Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޔާމީން ރަޝިދުގެ މަރު

ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

އިންސާފުވެރި ޝަރީއަތެއް ހިންގާކަމަށް ގަބޫލު ނުކުރޭ ކަމަށް ވަނީ ބުނެފަ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 11 ޖޫން 2017 | އާދީއްތަ 11:52
ޔާމީން ރަޝީދުގެ މަރަށް އިންސާފު ހޯދާދިނުމަށް ގޮވާލާ ބޭއްވި އެއްވުން

ޔާމީން ރަޝީދުގެ މަރަށް އިންސާފު ހޯދާދިނުމަށް ގޮވާލާ ބޭއްވި އެއްވުން

ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

އދ. ހިއުމަން ރައިޓްސް ކައުންސިލްގައި ހިމެނޭ 30 ގައުމަކުން ވަނީ ދިވެހި ރާއްޖޭގައި އިންސާނީ ހައްގުތައް ހަނިވެފައިވާ ކަން ފާހަގަކޮށްފަ އެވެ. މިގައުމުތަކުން މުހިއްމު ގިނަ ކަންތައްތަކެއް، ވަނީ ފާހަގަކޮށްފަ އެވެ. މިކަމުގެ އިތުރަށް އެކައުންސިލްގެ ހަވާސާގައި ކުރިއަށް ދިޔަ ބައްދަލުވުމެއްގައި ޔާމީން ރަޝީދުގެ ބައްޕަވެސް ވަނީ ވާހަކަދައްކާފަ އެވެ.

އެވާހަކަތަކުގެ ސަބަބުން ހަމަގައިމުވެސް މި 30 ގައުމުން ގޮވާލި ގޮވާލުންތަކަށް ބާރުތަކެއް ލިބިގެންދާނެ އެވެ. އަނެއްކާވެސް ސަރުކާރުގެ އަގު ދުނިޔޭގެ އެހެން ގައުމުތަކުގެ ކުރިމަތީގައި ވެއްޓިގެންދާނެ އެވެ. އެގައުމެއްގެ ރައްޔިތުން އިތުބާރު ނުކުރާ، ތަންޒީފީ އިދާރާތަކެއް އޮތް ގައުމަކަށް ބޭރު ބަޔަކު ކުރާނީ ކޮން އިތުބާރެއް ހެއްޔެވެ.

އދ. ހިއުމަން ރައިޓްސް ކައުންސިލުން ނެރުނު ބަޔާނުގައިވެސް ވަނީ މިދިޔަ އޭޕްރީލް މަހު އަނިޔާވެރިގޮތަކަށް މަރާލާފައިވާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ފުރިހަމަ ތަހުގީގެއް ކުރުމަށް ގޮވާލާފަ އެވެ.

ޔޫރަޕްގެ ގިނަ ގައުމުތަކުން އެކުވެގެން ނެރުނު މި ބަޔާނުގައި އެންމެ ބޮޑަށް ފާހަގަކުރާ އެއް ކަމަކީ، ބްލޮގަރ ޔާމީން ރަޝީދާއި، ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނެގި މައްސަލައިގައި، އެ މީހުންނަށް ލިބުނު އިންޒާރުތަކަށް ފުލުހުން އެންމެ އެކަށީގެންވާ ގޮތެއްގައި އަޅައިނުލާ އޮތް ކަމެވެ. މައްސަލަ ބަލާފައިނުވުމެވެ.

ތިރީސް ގައުމުން ގުޅިގެން ނެރުނު ބަޔާނަށްވެސް ސަރުކާރުން ވަނީ ރައްދު ދީފަ އެވެ. ބަޔާނުގައި އެ ގައުމުތަކުން ހިމަނާފައިވާ ކަންތައްތަކަކީ ހަގީގަތާ ހިލާފު މައުލޫމާތުތަކެއް ކަމަށާއި، ދިވެހި ރާއްޖެއިން އިންސާނީ ހައްގުތައް ކަށަވަރު ކުރުމުގައި މުހިއްމު ގިނަ ކަންތައްތަކެއް ހާސިލްކޮށްފައިވާ ކަން ފާހަގަކޮށްފަ އެވެ. މިއީ ބޮޑު ގައުމަކުން ކުޑަ ގައުމަކަށް ދިން ހަމަލާއެއްގެ ގޮތުގައި ސިފަކޮށް އިނގިރޭސި ވިލާތަކުން ރާއްޖެއާމެދު ނަގާ ސްޓޭންޑަށް ދިވެހި ސަރުކާރުން ވަނީ ފާޑުކިޔައިފަ އެވެ.

މިފާއިތުވެދިޔަ ދުވަސްތަކުގައި ދިވެހިރާއްޖެއިން ނިންމާ ނިންމުންތަކަށް ޔޫރަޕްގެ ގައުމުތަކުގެ ފާޑުކިޔުންތައް އަމާޒް ކުރަމުންދާ އިރު ސަރުކާރުންވެސް އަންނަނީ އެ ފާޑު ކިޔުންތަކަށް ރައްދުދެމުންނެވެ.

ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ނިންމި ނިންމުމަކީވެސް މިފަދަ ގޮތަކަށް ނިންމި ނިންމުކެވެ.

ޔާމީން ރަޝީދުގެ މަރަށް 50 ދުވަސް ވެފައިވާ އިރު މި މައްސަލައިގައި ފުލުހުން މިހާތަނަށް ބުނެފައިވަނީ ތަހުގީގުގެ ބޮޑުބައި ނިމި، މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުނަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވުގެ މަސައްކަތް ފަށާފައިވާ ވާހަކަ އެވެ.

އެހެން ނަމަވެސް މިހާދިސާގައި ފުލުހުން މާބޮޑު ތަފްސީލެއް ހާމައެއް ނުކުރެ އެވެ. އާއްމުކޮށް މިފަދަ މައްސަލަތުގައި ޕްރެސް ކޮންފަރެންސް ބާއްވާ ރައްޔިތުންނާއި މައުލޫމާތު ހިއްސާ ކުރި ނަމަވެސް ޔާމީން ރަޝީދުގެ މަރާ ގުޅިގެން މިހާތަނަށް ފުލުހުން ބާއްވާފައިވަނީ އެންމެ ޕްރެސް ކޮންފަރެންސް އެކެވެ. އެ ޕްރެސް ކޮންފަރެންސް ކުރިއަށް ދިޔައީ 10 ވަރަކަށް މިނެޓަށެވެ.

އދ އިން އިސްނަގައިގެން މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ރާއްޖެއަށް ގޮވާލާފައިވަނީ، ސަރުކާރުން މީގެ ކުރިން ބަދަލުމުންދިޔަ މައްސަލަތަކުގައި މާބޮޑު ކުރިއެރުންތަކެއް ނުލިބޭ ކަމަށް ބުނެ އެވެ. ރިލްވާންގެ މައްސަލައިގައިވެސް ކަން ހިނގާފައިވާ ގޮތުން ދިވެހި ގިނަ ރައްޔިތުން ދިވެހި ފުލުހުންގެ ކިބައިން އިންސާފު ލިބޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ބުނެ ސޯޝަލް މީޑިޔާގައި ދަނީ ފުލުހުންނަށް ފާޑުކިޔަމުންނެވެ.

އދގެ ހިއުމަން ރައިޓްސް ކައުންސިލްގައި ވާހަކަދައްކަވަމުން ޔާމީން ރަޝީދުގެ ބައްޕަ، ހުސައިން ރަޝީދު ވިދާޅުވީ، އދގެ ހިއުމަން ރައިޓްސް ކައުންސިލަށް ގޮސް އަޑު އުފުލުމަށް ނިންމީ، ޔާމީނުގެ މަރަށް އިންސާފު ހޯދާ ދިނުމަށް، ސަރުކާރަށް ބާރުދިނުމުގެ ގޮތުންނެވެ. އދ އަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް އުންމީދު ކުރާ ކަމަށްވެސް އޭނާ ބުންޏެވެެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތަހުގީގަށް އިތުބާރު ނުކުރާ ކަމަށާއި، ފުލުހުންގެ ތަހުގީގުގައި ޝައްކު އުފެދޭ ކަންކަން ހުރި ކަމަށް ހުސައިން ރަޝީދު ފާހަގަކުރެއްވި އެވެ. އެގޮތުން، ޔާމީން ރަޝީދު މަރާލި މައްސަލައާއި ގުޅިގެން އޭނާ އުޅޭ ގެ ވީޑިޔޯކޮށް ފޮޓޯ ނެގުމަށް ހުރަސް އަޅާފައިވާ އިރު، އެ އިމާރާތުގައި އުޅޭ އެއްވެސް މީހަކާއި ސުވާލު ކޮށްފައިނުވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

ދިވެހި ސަރުކާރު ދަނީ ޑިމޮކްރަސީގެ ނިޒާމު ދޫކޮށް، ހުދުމުހުތާރު ވެރިކަމުގެ އުސޫލުތަކަށް ތަބާވަމުން ކަމަށްވެސް ޔާމީން ރަޝީދުގެ ބައްޕަ ފާހަގަކުރި އެވެ.

ޔާމީން ރަޝީދުގެ ބައްޕަގެ މި ވާހަކަތަކުން، ގައުމަކުން ރައްޔިތުންނަށް ދޭން ޖެހޭ ރައްކާތެރިކަން އެންމެ އެކަށީގެންވާ ގޮތެއްގައި ފޯރުނުކޮށްދޭ ކަން ހާމަވެގެންދެ އެވެ.

މިކަމަކީ ދިވެހި ފުލުހުންވެސް މިހާރަށްވުރެ ބޮޑަށް ސަމާލުވާންޖެހޭ ކަމެކެވެ. ރައްޔިތުންގެ އިތުބާރާއި ޔަގީން ކަން ހޯދުމަށްޓަކާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ގާތިލުން އިންސާފުގެ ކުރި މައްޗަށް ގެނެސްފި ނަމަ، އަނެއްކާވެސް ރައްޔިތުންނަށް ފުލުހުންނަށް ކުރާ އިތުބާރު ލިބިގެންދާނެ އެވެ. ސޯޝަލް މީޑިޔާ ފަދަ ތަންތަނުގައި އެމީހުންނަށް ކުރިމަތިވާ ތަފާތު އެކި މައްސަލަތައް ހާމަކުރުމުގެ ބަދަލުގައި ފުލުސް އޮފީހަށް އިންސާފު ހޯދުމަށްދާ ރައްޔިތުން އިތުރު ކުރަން ބޭނުން ނަމަ، ފުލުހުން އެންމެ ފުރަތަމަ ޖެހޭނީ ރައްޔިތުންގެ އިތުބާރު ހޯދާށެވެ.

ޔާމީން ރަޝީދު މަރާލިތަކާ 50 ދުވަސް ފުރިފައިވާ އިރުވެސް އޭނާގެ އައިލާ އިން ފުލުހުންގެ ތަހުގީގަށް އިތުބާރު ނުކުރާކަން ހާމަކުރުމަކީ މުޅި ދުނިޔޭގެ ކުރިމަތީގައި ދިވެހި ފުލުހުންގެ އަގު ވެއްޓިގެންދިޔަ ކަމެކެވެ. މިކަން ބަދަލު ކުރެވޭނީވެސް ފުލުހުން މި މައްސަލައިގައި އިންސާފުހޯދާ ދިނުމަށް ކުރާ މަސައްކަތް ކާމިޔާބު ވުމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކިތަންމެ ވަރަކަށް ހަރުގެ ޖަލްސާ ބޭއްވިޔަސް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ!

ކިތަންމެ ވަރަކަށް ހަރުގެ ޖަލްސާ ބޭއްވިޔަސް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ!

26 މެއި 2017
ޔާމީނުގެ މަރަށް 30 ދުވަސް، ތަހުގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށް؟

ޔާމީނުގެ މަރަށް 30 ދުވަސް، ތަހުގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށް؟

24 މެއި 2017
ރިލުވާނާއި ޔާމީންގެ މަންމަގެ އިހްސާސްތައް، ހިތްފަޅައިގެން ހިނގައްޖެ!

ރިލުވާނާއި ޔާމީންގެ މަންމަގެ އިހްސާސްތައް، ހިތްފަޅައިގެން ހިނގައްޖެ!

15 މެއި 2017
ޔާމީންގެ ގާތިލުން ހޯދިއްޖެނަމަ، އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯދުމުގެ ފުރުސަތު ބޮޑު!

ޔާމީންގެ ގާތިލުން ހޯދިއްޖެނަމަ، އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯދުމުގެ ފުރުސަތު ބޮޑު!

26 އެޕްރީލު 2017
އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

26 މާރިޗު 2017

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު