Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ވިލިނގިލީ ރައްޔިތުން ބޭނުންވަނީ އެއާޕޯޓެއް ނޫން، އަދުލް އިންސާފު!

26 ސެޕްޓެމްބަރު 2017 | އަންގާރަ 14:15

ވިލިނގިލީގައި އެއާޕޯޓެއް އަޅާނެ ކަމުގެ އިޝާރާތެއް ވަނީ ކުރައްވާފައި

| 26 ސެޕްޓެމްބަރު 2017 | އަންގާރަ 14:15
ރައީސް ޔާމީނާ ދެކޮޅަށް އަންގާރަ ދުވަހު ވިލިނގިލީގައި ބޭއްވި އެއްވުމުގެ ތެރެއިން

ރައީސް ޔާމީނާ ދެކޮޅަށް އަންގާރަ ދުވަހު ވިލިނގިލީގައި ބޭއްވި އެއްވުމުގެ ތެރެއިން

އެހެން ދަތުރުފުޅުތަކެކޭ ވެސް އެއްގޮތަށް ރައީސް އަބްދުﷲ ޔާމީން ގއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވެސް ދައްކަވާ ވާހަކަފުޅުގައި މާބޮޑު ތަފާތެއް ނެތެވެ. އެންމެ ވަރުގަދައަށް ދައްކަވަނީ ތަރައްގީގެ ވާހަކައެވެ.

މި ދަތުރުފުޅުގައި ރައީސް އަބްދުﷲ ޔާމީން ހިތްޕުޅުން ފިލައިނުދާވަރުގެ މަންޒަރެއް މިފަހަރު ދައްކުވާލީ ވިލިނގިލިންނެވެ. ކުރިން ރައީސް އަބްދުﷲ ޔާމީނަށް ބޮޑު ތާއިދެއް އޮތް އެ ރަށް މިހާރު ވަނީ މުޅިން ބަދަލުވެފައެވެ. ރަށުގެ "ކުލަ" ބަދަލުވެފައެވެ. މީހުންގެ ވިސްނުން ތަފާތުވެފައެވެ. މި ބަދަލު އައީ ކީއްވެގެންކަން ރައީސް ޔާމީނަށް ވިސްނިވަޑައިގަންނަވަންޖެހެއެވެ.

މި ބަދަލު އައީ މި ސަރުކާރުން، ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާމެދު ކަންކުރެއްވި ގޮތުންނާއި، އެ ދާއިރާގެ މެމްބަރު ސައުދު ހުސައިންއާމެދު ކަންކުރެއްވި ގޮތުންނެވެ. ޕާޓީގެ ބާނީ ރައީސް މައުމޫން، ޕާޓީން ވަކިކުރީއެވެ. މެމްބަރު ސައުދުގެ ގޮނޑި ގެއްލުވާލީއެވެ. އޭގެ ކުރިން އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލިއެވެ.

ޕާޓީގެ މެމްބަރުކަމުން ރައީސް މައުމޫން ދުރުކުރި ފަހުން، އަދި ސައުދުގެ ގޮނޑި ގެއްލުވާލި ފަހުން ރައީސް އަބްދުﷲ ޔާމީން ވިލިނގިއްޔަށް ވަޑައިގެންނެވި މިއީ ފުރަތަމަ ފަހަރެވެ. އަންގާރަ ދުވަހު ހަވީރު އެ މަނިކުފާނު ވިލިނގިއްޔަށް ވަޑައިގަތުމުގެ ކުރިންވެސް ރަށުގެ ރައްޔިތުންގެ ހިތްހަމަ ނުޖެހުން ހުރި މިންވަރު ދައްކާލިއެވެ. މުޅި ރަށުގައި އެ މަނިކުފާނުގެ ކުލަ އަށް ވުރެ ގިނައީ އިދިކޮޅު ޕާޓީތަކުގެ ކުލަތަކެވެ. އޮޑިދޯނި ފަހަރާއި ގޯތިތަކުގެ ތެރޭގައި ވެސް ދަމާފައި ހުރީ އެ މަނިކުފާނާ ދެކޮޅު ބެނާތަކެވެ.

ރަށުގެ ރައްޔިތުންގެ ހިތުގައި ރައީސް ޔާމީނަށް އޮތް ނަފުރަތާއި ހިތްހަމަ ނުޖެހުމާއި ރަށުގައި ތާއިދު ނެތްކަން އެ މަނިކުފާނަށް ނުދެއްކުމަށް ފުލުހުންނާއި ސިފައިން މަސައްކަތް ކުރިއެވެ. އެހެންވެ، ރައީސް ޔާމީނާ ދެކޮޅަށް އަޑު އުފުލަމުންދިޔަ މީހުން ދުރަށް ޖައްސަމުން ގޮސް އެތައް ފޫޓެއްގެ ދުރަށް ޖެއްސިއެވެ.

ރައީސް ޔާމީނެވެ. ހަމަޖެހިވަޑައިގެން އެ މަންޒަރުތައް ރަނގަޅަށް ބައްލަވާލައްވާށެވެ. މަނިކުފާނު އަރިހުގައި ތިއްބެވި ބޭފުޅުން މަނިކުފާނަށް މަންޒަރު ދައްކަވަމުން ގެންދަވަނީ ލޯ ނާއްޓެއްގެ ފުލުންކަން އޭރުން އެނގިވަޑައިގަންނަވާނެއެވެ. ނުވަތަ މަނިކުފާނަށް މަންޒަރު ފެނިވަޑައިގަންނަވަނީ، ވަޅުގައި އޮތް ބޮކަށް ދުނިޔެ ފެންނަ ގޮތަށްކަންވެސް އެނގިވަޑައިގަންނަވާނެއެވެ.

ވިލިނގިލީ ރައްޔިތުންގެ ހިތްހަމަ ނުޖެހުން ބަންޑުން ކޮށްލީ ސުލުހަވެރިކަމާއެކުއެވެ. މަނިކުފާނުގެ އިސްތިއުފާއަށް އަޑުހަރުކޮށް ގޮވިއެވެ. އެ މަންޒަރުތަކަށް ކެތްނުކުރެވިގެން ފިޔައިތޮށި ޒުވާނުންތަކެއް ގޮސް އަރައިގަތެވެ. އެ މީހުންނަށް ހިމާޔަތް އޮތެވެ.

މިފަހަރު ވިލިނގިލީ ރައްޔިތުން ތިބީ ހަކުރު ދެންޏާ ބޮޑު ބޭބެ ކިޔާ އުސޫލުން، މަނިކުފާނު މޮޅު ވާހަކައެއް ދައްކަވާއިރަށް ތާއިދު ކުރާ ގޮތަކަށް ނޫންކަމާ، ޖަހާހާ ބެރަކަށް ނަށަން ނޫންކަން މިއަދު ފެނިގެންދާނެއެވެ. މަނިކުފާނުގެ ސަޕޯޓަރުން މޭކަރައިގެންދާވަރު ވިލިނގިލީ ރައްޔިތުން ކޮށްލައިފިއެވެ. މަނިކުފާނަށް ވުރެ ބޮޑު ތާއިދެއް މި ސަރުކާރުން ޓެރަރިސްޓަކަށް ހަދާފައިވާ މެމްބަރު ސައުދަށް އޮތްކަން ދައްކާލައިފިއެވެ.

އަނދުން އެޅުވުމުގެ ގޮތުން، ހުވަފެން ދެއްކުމުގެ ގޮތުން ވިލިނގިލީގައި އެއާޕޯޓެއް އަޅާނެ ކަމުގެ އިޝާރާތެއް މަނިކުފާނު ކުރެއްވިޔަސް، ރަށުގެ ރައްޔިތުން ބޭނުންވަނީ އެއާޕޯޓެއް ނޫނެވެ. މަނިކުފާނު އަޅަން ބުނި އެއާޕޯޓްތަކުގެ އިންތިޒާރުގައި އެތައް ރަށެއްގެ ރައްޔިތުން އެބަ ތިއްބެއެވެ. ކުޅުދުއްފުށީ އެއާޕޯޓް ކޮބައިހެއްޔެވެ. ހޯރަފުށީގެ އެއާޕޯޓް ކޮބައިހެއްޔެވެ. ފިޔޯރީ އާއި މާތޮޑާގެ އެއާޕޯޓް ކޮބައިހެއްޔެވެ. މާވަރުލުގައި އަޅަން ބުނި އެއާޕޯޓްގެ ކުރެހުމެއްހާ ހިސާބުވެސް ނެތެވެ.

ވިލިނގިލީގައި އެއާޕޯޓެއް އަޅާނެ ކަމުގެ އިޝާރާތެއް އިގްތިސޯދީ މާހިރު ކުރެއްވިއިރު، ޖެހިގެން އޮތް ކޫއްޑޫ އެއާޕޯޓުން ވިލިނގިއްޔަށް ދެވެނީ ކިތައް މިނެޓުންކަން އެ މާހިރަށް އެނގިވަޑައިނުގަންނަވަނީ ކަމަށް ވެދާނެއެވެ. ކޫއްޑޫން ލޯންޗެއްގައި ވިލިނގިިއްޔަށް ދާނަމަ، ލޯންޗަށް އެރުމާއި ލޯންޗުން ފޭބުމަށް ނަގާ ވަގުތަށް ވުރެ އަވަހަށް، ކޫއްޑޫއިން ވިލިނގިއްޔަށް ދިއުމަށް ނަގާ ވަގުތު ކުޑައެވެ. މިވަރުގެ ދުރުމިނެއްގައި އޮތް ވިލިނގިލީގައި އެއާޕޯޓެއް އަޅާ ވާހަކަ ދެއްކެވުމަކީ، އަންތަރީސް ވާވަރުގެ ވާހަކައެކެވެ.

ދެކުނުގެ ބަނދަރުތައް އަމާންކުރަން ތިޔަ ދެއްކެވީ ވައިގެ ބަނދަރެއްގެ ކުލަނުވާނެ ހުވަފެނެއްގެ ވާހަކައެއް ނޫންތޯއެވެ.

ރައީސް ޔާމީނެވެ. ވިލިނގިލީ ރައްޔިތުން ބޭނުންވަނީ އެއާޕޯޓެއް ނޫނެވެ. އެ ރައްޔިތުން ވެސް އަޑުއުފުލަމުން އެދަނީ، އެދި އާދޭސްކުރަމުން އެ ދަނީ އިންސާފު ހޯދުމަށެވެ. ހައްގުތައް ކަށަވަރުކޮށް ދިނުމަށެވެ. ކޯޓްތައް މިނިވަން ކުރުމަށެވެ. ދައުލަތް ޚަރާބު ނުކުރުމަށެވެ. ސަރުކާރުން ކުރާ ވައްކަން ހުއްޓުވުމަށެވެ. މިއީ މިވަގުތު ހަމައެކަނި ވިލިނގިލީ ރައްޔިތުންގެ އެދުމެވެސް ނޫނެވެ. މުޅި ގައުމު އެދިގޮވަމުންދަނީ މިކަންކަމަށެވެ. ކިތަންމެ ވަރަކަށް ތަރައްގީގެ ވާހަކަ ދެއްކެވިޔަސް، އަދުލް އިންސާފު ނެތްނަމަ، ފުރިހަމަ ތަރައްގީއެއް ނުލިބޭނެ އެވެ.

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

11 މާރިޗު 2017

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!
08 މާރިޗު 2017

މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!

08 މާރިޗު 2017
މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!
07 މާރިޗު 2017

ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

07 މާރިޗު 2017
ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް
02 މާރިޗު 2017

މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

02 މާރިޗު 2017
މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން
02 މާރިޗު 2017

ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟

02 މާރިޗު 2017
ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟
31 ޖެނުއަރީ 2017

އަމިއްލައަށް ހެދޭ ގޯހެއް ރަނގަޅުކުރުމަކީ ބަލިވުމެއް ނޫން!

31 ޖެނުއަރީ 2017
އަމިއްލައަށް ހެދޭ ގޯހެއް ރަނގަޅުކުރުމަކީ ބަލިވުމެއް ނޫން!
26 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތައް ސައިޒުކުރުމަށް ނާތަހުޒީބު އުކުޅުތަކެއް! މިއީ ގަޓްހުރުމެއް ނޫން

26 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތައް ސައިޒުކުރުމަށް ނާތަހުޒީބު އުކުޅުތަކެއް! މިއީ ގަޓްހުރުމެއް ނޫން
25 ޖެނުއަރީ 2017

މާލެއެއް ނޫން، އެކަމަކު ދިރިއުޅެނީ ކުދި ގޮޅިތަކުގައި

25 ޖެނުއަރީ 2017
މާލެއެއް ނޫން، އެކަމަކު ދިރިއުޅެނީ ކުދި ގޮޅިތަކުގައި
17 ޖެނުއަރީ 2017

ރައްޔިތުން ހަނާވާއިރު، މުޅި މާލެ "މުއިއްޒުވެފައި" އެވެ. ހައްލެއް ބޭނުމެވެ.

17 ޖެނުއަރީ 2017
ރައްޔިތުން ހަނާވާއިރު، މުޅި މާލެ "މުއިއްޒުވެފައި" އެވެ. ހައްލެއް ބޭނުމެވެ.
14 ޖެނުއަރީ 2017

އޭސީސީ އަށް: މިނިވަން ވާންވީ އިންސާނާ، ނަން ބޯޑުތަކެއް ނޫން!

14 ޖެނުއަރީ 2017
އޭސީސީ އަށް: މިނިވަން ވާންވީ އިންސާނާ، ނަން ބޯޑުތަކެއް ނޫން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް