Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއައިއެމްޑީސީ

ސްރީލަންކާގެ އެންމެ ބޮޑު ޕްރައިވެޓް ހޮސްޕިޓަލުން އައްޑޫ އައިއެމްޑީސީގައި ޚިދުމަތްދެނީ

ނަވަލޯކާ ހޮސްޕިޓަލަކީ ލަންކާގެ ފުރަތަމަ ޕްރައިވެޓް ހޮސްޕިޓަލް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 22 ޖެނުއަރީ 2019 | އަންގާރަ 07:36
އައިއެމްޑީސީއާއި ނަވަލޯކާ އާއި ދެމެދު އެއްބަސްވުމުގައި ސޮއިކުރުން

އައިއެމްޑީސީއާއި ނަވަލޯކާ އާއި ދެމެދު އެއްބަސްވުމުގައި ސޮއިކުރުން

ސްރީލަންކާގެ އެންމެ ބޮޑު ޕްރައިވެޓް ހޮސްޕިޓަލު ކަމަށްވާ ނަވަލޯކާ ހޮސްޕިޓަލުން އައްޑޫގައި ހުންނަ އައިއެމްޑީސީ ހޮސްޕިޓަލުގައި ޚިދުމަތް ދިނުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ސިމްޑީގެ ހެޑް އޮފީހުގައި އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި އައިއެމްޑީސީގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ އައިއެމްޑީސީ އަދި ސިމްޑީ ގްރޫޕް އޮފް ކޮމްޕެނީސްގެ ސީއީއޯ ޑރ.މަރިޔަމް ޝަކީލާއެވެ. އަދި ނަވަލޯކާ ހޮސްޕިޓަލްގެ ފަރާތުން ސޮއިކުރެއްވީ ނަވަލޯކާ ގްރޫޕުގެ ހެޑް އޮފް ފިނޭންސް އެންޑް ކޯޕަރޭޓް ޕްލޭނިންގ މެނޭޖަރ ނަލަކާ ނިރޯޝަނާއެވެ.

މި އެއްބަސްވުމުގެ ދަށުން އައްޑޫގައި ހުންނަ އައިއެމްޑީސީ މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލުން ނަވަލޯކާގެ ތަޖުރިބާކާރު ޑޮކްޓަރުން ޚިދުމަތްދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ޝަކީލާ ވިދާޅުވިއެވެ.

"މި އެގްރީމަންޓުގެ ދަށުން އެބޭފުޅުންގެ ސްޕެޝަލިސްޓުން ކަނޑައެޅޭ ވަކި ދުވަސްތަކެއްގައި އައްޑޫއަށް ދަތުރުކޮށް އައިއެމްޑީސީގަ ޕޭޝަންޓުން ބަލާ، އަދި ހަމައެއާއެކު ވަޑައިގަންނަވާ ބޭފުޅުން ކޮންސަލްޓެންޓުންނަށް ހައްލު ނުކުރެވޭ ކަހަލަ ބައްޔެއް ހުރިނަމަ އެކަން ހައްލުކުރުމަށްޓަކައި ނަވަލޯކާއަށް އަޅުގަނޑުމެން ފޮނުވާގޮތަށް މި އެގްރީމަންޓުގައި ހިމެނިފަވާނެ. އޭގެ ތެރޭގައި މިހާރު އައްޑޫން ޚިދުމަތް ލިބެން ނެތް ދާއިރާތަކަށް ވަރަށް ބޮޑަށް އަހަންމިއްޔަތުކަން ދެވޭނެ" ޝަކީލާ ވިދާޅުވިއެވެ.

ޝަކީލާ ވިދާޅުވީ، ނިއުރޯ ސާރޖަރީ ފަދަ ދާއިރާތަކަށް އަހަންމިއްޔަތުކަން ދޭނެ ކަމަށާއި، ބަލިމީހާގެ ސިއްހީ ހާލަތަށް ބަލައި ނަވަލޯކާ ހޮސްޕިޓަލަށް ގެންދިއުމުގެ ކަންކަންވެސް އައްޑޫ އައިއެމްޑީސީ މެދުވެރިކޮށް ހަމަޖައްސާނެ ކަމަށެވެ.

މި އެމްއޯޔޫގެ މުއްދަތަކީ އެއް އަހަރު ކަމަށާއި، އޭގެ ފަހުންވެސް ދެފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން އެއްބަސްވުން ކުރިއަށް ގެންދެވޭނެ ކަމަށް ޝަކީލާ ވިދާޅުވިއެވެ.

ނަވަލޯކާ ހޮސްޕިޓަލަކީ ސްރީލަންކާގެ އެންމެ ފުރަތަމަ އަދި އެންމެ ބޮޮޑު ޕްރައިވެޓް ހޮސްޕިޓަލް ކަމަށާއި، އައިއެމްޑީސީއާ ވެވުނު އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ސިއްހީ ޚިދުމަތަށް ބޮޑު ކުރިއެރުމެއް ގެނައުމަކީ އެންމެ މުހިއްމު އެއް އަމާޒުކަމަށް ނަވަލޯކާގެ ފަރާތުން ނަލަކާ ނިރޯޝަނާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

22 މެއި 2017

"ބާސެލޯސް" އަށް ބޮޑު ތަރުހީބެއް ލިބޭ، ވަރަށް ބާރުބޮޑުކޮށް ދަނީ: ބާސެލޯސް ރެސްޓޯރެންޓް

22 މެއި 2017
"ބާސެލޯސް" އަށް ބޮޑު ތަރުހީބެއް ލިބޭ، ވަރަށް ބާރުބޮޑުކޮށް ދަނީ: ބާސެލޯސް ރެސްޓޯރެންޓް
09 މެއި 2017

ފެން އަގޮބޮޑުކޮށް ނުވިއްކުމަށް އިލްތިމާސްކޮށްފި!

09 މެއި 2017
ފެން އަގޮބޮޑުކޮށް ނުވިއްކުމަށް އިލްތިމާސްކޮށްފި!
17 އެޕްރީލު 2017

އައްޑޫ އިންވެސްޓާސް ފޯރަމް އޭޕްރިލް 22ގައި

17 އެޕްރީލު 2017
އައްޑޫ އިންވެސްޓާސް ފޯރަމް އޭޕްރިލް 22ގައި
19 މާރިޗު 2017

ކޮޓަރިތައް ފުރާނެ ގޮތެއް ނެތި ރިސޯޓުތަކުގެ ވެރިން ކަންބޮޑުވެފައި

19 މާރިޗު 2017
ކޮޓަރިތައް ފުރާނެ ގޮތެއް ނެތި ރިސޯޓުތަކުގެ ވެރިން ކަންބޮޑުވެފައި
28 ފެބުރުއަރީ 2017

އައްޑޫ އިންވެސްޓާސް ފޯރަމް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި

28 ފެބުރުއަރީ 2017
އައްޑޫ އިންވެސްޓާސް ފޯރަމް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު