްޓެނިވި ހެޔޮ ގޮތުގައި އެކަމެއް ގެނެސް ގަތުމުގައި ހަމަހަމަވާން ޖެހެއެވެ. ޝަރުޠުތަކަކާއި ކުރާން ޖެހޭ ވަކި ޚާއްޞަ ކަންތައްތަކަކާއި ވާންޖެހޭ ވަކި ގޮތްތަކެއް ހުރެއެވެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ މި ތަގުރީރުގައި އެކަންކަމަށް ވެސް އިޝާރާތްކުރެއްވިއެވެ.

ރައީސް ޞާލިޙުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ދިވެހިރާއްޖެ ލާމަރުކަޒު ވުމަށް މިހާރު ދަތުރު ފަށާފައި މިވާ ދާއިރާތަކުގެ މައްޗަށް ވެސް އަލިއަޅުއްވާލެއްވިއެވެ. އަދި ލާމަރުކަޒު ވުމުގެ ރަނގަޅު ދިރިހުރި ބައެއް މިސާލު ވެސް ދެއްކެވިއެވެ.

"މިގޮތުން އެންމެ ފުރަތަމަ ލާމަރުކަޒު ވާން ޖެހެނީ ތަރައްޤީ. އެ ތަރައްޤީގެ އަސާސަކީ ތައުލީމާއި ހުނަރު. އިންސާނީ ވަޞީލަތް. ހަމައެހެންމެ ޞިއްޙީ ދާއިރާ. ދިރިއުޅުމުގެ އަސާސީ ޒަރޫރަތުތައް. ވިޔަފާރިއާއި އިގްތިޞާދީ ޙަރަކާތް. ދަތުރުފަތުރާއި މުވާޞަލާތުގެ ހުރިހާ ދާއިރާތައް. ކޮވިޑް19ގެ ސަބަބުން ސަރުކާރުގެ ޚިދުމަތްތައް ލާމަރުކަޒުވުން މުހިންމުކަން ފެނިއްޖެ. ވަކިން ޚާއްސަކޮށް ޞިއްޙީ ދާއިރާ ލާމަރުކަޒުވުމުގެ ބޭނުންތެރިކަން ކަށަވަރު ވެއްޖެ. ރަށްރަށުގައި ވަކިން ޓާސްކް ފޯސްތައް ހަދައިގެން ފުރިހަމަކުރި މުހިންމު މަސައްކަތްތައް ނުކުރިނަމަ އަތޮޅުތަކުގެ ހާލަތު ގޯސްވެގެން ދިޔައީސް"

ރައީސް ސޯލިހުގެ ވާހަކަފުޅު ކުރިއަށް ގެންދެވީ ލާމަރުކަޒީ ބޮޑުމަންޒަރަށް އެމަނިކުފާނުގެ ސަރުކާރުން ހިއްޕަވާ އަމާޒުގެ މަންޒަރު ތިލަކޮށްދެއްވަމުންނެއެވެ. އަދި ބައެއް ކާމިޔާބީތަކުގެ ނަން ވިދާޅުވަމުންނެއެވެ.

ފެޑެރަލް ނުވަތަ ޔުނިޓަރީވިޔަސް ގައުމެއްގެ ހިންގުން ލާމަރުކަޒު ވަނީ ހިންގުމާއި ޚިދުމަތް ހަލުވިކޮށް ކަށަވަރު ކުރުމަށްޓަކައެވެ. ރާއްޖޭގައި ކުރަން ހުރި ގިނަ ކަންކަން އެތައް ޒަމާނަކަށް ނުވެހުރީ ވާންޖެހޭ މުހިއްމު ބޮޑެތި ކަންކަން ނުނިމި ހުރުމުގެ ބަހަނާގައެވެ. ރައީސް ސޯލިހުގެ ވައުދާ އަމާޒު ހުރީ ފިނިހަކަ ދެވެއްޔާ، އަހަރަކު ބަނދަރެއްގެ ރޭޓުން 200 އަހަރަށް ކުރިން ޖެހި ހިސާބު ކަރުދާސް ވީދާލެއްވުމަށެއެވެ. ފެނާއި ނަރުދަމާ އަދި ކަރަންޓަކީ އިތުރަށް ދައްކަން ނުޖެހޭ ވާހަކަ އަކަށް ބަދަލު ކުރެއްވުމަށެއެވެ

ލާމަރުކަޒީ ނިޒާމުން ރާއްޖެ ހިނގައި ގަތުމުގެ މަންފާއަކީ ކުރިއާލާ ތަސައްވުރު ކުރަންވެސް ނޭނގޭހާ ހެޔޮބޮޑު ބަދަލެއް ގައުމުގެ ހުރިހާ ކަމަކަށް ގެނުވާނެ ކަމެކެއެވެ. މުޖުތަމައުގެ ހުރިހާ ފަންތި އަކާ ގިންތިތައް އަދި ވަކިން ޚާއްޞަކޮށް އަންހެން ކަނބަލުންގެ ޝާމިލްވުން އިންތިހާއަށް އޮންނާނެ ނިޒާމެކެއެވެ. ބިމާއި ގުދުރަތީ ހުރިހާ ވަސީލަތުގެ މިލްކުވެރިކަމުގައި ރައްޔިތުންނަށް އަތްލެވޭނެ ހެޔޮ އިންގިލާބެކެއެވެ.

ރައީސް އިބްރާހިމް މުޙަންމަދު ޞޯލިހް ދެއްވި ލާމަރުކަޒީ ތަގުރީރަކީ ބާރުތައް ރައްޔިތުންނަށް ދޫކޮއްލެއްވުމަށް އެމަނިކުފާނުގެ ނިޔަތާ ދޫ، ރުހިގަބޫލުވެ ދެއްވާފައިވާ އެމަނިކުފާނުގެ ހިތްހަލާލު އިގުރާރެކެއެވެ. ވެރިންނަކީ އައިސް ގޮސްވާ ބައެކެއެވެ. ނާންނަނީ، އަދި އައިސްފިއްޔާ ނުދަނީ ވެސް ބާރުތައް ދޫނުކޮށ، ހިފަހައްޓާ، ވެރިކަމުގައި ބަގުޑިލާ އޭގެ މަތިން ހިތްނުކެނޑޭ ވެރިންނެއެވެ.

ޅ. ހިންނަވަރު ނޫރާނީއާގޭ އިބްރާހިމް މުހަންމަދު ޞޯލިހް އަކީ ރާއްޖެ ލާމަރުކަޒު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާކަން ފަސް އަހަރަށް ކުރައްވާ، ދިވެހިރާއްޖޭގެ ފުރަތަމަ ލާމަރުކަޒީ ރައީސް އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވެނެޒުއޭލާގައި ބޭއްވުނު ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް އިންތިޚާބުން ގައުމަށް އުންމީދެއް އެބައޮތްތަ؟

ވެނެޒުއޭލާގައި ބޭއްވުނު ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް އިންތިޚާބުން ގައުމަށް އުންމީދެއް އެބައޮތްތަ؟

31 ޖުލައި 2017
ދުސްތޫރީ އޮނިގަނޑުގައި މަރުތަޅެއް ނެތް، މައްސަލައަކީ ގާނޫނާ އެއްގޮތަށް އަމަލުކުރަން ބޭނުން ނުވުން!

ދުސްތޫރީ އޮނިގަނޑުގައި މަރުތަޅެއް ނެތް، މައްސަލައަކީ ގާނޫނާ އެއްގޮތަށް އަމަލުކުރަން ބޭނުން ނުވުން!

27 ޖުލައި 2017
މި ވީގޮތަކީ ދެ ބުޅާ އަރައިރުމުގައި ވަނިކޮށް ރާމާމަކުނު ބޯކިބާ ކާލީ ނޫންތޯއެވެ؟

މި ވީގޮތަކީ ދެ ބުޅާ އަރައިރުމުގައި ވަނިކޮށް ރާމާމަކުނު ބޯކިބާ ކާލީ ނޫންތޯއެވެ؟

24 މެއި 2017
ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން

ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން

03 އެޕްރީލު 2017
ސުކޫލުތަކަށް ދަރިވަރުން ނުފޮނުވުން: ބެލެނިވެރިންގެ ވަރުގަދަ މެސެޖެއް އެޑިއުކޭޝަނަށް

ސުކޫލުތަކަށް ދަރިވަރުން ނުފޮނުވުން: ބެލެނިވެރިންގެ ވަރުގަދަ މެސެޖެއް އެޑިއުކޭޝަނަށް

26 މާރިޗު 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު