Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ އިންތިހާބު 2018

ދައްކަންވީ ކެނޑިޑޭޓެއްގެ ވާހަކަތޯ އެވެ؟ ނޫނީ އިންސާފުވެރި އިންތިހާބެއް ހޯދުމުގެ ވާހަކަތޯ އެވެ؟

މިނިވަން އިންސާފުވެރި އިންތިހާބެއް ލިބިދާނެތޯ ރައްޔިތުން ސުވާލު އުފައްދާ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 18 ނޮވެމްބަރު 2017 | ހޮނިހިރު 04:21
އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުންތަކެއް އިނގިރޭސީވިލާތުގެ ސަފީރާއި ބައްދަލުކުރައްވަނީ

އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުންތަކެއް އިނގިރޭސީވިލާތުގެ ސަފީރާއި ބައްދަލުކުރައްވަނީ

ދެހާސްއަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބޯމަތިވެއްޖެ އެވެ. އިންތިހާބާ ގައުމު ކުރިމަތިލިއިރު، ގައުމުގައި އޮތީ މައިގަނޑު ތިން ވިސްނުމެކެވެ. ރައީސް އަބްދުﷲ ޔާމީނަށް ސަނާ ކިޔުމުގެ ވިސްނުމަކާއި، ރައީސް ޔާމީން އަޒުލުކުރަން ކޮންމެހެންވެސް ޖެހޭ ކަމަށް ގަބޫލުކުރާ ވިސްނުމެކެވެ. މީގެ އިތުރުން، ސިޔާސީ ހުރިހާ ވެރިންނާމެދު ނާއުންމީދުވެފައި ތިބި ރައްޔިތުންތަކެއްގެ ވިސްނުމެވެ. އެންމެ ބޮޑު އިންތިހާބާއި ކުރިމަތިލިއިރު ގައުމު މިވަނީ ވަރަށް ނާޒުކު ހާލަތެއްގަ އެވެ.

ބޭއިންސާފާއި އަނިޔާވެރިކަމުގެ ވަކިތައް ގައުމުގައި މިވަނީ ހިއްޕާލާފަ އެވެ. ކޮރަޕްޝަނާއި ފަސާދައިގެ ހިތިކަން ތަޖުރިބާކުރަން ދިވެހިންނަށް މިވަނީ ޖެހިފަ އެވެ. މިނިވަން މުއައްސަސާތަކުގެ މިނިވަންކަމުގެ ކަންފުޅެއް ވެސް ނެތް ކަން ރައްޔިތުންގެ ކުރިމަތީގައި ފާޅުވެގެން ހިނގައްޖެ އެވެ. އެންމެ އަސާސީ ހައްގު ކަމަށްވާ، ހައްގު ހޯދުމުގެ ހައްގެއް ނެތެވެ. ހައްގެއް ގެއްލިގެންދާނެ ތަނެއް ނެތެވެ. ރައްޔިތުންގެ ދިފާއުގައި އަތެއްފައެއް ނަމަވެސް ހިއްލާލާނެ މުއައްސަސާއެއް، ވެރިއެއް މިގައުމުގައި ނެތެވެ.

މި ހާލަތުން ގައުމު އަމާން ބަނދަރަކަށް ގެންގޮސްދޭނެ ކަމަށް އަޑަށް ބާރުލާފައި އިދިކޮޅު ފަރާތްތަކުން ބުނާ އަޑު އެންމެންނަށް ވެސް ވާނީ އިވިފަ އެވެ. އިންސާފާއި، ހަމަހަމަކަން ގާއިމުކޮށްދޭނެ ކަމަށް ދައްކާ ވާހަކަތައް މިހާރު ވެސް ދަނީ އިވެމުންނެވެ. ގައުމީ ސަރުކާރެއްގެ ވާހަކައާއި، އެއް ކެނޑިޑޭޓެއްގެ ވާހަކަ އިވިއިވި، މި ބަސްތަކުން ރައްޔިތުންނަށް މާބޮޑަށް އަސަރެއް ނުކުރާ ހިސާބަށް ގޮސްފި އެވެ.

ހަމަ ހަގީގަތުގައި ވެސް "އެއް ކެނޑިޑޭޓަކާއެކު" އިދިކޮޅު ފަރާތްތަކުގެ މި އުންމީދުތައް ހާސިލުވެދާނެތޯ ސުވާލު ކޮށްލަންޖެހެ އެވެ. މިވަގުތު ގައުމު މިއޮތް ހާލަތުގައި އެއް ކެނޑިޑޭޓަކާއެކު އިންތިހާބެއް ކާމިޔާބު ކުރެވިދާނެތޯ އެވެ. ރައްޔިތުންގެ އަޣްލަބިއްޔަތު ލިބިދާނެ އެވެ. ނަމަވެސް، އިންތިޚާބުގެ ނަތީޖާ އިއުލާނުކުރާއިރު، ރައްޔިތުންގެ ނިންމުން ހާމަކުރެވިގެންދާނެ ކަމުގެ ޔަގީންކަމެއް އެބައޮތްތޯ އެވެ؟

މި ސުވާލުތަކަށް ޖަވާބު ހޯދުމަށް އަވަށްޓެރި ސްރީލަންކާގެ ސިޔާސީ މަސްރަހަށް ނަޒަރު ހިންގާލަމާތޯ އެވެ. 2015 ވަނަ އަހަރު އެ ގައުމުގައި ރިޔާސީ އިންތިހާބު ބޭއްވިއިރު، އެގައުމު ވެސް އޮތީ ރާއްޖެ މިހާރު މިއޮތް ފަދަ ހާލަތެއްގަ އެވެ. ރައީސް ކަމުގައި ހުންނެވި މަހިންދަ ރާޖަޕަކްސާގެ ބާރު އޮތީ އިންތިހާއަށެވެ. ނަމަވެސް، އިންތިހާބު ކާމިޔާބު ކުރެއްވީ ރާޖަޕަކްސާގެ ސަރުކާރުގެ ހެލްތް މިނިސްޓަރު މައިތިރިޕަލަ ސިރިސެނާ ކަން އަޅުގަނޑުމެން އެންމެނަށް ވެސް އެބަ އެނގެ އެވެ.

ރާޖަޕްކަސާގެ ކެމްޕެއިން ބިނާވެފައި އޮތީ، ސިރިސެނާއަށް އަމާޒު ކުރެވިގެންނެއް ނޫނެވެ. އެއިރު ގަބޫލުކުރެވިފައި އޮތީ އިދިކޮޅު ކެނޑިޑޭޓުގެ ގޮތުގައި އިންތިހާބަށް ނިކުމެވަޑައިގަންނަވާނީ ރަނިލް ވިކުރަމަސިންހަ ކަމަށެވެ. އެހެންކަމުން، ރާޖަޕަކްސާގެ ކެމްޕެއިން ބިނާވެފައި އޮތީ ރަނިލްއަށް ފާޑު ކިޔުމާއި ރަނިލްއާ ޗެލެންޖު ކުރުމުގެ މައްޗަށެވެ. އެހެން އެކަން އޮތްވައި، އިދިކޮޅު ސިޔާސީ ޕާޓީތަކުގެ "އެއް ކެނޑިޑޭޓުގެ" ގޮތުގައި ނިކުމެވަޑައިގެންނެވީ ސިރިސޭނާ އެވެ. ހައިރާންކަން ގެނުވި މި ނިންމުން ނޮވެމްބަރު 2014 ގައި ޕާޓީތަކުން ނިންމިއިރު، ޖެނުއަރީ 2015 ގައި ބާއްވަން ނިންމާފައި އޮތް އިންތިހާބަށް ވަގުތެއް ނެތެވެ. ރާޖަޕަކްސާގެ މައްޗަށް އިދިކޮޅު ޕާޓީތަކުގެ "އެއް ކެނޑިޑޭޓު" ގަދަވެގަތް އިރު، ކެމްޕެއިން ސްޓްރެޓަޖީތައް ސިރިސޭނާއާ އަމާޒުވާގޮތަށް ބައްޓަން ކުރާނެ ވަގުތެއް ރާޖަޕަކްސާއަކަށް ލިބިވަޑައިނުގެންނެވި އެވެ.

ރާޖަޕަކްސާ ބާރުގައި ހުންނަވަނިކޮށް އެގައުމުގައި ބޭއްވި އިންތިހާބެއް އިދިކޮޅު ކެނޑިޑޭޓު ކާމިޔާބު ކުރުމުގެ ފަހަތުގައި އޮތީ ހަމައެކަނި، ރައްޔިތުންގެ މެދުގައި ރާޖަޕަކްސާއަށް އޮތް ނުރުހުމެއް ނޫނެވެ. ލަންކާގެ އިލެކްޝަންސް ކޮމިޝަނުން ނުފޫޒަށް ނުލެނބި އިންސާފުވެރި ދެފުށް ފެންނަ އިންތިހާބެއް ރައްޔިތުންނަށް ކަށަވަރުކޮށްދިންކަމީ ކޮންމެހެން ވެސް ފާހަގަކޮށްލަންޖެހޭ ކަމެކެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނިންމުންތަކާއި، އަމަލުތަކާއި މެދު އިންތިހާއަށް ސުވާލު އުފެދޭއިރު، އެ ކޮމިޝަނުން އިންސާފުވެރި އިންތިހާބެއް ބާއްވަފާނެތޯ ސުވާލު އުފައްދަނީ ހަމައެކަނި އިދިކޮޅު ސިޔާސީ ފަރާތްތަކެއް ނޫނެވެ. އިދިކޮޅު "އެއް ކެނޑިޑޭޓު"ގެ ގޮތުގައި ރައީސް މުހައްމަދު ނަޝީދު ނިކުމެވަޑައިގަތަސް، ރައީސް މައުމޫން އަބްދުލްގައްޔޫމް ނިކުމެވަޑައިގަތަސް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނިކުމެވަޑައިގަތަސް، މިނިވަން އިންސާފުވެރި އިންތިހާބެއް ނުބާއްވަންޏާ ރައްޔިތުންނަށް އޮތީ ކޮން މޮޅެއްތޯ އެވެ. މިއީ ހޮޅުއަށިތަކާއި ޖޯލިފަތިތަކުގައި ވެސް ދެކެވޭ ދޭދޭ ވާހަކައެކެވެ.

މި ހައްސާސީ ދަނޑިވަޅުގައި ރައްޔިތުންނަށް މުހިންމު ވަނީ ވަކި މީހެއް ނޫނެވެ. ކޮންމެ މީހަކު ދައްކާފައި ވޯޓު އަޅާށޭ ބުންޏަސް ރައްޔިތުން ގޮސް ވޯޓު އަޅާފާނެ އެވެ. އެހެން ނަމަވެސް، އެ ވޯޓަކީ މިނިވަން އިންސާފުވެރި އިންތިހާބެއްގައި އަޅާ ވޯޓަކަށް ހަދަން ރައްޔިތުން ކޮންމެހެން ވެސް ބޭނުންވެ އެވެ. ކެނޑިޑޭޓެއް ނިންމުމުގެ މަރުހަލާގައި އެކަކު އަނެކަކާ މޫނު ކެނޑުމަށް ވުރެ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރާނެ އިންތިހާބެއް ހޯދުމުގެ ބޭނުން މާބޮޑެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގަޓް ރައީސެއްތަ ނޫނީ ފިނޑިއެއްތަ؟

ގަޓް ރައީސެއްތަ ނޫނީ ފިނޑިއެއްތަ؟

01 މާރިޗު 2018
ރައްޔިތުންގެ މަޖިލީހުން އެދުނު ގާނޫނީ ލަފަޔަށް، ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރު!

ރައްޔިތުންގެ މަޖިލީހުން އެދުނު ގާނޫނީ ލަފަޔަށް، ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރު!

22 ފެބުރުއަރީ 2018
ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރި ޤަރާރު: ޤާނޫނީ ގޮތުން ޞައްޙަ ނޫން ޤަރާރެއް

ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރި ޤަރާރު: ޤާނޫނީ ގޮތުން ޞައްޙަ ނޫން ޤަރާރެއް

10 ފެބުރުއަރީ 2018
ބްރިޖުގެ މަސައްކަތަކީ އަދީބުގެ މަސައްކަތްޕުޅެއްތަ؟ ނޫނީ ރައީސް ޔާމީނުގެ މަސައްކަތްޕުޅެއްތަ؟

ބްރިޖުގެ މަސައްކަތަކީ އަދީބުގެ މަސައްކަތްޕުޅެއްތަ؟ ނޫނީ ރައީސް ޔާމީނުގެ މަސައްކަތްޕުޅެއްތަ؟

15 ޖެނުއަރީ 2018
އިންތިގާލީ ސަރުކާރެއްތަ؟ ނޫނީ ވެރިކަމަށް މަގު ކޮށުންތަ؟

އިންތިގާލީ ސަރުކާރެއްތަ؟ ނޫނީ ވެރިކަމަށް މަގު ކޮށުންތަ؟

24 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު