Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއާރްއެމް

މައުމޫނުގެ ތާއިދާއެކު މަޖިލީހުގެ 32 ދާއިރާއަކަށް ވާދަކުރާނެ: އަލީމް

3 ފެބުރުއަރީ 2019 | އާދީއްތަ 00:50

ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ 108 ފަރާތަކުން

އަލީ ސަމާޚް
އަލީ ސަމާޚް | 3 ފެބުރުއަރީ 2019 | އާދީއްތަ 00:50
އަބްދުލްއަލީމް ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި

އަބްދުލްއަލީމް ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި

އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ތާއިދާއެކު މަޖިލީހުގެ 32 ދާއިރާއަކަށް ކެންޑިޑޭޓުން ވާދަކުރާނެ ކަމަށް މައުމޫން އަލަށް އުފައްދަވާ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް)ގައި އިސްކޮށް ހަރަކާތްތެރިވާ އަބްދުލް އަލީމް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން އެމްއާރްއެމްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމަވާފައިވާކަން އިއުލާންކޮށްފައި ބުރާސްފަތި ދުވަހުއެވެ.

ކުރިން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްކަން ކުރައްވަފައިވާ އަލީމް، ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވިދާޅުވީ މައުމޫނުގެ ތާއިދާ އެކު މަޖިލީހަށް ކުރިމަތިލާން 108 ބޭފުޅުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި، އެ ހުރިހާ ފަރާތްތަކާއި އެކު އިންޓަވިއުކޮށް ނިމިފައިވާ ކަމަށެވެ.

ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި މައުމޫނުގެ ތާއިދާއެކު މަޖިލީހަށް ނުކުންނަވާ ފަރާތްތަކުގެ އަދަދު އާދިއްތަ ދުވަހު ހާމަކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވާއިރު، ފަލަސުރުޚީ ޕްރޮގްރާމްގައި އަލީމް ވިދާޅުވީ މައުމޫނުގެ ތާއިދާއެކު 32 ދާއިރާ އަކަށް ބޭފުޅުން ވާދަކުރަން ފައިނަލްކޮށް އެ ފަރާތްތަކަށް އެކަން އަންގާފައިވާ ކަމަށެވެ.

ނަމަވެސް އެއީ ކޮން ބައެއްކަން އަދި އިއުލާނެއް ނުކުރެ އެވެ.

ކެނޑިޑޭޓުންނަށް ޓިކެޓް ދިނުމުގައި ބަލާފައި ވަނީ ތައުލީމީ ފެންވަރާއި، އަމަލީ ތަޖުރިބާގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ގެނައުމަށްޓަކައި މަސައްކަތްކޮށްފައިވާ މިންވަރު ކަމަށް އަލީމް ވިދާޅުވިއެވެ.

އެ ފަރާތްތައް ޝޯޓް ލިސްޓް ކޮށްފައި ވަނީ އެ ދާއިރާގެ ރައްޔިތުންނާއިއެކު މަޝްވަރާތަކެއް ކޮށްގެން ކަމަށް އަލީމް ވިދާޅުވިއެވެ. ރައީސް މައުމޫނުގެ ތާއިދާއެކު ފަސް އަންހެން ބޭފުޅުން މަޖިލީހަށް ކުރިމަތިލައްވަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި، އަންހެން ބޭފުޅުންނަށް ހާއްސަ އިސްކަމެއް ދޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މައުމޫންގެ އާ ސިޔާސީ ޕާޓީ، އެމްއާރްއެމް އުފެއްދުމަށްޓަކއި އިލެކްޝަން ކޮމިޝަނަށް ވަރަށް އަވަހަށް ފޯމް ހުށައަޅާނެ ކަމަށް އަލީމް ވިދާޅުވި އެވެ.

''އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެންމެ ލަސްވެގެން ހޯމަ ދުވަހު އިލެކްޝަން ކޮމިޝަން އަށް ޕާޓީއެއް ހެދުމުގެ ހުއްދަ އަށް އެދި ފޯމް ހުށައަޅާނަން. ފޯމް ހުށައެޅުމަށް ފަހު އީސީން ހުއްދަ ދޭ ދުވަހުން ފެށިގެން އަޅުގަނޑުމެން ޕާޓީ އަށް މެމްބަރުން ވެއްދުމަށްޓަކައި ފޯމް ފުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ... އަޅުގަނޑަށް ގަބޫލް ކުރެވެނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭން އާއި އެއްކޮށް އަޅުގަނޑުމެންގެ ޕާޓީ އަށް މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ދާނެ،'' އަލީމް ވިދާޅުވިއެވެ.

މައުމޫނު އެންމެ ފުރަތަމަ އުފެއްދެވީ ޑީއާރުޕީއެވެ. އެމަނިކުފާނުގެ ވެރިކަމުގައި އުފެއްދެވި ސިޔާސީ ޕާޓީގައި ހުންނެވުމަށްފަހު ސިޔާސީ މައިދާނުން ދުރަށް ޖެހިވަޑައިގެންފައިކަން އިއުލާން ކުރެއްވިއެވެ. ނަމަވެސް އަލުން ސިޔާސީ މަސައްކަތްޕުޅަށް ނިކުމެވަޑައިގެން މަސައްކަތްޕުޅު ފެއްޓެވުމާއި ޑީއާރުޕީގައި ޖެހުނު ހަމަނުޖެހުންތަކަށްފަހު އެ ޕާޓީ ދޫކުރައްވާ ޕީޕީއެމްގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވި އެވެ. ޕީޕީއެމްގެ ރައީސްއަކަށް ހުންނަވަނިކޮށް، އެ މަނިކުފާނު އެ މަގާމުން ވަކިކޮށް، ސިވިލް ކޯޓަށް ހުށަހަޅައިގެން ޕާޓީ ހިންގެވުމުގެ ބާރު ކުރީގެ ރައީސް އަދި މައުމޫންގެ ކޮއްކޯފުޅު އަބްދުﷲ ޔާމީން ނެންގެވިއެވެ.

މަޖިލީސް އިންތިހާބުގެ ފޯރި ގަދަވަމުންދާ ދުވަސްވަރު ގިނަ ސިޔާސީ ޕާޓީ ތަކުން ވަނީ އެޕާޓީ ތަކުން މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާނެ ފަރާތްތަކުގެ ނަންތައް އިއުލާން ކޮށްފައެވެ. ބައެއް ޕަޓީތަކުން ދަނީ މަޖިލީސް އިންތިހާބަށް ކުރިމަތިލުމަށްޓަކައި އެހެން ޕާޓީތަކާއި އެކު ކޯލިޝަން ހަދަމުންނެވެ. އެގޮތުން ޕީޕީއެމް އިން ވަނީ އެ ޕާޓީގެ ތެރެއިން އަލަށް ވުޖޫދަށް އައި ޕީއެންސީ އާއި އެކު ކޯލިޝަން ހަދާފައެވެ.

މި ސަރުކާރު ކޯލިޝަން ތެރޭގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވެސް އިދިކޮޅު ޕާޓީތަކާއި އެކު މަޖިލީސް އިންތިހާބަށް ވާދަކުރަން ކޯލިޝަން ހަދާފާނެ ކަމުގެ އިޝަރާތެއް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ދާދި ފަހުން ދެއްވާފައެވެ.

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް

28 ފެބުރުއަރީ 2017
އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް
18 ފެބުރުއަރީ 2017

ދެ މިލިއަން ރުފިޔާ ހޯދަން ރައީސް މައުމޫނުގެ ހަތަރު ބޭފުޅުންގެ މައްޗަށް ދައުވާ ކޮށްފި

18 ފެބުރުއަރީ 2017
ދެ މިލިއަން ރުފިޔާ ހޯދަން ރައީސް މައުމޫނުގެ ހަތަރު ބޭފުޅުންގެ މައްޗަށް ދައުވާ ކޮށްފި
18 ފެބުރުއަރީ 2017

ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި

18 ފެބުރުއަރީ 2017
ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
08 ފެބުރުއަރީ 2017

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި
05 ފެބުރުއަރީ 2017

ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟

05 ފެބުރުއަރީ 2017
ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް