Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ ދައުރު

ޖަޒީރާ ހޮޅުއަށީގައި ރައީސް: ރިޔާސީ ދައުރަށް ފަސް އަހަރު ގިނަ

31 ޖެނުއަރީ 2019 | ބުރާސްފަތި 21:39

ކައުންސިލްތަކަށް މާލީ ތަނަވަސްކަން ދޭން ޖެހޭ ކަމަށް ރައީސް ވިދާޅުވި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 31 ޖެނުއަރީ 2019 | ބުރާސްފަތި 21:39
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޖަޒީރާ ހޮޅުއަށީގައި ވާހަކަ ދައްކަވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޖަޒީރާ ހޮޅުއަށީގައި ވާހަކަ ދައްކަވަނީ

ރިޔާސީ ދައުރެއްގެ މުއްދަތުގެ ގޮތުގައި ފަސް އަހަރަކީ ދިގު މުއްދަތެއް ކަމަށް ދެކިލައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރިޔާސީ ދައުރުގެ މުއްދަތާ ގުޅޭ ގޮތުން ތަފާތު ވާހަކަފުޅެއް ރައީސް ވިދާޅުވީ ރައްޔިތުންގެ ހިޔާލު ހޯދުމަށް އެމަނިކުފާނު އިސްވެ ހުންނަވައިގެން ބޭއްވެވި "ޖަޒީރާ ހޮޅުއަށީގައި" އެމަނިކުފާނުގެ ފިކުރު ހިއްސާ ކުރައްވަމުންނެވެ.

Advertisement - newsAdvertisement

އެމަނިކުފާނު ރިޔާސީ ދައުރާމެދު އެ މޭރުމުން ވާހަކަފުޅު ދެއްކެވީ، ކައުންސިލަރުންގެ ދައުރު ތިން އަހަރަށް އޮންނަ އޮތުމަކީ ކުރު މުއްދަތެއްކަމަށް ބައްދަލުވުމުގައި ބައިވެރިވި ބައެއް މީހުން ފާޅުކުރި ހިޔާލާ ގުޅިގެންނެވެ. ރައީސް ވިދާޅުވީ، ކައުންސިލަރުންނަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރަން ޖެހޭ ބަޔަކަށްވާއިރު ތިން އަހަރުން އެއް ފަހަރު އިންތިހާބަކަށް ގޮސް ރައްޔިތުންގެ ގާތު އެމީހުން ކަންކުރާ ގޮތް އަހައި، އެފަރާތްތަކަށް އިތުރު ދައުރެއް ދޭން ފެނޭތޯ ބެލުމަކީ ރަނގަޅު ކަމެއް ކަމަށެވެ. އަދި އެހެންކަމުން ތިން އަހަރަކީ ކުރު މުއްދަތެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށާއި ހަމަ ގައިމުވެސް އެމަނިކުފާނަށް ފަސް އަހަރުވެސް ދިގު ކަމަށެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތްކުރަން ޖެހޭ ކައުންސިލަރުންގެ ދައުރު ކުރު ކަމަށެވެ. އެހެންކަމުން ކައުންސިލަރުންގެ ދައުރު ފަސް އަހަރަށް ކަނޑައެޅުމަށް އެދޭ ފަރާތްތަކުން އެމަނިކުފާނުގެ އެ ހިޔާލުފުޅާމެދުވެސް ވިސްނާވަޑައިގަތުމަށް އެދިވަޑައިގެންނެވިއެވެ.

ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަޒީރާ ހޮޅުއަށި ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވަނީ ލޯކަލް ކައުންސިލްތަކާއި ބެހޭ ގާނޫނަށް ގެންނަން ފެންނަ އިސްލާހުތަކާއި ގުޅޭ ގޮތުންނެވެ. ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ދައުރަކީ ފަސް އަހަރު ކަމަށްވާއިރު ކައުންސިލަރުންގެ ދައުރުވެސް ހަމަ އެގޮތައް ބަދަލު ކުރަން ފެންނަ ކަމަށް ބައްދަލުވުމުގައި ބައިވެރިވި ބައެއް މީހުން ވަނީ ބުނެފައިއެވެ.

ރައީސް ވަނީ އާންމުންގެ ބައެއް ހިޔާލުތަކަށް ވަރަށް ބޮޑަށް ތާއިދުވެސް ކުރައްވާފައެވެ. އެގޮތުން ކައުންސިލްތައް ލާމަޒުކަޒީ ކުރުމާއިމެދު ރައީސް ވިދާޅުވީ، ކައުންސިލްތަކަށް ބާރުތައް ދޭން ޖެހޭ ކަމަށް އެމަނިކުފާނުވެސް ދެކިވަޑައިގަންނަވާ ކަމަށެވެ.

މި ބައްދަލުވުމުގައި ވާހަކަ ދެއްކި ބައެއް މީހުން ވަނީ ކައުންސިލްތަކަށް އެރަށެއްގެ ފަޅާއި ބިންތަކުން ލިބޭ އާމްދަނީ ލިބޭނެ ގޮތް ހެދުމަށް ހުށަހަޅާފައެވެ. އަދި ދައުލަތައް ދޭން ޖެހޭ އާމްދަނީގެ ތެރޭގައި ރަށެއްގެ ބިން ކުއްޔަށް ދީގެން ލިބޭ އާމްދަނީ ނުހިމެނުމަށް ބައްދަލުވުމުގެ ބައިވެރިން ވަނީ ހުށަހަޅާފައެވެ.

އައްޑޫ ސިޓީ މީދޫގެ ބައެއް މީހުން ވަނީ އައްޑޫ ސިޓީގައި ވަކިން އޮންނަ މީދޫ އާއި ހުޅުދޫ އައްޑޫ ސިޓީގައި ހިމެނިފައި އޮންނަ އޮތުން ބަދަލު ކުރަން ޖެހޭ ކަމަށްވެސް ވާހަކަ ދައްކާފައެވެ. އެމީހުންގެ ހިޔާލުގައި، އެއް ފަސްގަނޑެއްގެ ގޮތުގައި ގުޅިފައި ނުވާ ރަށްތައް އެއީ އެއް ސިޓީއެއްގެ ގޮތުގައި ކަނޑަނޭޅޭނެ ގޮތަށް ގާނޫނަށް ބަދަލު ގެންނަންޖެހެއެވެ.

އެކަމާ ގުޅޭ ގޮތުން ރައީސް ސޯލިހް ވިދާޅުވީ ސިޓީތައް ކަނޑައަޅާނެ އުސޫލުތަކަށްވެސް ބަދަލުތަކެއް ގެނައުމަށް އާންމުންގެ ތަފާތު ވިސްނުންތަކެއް އެބަ ހުރި ކަމަށާއި، ގުޅިފައިނުވާ ރަށްތަކެއް ހިމެނޭ ގޮތަށް ސިޓީއެއް ކަނޑަނޭޅުމަށް އާންމުން ދެކޭ ހިޔާލަކީވެސް ރަނގަޅު ވިސްނުމެއް ކަމަށެވެ.

މި ބައްދަލުވުމުގައި ކައުންސިލްތަކުގައި އަންހެނުން ބާރުވެރިކުރުމަށް ގާނޫނަށް ގެނެވޭނެ އިސްލާހްތަކާ ގުޅޭ ގޮތުންވެސް ބައެއް މީހުން ހިޔާލު ބަދަލުކުރިއެވެ. ބައެއް މީހުން ދެކޭ ގޮތުގައި ކައުންސިލަރުންގެ ތެރެއިން އަންހެނުންނަށް ވަކި ވަރަކަށް ގޮނޑި ދިނުމަށް ޤާނޫނަކުން ކަނޑައަޅަން ޖެހެއެވެ. ނޫންނަމަ އަންހެނުން ކުރިއަރުވާ ކޮމެޓީގެ ތެރެއިން އެކަކު ކައުންސިލަރެއްގެ ގޮތުގައި ކަނޑައަޅަން ޖެހޭ ކަމަށް ބައެއް ފަރާތްތަކުން ވަނީ ހިޔާލު ފާޅުކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް