Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޗެމްޕިއަންސް ލީގް

ބްރެޒިލް މީހުން މިރޭ ރެއާލް މެޑްރިޑް ބަލިވާން އެދެނީ ކީއްވެ؟

ބްރެޒިލްގެ ކޯޗުކަން ދޭން ބޭނުންވަނީ މެޑްރިޑްގެ ކޯޗު އެންޗެލޯޓީއަށް

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން, ރާއްޖެ އެމްވީ | 21 ފެބުރުއަރީ 2023 | އަންގާރަ 02:54
ރެއާލް މެޑްރިޑަށް ކުޅުނު ބްރެޒިލްގެ ބައެއް ކުޅުންތެރިން

ރެއާލް މެޑްރިޑަށް ކުޅުނު ބްރެޒިލްގެ ބައެއް ކުޅުންތެރިން

ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި އަންގާރަ ދުވަހުގެ ރޭ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ފައިނަލުގައި ބަލިވި ލިވަޕޫލް ވާދަކުރާ މެޗަކީ ވަރަށް ފޯރިގަދަވާނެ މެޗެކެވެ. މުބާރާތުގެ ގަދަ އަށަކަށް ދިއުމަށް މިއިން އެއްވެސް ޓީމަކަށް މަގު އަމާންކުރެވޭނީ މި މެޗުގެ ނަތީޖާ އިންނެވެ.

ދެ ޓީމަށް ބަލާއިރު މެޑްރިޑްގެ ކޯޗަކީ އިޓަލީގެ ތަޖުރިބާކާރު ކާލޯ އެންޗެލޯޓީ އެވެ. ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ހޯދި ކޯޗެއް އޭނާ ނޫނީ ނެތެވެ. އިޓަލީގެ އޭސީ މިލާނާއި ޖަރުމަނުގެ ބަޔާން މިއުނިކާއި ފްރާންސްގެ ޕީއެސްޖީ އާއި އިނގިރޭސިވިލާތުގެ ޗެލްސީގައި އެތަކެއް ކާމިޔާބީތަކެއް ހޯދި އެވެ. އަދި ރެއާލް މެޑްރިޑަށް ދެ ވަނަ ފަހަރަށް އައީ ކުރިން ވެސް މި ކުލަބުގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށްފަހު އެވެ. އެންޗެލޯޓީގެ ތަށި ހަރުގަނޑުގައި ކޯޗެއްގެ ގޮތުން ހޯދި 25 ވަރަކަށް ތަށި އެބަވެ އެވެ. މިހެންވެ ދުނިޔޭގެ ކޮންމެ ކުލަބަކުން ވެސް އެންމެ ބޭނުންވާ އެއްކޯޗަކީ އޭނާ އެވެ.

ނަމަވެސް އުމުރު މަތިވެ، ކުލަބު ފުޓްބޯޅައިން ރިޓަޔަރވާނެ ކަމުގެ އިޝާރާތެއް އޭނާ ދިނީ މިދިޔަ އަހަރު އެވެ. ރެއާލް މެޑްރިޑަކީ އޭނާ ކޯޗުކޮށްދޭނެ އެންމެ ފަހު ކުލަބެވެ. 2024 ވަނަ އަހަރާ ހަމައަށް އެކުލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާއިރު އެންޗެލޯޓީގެ އުމުރުން 65 އަހަރުވާނެ އެވެ. މިހެންވެ، މިއީ ކޮންމެ ދުވަހަކު ފަރިތަކުރުންތަކެއް ނުކުމެ ކޯޗުކޮށްދޭވަރަށްވުރެ ދޮށީ އުމުރެއް ކަމަށް އޭނާ ވެސް ގަބޫލުކުރެ އެވެ. ދުނިޔޭގެ މިހާރުގެ ކޯޗުންގެ ޓްރެންޑް ބަދަލުވަމުންދާ ސްޕީޑަށް ބަލާއިރު ޒުވާން ކޯޗުންނަށް ކުލަބުތަކުން ދަނީ އިސްކަންދެމުންނެވެ. މެޑްރިޑުގެ ކޯޗުގެ ވަޒީފާގެ އުއްމީދުގައި އެންޗެލޯޓީގެ ތިން ދަރިވަރަކު މިހާރު ވެސް އެބަތިއްބެވެ. ކުރީގެ ކޯޗު ޒައިނުއްދީން ޒިދާނާއި ޔޫތު ޓީމުގެ ކޯޗު ރައުލް ގޮންޒަލޭޒް އާއި ބަޔާން ލެވަކޫސަންގެ ކޯޗު ޒަބީ އަލޮންސޯ އެވެ. މިއިން ކޮންމެ މީހަކީ ކުޅުންތެރިއެއްގެ ގޮތުގައި މެޑްރިޑުގެ ސަޕޯޓަރުންގެ ލޯބި ހޯދި ބައެކެވެ.

މިހެންވެ ކެރިއަރުގެ ފަހު ދުވަސްތައް ގައުމީ ޓީމެއްގައި ހޭދަކޮށްލައި އެތަޖުރިބާކޮށްލަން އެންޗެލޯޓީ ވެސް ހުރީ ބޭނުންވެފަ އެވެ. އޭނާގެ އެހީތެރިކަމަށް އެދިގެން އުޅެނީ ދުނިޔޭގެ ފުޓްބޯޅައި އެންމެ ބޮޑު ސުޕަސްޓާރު ކަމަށްވާ ބްރެޒިލުންނެވެ. މިދިޔަ ޑިސެމްބަރު މަހު ނިމުނު ވޯލްޑްކަޕަށް ފަހު ކޯޗަކު ހަމަނުޖައްސައި ބްރެޒިލުން އެތިބީ އެންޗެލޯޓީގެ ފަހަތުން މުގޯލި އެޅުމުގަ އެވެ.

ގައުމުން ބޭރުގެ ކޯޗަކު ގެނައުމަކީ ބްރެޒިލްގެ ގިނަ ކޯޗުން ގަބޫލުވާ ކަމެއްނޫނެވެ. އަދި ސަޕޯޓަރުންގެ ތެރެއިން ވެސް ގިނަ ބަޔަކު މިކަމާ ނުރުހެއެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި ޒަމާނީ އުސޫލުތައް ދޫކޮށްނުލައި ބިދޭސީއަކަށް ލަގަން ދޫނުކޮށްލުމަށްވުރެ މިއީ ބްރެޒިލްގެ ޒުވާން ކޯޗަކަށް ފުރުސަތުދޭންވީ ވަގުތެވެ. ބައެއް މީހުންގެ ނަޒަރުގައި ވަގުތީ ގޮތުން ޓީމާ ހަވާލުވެހުރި 20 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗު ރޯމަން މެނެސެސް އަކީ ގައުމީ ޓީމަށް ބަރާބަރުވާނެ ކޯޗެކެވެ.

މި ގޮތަށް ބުނާ މީހުން މިސާލެއްގެ ގޮތުން ދައްކަނީ އާޖެންޓީނާގެ ކޯޗު ލަޔޮނަލް ސްކަލޯނީ އެވެ. މާބޮޑު ތަޖުރިބާއެއްގެ ނެތި އޭނާ އެންމެ ފަހުގެ ވޯލްޑްކަޕް ކާމިޔާބުކުރި ވާހަކަ އެވެ. އެކަމަކު އާޖެންޓީނާއިން ސްކަލޯނީ އަށް ފުރުސަތުދިނީ މަޖުބޫރުވެގެންނެވެ. 2018 ވަނަ އަހަރުގެ ވޯލްޑްކަޕުން ކެޓުމުން ޖޯޖް ސަމްޕޯލީގެ އަގުބޮޑު ކޮންޓްރެކްޓް ބާތިލްކޮށް، އާޖެންޓީނާއިން ސްކަލޯނީ އަށް ފުރުސަތުދިނީ އެވަގުތު ޓީމާ ހަވާލުވާނެ މީހަކު ނެތުމާއި އަގުހެޔޮކޮށް ކޯޗުކޮށްދޭނެ މީހަކީ އޭނާ ކަމަށްވުމުންނެވެ. އާޖެންޓީނާގެ މިހާލަތާއި ބްރެޒިލްގެ ހާލަތު ވަރަށް ތަފާތެވެ.

ފާއިތުވެދިޔަ 20 އަހަރު ބްރެޒިލަށް ވޯލްޑްކަޕް ނުލިބި ދިޔައީ މުޅިން ވެސް އަމިއްލަ ގައުމުގެ ކޯޗުންނާއެކުގަ އެވެ. ކުރީގެ ކެޕްޓަން ކާލޮސް ޑުންގާ އާއި މާރިއޯ ޒަގަލޯ އާއި ލުއިސް ފިލިޕޭ ސްކޮލާރީ އާއި ޓިޓޭ ފަދަ އެތައް ކޯޗުންނެއް ފެއިލްވީ އެވެ. ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް އެޑްނާލްޑޯ ރޮޑްރިގޭޒް ބިދޭސީ ކޯޗަކަށް ފުރުސަތުދޭން ބޭނުންނުވަނީ ޓެސްޓް ނުކުރެވި ހުރި ތަޖުރިބާކާރު ބްރެޒިލް ކޯޗަކު މިވަގުތު ނެތުމުންނެވެ.

ބްރެޒިލަށް ވޯލްޑްކަޕް ނުލިބި އެންމެ ދިގު މުއްދަތަކަށް ހޭދަވީ 24 އަހަރެވެ. ދެން އަންނަ ވޯލްޑްކަޕެއް އަންނައިރު މިމުއްދަތު އަނެއްކާ ވެސް ތަކުރާރުވާނެ އެވެ. މިހެންވެ ރައީސް އެޑްނާލްޑޯ ގަބޫލުކުރާ ގޮތުގައި ދުނިޔޭގެ ފަންތީގައި ބްރެޒިލް އޮތުމަށް މިއީ އެގައުމުގެ ފުޓްބޯޅަ ޒަމާނީކޮށް، ނިއުޅާލަންވީ ވަގުތެވެ. އައު ޚިޔާލަށް މަރުޙަބާ ކިޔަންވީ ވަގުތެވެ. ޔޫރަޕުގެ ފުޓްބޯޅައިގެ ކުރިއެރުމާއި ވިސްނުން ދަސްކޮށް، އެތަޖުރިބާ އުނގެނިގަންނަވީ ވަގުތެވެ. މިކަމަށްޓަކައި އޭނާ ބޭނުންވާ އެދުރެއްގެ ހުރިހާ ކޮލިޓީއެއް އެންޗެލޯޓީގެ ކިބާގައި އެބަހުއްޓެވެ. އޭނާގެ ކާމިޔާބީތަކާމެދު ސުވާލު އުފައްދަން ޖާގައެއްނެތެވެ. ފުރަތަމަ ފަހަރަށް ބްރެޒިލްގެ ބިދޭސީ ކޯޗަކަށްވެ ޓީމު ގެންގުޅެވޭނެ ގާބިލްކަމާއި އެ ޑިޕްލޮމްސީ އާއި ލީޑަރޝިޕް އެންޗެލޯޓީގެ ކިބައިގައި ހުންނާނެކަން ވެސް ދުނިޔެވަނީ ކަށަވަރުކޮށްފައެވެ. އަދި ބްރެޒިލްގެ އެތައް ކުޅުންތެރިންނަކަށް ކޯޗުކޮށްދީ އެމީހުން މޮޅު ބަޔަކަށް ހެދުމުގައި ފާއިތުވެދިޔަ 22 އަހަރު އެންޗެލޯޓީގެ ދައުރު ވެސް ބޮޑެވެ. މިހެންވެ މިއީ ބްރެޒިލްގެ ރޮނާލްޑޯ އާއި ކަކާ އަދި ކުރި އާއި މިހާރުގެ ކުޅުންތެރިން ގަބޫލު މީހެކެވެ.

އެކަމަކު އެންޗެލޯޓީގެ ފައިތިލަ ބްރެޒިލް ބޭނުންވާހާ އަވަހަށް މެޑްރިޑުން ލުއްސާލެވެން އޮތީ މެޑްރިޑްގެ ނަތީޖާތައް ގޯސްވެގެންނެވެ. ސްޕެނިޝް ލީގު މި ސީޒަނުގައި ލިބުން ދުރެވެ. މިއާއެކު ޗެމްޕިއަންސް ލީގު ނުލިބިއްޖެނަމަ އައު ކޯޗަކަށް ވިސްނައި ޓީމު އެފުށްމިފުށަށް ޖަހާލުމަށް ރައީސް ޕްރޮލެންޓީނޯ ޕްރޭޒް އަވަސްވުން ގާތެވެ. ބްރެޒިލް މީހުން މިރޭ ލިވަޕޫލަށް ސަޕޯޓްކުރަނީ މިހެންވެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބްރެޒިލްގެ ރިއޯ ޕްލާސްޓިކުން ފުރިފައި

ބްރެޒިލްގެ ރިއޯ ޕްލާސްޓިކުން ފުރިފައި

17 މާރިޗު 2022
ބަލިވާން މެދުވެރިވި ސަބަބަކީ ކޮބާ؟

ބަލިވާން މެދުވެރިވި ސަބަބަކީ ކޮބާ؟

14 އޮކްޓޯބަރު 2021
އިޓަލީގެ "އެދުރުބެ" އަކީ ހަގީގަތުގައި ބްރެޒިލްގެ އުފެއްދުމެއް

އިޓަލީގެ "އެދުރުބެ" އަކީ ހަގީގަތުގައި ބްރެޒިލްގެ އުފެއްދުމެއް

06 ޖުލައި 2021
ބްރެޒިލްގެ ކޮވިޑްގެ ހާލަތު އައު ލެވެލް އަކަށް – ދުވާލެއްގެ މައްޗަށް 2000 މީހުން މަރުވަނީ

ބްރެޒިލްގެ ކޮވިޑްގެ ހާލަތު އައު ލެވެލް އަކަށް – ދުވާލެއްގެ މައްޗަށް 2000 މީހުން މަރުވަނީ

11 މާރިޗު 2021
އިނގިރޭސިވިލާތް، ބްރެޒިލް އަދި ދެކުނު އެފްރިކާއިން ފެނިފައިވާ ކޮވިޑްގެ އައު ވޭރިއަންޓްތައް: ކަންބޮޑުވާންޖެހެނީ ކިހާ މިންވަރަކަށް؟

އިނގިރޭސިވިލާތް، ބްރެޒިލް އަދި ދެކުނު އެފްރިކާއިން ފެނިފައިވާ ކޮވިޑްގެ އައު ވޭރިއަންޓްތައް: ކަންބޮޑުވާންޖެހެނީ ކިހާ މިންވަރަކަށް؟

15 ޖެނުއަރީ 2021

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު