Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލީސް

މަޖިލީޙުގެ ހިންގާ ގަވާއިދު ބަދަލުކުރަން އެމްޑީޕީން ޑްރާފްޓެއް އެކުލަވާލައިފި

24 ޖެނުއަރީ 2019 | ބުރާސްފަތި 03:38

މަޖިލިސް ނަޒާހަތްތެރިކުރަން ޖެހޭ ކަންކަން ހާމަކުރާނަން

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 24 ޖެނުއަރީ 2019 | ބުރާސްފަތި 03:38
ކުރީގެ ރައީސް މުހައްމަދު ނަޝީދު ފަށާއިރު ޕްރޮގްރާމްގައި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ފަށާއިރު ޕްރޮގްރާމްގައި

ރައްޔިތިންގެ މަޖިލީސް ނަޒާހަތްތެރިކޮށް ހިންގާނެ ގޮތްތައް ހިމަނައި މަޖިލީހުގެ އާ ގަވާއިދެއް އެމްޑީޕީން އެކުލަވާލައިފި އެވެ.

ރާއްޖެ ޓީވީގެ ބުރާސްފަތި ދުވަހުގެ "ފަށާއިރު" ޕްރޮގްރާމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާާޅުވީ މިހާރު އޮތް މަޖިލީހުގެ ހިންގާ ގަވާއިދު ބަދަލުކުރެވުމުން، މަޖިލީހުގެ މެމްބަރުންނާ ގުޅޭ ކަންކަމުގައި ހާމަކަން ބޮޑުވެ، މަޖިލީހުގެ ނަޒާހަތްތެރިކަން ބޮޑުވާނެ ކަމަށެވެ.

Advertisement - newsAdvertisement

"މަޖިލީހުގެ ހިންގާ ގަވާއިދުގެ އާ ޑްރަފްޓެއް އެމްޑީޕީން އެކުލަވާލައިފި. އެ ޑްރާފްޓް އާ މަޖިލީހުގެ ކެމްޕެއިން އަށް ނެރޭނެ، ރައްޔިތުންނަށް ފާހަގަކޮށް ދޭނަން މަޖިލިސް ނަޒާހަތްތެރިކުރަން އުޅޭ ކަންކަން،" އެ މަނިކުފާނު ވިދާޅުވި އެވެ.

އާ ގަވާއިދެއް އެކުލަވާލިޔަސް ނުރަނގަޅު ހުރިހާ ކަންކަން އެއްކޮށް ފިލައި ނުގޮސްދާނެކަން ފާހަގަ ކުރައްވަމުން ނަޝީދު ވިދާޅުވީ "އެކަމަކު މިހާރު މި އޮތް މިންވަރަށް ކަންކަން އޮންނަން ނުޖެހޭނެ" ކަމަށެވެ.

އިނގިރޭސި ވިލާތުން މަތީ ތައުލީމް ހާސިލްކުރައްވައިގެން ހުންނެވި، ކުރިން ވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރެއްވި ނަޝީދު ވިދާޅުވީ އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން އަމިއްލަފުޅު ދަތުރެއްގައި ވަޑައިގަތަސް މަޖިލީހަށް ހުށަހަޅަންޖެހޭ ކަމަށާއި ވަރަށް ހާމަކަން ބޮޑުކޮށް އޮންނަ ކަމަށެވެ. އެ މެމްބަރުން ހޮޓަލަކަށް ވަޑައިގަތަސް، ބިލްތައް މަޖިލީހަށް ހުށަހަޅަންޖެހޭ ކަމަށާ، ފުރިހަމަ މާލީ ބަޔާނެއް ވެސް ހުށަހަޅަންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އޭޕްރީލް 6 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ މައްޗަން ގޮޅީ މެދު ދާއިރާއަށް ވާދަކުރައްވާ ނަޝީދު ވިދާޅުވީ މާލީ ބަޔާން ހުށަހެޅުމޭ މި ބުނަނީ އެއްޗަކަށް އެއްޗެއް ހުށަހެޅުން ނޫން ކަމަށާއި "މާލީ ބަޔާން ހުށަހެޅުމަކީ ހުރިހާ މާލީ މުއާމަލާތްތައް މަޖިލީހަށް އެނގުން" ކަމަށެވެ. މަޖިލީހުގެ މެމްބަރުން ރައްޔިތުންނާ ބައްދަލުކުރުން ވެސް އެއީ މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރަން ޖެހޭ ކަމެއް ކަމަށާއި އެކަން ކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް