Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޒިމްބާބްވޭ

ޒިމްބާބްވޭގެ ރައީސްކަމުގެ ހުވާ ނަންގަގްވާ ކުރައްވައިފި

ނަންގަގްވާއަކީ ޒިމްބާބްވޭގެ ކުރީގެ ނައިބު ރައީސް

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 24 ނޮވެމްބަރު 2017 | ހުކުރު 10:26
ނަންގަގްވާ އަނބިކަނބަލުންނާ އެކު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ސްޓޭޑިއަމަށް ވަޑައިގަންނަވަނީ

ނަންގަގްވާ އަނބިކަނބަލުންނާ އެކު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ސްޓޭޑިއަމަށް ވަޑައިގަންނަވަނީ

ޒިމްބާބްވޭގެ ރައީސްކަމުގެ ހުވާ އެމަރސަން ނަންގަގްވާ ކުރައްވައިފިއެވެ.

ރޮބަޓް މުގާބޭގެ 37 އަހަރުވީ ވެރިކަން މިދިޔަ އަންގާރަ ދުވަހު ނިމުމަކަށް އައިސްފައެވެ. ނަންގަގްވާ މަޤާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ ވެރިރަށް ހަރާރޭގެ މައި ސްޓޭޑަމެއްގައެވެ. ހުވާކުރުމުގެ ރަސްމިއްޔާތަށް އައުމަށް ޒިމްބާބްވޭގެ ސަރުކާރުން އެޤައުމުގެ ރައްޔިތުންނަށް ގޮވާލުމުން ގިނަ އަދަދެއްގެ ބަޔަކު އެތަނަށް ޖަމާވިއެވެ. އަދި އެފްރިކާގެ އެހެން ބައެއް ޤައުމުތަކުގެ ވެރިން ވެސް އެރަސްމިއްޔާތަށް ވަޑައިގެންނެވިއެވެ.

ނަންގަގްވާއަށް މަޤާމުގެ ހުވައި ލައިދެއްވީ އުއްތަމަ ފަނޑިޔާރު ލޫކް މަލާބާއެވެ. ނަންގަގްވާ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރޮބަރޓް މުގާބޭ ވަޑައިގަންނަވާނެ ކަމަށް ބުރާސްފަތި ދުވަހު ޒިމްބާބްވޭގެ ޤައުމީ ޓީވީން ބުނި ނަމަވެސް، މުގާބޭ އެތަނަށް ވަޑައެއް ނުގަންނަވައެވެ. މުގާބޭގެ އާއިލާއިން ބުނީ މުގާބޭ އަރާމުކުރައްވަން ޖެހިވަޑައިގަންނަވާތީ ރަސްމިއްޔާތަށް ވަޑައިނުގެންނެވީ ކަމަށެވެ.

މުގާބޭގެ ވެރިކަން ނިމި، ނަންގަގްވާގެ ވެރިކަން މިއަދު ފެށިގެންދާއިރު، ޒިމްބާބްވޭގެ އިޤްތިޞާދު އޮތީ ވަރަށް ދަށް ޙާލަތެއްގައެވެ. އަދި އިޤްތިޞާދު ހަމަޔަކަށް އެޅުވުމަށް މަސައްކަތްތަކެއް ކުރުމަށް އައިއެމްއެފްއިން ވަނީ ޒިމްބާބްވޭއަށް ގޮވާލާފައެވެ. ނަންގަގްވާ ވެރިކަމަށް ވަޑައިގެންފައިވަނީ ޒިމްބާބްވޭގައި ވަޒީފާގެ ފުރުސަތުތަކެއް އުފައްދަވައި، އިޤްތިޞާދު ހަމަޔަކަށް އަޅުވާނެކަމުގެ ވައުދާ އެކުގައެވެ.

މުގާބޭގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި ނަންގަގްވާ މީގެ ދެހަފްތާއެއްހާ ދުވަސްކުރިއާ ހަމަޔަށް ހުންނެވީ ޒިމްބާބްވޭގެ ނާއިބު ރައީސްކަމުގެ މަޤާމުގައެވެ. އެހެން ނަމަވެސް ވެރިކަމަށް ވަޑައިގަތުމުގެ ޝައުޤުވެރިކަން ނަންގަގްވާ ފާޅުކުރެއްވުމާ އެކު، ވެރިކަމަށް ކުރިން ޝައުޤުވެރިކަން ފާޅުކުރައްވާފައިވާ މުގާބޭގެ އަނބިކަނބަލުން ގްރޭސް މުގާބޭއާ ދެމެދު ޚިޔާލު ތަފާތުވެ، މުގާބޭ ވަނީ ނަންގަގްވާ މަޤާމުން ދުރުކުރައްވާފައެވެ. އޭގެ ފަހުން ނަންގަގްވާ އަށް ވަފާތެރި ޒިމްބާބްވޭގެ އަސްކަރިއްޔާއިން މުގާބޭ ގޭގައި ބަންދުކުރައްވައި، އަރިސް ބައެއް ވަޒީރުން ހައްޔަރުކުރިއެވެ. އަދި ވެރިކަންކުރާ ޒާނޫ-ޕީއެފް ޕާޓީން، އެޕާޓީގެ ވެރިކަމުން މުގާބޭ ދުރުކޮށް، ގްރޭސް މުގާބޭ ޕާޓީގެ މެމްބަރުކަމުން ވަކިކުރިއެވެ.

މުގާބޭ އަށް ރައީސްކަމުން އިސްތިއުފާ ދިނުމަށް ޒާނޫ-ޕީއެފް ޕާޓީން މުހުލަތެއް ދިން ނަމަވެސް އިސްތިއުފާ ދެއްވުމަށް ދެކޮޅު ހެއްދެވިއެވެ. އަދި އެންމެ ފަހުން މިދިޔަ އަންގާރަ ދުވަހު މަޤާމުން އިސްތިއުފާ ދެއްވީ މުގާބޭގެ އިތުބާރު ނެތްކަމުގެ މައްސަލަ ޤާނޫން ހަދާ މަޖިލީހުގައި ފެށުމާ އެކުގައެވެ.

ނަންގަގްވާ މަޤާމުގެ ހުވާކުރެއްވުމާއި ގުޅިގެން ޒިމްބާބްވޭގައި ދަނީ އުފާފާޅުކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހުވާކުރުމުގެ ކުރިން ޓެމިލްނާޑޫ ޗީފް މިނިސްޓަރު ޖަލަށް

ހުވާކުރުމުގެ ކުރިން ޓެމިލްނާޑޫ ޗީފް މިނިސްޓަރު ޖަލަށް

14 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
މުސްލިމުން އެތެރެވުން މަނާކުރުމަކީ ތަފަތުކުރުމެއްތޯ ފަނޑިޔާރު ސުވާލުކުރައްވައިފި

މުސްލިމުން އެތެރެވުން މަނާކުރުމަކީ ތަފަތުކުރުމެއްތޯ ފަނޑިޔާރު ސުވާލުކުރައްވައިފި

08 ފެބުރުއަރީ 2017
ނައިޖީރިއާ ރައީސް ބުހާރީގެ ބޭސްފަރުވާގެ މުއްދަތު އިިތުރު ކުރައްވައިފި

ނައިޖީރިއާ ރައީސް ބުހާރީގެ ބޭސްފަރުވާގެ މުއްދަތު އިިތުރު ކުރައްވައިފި

07 ފެބުރުއަރީ 2017
ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

02 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު