Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

އިންތިހާބަށް 66 ދުވަސް: ކެންޑިޑޭޓުން ދައްކައި، ސިޔާސަތުތައް ބުނެދިނީ އެމްޑީޕީ އެކަނި

ކެންޑިޑޭޓުންގެ ބައިވެރިވުމާ އެކު އެމްޑީޕީން ސިޔާސަތު ވަނީ ކަނޑައަޅާފައި

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 30 ޖެނުއަރީ 2019 | ބުދަ 14:50
އެމްޑީޕީ އެއްވުމެއްގެ ތެރެއިން

އެމްޑީޕީ އެއްވުމެއްގެ ތެރެއިން

ރޭވުންތެރިއެވެ. ކުރަންވީ ކަންތައްތަކަށް ތައްޔާރު އެބަވެއެވެ. ތަސައްވަރު ކުރެވޭ ކަންތައްތައް ކުރިއާލާ އެބަ ކުރަހައެވެ. މިއީ މިފަހަރުގެ މަޖިލީހުން އިންތިހާބަށް ވެސް އެމްޑީޕީން ތައްޔާރުވަމުންދާ ގޮތެވެ. އިންތިހާބު ބާއްވަން 120 ދުވަށްވެފައި ވަނިކޮށް، އެމްޑީޕީން ޕްރައިމަރީއަށް ހުޅުވާލިއެވެ. އޭގެ ސާޅީސް ދެ ދުވަސް ފަހުން، މުޅި ރާއްޖޭގައި ޕްރައިމަރީ ބާއްވާއި، އެ ޕާޓީން ނުކުންނާނެ 86 ކެންޑިޑޭޓުން ދައްކާލީ، މަޖިލިސް އިންތިހާބަށް ކެމްޕެއިން ކުރަން ދެ މަހާއި 12 ދުވަސް އޮއްވައެވެ. އަދި އެ ވަރަކުން ނިމުނީއަކީ ނޫނެވެ. އެ ހުރިހާ ކެންޑިޑޭޓުން އެއްތަންކޮށް، ރައްޔިތުންނަށް ވިއްކާނެ ކެމްޕެއިން ޕްލޭނެއް ތައްޔާރު ކުރިއެވެ. މަޖިލީހަށް އިންތިހާބުވުމުން، ތަންފީޒު ކުރާނެ ސިޔާސަތު އެކުލަވާލިއެވެ. "އެޖެންޑާ 19" އުފަން ކުރިއެވެ. އެ އެޖެންޑާއަކީ އަލަށް އިންތިހާބު ކުރާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތަންފީޒު ކުރާނެ އެޖެންޑާއެވެ.

މިއީ ރާއްޖޭގައި މިހާތަނަށް ޕާޓީއަކުން މަޖިލިސް އިންތިހާބަކަށް ތައްޔާރުވި ގޮތެއް ނޫނެވެ. އެމްޑީޕީން ވަނީ އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓުން އެއްތަންކޮށްގެން، މެނިފެސްޓޯ ތަންފީޒު ކުރުމަށް ސައްލާކޮށްފައެެވެ. މަޖިލީހަށް ހުށަހަޅާނެ ދެލިކޮޕީތަކެއް ތައްޔާރުކޮށް، އެ ކަރުދާސްތަކަށް ބަދަލު ގެނެސް، އިސްލާހު ގެނެސްފައެވެ. އަދި ކެންޑިޑޭޓުން ތައްޔާރު ކުރި ދެލިކޮޕީއަށް އާންމުންގެ ހިޔާލަށް ވެސް ހުޅުވާލާފައެވެ. ކެމްޕެއިންގައި އާންމުންގެ ބައިވެރިވުން، އިތުރު ކުރުމަށް ސިޔާސަތުތަކަށް ކަނޑައެޅުމުގައި ރައްޔިތުންގެ ބައިވެރިވުން އެމްޑީޕީން ވަނީ އިތުރުކޮށްފައެވެ.

އެމްޑީޕީން އަލަށް އިންތިހާބު ކުރާ މަޖިލީހަށް ނުކުންނަނީ އާ ވާހަކަތަކެއް ހިފައިގެނެއް ނޫނެވެ. އެ ޕާޓީގެ 13 އަހަރުގެ ތާރީހުގައި މިހާތަނަށް އަޑު އުފުލަމުން އައި ވާހަކަތައް ހިފައިގެންނެވެ.

އެގޮތުން އެ ޕާޓީގެ ސިޔާސަތުތަކާއި މެނިފެސްޓޯގައިވާ ވައުދުތައް ފުރިހަމަ ކުރުމަށް 15 ކަރުދާހެއް އެމްޑީޕީން އެ ޕާޓީގެ ކެންޑިޑޭޓުންނާ ހިއްސާ ކުރިއެވެ. އެ ދެލިކޮޕީތަކުގައި ހިމެނެނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޯހިޔާވަހި ކަމަށް ބޭނުންވާ 40،000 އެތައް، ރައްޔިތުންނަށް ގެދޮރުވެރިކަން ހޯދައި ދިނުމާ ގުޅޭ ސިޔާސަތު ކަނޑައެޅުމެވެ. ވެރިންގެ މުށު ތެރެއިން ބާރުތައް ލުހެލައި، ރަށަށް ބާރުދިނުމަށް ލާމަރުކަޒީ ގާނޫނު އިސްލާހު ކުރުމެވެ. ރަށުން ލިބޭ ނަފާ ދައުލަތުގެ މާލިއްޔާއަށް ޖަމާކުރުމުގެ ބަދަލުގައި ރަށު ކައުންސިލްގެ ތިޖޫރީއަށް ވަންނާނެ ގޮތް ހެދުމެވެ.

މުއްސަނދި މީހާގެ ޖީބުން، ފަގީރުންނަށް ހަރަދު ކުރަން ލާޒިމު ކުރާ ގޮތަށް އިންކަމް ޓެކްސް ނަގަން ފެށުމެވެ. ބޭއިންސާފާއި ނާއިސްސާފުގެ މުގުރުން ނިޔާ ކަނޑައަޅަން ތިބި ފަނޑިޔާރުން އަމަލުތައް ހުއްޓުވައި، ފަނޑިޔާރުގެ އިސްލާހު ކުރުމެވެ. ވަލާއި ފަރުތައް ހިމާޔަތްކޮށް ބެލެހެއްޓުމާއި، ޖަވާބު ދާރީ ކުރުވަނިވި ދައުލަތެއް ބިނާ ކުރުމެވެ. އަދި ދައުލަތް ޒިންމާދާރުކޮށް، ޖަބާދާރީ ކުރުވަން ތިބޭ މަޖިލިސް މެމްބަރުންގެ ނަޒާހަތްތެރިކަން ކަށަވަރު ކުރުމަށް، މާލީ ބަޔާން ހުށަނާޅާނަމަ ޖިނާއީ ދައުވާ އުފުލޭ ގޮތަށް ވެސް އެމްޑީޕީން ވަނީ ގާނޫނަށް ގެންނާނެ ބަދަލުތަކުގެ ބިލުތަކެއްގެ ގޮތުގައި ކަރުދާސްތަކެއް ތައްޔާރުކޮށްފައެވެ.

އެ ވައުދުތައް ހިފައިން އެމްޑީޕީން ކެމްޕެއިނަށް ނުކުންނަނީ އިންތިހާބަށް ބާކީ ދެ މަހާއި ހަ ދުވަސް އޮއްވައެވެ. ޕާޓީގެ ކެންޑިޑޭޓާއި ވޯޓު ދޭންވީ ސަބަބު ރައްޔިތުންނަށް ކިޔައިދޭން ނުވަ ހަފްތާ އަދި އެބަ އޮތެވެ. ގަޑިއިރުން ބަލާނަމަ، 1500 ވުރެ ގިނަ ގަޑިއިރު އެބަ އޮތެވެ. އެއީ 66 ދުވަހެވެ.

އެމްޑީޕީން މި ހުރިހާ ވާހަކަތަކެއް ހިފައިގެން ނުކުންއިރު، އެހެން ޕާޓީތައް ކޮބައި ހެއްޔެވެ؟ ވާދަވެރި ޕާޓީތަކަށް ކެންޑިޑޭޓުން ދެއްކިއްޖެ ހެއްޔެވެ؟ އެ ޕާޓީތަކުގެ އާންމު މެމްބަރުން ބޭނުންވާ މީހާ އިންތިހާބުކޮށް، ކެންޑިޑޭޓެއްގެ ގޮތުގައި ދެއްކިއްޖެ ހެއްޔެވެ؟ ރައްޔިތުންނަށް ވިއްކާނެ ސިޔާސަތެއް އެ ޕާޓީތަކަށް ކަނޑައެޅިއްޖެތޯއެވެ؟ ބޮއްސުންލާފައިވާ، ނިޒާމު ހަމަމަގަށް އަޅުވާނެ، ގޮތްތަކެއް ކިޔައި ދެވިއްޖެ ހެއްޔެވެ؟

އިންތިހާބަށް ބާކީ އޮތް 66 ދުވަހުގެ ތެރޭގައި ވެސް ޕާޓީތަކުން އެ މަންޒަރު ދެއްކިއްޖެނަމަ، މި ނޫން ދުވަހެއް ހޯދައި ދެވިދާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބިރު ދައްކައިގެން ކާމިޔާބެއް ނުލިބޭނެ!

ބިރު ދައްކައިގެން ކާމިޔާބެއް ނުލިބޭނެ!

04 ޖުލައި 2017
އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް

އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް

30 ޖޫން 2017
ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

11 ޖޫން 2017
ޔާމީނުގެ މަރަށް 30 ދުވަސް، ތަހުގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށް؟

ޔާމީނުގެ މަރަށް 30 ދުވަސް، ތަހުގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށް؟

24 މެއި 2017
ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

04 މެއި 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު