Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަތުރުވެރިން މަރުވުން

ރާއްޖޭގައި ފަތުރުވެރިން މަރުވަނީ 'އަންޑަރވޯޓަރ ކޭބަލް'ތަކުން ކަރަންޓުޖެހޭތީ ކަމަށް ތުހުމަތުކޮށްފި

21 ޖެނުއަރީ 2019 | ހޯމަ 08:45

މި އަހަރު ފެށުނުތާ 21 ދުވަސްވެފައިވާއިރު، މިހާތަނަށް ރާއްޖޭގައި ފަސް ފަތުރުވެރިންވަނީ މަރުވެފަައި

އައިޝަތު ޝާނީ
އައިޝަތު ޝާނީ | 21 ޖެނުއަރީ 2019 | ހޯމަ 08:45
ޕެރެޑައިސް އައިލެންޑް ރިސޯޓް

ޕެރެޑައިސް އައިލެންޑް ރިސޯޓް

'ގޮތް ނޭނގޭ' ގޮތަކަށް ރާއްޖޭގައި ގިނަ ފަތުރުވެރިންތަކެއް މަރުވަމުންދާކަމަށް ބުނެ މި ސަރަހައްދަކީ ބަރމިއުޑާ ޓްރައޭންގަލެއްކަމަށް ސިފަކޮށްފިއެވެ.

ބަރމިއުޑާ ޓްރައޭންގަލްއަކީ އެޓްލާންޓިކް އޯޝަންގެ އުތުރުގައި އޮންނަ، ގޮތް ނޭނގޭގޮތަށް ފްލައިޓްތަކާއި ބޯޓުތައް ގެއްލިފައިވާތީ އެގޮތަށް މަޝްހޫރުވެފައިވާ ސަރަހައްދެކެވެ.

Advertisement - newsAdvertisement

'ދަ އައިރިޝް ސަން'އަށް ދީފައިވާ އިންޓަވިއުއެއްގައި ރާއްޖެއަކީ ބަރމިއުޑާ ޓްރައޭންގަލެއްކަމަށް ބުނެފައިވަނީ 2017 ވަނަ އަހަރު ރާއްޖެއަށް ޒިޔާރާތް ކުރި، އަދި 'ކިރިޔާ މަރުނުވެ ސަލާމަތްވި،' އަޔަލޭންޑަށް ނިސްބަތްވާ ލީސާ މޯލްއެވެ.

އޭނާގެ އެއްވެސް ސިއްހީ މައްސަލައެއް ނުހުންނަކަން ފާހަގަ ކުރަމުން ލީސާ ބުނެފައިވަނީ ފިރިމީހާއާއެކު ރާއްޖޭގައި މޫދަށް އެރި އުޅެނިކޮށް އޭނާ ހަބަރުހުސްވީ ކަމަށެވެ. އަދި ސަލާމަތްވީ އެމީހުން ޗުއްޓީ ހޭދަކުރަމުން ދިޔަ ރިސޯޓްގައި ޗުއްޓީ ހޭދަކުރަން އެވަގުތު އުޅުން ދެ ޑޮކްޓަރުންގެ ސަބަބުންކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން، 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި ހިނގި އެހެން ހާދިސާއަކާ އޭނާއަށް ދިމާވި ހާދިސާއާ އޭނާ ވަނީ ގުޅުވާފައެވެ.

2017 ވަނަ އަހަރު ހަނީމޫނަށް ރާއްޖެ އައި އަޔަލޭންޑަށް ނިސްބަތްވާ އެންޑްރޫ ރޮޑީ ވަނީ ގެނބިގެން މަރުވެފައެެވެ. އޭނާގެ އަންހެނުން ޖިލް ކެމްޕިއަންއާއެކު މޫދަށް އެރި އުޅެނިކޮށް މި ހާދިސާ ދިމާވެފައިވަނީ ކައިވެނި ކުރިތާ ތިން ހަފްތާވެސް ނުވަނީހެވެ.

އެންޑްރޫ ރޮޑީއާއި ގިލް ކެމްޕިއަން

މީގެ އިތުރުން، މި އަހަރު ފެށުނުތާ 21 ދުވަސްވެފައިވާއިރު، މިހާތަނަށް ރާއްޖޭގައި ފަސް ފަތުރުވެރިންވަނީ މަރުވެފައެެވެ. މި އަހަރު އެންމެ ފުރަތަމަ މަރުވެފައިވަނީ ކ. ދިއްފުށީގައި ހަނީމޫން ހޭދަ ކުރަމުންދިޔަ ފިލިޕީންސްގެ ޒުވާން ދެމަފިރިއެކެވެ. މި މަހު 16 ވަނަ ދުވަހު ވެސް، ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ގެނބިގެން ޓޫރިސްޓަކު ވަނީ މަރުވެފައެވެ. އަދި ހޮނިހުރު ދުވަހު ދެ މަރު ވަނީ ރިޕޯޓްކޮށްފައެވެ. އެއީ ޕެރެޑައިސް އައިލެންޑްގައި ހިނގި 84 އަހަރުގެ ޗެކް ރިޕަބްލިކަށް ނިސްބަތްވާ މީހެއްގެ މަރަކާއި ސަފާރީއަކުން ޑައިވިންއަށް ދިޔަ ރަޝިއާ ޓޫރިސްޓެއްގެ މަރެވެ.

ކ. ދިއްފުށީގައި ހަނީމޫން ހޭދަކުރަމުންދަނިކޮށް މަރުވި ފިލިޕީންސްގެ ދެމަފިރިން

މި ހާދިސާތަކަށް އިޝާރާތްކޮށް އާދިއްތަ ދުވަހު ދީފައިވާ އިންޓަވިއުގައި ލީސާ ބުނެފައިވަނީ ރާއްޖޭގައި ހިނގަމުންދާ ކުއްލި މަރުތަކާ މެދު ސުވާލު އުފައްދަން ޖެހޭކަމަށެވެ.

އަދި ލީސާއަށް ދިމާވި ހާދިސާގެ ސަބަބުން އަޔަލޭންޑްގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކެއް ތަހުގީގެއް ފަށާފައިވާއިރު، އެތަނުން އެކަކު ބުނާ ގޮތުގައި 'ކަނޑުއަޑީގައި އަޅާފައިވާ ކޭބަލްތަކުން (ލީސާ)ވަނީ އިލެކްޓްރޮކިއުޓްވެފަ' އެވެ. އަދި އެންޑްރޫއަށް ވެސް ދިމާވެފައިވަނީ މިހެންކަމަށް ގަބޫލު ކުރާކަމަށް އޭނާ ބުނެފައިވާކަމަށް 'ދަ އައިރިޝް ސަން'އިން ރިޕޯޓްކޮށްފައިވެއެވެ.

"ވަރަށް ފަހުން އެލެކްޓްރޯ ފިޒިސިސްޓް ހެދި ޓެސްޓްތަކުގެ ނަތީޖާވަނީ ލިބިފައި، އޭނާ ދެކޭ ގޮތުގައި އަހަރެން އިލެކްޓްރޮކިއުޓްވީ އަދި އެންޑްރޫއަށް ވެސް ދިމާވީ އެފަދައިން، ނަމަވެސް ސާބިތުކުރަން އުނދަގޫ،" ލީސާ ބުނެފައިވެއެވެ.

ނަމަވެސް، ފަތުރުވެރިން މަރުވަމުންދަނީ ގެނބިގެންކަން ކަނޑައަޅަމުންދާކަމަށް ފާހަގަކުރަމުން ލީސާ ބުނީ އޭނާ މި ވާހަކަތައް ދައްކަން ބޭނުންވީ 'އެކަމަށް މީހުން ހޭލުންތެރި ކުރުމަށް' ކަމަށެވެ.

އަދި އެމްއާރްއައި އާއި ސީޓީ ސްކޭންތަކުންވެސް މިފަދައިން ދައްކާކަމަށް ބުނެ، ފުއްޕާމޭގައި ގެނބުމުގެ އަސަރެއްނެތްކަމަށްވެސް ލީސާ ފާހަގަކުރިއެވެ.

ގިނަ ފަތުރުވެރިންތަކެއް މަރުވަމުން ދާތީ، ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ފެތުމަށް ރައްކާތެރި ސަރަހައްދުތައް ކަނޑައެޅުމަށް ނިންމާފައިވާކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދުވަނީ ނިމިގެންދިޔަ ހަފްތާގައި އިއުލާންކުރައްވާފައެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ

12 ފެބުރުއަރީ 2017
ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ
08 ފެބުރުއަރީ 2017

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017
ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ
04 ފެބުރުއަރީ 2017

ގއ. ހިތާދޫ އަށް ގެއްލުންދިން ފަތުރުވެރިންނަށް އަދި ފިޔަވަޅެއް ނާޅަން: މިނިސްޓްރީ

04 ފެބުރުއަރީ 2017
ގއ. ހިތާދޫ އަށް ގެއްލުންދިން ފަތުރުވެރިންނަށް އަދި ފިޔަވަޅެއް ނާޅަން: މިނިސްޓްރީ
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް