Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ސޯލިހުގެ ލަންކާ ދަތުރުފުޅު

ޕްރައިވެޓް އިންވެސްޓްމަންޓްތަކަށް އިސްކަން ދޭނަން: ރައީސް ސޯލިހު

4 ފެބުރުއަރީ 2019 | ހޯމަ 12:42

ރާއްޖޭގެ ގިނަ ރަށްތަކުގައި ބޭންކް ގާއިމްކުރެވޭނެ ކަމަށް ވިދާޅުވެފައިވޭ

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 4 ފެބުރުއަރީ 2019 | ހޯމަ 12:42
ރައީސް ސޯލިހު މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ވާހަކަފުޅު ދައްކަވަނީ

ރައީސް ސޯލިހު މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ވާހަކަފުޅު ދައްކަވަނީ

ވިޔަފާރީގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް "ޕްރައިވެޓް އިންވެސްޓްމަންޓް"ތަކަށް އިސްކަން ދެއްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ސްރީލަންކާ އަށް ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ދަތުރުފުޅުގައި ސްރީލަންކާ މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމުގައި ވިޔަފާރީގެ ދާއިރާ ފުޅާ ކުރުމަށްޓަކައި ޕްރައިވެޓް އިންވެސްޓްމަންޓްތަކަށް ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ. ރައީސް ސޯލިހު ވިދާޅުވީ ޕްރައިވެޓް އިންވެސްޓްމަންޓްތަކައް ވިޔަފާރީގެ ދާއިރާ ހުޅުވާލާއިރު، ބޭންކިންގެ ނިޒާމު ރަނގަޅު ކުރަންޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ގިނަ ރަށްތަކުގައި ބޭންކްތައް ނެތްކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، ބޭންކް ނެތް ރަށްތަކުގައި ބޭންކްތައް ގާއިމްކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ސޯލިހު ވިދާޅުވީ އެ މަނިކުފާނުގެ ސިޔާސަތަކީ ދުނިޔޭގެ ގައުމުތަކަށް ރާއްޖެ ހުޅުވާލައި، ދުނިޔޭގެ ގައުމުތަކުގެ ވިޔަފާރިވެރިން ވިޔަފާރިކުރަން ބޭނުންވާ ގައުމަކަށް ދިވެހިރާއްޖެ ހެއްދެވުން ކަމަށެވެ. ފާއިތުވި އަހަރުތަކުގައި ދުނިޔޭގެ ގައުމުތަކުގެ ވިޔަފާރިވެރިންގެ އިތުބާރު ރާއްޖެއާ މެދު ގެއްލިފައިވާއިރު، އެ އިތުބާރު އަލުން ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖެއަކީ ދުނިޔޭގެ ވިޔަފާރިވެރިންނަށް ހުޅުވާލާފައިވާ ގައުމަކަށް ހައްދަވާނެ ކަމަށް އިޝާރާތް ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ޕްރައިވެޓް ސެކްޓަރގެ އިގްތިސާދު ކުރިއެރުވުމަށް ގިނަ ބަދަލުތަކެއް ގެންނަންޖެހިފައިވާކަން ގަބޫލުފުޅު ކުރައްވާ ކަމަށާއި، އެ ބަދަލުތައް ގެންނަވާނެ ކަމަށެވެ.

ސްރީލަންކާ އާއި ރާއްޖެއާ ދެމެދު އޮތް ގާތްގުޅުމަށް އަލިއަޅުއްވާލައްވާ ވާހަކަދައްކަވުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖެއާ އެކު ވިޔަފާރީގެ ގުޅުންތައް ބަދަހިކުރަން އެންމެ ފަސޭހަ އެއްގައުމަކީ ސްރީ ލަންކާ ކަމަށެވެ. ސަބަބެއް ކަމަށް އެ މަނިކުފާނު އިޝާރާތްކުރައްވާފައިވަނީ އެއްގޮތް ގިނަ ކަންތައްތަކެއް މި ދެ ގައުމުގެ ދެ މެދުގައި ހުރުމާއި ދެ ގައުމުގެ މީހުން ކެއުމުގައި ބޭނުންކުރާ ބާވަތްތައް އެއްގޮތްވުމެވެ. އެންމެ ގިނަ ދިވެހިންނާ ބައްދަލުކުރެވޭ ގައުމަކީ ސްރީ ލަންކާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ސްރީލަންކާގެ ވިޔަފާރީގެ ދާއިރާގައި ފުންނާބު އުސްފަރާތްތަކުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ރައީސް ސޯލިހު ވަނީ ސްރީލަންކާގެ މަޝްހޫރު "މަގާ" ކުންފުނީގެ ސީއީއޯ ސުރެން އަބޭވިކްރަމަ އާއި އެލްއޯއެލްސީގެ އިސް ދެ ފަރާތް ކަމަށްވާ ކަމަންތާ އަމަރްސޭކަރަ އަދި އިޝާރާ ނަނާޔަކަރައާ ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ވެސް ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންފައެވެ.

ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށް ރައީސް ސޯލިހު ކުރައްވާ މަސައްކަތްޕުޅުގެ އަގު ވަޒަންކުރައްވާ ސްރީލަންކާގެ ބިޒަންސް ކައުންސިލުން ރައީސް ސޯލިހުއަށް ވަނީ ހަނދާނީ ފިލާއެއް ހަދިޔާކުރައްވާފައެވެ.

ސްރީލަންކާގައި 25000-30000 ދެމެދުގެ އަދަދެއްގެ ދިވެހިން ވަޒަންވެރިވެގެން އުޅޭ ކަމަށް ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް