Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޓަނެޓް ބޭނުންކުރުން

ރާއްޖޭގައި ކުޑަކުދިން އިންޓަނެޓް ބޭނުންކުރާ ގޮތް ރައްކާތެރިއެއް ނޫން: މަލީހު

އިންޓަނެޓް ބޭނުންކުރާ ކުދިންނަށް އަމާޒުކޮށްގެން މިނިސްޓްރީގެ ފަރާތުން ކެމްޕޭނެއް ފަށާފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 5 ފެބުރުއަރީ 2019 | އަންގާރަ 14:26
ކޮމިއުނިކޭޝަންސް މިނިސްޓަރު މަލީހު (މ)

ކޮމިއުނިކޭޝަންސް މިނިސްޓަރު މަލީހު (މ)

ރާއްޖޭގައި ކުޑަކުދިން އިންޓަނެޓް ބޭނުންކުރާ ގޮތް ރައްކާތެރިނޫން ކަމަށް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ސޭފާ އިންޓަނޭޓް ޑޭ އާއި ގުޅިގެން އެ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަލީހް ވިދާޅުވީ މައިންބައިފައިންގެ ފޯނު އެންމެ ތުއްތު ކުދިންނާއި ސުކޫލު އުމުރުފުރައިގެ ގިނަ ކުދިން ބޭނުންކުރާ ކަމަށާއި އެއާ ގުޅިގެން އަންނަ ބޮޑެތި ގޮންޖެހުންތަކެއް ވެސް އެބަހުރި ކަމަށެވެ.

Advertisement - newsAdvertisement
"އަޅުގަނޑުމެންގެ އެންމެ ކަންބޮޑުވުމެއް އޮތީ ރާއްޖޭގައި، މައިންބައިފައިންގެ ފޯނު އެންމެ ތުއްތު އުމުރުން އެއްއަހަރުގެ އަދި ދެ އަހަރުގެ ކުދިންނާއި ސުކޫލު އުމުރުފުރައިގެ ވަރަށް ގިނަ ކުދިން ބޭނުން އެބަކުރޭ. އެއާއެކު އަންނަ ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި، ހާއްސަކޮށް ޒުވާން އުމުރުފުރައިގެ ކުދިން އިންޓަނެޓް ބޭނުންކުރުމުގައި ގެންގުޅެންޖެހޭ މިންގަނޑުތަކާއި ދަމަހައްޓަން ޖެހޭ އުސޫލުތަކާއި ހަމަތައް، އެއީ އެންމެ އެކަށީގެންވާ މައުލޫމާތު ނުލިބި އެ ބޭނުންކުރާ ކަމަށްވަންޏާ ވަރަށް ބޮޑެތި ގެއްލުންތަކެއް އެ ކުދިންނަށް ފޯރާފާނެކަމުގެ ބިރުވެރިކަމަކީ އަޅުގަނޑުމެން އިންތިހާއަށް ކަންބޮޑުވާކަމެއް" މަލީހު ވިދާޅުވިއެވެ.

އިންޓަނެޓް ބޭނުންކުރާ ކުދިންނަށް އަމާޒުކޮށްގެން މިނިސްޓްރީގެ ފަރާތުން ކެމްޕޭނެއް ފަށާފައިވާއިރު މި ކެމްޕޭން މެދިވެރިކޮށް އިންޓަނެޓް ބޭނުންކުރުމުގައި ސަމާލުވާންވީ ކަންތައްތަކާއި އަމަލުކުރަންވީ ގޮތް ކަމާބެހޭ އެންމެހާ މުއައްސަސާތައް މެދުވެރިކޮށް މައުލޫމާތު ފޯރުކޮށްދެވިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ކުދިން އިންޓަނެޓް ބޭނުންކުރާއިރު ބެލެނިވެރިން އިތުރަށް ބޮޑަށް ފާރަވެރިވުމަށް މަލީހު އެދިވަޑައިގެންނެވިއެވެ.

"އަޅުގަނޑުމެންގެ އިލްތިމާސްއަކީ ބެލެނިވެރިން މިހާރަށްވުރެ ބޮޑަށް ފާރަވެރިވުމަށް، ވަސީލަތްތައް ބޭނުންކުރަނީ އެދެވިގެންވާ ހަމައެއްގެ މަތިންކަމަށް ބެލުމަށް އެދެން" މަލީހު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީން އިތުރަށް ބުނީ މާލެއާއި ރާއްޖޭގެ އެކި ހިސާބުތަކުގައި އެކި ކަހަލަ އެޕްލިކޭޝަންތަކާއި އެކި ކަހަލަ ވަސީލަތްތައް ބޭނުންކޮށްގެން ވެރިފަރާތަށް ނޭނގި ވައިފައި ބޭނުން ކުރުން އާންމުވެފައިވާ ކަމަށާއި އެކަމަށް ހައްލެއް ގެނައުމަށް އެ މިނިސްޓްރީން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

މިހާރު އެކުލަވާލަމުންދާ ޤާނޫނުތައް ވުޖޫދަށް އައުމުން މިހާރަށްވުރެ ރައްކާތެރިކަމާއެކު އިންޓަނެޓްގެ ޚިދުމަތް ދިވެހި ރައްޔިތުންނަށް ލިބިގެން ދާނެކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް

05 ފެބުރުއަރީ 2017
ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު