Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދު މަޖިލީހަށް

ކޯލިޝަން ސަރުކާރު ނުރޫޅޭނެ: ރައީސް ނަޝީދު

24 ޖެނުއަރީ 2019 | ބުރާސްފަތި 04:07

ކޯލިޝަން އޮތީ ބަދަހިކަމާއެކު ކަމަށް ރައީސް ނަޝީދުވަނީ ވިދާޅުވެފައި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 24 ޖެނުއަރީ 2019 | ބުރާސްފަތި 04:07
ކޯލިޝަން އޮތީ ބަދަހިކަމާއެކު ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައި

ކޯލިޝަން އޮތީ ބަދަހިކަމާއެކު ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައި

މިހާރު އޮތް ކޯލިޝަން ސަރުކާރު ރޫޅިގެން ނުދަނެ ކަމަށް ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ ލީޑަރ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކޯލިޝަން ސަރުކާރު ވެއްޓިދާނެތޯ، ރާއްޖެ ޓީވީގެ ބުރާސްފަތި ދުވަހުގެ "ފަށާއިރު" ޕްރޮގްރާމްގައި ސުވާލު ކުރުމުން ނަޝީދު ވިދާޅުވީ ކޯލިޝަން ނުރޫޅޭނެ ކަމަށާއި ކޯލިޝަން އޮތީ ބަދަހިކޮށް ކަމަށެވެ.

Advertisement - newsAdvertisement

މިހެން ނަޝީދު ވިދާޅުވިއިރު ކޯލިޝަންގައި ހިމެނޭ ބޮޑު ދެ ޕާޓީ ކަމަށްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި ދެމެދު ވަނީ ކަންބޮޑުވުންތަކެއް އުފެދިފައެވެ. ޖޭޕީ އާއި އެމްޑީޕީ އާއި ދެމެދު ކަންބޮޑުވުންތަކެއް އުފެދިފައިވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 86 ދާއިރާއަށް އެމްޑީޕީން ވާދަކުރުމަށް ނިންމުމާއި ގުޅިގެންނެވެ.

ރައީސް ނަޝީދު ވިދާޅުވީ ކޯލިޝަން ސަރުކާރު ކުރިއަށްދަނީ ބަދަހި ކަމާއެކު ކަމަށާއި، ކޮންމެ ދުވަހަކުވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއިވެސް މަޝްވަރާ ކުރެއްވޭ ކަމަށާއި، އަދި ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކާއި އެކުވެސް ކޮންމެ ދުވަހަކުވެސް މަޝްވަރާ ކުރެވެމުން އަންނަ ކަމަށެވެ. ކޯލިޝަން ރޫޅިދާނެ ކަމުގެ އެއްވެސް އަލާމާތެއް ފެނިވަޑައިނުގަންނަވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ސަރުކާރު އެބަ ހިނގާ ވުޒާރާތައްވެސް އެބަ ހިނގާ، އެބާވަތުގެ ކަމެއް ނުހިނގާ، ސަރުކާރު ނުވެއްޓޭނެ. ކޯލިޝަން ނުރޫޅޭނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ސަރުކާރާއެކު ވެފައިވާ ކޯލިޝަން އެއްބަސްވުމަކީ އެމްޑީޕީން ހެޔޮ ހިތުން ޤަބޫލުކޮށްފައިވާ އެއްބަސްވުމެއް ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގައި 87 ދާއިރާއަށް ވާދަކުރުމަކީ ކޯލިޝަން އެއްބަސްވުމުގައި ހިމެނޭ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް އެމްޑީޕީން ވާދަކުރުމަކީ ރައްޔިތުން ބޭނުންވެފައިވާ ކަމެއް ކަމަށާއި، ރައްޔިތުންގެ އެދުމާއި ދެކޮޅަށް އެމްޑީޕީން އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ. ރައްޔިތުންނަށް ރައްޔިތުންގެ މަޖިލީހަށް އެ މީހުން ބޭނުންވާ މީހަކު އިހްތިޔާރު ކުރުމުގެ ފުރުސަތު ލިބެންޖެހޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 86 ދާއިރާއަށް އެމްޑީޕީން ވާދަކުރުމަށް ނިންމުމާއި ގުޅިގެން ކޯލިޝަންގައި ހިމެނޭ ހަތަރު ޕާޓީގެ ތެރެއިން ޖޭޕީން ދަނީ އެކަމާއި ދެކޮޅަށް އެމްޑީޕީއަށް ބަހުގެ ހޫނު ހަމަލާތައް ދެމުންނެވެ. ޖޭޕީން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދަން ތައްޔާރު ކަމަށެވެ.

ނަމަވެސް ކޯލިޝަންގައި ހިމެނޭ އެމްއާރްއެމް އާއި، އަދާލަތުން ވަނީ ކޯލިޝަން ދެމެހެއްޓުމަށް ގޮވާލާ، އަދި އެ އަޒުމުގައި ތިބި ކަމަށް ބުނެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް