Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޒިމްބާބްވޭގެ މަސްރަހު

ޒިމްބާބުވޭގެ ކުރީގެ ނައިބު ރައީސް އެގައުމުގެ ރައީސްކަމުގެ ހުވާ ކުރައްވަނީ

ރައީސް މުގާބޭ ވަނީ 37 އަހަރަށްފަހު ވެރިކަމުން އިސްތިއުފާ ދެއްވާފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 22 ނޮވެމްބަރު 2017 | ބުދަ 15:30
ޒިމްބާބްވޭގެ ކުރީގެ ނައިބު ރައީސް އެމަރސަން ނަންގަގްވާ

ޒިމްބާބްވޭގެ ކުރީގެ ނައިބު ރައީސް އެމަރސަން ނަންގަގްވާ

ޒިމްބާބްވޭގެ ރައީސްކަމުގެ ހުވާ ކުރިން ނައިބު ރައީސްކަން ކުރެއްވި އެމަސަން ނަންގަގްވާ، އަންނަ ހުކުރު ދުވަހު ކުރައްވާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޒިމްބާބްވޭގައި 1980 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރެއްވި ރޮބާޓް މުގާބޭ މިދިޔަ އަންގާރަ ދުވަހު އިސްތިއުފާ ދެއްވާފައިވާއިރު ރައީސް މުގާބޭގެ 37 އަހަރުވީ ޚުދުމުޚުތާރު ވެރިކަން ނިމިގެން ދިޔައީ ނައިބު ރައީސް ކަމުގައި ހުންނެވި އެމަސަން ނަންގަގްވާ މިމަހުގެ ހަވަނަ ދުވަހު މަގާމުން ދުރުކުރައްވާފައި ވަނިކޮށެވެ. އުމުރުފުޅުން 75 އަހަރުފުޅުގެ ނަންގަގްވާ މަގާމުން ދުރުކުރެވުނީ ރައީސް މުގާބޭއަށް ފަހު އެ ގައުމުގައި ވެރިކަން ކުރައްވާނެ ބޭފުޅަކަށް މުގާބޭގެ އަނބިކަބަލުން ގްރޭސް މުގާބޭ ޝައުގުވެރިކަން ފާޅުކުރައްވަމުން ގެންދަވަނިކޮށް ނަންގަގްވާވެސް އެކަމަށް ޝައުގުވެރިކަން ފާޅުކުރެއްވުމުން އުފެދުނު ހިތްހަމަ ނުޖެހުމާ ގުޅިގެންނެވެ.

ރޮބާޓް މުގާބޭ އެމަނިކުފާނުގެ ނައިބު ރައީސްކަމުން ނަންގަގްވާ ވަކިކުރެއްވުމާ ގުޅިގެން އެމަނިކުފާނު ވަނީ ގައުމު ދޫކުރައްވާ ދެކުނު އެފްރިކާ އަށް ވަޑައިގެންފައެވެ. ބުދަ ދުވަހު ނަންގަގްވާ އެނބުރި ގައުމަށް ވަޑައިގެންފައިވާ އިރު ރައީސްކަމުން މުގާބޭ އިސްތިއުފާ ދެއްވުމާ ގުޅިގެން ނެރުއްވި ބަޔާނެއްގައި، ނަންގަގްވާ ވިދާޅުވީ "ޒިމްބާބްވޭ އަށް އައި ތާރީޚީ ވަގުތުކޮޅާއި" ގުޅިގެން ރައްޔިތުންނަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި އެންމެން ގުޅިގެން ޑިމޮކްރަސީ ހަރުދަނާ ކޮށް ޒިމްބާބުވޭ އަށް ހަމަޖެހުން ގެނެވޭނެ ކަމަށްވެސް ނަންގަގްވާ ވިދާޅުވިއެވެ.

ޒިމްބާބްވޭގެ ރައީސްކަމުން ރޮބަޓް މުގާބޭ އަންގާރަ ދުވަހު އިސްތިއުފާ ދެއްވާފައިވާއިރު، މުގާބޭ އިސްތިއުފާ ދެއްވާފައި ވަނީ މުގާބޭ ވަކި ކުރުމުގެ މަސައްކަތް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފެށި ފަހުންނެވެ. އަދި މުގާބޭ އިސްތިއުފާ ދެއްވިއިރު އެގައުމުގެ ކޮންޓްރޯލް ވަނީ އަސްކަރިއްޔާގެ އަތްދަށަށް ވެސް ގެނެސްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު