Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފެނަކަ

ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުުރުމުގެ ތެރޭގައި "ޕްރްކެޓިކަލް އަދަދަކަށް" މުވައްޒަފުން ނެގުމަށްފަހު ބާކީ ތިބި މުވައްޒަފުން ވަކިކުުރުމަށް ރައީސް އޮފީހުން އަންގައިފި

5 އޮކްޓޯބަރު 2026 | ހޯމަ 12:08

ފެނަކަ ކޯޕަރޭޝަން ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަރުހަލާގައި، އޮޕަރޭޝަނަށް ބޭނުންވާ އެންމެ އެކަށީގެންވާ އަދަދަށް މުވައްޒަފުން ނެގުމަށްފަހު ބާކީ ތިބި މުވައްޒަފުން ވަކިކުރުމަށް ރައީސް އޮފީހުން ފިނޭންސް މިނިސްޓްރީއަށް އަންގައިފި. މީގެ އިތުރުން، އައްޑޫ އާއި ފުވައްމުލަކުގެ ފެނާއި ނަރުދަމާ އެމްޑަބްލިއުއެސްސީއަށް ބަދަލުކުރުމަށާއި، އެމްޓީސީސީގެ ސަރުކާރު ހިއްސާ 90 އިންސައްތައަށް އިތުރުކުރުމަށް ވެސް ވަނީ ނިންމާފައި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 5 އޮކްޓޯބަރު 2026 | ހޯމަ 12:08
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ޑރ. މުހައްމަދު މުއިއްޒު | ރައީސް އޮފީސް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ ދަށަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ބަދަލުކުރުމުގެ ތެރޭގައި "ޕްރެކްޓިކަލް އަދަދަކަށް" މުވައްޒަފުން ނެގުމަށްފަހު ބާކީ ތިބި މުވައްޒަފުން ވަކިކުރުމަށް ރައީސް އޮފީހުން ފިނޭންސް މިނިސްޓްރީއަށް އަންގައިފި އެވެ. 

މިކަން އަންގާފައިވަނީ ރައީސް އޮފީހުގެ ޕްރިންސިޕަލް ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯ އަހުމަދު ހަބީބު ސޮއިކުރައްވާ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރަށް ފޮނުއްވި ސިޓީއެއްގަ އެވެ. 22 ސެޕްޓެމްބަރުގައި އެގޮތަށް އަންގައި ރައީސް އޮފީހުން ފޮނުވި ސިޓީގެ ކޮޕީއެއް ރާއްޖެއެމްވީއަށް ލިބިފައިވާއިރު، މިއީ ސައްހަ ސިޓީއެއްކަން އެކި މަސްދަރުތަކުން ވަނީ ކަށަވަރު ކޮށްދީފަ އެވެ.

Advertisement - newsAdvertisement

އެގޮތުން މި ސިޓީގައި ބުނެފައިވަނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރަދުތައް ކުޑަކޮށް، ހިންގުން ހަރުދަނާކުރުމުގެ އިތުރުން، އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި، ރައީސް ގެންނަވަން ނިންމަވާފައިވާ ބަދަލުތައް ތަންފީޒުކުރުމަށް އެކުލަވާލައްވާފައިވާ ވަގުތީ ކޮމިޓީން 2026 ސެޕްޓެމްބަރު 19 ވަނަ ދުވަހު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. 

މި ބައްދަލުވުމުގައި، މަޝްވަރާ ކުރެވުނު ކަންތައްތަކުގެ ތެރެއިން ކުރިއަށް ގެންދެވުމަށް ރައީސް މުއިއްޒު ވިދާޅުވި ކަންކަމަކީ ފެނަކަ ސްޓެލްކޯއާ އެއްކޮށްލުމުގެ މަރުހަލާގައި ވަކި އަދަދަކަށް މުވައްޒަފުން ވަކިކުރުމަށް ނިންމުމުގެ ބަދަލުގައި އޮޕަރޭޝަނަށް ބޭނުންވާނެ އެންމެ ޕްރެކްޓިކަލް އަދަދަކަށް މުވައްޒަފުން ނެގުމަށްފަހު ސްޓެލްކޯގެ އައު އޮނިގަނޑުގެ ތެރެއަށް އެ މުވައްޒަފުން ހަމަޖައްސައި، ބާކީ ތިބި މުވައްޒަފުން ވަކިކުރުން ކަމަށް ސިޓީގައި ބުނެފައިވެ އެވެ. 

ހަމައެއާއެކު، ފެނަކައިގެ މުވައްޒަފުން ސްޓެލްކޯއަށް ބަދަލުކުރާއިރު، މިހާރު ލިބެމުންދާ ޖުމްލަ މުސާރައަށް ވުރެ ކުޑަވެގެން ނުވާނެ ކަމަށާއި 2027 ވަނަ އަހަރުގެ ރަމަޟާން މަހުގެ ކުރިން ފެނަކައިން ހިދުމަތްދޭ ރަށްތައް ސްޓެލްކޯގެ ދަށަށް ބަދަލުކޮށް ނިންމުމަށް ސިޓީގައި އަންގާފައިވެ އެވެ. 

މީގެ އިތުރުން، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގެ ފެނާއި ނަރުދަމާގެ ހިދުމަތް މާލެ ވޯޓަރ ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ( އެމްޑަބްލިއުއެސްސީ) މެދުވެރިކޮށްދިނުމަށާއި، ކަރަންޓް ހިދުމަތް ސްޓެލްކޯ މެދުވެރިކޮށް ދިނުމަށް އަންގާފައިވެ އެވެ.  

އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ސަރުކާރުގެ ހިއްސާ އެންމެ މަދުވެގެން 90 އިންސައްތަ އަށް އިތުރުކުރުމަށް ފިނޭންސް މިނިސްޓްރީން މިހާރު ހުށަހަޅާފައިވާ ކަލްކިއުލޭޝަންތައް އިތުރަށް ފުރިހަމަ ކުރުމަށްފަހު، ކޮމިޓީއަށް އޮޕްޝަންތަކާއެކު އަލުން ހުށަހެޅުމަށް އަންގާފައިވެ އެވެ. 

މި ސިޓީގައި އިތުރަށް ބުނެފައިވަނީ މި ނިންމުންތައް ތަންފީޒުކުރުމަށް ފިނޭންސް މިނިސްޓްރީން ކުރަން ޖެހޭ އެންމެހާ ކަންކަން ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކޮށްގެން ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދިޔުމަށެވެ. 

ފެނަކަ ކޯޕަރޭޝަންސްޓެލްކޯ

އެންމެ ހިނގާ

1

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ

2

ފެނަކަ އުވާލައި ސްޓެލްކޯއަށް ބަދަލުކުރުމަށް ނިންމި ނިންމުމާއެކު، ހެޑް އޮފީހުގެ މުވައްޒަފުންނަށް ވާންވީ ގޮތެއް ނޭނގި މުވައްޒަފުން ބޮޑު ހާސްކަމެއްގައި!

3

ދ.މީދޫގައި ރާއްޖެޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ބޮޑު ސްކްރީންގައި ދެއްކުމަށް ކުރި މަސައްކަތަށް ހުރަސްއަޅައިފި، ޕީއެންސީ ޓިކެޓުގައި އިންތިޚާބުވި ކައުންސިލު ރައީސް އެންގެވީ ޕްރޮގްރާމް ދެއްކުމަކީ މަސްލަހަތު ނަގާލުންކަމަށް!

4

"ޖާގަ ދެއްކުމަށް ފަހު ނޫނީ ސްޓިކަރ ނުޖަހާނެ" ކަމަށް ވިދާޅުވި ރައީސްގެ ވައުދު ބަދަލުވެ، ޖޫރިމަނާ ފީތަކުގެ ވެސް އަގު ބޮޑުކޮށްފި!

5

މުއިއްޒުގެ ހެޔޮފުޅުކަން ދައްކަން އަނެއްކާވެސް އުނބަށް

އިތުރަށް ކިޔާލަން

04 އޮކްޓޯބަރު 2026

ފެނަކަ އުވާލައި ސްޓެލްކޯއަށް ބަދަލުކުރުމަށް ނިންމި ނިންމުމާއެކު، ހެޑް އޮފީހުގެ މުވައްޒަފުންނަށް ވާންވީ ގޮތެއް ނޭނގި މުވައްޒަފުން ބޮޑު ހާސްކަމެއްގައި!

04 އޮކްޓޯބަރު 2026
ފެނަކަ އުވާލައި ސްޓެލްކޯއަށް ބަދަލުކުރުމަށް ނިންމި ނިންމުމާއެކު، ހެޑް އޮފީހުގެ މުވައްޒަފުންނަށް ވާންވީ ގޮތެއް ނޭނގި މުވައްޒަފުން ބޮޑު ހާސްކަމެއްގައި!
30 ސެޕްޓެމްބަރު 2026

ކަރަންޓު ކޭބަލްތަކަށް ގެއްލުންދޭ ފަރާތްތަކުން މަރާމާތުގެ ހުރިހާ ޚަރަދެއް ކުރަންޖެހޭ ގޮތަށް ސްޓެލްކޯގެ ފިޔަވަޅުތައް ހަރުކަށިކޮށްފި

30 ސެޕްޓެމްބަރު 2026
ކަރަންޓު ކޭބަލްތަކަށް ގެއްލުންދޭ ފަރާތްތަކުން މަރާމާތުގެ ހުރިހާ ޚަރަދެއް ކުރަންޖެހޭ ގޮތަށް ސްޓެލްކޯގެ ފިޔަވަޅުތައް ހަރުކަށިކޮށްފި
21 ސެޕްޓެމްބަރު 2026

ދަރަވަންދޫގައި ތަރައްގީގެ މަޝްރޫއުތައް ވަނީ ހުއްޓިފައި، ނަމަވެސް ސަރުކާރުން ދަނީ ރައްޔިތުންނަށް އޮޅުވާލަމުން: އާޔަތުﷲ

21 ސެޕްޓެމްބަރު 2026
ދަރަވަންދޫގައި ތަރައްގީގެ މަޝްރޫއުތައް ވަނީ ހުއްޓިފައި، ނަމަވެސް ސަރުކާރުން ދަނީ ރައްޔިތުންނަށް އޮޅުވާލަމުން: އާޔަތުﷲ
20 ސެޕްޓެމްބަރު 2026

ސްޓެލްކޯގެ ބޯޑަށް ޔޫތު މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ނިޒާމް އައްޔަނުކޮށްފި

20 ސެޕްޓެމްބަރު 2026
 ސްޓެލްކޯގެ ބޯޑަށް ޔޫތު މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ނިޒާމް އައްޔަނުކޮށްފި
20 ސެޕްޓެމްބަރު 2026

ހިތާދޫ ފެނަކައިން ވަޒީފާއިން ވަކިކުރި ޒުވާނެއްގެ ކަންބޮޑުވުންތަކާއެކު ޓްރައިބިއުނަލް އަށް: ވަކިކުރިކަން އެންގީ އޮގަސްޓު މަހު، ޗިޓުގައި އޮތީ ޖުލައި 20 ގައި ކަނޑާލިކަމަށް!

20 ސެޕްޓެމްބަރު 2026
ހިތާދޫ ފެނަކައިން ވަޒީފާއިން ވަކިކުރި ޒުވާނެއްގެ ކަންބޮޑުވުންތަކާއެކު ޓްރައިބިއުނަލް އަށް: ވަކިކުރިކަން އެންގީ އޮގަސްޓު މަހު، ޗިޓުގައި އޮތީ ޖުލައި 20 ގައި ކަނޑާލިކަމަށް!
08 ސެޕްޓެމްބަރު 2026

ޕީއެންސީ އަށް ސޮއިކުރަން މުވައްޒަފުންނަށް މަޖުބޫރުކުރުން: ސްޓެލްކޯގެ އެމްޑީއާ ސުވާލުކުރުމުން ކޮމެންޓުކުރަން ދެކޮޅު ހެދުމަށްފަހު ފޯނު ކަނޑާލައިފި!

08 ސެޕްޓެމްބަރު 2026
ޕީއެންސީ އަށް ސޮއިކުރަން މުވައްޒަފުންނަށް މަޖުބޫރުކުރުން: ސްޓެލްކޯގެ އެމްޑީއާ ސުވާލުކުރުމުން ކޮމެންޓުކުރަން ދެކޮޅު ހެދުމަށްފަހު ފޯނު ކަނޑާލައިފި!
07 ސެޕްޓެމްބަރު 2026

ފެނަކަ އާއި އާރުޑީސީ އުވާލަން ނިންމައިފި

07 ސެޕްޓެމްބަރު 2026
ފެނަކަ އާއި އާރުޑީސީ އުވާލަން ނިންމައިފި
04 ސެޕްޓެމްބަރު 2026

މީގޮނަ ވަގާ ނިމިދިޔަ ގޮތަށް މިފަހަރު މި ނިމިދިޔައީ ސްޓެލްކޯ! މާދަމާ ކޮން ކުންފުންޏެއް؟

04 ސެޕްޓެމްބަރު 2026
މީގޮނަ ވަގާ ނިމިދިޔަ ގޮތަށް މިފަހަރު މި ނިމިދިޔައީ ސްޓެލްކޯ! މާދަމާ ކޮން ކުންފުންޏެއް؟
03 ސެޕްޓެމްބަރު 2026

ޕީއެންސީއަށް ސޮއިކުރަން މުވައްޒަފުންނަށް މަޖުބޫރުކުރާކަން ހާމަވުމުން ސްޓެލްކޯއިން އެޗްއާރް މުވައްޒަފު ބަދުނާމުކޮށް، އޭނާ ސަސްޕެންޑުކޮށްފި!

03 ސެޕްޓެމްބަރު 2026
ޕީއެންސީއަށް ސޮއިކުރަން މުވައްޒަފުންނަށް މަޖުބޫރުކުރާކަން ހާމަވުމުން ސްޓެލްކޯއިން އެޗްއާރް މުވައްޒަފު ބަދުނާމުކޮށް، އޭނާ ސަސްޕެންޑުކޮށްފި!
03 ސެޕްޓެމްބަރު 2026

ކުންފުނިތަކުގެ މުވައްޒަފުން ސަރުކާރުގެ ނުފޫޒުން ގަދަބާރުން ޕީއެންސީއަށް ވައްދަމުންދާކަން "ބަސްޓުވެއްޖެ"!

03 ސެޕްޓެމްބަރު 2026
ކުންފުނިތަކުގެ މުވައްޒަފުން ސަރުކާރުގެ ނުފޫޒުން ގަދަބާރުން ޕީއެންސީއަށް ވައްދަމުންދާކަން "ބަސްޓުވެއްޖެ"!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް