Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސްގެ ލަންކާ ދަތުރުފުޅު

ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އާސަންދައިގެ ޚިދުމަތް އޭޕްރީލްއިން ފެށިގެން ލިބޭނެ: ރައީސް ސޯލިހް

ސްރީލަންކާގައި  12000 ހާހަށްވުރެން ގިނަ ދިވެހިން ދިރިއުޅޭ

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް, ރާއްޖެ އެމްވީ | 3 ފެބުރުއަރީ 2019 | އާދީއްތަ 13:41
ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

އަންނަ އޭޕްރީލްމަހުގެ 1ވަނަ ދުވަހުން ފެށިގެން ސްރީލަންކާގައި ދިރިއުޅޭ ހުރިހާ ދިވެހިންނަށް އާސަންދައިގެ ޚިދުމަތް ލިބޭނެ ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ޚާއްސަ ހަރަކާތްތައް ޝަރަފުވެރި ކޮއްދެއްވުމަށް ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ލަންކާގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލު ކުރެއްވުމަށް އާދިއްތަ ދުވަހު ހަވީރު ލަންކާގެ ދިވެހި އެމްބަސީގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމު ރައީސް ސޯލިހު ވިދާޅުވީ، ސްރީލަންކާގެ އިތުރުން އަވައްޓެރި ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށްވެސް އާސަންދައިގެ ޚިދުމަތް ލިބޭނެ ގޮތް ހަމަޖެއްސެވުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

ސްރީލަންކާގައި 12،000 އަށްވުރެ ގިނަ ދިވެހިން އުޅޭކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އޭގެ ތެރެއިން 7000 މީހުންނަކީ ސްޓޫޑެންޓް ވިސާގައި ދިރިއުޅޭ ފަރާތްތަށް ކަމަށެވެ. އަދި ޕްރީ ސްކޫލުން ފެށިގެން، މަތީ ތައުލީމާއި ހަމައަށް ދިވެހިން ލަންކާގައި ތައުލީމް ހާސިލް ކުރަމުން ދާކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ދިވެހިން އެދިފައިވާ ގޮތަށް ސްޓޫޑެންޓް ލޯނުގައި ލުއިތައް ހިމަނައި، މިހާރު ހުރިހާ ދަރިވަރުންނަށްވެސް އެކަން ހަމަޖެހިފައިވާ ކަމަށާއި އޭގެ ބެނުން ހެޔޮގޮތުގައި ކޮށް ޒިއްމާދާރުކަމާއި ރިވެތި އަޚުލާގުގެ މަތީގައި އުޅުމަށް ރައީސް ވަނީ ލަންކާގައި ތައުލީމް ހާސިލްކުރަމުންދާ ކުދިންނަށް ގޮވާލައްވާފައެވެ.

އެގޮތުން ޒަމާނުއްސުރެން ދިވެހިންގެ ކިބައިގައި ހަރުލާފައިވާ ރީތި އާދަކާދަތަށް އެގޮތުގައި ދެމެހެއްޓުމަށް ރައީސްވަނީ އެދިވަޑައިގެންފައެވެ.

ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި ލަންކާގެ ވިޔަފާރިވެރިންނާއި ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ދެ ގައުމުގެ ދެމެދުގައި މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

ރައީސްކަމުގެ މަގާމާއި ހަވާލުވެވަޑައިގެންނެވިފަހުން ރަސްމީ ދަތުރުފުޅެއްގައި އެ މަނިކުފާނު ލަންކާއަށް ކުރައްވާ މިއީ ފުރަތަމަ ދަތުރުފުޅެވެ. ނަމަވެސް ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސޯލިހު ވަނީ މިދިޔަ މަހު ލަންކާއަށް ވަޑައިގެންފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު

ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު

11 ފެބުރުއަރީ 2017
މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި

މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި

11 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި

ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި

02 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު