Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިން

ޔޫކްރެއިންގެ ރައީސްކަމުގެ ދެވަނަ ދައުރަކަށް ޕްރޮޝެންކޯ ކުރިމަތިލައްވަނީ

ޕްރުޝެންކޯގެ މަގުބޫލުކަންވަނީ ކުޑަވެފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 30 ޖެނުއަރީ 2019 | ބުދަ 02:59
ޕްރުޝެންކޯ ވެރިކަމަށް ވަޑައިގެންފައިވަނީ 2014 ވަނަ އަހަރު

ޕްރުޝެންކޯ ވެރިކަމަށް ވަޑައިގެންފައިވަނީ 2014 ވަނަ އަހަރު

ޔޫކްރެއިންގައި އަންނަ އޭޕްރީލްމަހު ބާއްވަން ތާވަލުކޮށްފައިވާ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސް ޕެޓްރޯ ޕްރުޝެންކޯ ދެވަނަ ދައުރަކަށް ވާދަކުރައްވާނެކަމަށް އިިއުލާނުކުރައްވައިފިއެވެ.

ޔޫކްރެއިންގެ އެންމެ މުއްސަނދި މީހާގެ ގޮތުގައި ހުރި އުމުރުފުޅުން 53 އަހަރުގެ ޕްރުޝެންކޯވަނީ އޭނާ އެންމެ ބޮޑު އަހައްމިޔަތުކަމެއް ދެެއްވާނީ އެ ގައުމު ޔޫރަޕިއަން ޔޫނިއަންގައި ބައިވެރިކުރުމަށްކަމަށް އޭނާއަށް ތާއީދުކުރާ އެތައްހާސް ބަޔަކު އެއްވެވެފައިވާ އެއްވުމުގައި ވިދާޅުވެފައެވެ.

އީޔޫ އާއި ނޭޓޯއަށް ތާއީދުކުރައްވާ ޕްރުޝެންކޯ ވަނީ އޭނާއަށް މަަގާމު ލިބިވަޑައިގެންފިނަމަ 2024 ވަނަ އަހަރު ޔޫކްރެއިން އީޔޫއާ ގުޅުމަށް ހުށަހަޅާނެކަމަށާއި އަދި ކޮރަޕްޝަނުގެ މައްސަލަތައް ބެލުމަށް ޚާއްސަ ކޯޓެއް މި އަހަރުގެ ތެރޭގައި ވުޖޫދުކޮށް މަސައްކަތް ފައްޓަވާނެކަމަށް ވިދާޅުވެފައެވެ.

ޕްރުޝެންކޯ ވެރިކަމަށް ވަޑައިގެންފައިވަނީ ކުރީގެ ރައީސް ވިކްޓަރ ޔަނުކޮވިޗްއާދެކޮޅަށް ކުރި ބޮޑެތި މުޒާހަރާތަކަށްފަހު އޭނާ މަގާމުން ވަކިވެ ވަޑައިގަތުމުން 2014 ވަނަ އަހަރު ބޭއްވި އިންތިޚާބު ކާމިޔާބުކުރައްވައިގެންނެވެ.

ނަމަވެސް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަށް ނުކުޅެދުމާއި އެ ގައުމުގެ އިރުމަތީ ޑޮންބާސްގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވިފައި ނުވާތީ ޕްރުޝެންކޯގެ މަގުބޫލުކަންވަނީ ކުޑަވެފައެވެ. އެ ހަނމަނުޖެހުންތަކުގައި 10،000 އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.

ޕްރުޝެންކީެގ ވާދަވެރިޔާ ކުރީގެ ބޮޑުވަޒީރު ޔޫލިއާ ޓިމޮޝެންކޯއާއި ސިޔާސީގޮތުން މަގުބޫލުނޫން ބޭފުޅެއްކަމަށްވާ ކުރީގެ ކޮމީޑިއަން ވްލޮޑިމީރް ޒެލެންސްކީއާ ބަލާއިރު އިންވެސްޓަރުންނަށް އޮތް އިޚްތިޔާރަކީ އޭނާކަމަށް ވެދާނެއެވެ.

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2017

ޒިމްބާބްވޭގެ ރައީސްކަމުގެ ހުވާ ނަންގަގްވާ ކުރައްވައިފި

24 ނޮވެމްބަރު 2017
ޒިމްބާބްވޭގެ ރައީސްކަމުގެ ހުވާ ނަންގަގްވާ ކުރައްވައިފި
22 ނޮވެމްބަރު 2017

ޒިމްބާބުވޭގެ ކުރީގެ ނައިބު ރައީސް އެގައުމުގެ ރައީސްކަމުގެ ހުވާ ކުރައްވަނީ

22 ނޮވެމްބަރު 2017
ޒިމްބާބުވޭގެ ކުރީގެ ނައިބު ރައީސް އެގައުމުގެ ރައީސްކަމުގެ ހުވާ ކުރައްވަނީ
25 ސެޕްޓެމްބަރު 2017

ހަނި މޮޅަކާއެކު، ޖަރުމަނުގެ ޗާންސެލަރގެ މަޤާމް ހަތަރުވަނަ ދައުރަކަށް މާކެލް އިންތިޚާބުވެއްޖެ

25 ސެޕްޓެމްބަރު 2017
ހަނި މޮޅަކާއެކު، ޖަރުމަނުގެ ޗާންސެލަރގެ މަޤާމް ހަތަރުވަނަ ދައުރަކަށް މާކެލް އިންތިޚާބުވެއްޖެ
18 ސެޕްޓެމްބަރު 2017

ލަންޑަންގެ ރޭލް ހަމަލާއާ ގުޅިގެން ހައްޔަރު ކުރި ދެވަނަ މީހާ ހައްޔަރުކޮށްފި

18 ސެޕްޓެމްބަރު 2017
ލަންޑަންގެ ރޭލް ހަމަލާއާ ގުޅިގެން ހައްޔަރު ކުރި ދެވަނަ މީހާ ހައްޔަރުކޮށްފި
19 ޖުލައި 2017

ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ގެއްލުނު ދެމަފިރިއަކު ގަނޑުވެފައި ތިއްބައި ފެނިއްޖެ

19 ޖުލައި 2017
ދެވަނަ ބޮޑުހަނގުރާމައިގެ  ދުވަސްވަރު ގެއްލުނު ދެމަފިރިއަކު ގަނޑުވެފައި ތިއްބައި ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު