Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

މި މަޖިލީހަށް މުއައްސަސާތައް ސާފު ކުރެވިދާނެތޯ؟

ނުފޫޒުގައި ތިބި މެމްބަރުންނަށް އިންސާފުން ކުރެވިދާނެތޯ؟

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 24 ޖެނުއަރީ 2019 | ބުރާސްފަތި 07:51
ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން

ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން

އަލަށް އިންތިހާބުކުރާ މަޖިލީހަކީ ނަޒާހަތްތެރި، ނުފޫޒެއް ނެތް، ފަސްބައިގައި ކިލަނބު ކަމެއް ނެތް މެމްބަރުން ތިބޭނެ މަޖިލީހަށް ހަދާނެ ކަމަށް އެމްޑީޕީން ވަނީ ވައުދުވެފައެވެ. ވައްކަމާއި ފަސާދައިން ދައުލަތް ސާފު ކުރުމަކީ އެ މަޖިލީހުގެ އެންމެ މުހިއްމު ޒިންމާ ކަމުގައި ދަނީ ބުނަމުންނެވެ. އެ މަސައްކަތް މިހާރު އޮތް މަޖިލީހަށް ނުކުރެވެން ވީ ކީއްވެގެންތޯއެވެ؟ މަޖިލީހުގެ ސާފު މެޖޯރިޓީ އޮތީ ސަރުކާރަށެވެ. ސަރުކާރުގެ 47 މެމްބަރުން މަޖިލީހުގައި އެބަ ތިއްބެވެ. ރިޔާސަތުގައި އިންނެވީ ކޯލިޝަންގެ ޕާޓީތަކުގެ ތެރެއިން ލީޑަރެކެވެ. އެހެންކަމުން ފަސޭހަކަމާ އެކު، މުއައްސަސާތައް ޖަވާބުދާރީކޮށް، އިސްލާހު ކުރެވޭނެއެވެ.

ބައެއް މީހުން ބުނާ ގޮތުން މިހާރު ހިނގަމުންދާ މަޖިލީހުން މުއައްސަސާތައް ފަސޭހައިން އިސްލާހެއް ނުކުރެވޭނެއެެވެ. ސަބަބަކީ ކޮރަޕްޝަނާއި ފަސާދައިގައި ޖެހިފައިވާ މެމްބަރުން، ސަރުކާރުގެ ހިޔަނީގައި ތިބުމެވެ. ކަޅު ފައިސާގައި ޖެހިފައިވާ މީހުން ކޯލިޝަންގެ ޕާޓީއަކަށް ޖަމާވެފައި ތިބުމެވެ. އަނިޔާވެރިކަމަށް ބާރު އަޅައި، އަމުރު މައުރޫފު ހިންގި އެފަދަ ވެރިން ވަކި ޕާޓީތަކަށް ޖަމާވެ، "ބަރާވެފައި" ތިބުމެވެ. ނުފޫޒު ގަދަ ލީޑަރެއް މަޖިލީހުގެ ރިޔާސަތަށް ސަވާރުވެގެން ހުރިހާ ހިނދަކު، އެ މަޖިލިން ނުފޫޒުން ސަލާމަތް ނުވާނެ ކަމަށް ބައެއް މީހުން ބުނެއެވެ.

މިނިވަން މައްސަސާތައް އިސްލާހުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިނަމަ، ކޯލިޝަން ޕާޓީތަކަށް "ބައި އަޅަން" ޖެހިދާނެ ކަމަށް ވެސް އެބަ ބުނެއެވެ. ނުފޫޒުގަދަ ލީޑަރެއްގެ ނުފޫޒު، ސަރުކާރުގެ ވުޒާރާތަކަށް ފޯރާފައިވާ ގޮތަށް، މުއައްސަސާތަކުން ހުސްވާ ގޮނޑިތަކަށް ވެސް އެ ނުފޫޒު އަރާހަމަ ކޮށްފާނެ ކަމަށް އެބަ ބުނެއެވެ.

އެ ސަބަބާ ހުރެ، މުއައްސަސާތައް މިނިވަން ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަން ފަސްޖެހެނީއެވެ. އެމްޑީޕީއަށް އެކަން މަޑުޖައްސާލާފައި އެ ވަނީ އެ ސަބަބާ ހުރެ ކަމަށް ވެދާނެއެވެ. ނަޒާހަތްތެރިކަން ނެތް މަޖިލީހަކުން ނަޒާހަތްތެރި، މުއައްސަސާތަކެއް ނުއުފެއްދޭނެއެވެ.

އެމްޑީޕީގެ ޗެއާޕާސަން ނައިބު އިދާރީ އަލީ ނިޔާޒު ވިދާޅުވީ އާ މަޖިލީހުގައި އެމްޑީޕީން އަމަލު ކުރާނެ ތާވަލެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ މަސައްކަތުގެ ތާވަލުގެ ތެރޭގައި މިނިވަން މުއައްސަސާތައް އިސްލާހު ކުރުމާއި މެނިފެސްޓޯ ތަންފީޒު ކުރުމަށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ވެސް ހިމެނޭނެ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު މި ތައްޔާރުކުރަމުން މިދަނީ އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ކުރާނެ ތާވަލެއް. އިރާދަ ކުރެއްވިއްޔާ އެ މަސައްކަތް އަޅުގަނޑުމެން ކުރާނަން. މި އިންތިހާބަށް ނުކުންނާނީ މަސައްކަތު ތާވަލަކާ އެއްކޮށް. އޭގެ ތެރޭގައި ޔަގީންނުން ވެސް ހިމެނޭނެ، މިނިވަން މުއައްސަސާތައް ޒިންމާދާރު ކުރުވުން،" އެމްޑީޕީގެ ޓިކެޓުގައި ހުޅުމާލެ ދާއިރާއަށް ވާދަ ކުރައްވާ އަލީ ނިޔާޒު ވިދާޅުވިއެވެ.

ވަކި ބަޔަކު ވަކި ގޮތަކަށް އަމަލު ކުރީތީ، ބަދަލު ހިފުމުގެ ރޫހުގައި މިނިވަން މުއައްސަސާތަކުން އެ އުސޫލުން އަމަލުކޮށްގެން ނުވާނެއެވެ. މިނިވަން މުއައްސަސާތަކުން އަމަލު ކުރަން ޖެހޭނީ މިނިވަންކަމާ އެކުގައެވެ. ނުފޫޒެއް ނެތިއެވެ. ވަކި ބަޔަކަށް ތައައްސުބެއް ބާއްވައިގެން ނޫނެވެ.

އެއް ބާރުން އަނެއް ބާރަށް ފާރަވެރިވެ، ރައްޔިތުންގެ ހައްގުތައް ކަަށަވަރު ކުރުމަށް ދައުލަތަކުން ކުރަންޖެހޭ ކަންތައްތައް ކުރެވޭނީ ގާބިލް ބަޔަކު މުއައްސަސާތަކަށް އައްޔަންކޮށްގެންނެވެ. ފަންނީ ގާބިލުކަން ލިބިގެންވާ އިލްމުވެރި ބަޔަކު މުއައްސަސާތަކަށް އައްޔަންކޮށްގެންނެވެ. ގާނޫނުއަސާސީގެ ހަތް ވަނަ ބާބުގައި މިނިވަން، ހަތް މުއައްސަސާއެއް އުފައްދަން ބާރު އެޅި ސަބަބަކީ އެއީއެވެ. ވަކި މީހެއްގެ ނުފޫޒުގައި ތާށިވެ، ބަނދެވިފައިވާ ދައުލަތަށް ދިވެހި ދައުލަތަށް ނުހެދުމަށެވެ.

ދެން ވެސް އެކަން ކުރެވޭނީ މަޖިލީހަށް އިންތިހާބު ކުރާ ބޭފުޅުން އެ ނިޔަތް އޮވެގެންނެވެ. ސާފު ނިޔަތަކާ އެކު، ސާފު ހިތަކުން ދިވެހިންނަށް ހިދުމަތްކޮށްދޭނެ ޖީލެއް އުފައްދައިގެންނެވެ.

އިތުރަށް ކިޔާލަން

18 ނޮވެމްބަރު 2017

ދައްކަންވީ ކެނޑިޑޭޓެއްގެ ވާހަކަތޯ އެވެ؟ ނޫނީ އިންސާފުވެރި އިންތިހާބެއް ހޯދުމުގެ ވާހަކަތޯ އެވެ؟

18 ނޮވެމްބަރު 2017
ދައްކަންވީ ކެނޑިޑޭޓެއްގެ ވާހަކަތޯ އެވެ؟ ނޫނީ އިންސާފުވެރި އިންތިހާބެއް ހޯދުމުގެ ވާހަކަތޯ އެވެ؟
26 ސެޕްޓެމްބަރު 2017

ވިލިނގިލީ ރައްޔިތުން ބޭނުންވަނީ އެއާޕޯޓެއް ނޫން، އަދުލް އިންސާފު!

26 ސެޕްޓެމްބަރު 2017
ވިލިނގިލީ ރައްޔިތުން ބޭނުންވަނީ އެއާޕޯޓެއް ނޫން، އަދުލް އިންސާފު!
14 ސެޕްޓެމްބަރު 2017

ސާފު ފައިސާގެ 5000000 އަށް ވުރެ ގިނަ ރުފިޔާ ހޯދި ޓެލެތޯނެއް: ކުޑަޓީމެއްގެ ލައްކަ މަސައްކަތް

14 ސެޕްޓެމްބަރު 2017
ސާފު ފައިސާގެ 5000000 އަށް ވުރެ ގިނަ ރުފިޔާ ހޯދި ޓެލެތޯނެއް: ކުޑަޓީމެއްގެ ލައްކަ މަސައްކަތް
05 ސެޕްޓެމްބަރު 2017

މަހުފޫޒްގެ ބޮލަށް ވަޅި ޖެހިތާ ދެ އަހަރު: އިންސާފު ނުލިބޭ، އަދިވެސް އެކަކު ހޯދަނީ!

05 ސެޕްޓެމްބަރު 2017
މަހުފޫޒްގެ ބޮލަށް ވަޅި ޖެހިތާ ދެ އަހަރު: އިންސާފު ނުލިބޭ، އަދިވެސް އެކަކު ހޯދަނީ!
31 އޯގަސްޓު 2017

ފާރިސް ދޫކޮށްލަންވީ ވަގުތު ނާދޭތަ؟ ސާފު ނުވަނީ ކޮންއެއްޗެއް؟

31 އޯގަސްޓު 2017
 ފާރިސް ދޫކޮށްލަންވީ ވަގުތު ނާދޭތަ؟ ސާފު ނުވަނީ ކޮންއެއްޗެއް؟
26 ޖުލައި 2017

މިނިވަންދުވަސް: ނުފޫޒުތައް ނައްތާލައި އިންސާފުގެ ދަރުބާރު މިނިވަންކުރަން ޖެހިފަ!

26 ޖުލައި 2017
މިނިވަންދުވަސް: ނުފޫޒުތައް ނައްތާލައި އިންސާފުގެ ދަރުބާރު މިނިވަންކުރަން ޖެހިފަ!
11 ޖޫން 2017

ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

11 ޖޫން 2017
ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ
29 މާރިޗު 2017

ތިޔަ ހުރި ގަޓެއްގެ ހަފުށް ނިކަން ސާފުކޮށް ފެނިއްޖެ

29 މާރިޗު 2017
ތިޔަ ހުރި ގަޓެއްގެ ހަފުށް ނިކަން ސާފުކޮށް ފެނިއްޖެ
01 މާރިޗު 2017

ބޭއިންސާފުން އިބުރަތް ހާސިލް ކުރަން ޖެހޭ

01 މާރިޗު 2017
ބޭއިންސާފުން އިބުރަތް ހާސިލް ކުރަން ޖެހޭ
10 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިހާބެއް ނުލިބޭނެކަން ކަށަވަރު!

10 ޖެނުއަރީ 2017
މިނިވަން އިންސާފުވެރި އިންތިހާބެއް ނުލިބޭނެކަން ކަށަވަރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު