Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކުލަފަންސުރު ފޮށި

މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!

ކުލަ ފަންސުރުތަކުގައި ވަނީ މާނަފުން މެސެޖްތަކެއް ލިޔެފައި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 17 ޖެނުއަރީ 2019 | ބުރާސްފަތި 12:01
ދިޔާ އޭނާގެ ދަރިފުޅަށް ދިން ކުލަފަންސުރު ފޮށި

ދިޔާ އޭނާގެ ދަރިފުޅަށް ދިން ކުލަފަންސުރު ފޮށި

އެއީ މާ މޮޅު ފަންސުރުތަކެއް ނޫނެވެ. ގްރޭޑް އެކެއްގައި ކިޔަވަން ފެށި ދަރިފުޅަށް މަންމަ ދިނީ އާއްމުކޮށް ބާޒާރުގައި ވެސް ވިއްކަން ހުންނަ ވައްތަރުގެ ކުލަ ފަންސުރު ފޮއްޓެކެވެ. ނަމަވެސް އެ ކުލަތައް ޚާއްސަވީ އެއިން ކޮންމެ ކުލައެއްގައި މަންމަ ދަރިފުޅަށް ދީފައިވާ މެސެޖުތަކުންނެވެ. ލޯބި ހިތުގެ އެންމެ ފުންމިނުންނެވެ. އޭގައި ވަނީ ދިރިއުޅުމުގައި އަލަށް ފަށާ ދަތުރުގައި އޭނާގެ ދަރިފުޅަށް ކޮންމެހެން ބޭނުންވާނެ ނަސޭހަތްތަކެވެ. އޭނާގެ އިހްސާސްތައް އެއިން ކޮންމެ ފަންސުރަކުން ދޭހަކޮށްދެވެ.

މިއީ ދާދި ފަހުން ސޯޝަލް މީޑިއާގައި ސަމާލުކަން ލިބިގެންދިޔަ ދިޔާމާ އިބްރާހީމް އޭނާގެ ދަރިފުޅު ސްކޫލަށް ގެންދިއުމަށް ދިން ކުލަފަންސުރު ފޮށީގެ ވާހަކައެވެ. ފަތުއަޑުކިޔާފައި ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ 24 ކުލައިގެ އެ ކުލަ ފޮށީގެ ކޮންމެ ކުލައެއްގައި "ޔޫ ކޭން ޑޫއިޓް" ފަދަ ހިތްވަރު ދިނުމުގެ ކޮންމެ ވެސް ޖުމްލައެއް އިނގިރޭސި ބަހުން އެ މަންމަ ވަނީ ކަނޑާ ނަގާފައެވެ.

ރީނދޫ ކުލައިގައި "ތިކަން ވާނެ"، އޮރެންޖް ކުލައިގައި "އަމިއްލަ ނަފްސަށް އިތުބާރު ކުރޭ"! ލިޔެފައި އޮތް އިރު ފިޔާ ތޮށި ކުލައިގައި "ތިއީ ހިތްހެޔޮ ކުއްޖެއް" ލިޔެފައި ވެއެވެ. ހުދު ކުލައިގައި "އުއްމީދު ކަނޑާނުލާ"، ނޫ ކުލައިގައި "އަހަރެމެން ލޯބިވޭ" ފަދަ މާނަ ފުން މެސެޖްތަކެއް ލިޔެފައި ވެއެވެ.

ދިޔާ އޭނާގެ ދަރިފުޅަށް ދިން ކުލަފަންސުރު ފޮށި

"އަހެރެން މި ނޯޓްތައް ދަރިފުޅުގެ ކުލަ ފަންސުރުތަކުގައި ލިޔުނީ، އޭނާ ބުނި ސްކޫލްގައި އަހަރެން އޭނާ ގާތުގައި ހުންނަ ފަދަ އިހުސާސެއް ވެއޭ" ކުލަފޮށީގެ ފޮޓޯއާ އެކު ދިޔާ ޓްވީޓްކޮށްފައި ވެއެވެ.

އުމުރުން 29 އަހަރުގެ އެ މަންމަގެ އެ މަސައްކަތަށް ހިތްވަރުދީ އެތައް ބަޔަކު އޭނާގެ ޓްވީޓް ރީޓްވީޓްކޮށް ލައިކް ދީ ކޮމެންޓްކޮށްފައި ވެއެވެ.

އެ ޓްވީޓް އެމްބެޑްކޮށް ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިއީ އަޅުގަނޑުމެން ދަރިންނަށް ދޭންވީ ކަހަލަ ޕޮޒިޓިވް މެސެޖްތަކެއް ކަމަށާއި ވަރަށް އުފެއްދުންތެރި ޚިޔާލެއް ކަމަށެވެ.

އެކަމަނާގެ އިތުރުން އެތައް ބަޔަކު ދިޔާގެ މި ޚިޔާލަށް މަރުހަބާ ކިޔައި ތައުރީފްކޮށްފައިވާއިރު އޮންލައިން ބައެއް ނޫސްތަކުގައި ވެސް މި ވާހަކަ ގެނެސްދީފައި ވެއެވެ.

އާދައިގެ ކުލަ ފޮށްޓަކަށް ދަރިފުޅަށް ޚާއްސަކޮށްގެން ގެނައި ބަދަލު ހިއްސާކޮށްލުމުން ލިބުނު ސަމާލުކަމާ އެކު ދިޔާ ވަނީ މިހާވަރުގެ ކަމަކަށް މިކަން ވެގެންދާނެ ކަމަށް ހީނުކުރާ ކަމަށް ބުނެފައެވެ. އަދި އެއީ އިންޓަނެޓުން ލިބުނު ޚިޔާލެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

ދިޔާގެ ކުޑަކުޑަ މި މަސައްކަތުން އެތައް ބަޔަކަށް ވަނީ އެ މީހުންގެ ދަރިންނަށް ކުޑަކުޑަ ކަމަކުން ވެސް ހިތްވަރު ދިނުމުގެ ރޫހު ލިބިފައެވެ. އެއީ އާދައިގެ ކުލަފަންސުރު ފޮއްޓަކަށް ވިޔަސް އެ ފަންސުރުތަކުގައިވާ މެސެޖްތަކުން އޭގެ އަގު އެތައް ގުނައަކަށް ވަނީ އަރާފައެވެ. އެހެން ގޮތަކަށް ބުނާ ނަމަ އޭނާގެ ދަރިފުޅަށް އެއީ އަގު ނުކުރެވޭ ވަރުގެ ބޮޑު ހަދިޔާއެކެވެ.

އިތުރަށް ކިޔާލަން

17 ސެޕްޓެމްބަރު 2017

މެޝިން ގޮވި އަޑު ޖަލާލުއްދީން މިސްކިތާ ހަމައަށް، ކޮޓަރިން ނުކުތް އިރު މަންމަގެ ހަށިގަނޑުގައި އަލިފާން ރޯވެފައި

17 ސެޕްޓެމްބަރު 2017
 މެޝިން ގޮވި އަޑު ޖަލާލުއްދީން މިސްކިތާ ހަމައަށް، ކޮޓަރިން ނުކުތް އިރު މަންމަގެ ހަށިގަނޑުގައި އަލިފާން ރޯވެފައި
11 ސެޕްޓެމްބަރު 2017

ޓެލެތޯންގެ ކާމިޔާބީ އާއި ރާއްޖެ ޓީވީގެ މުވައްޒަފުންގެ ހިތްވަރުގެ ވާހަކަ!

11 ސެޕްޓެމްބަރު 2017
ޓެލެތޯންގެ ކާމިޔާބީ އާއި ރާއްޖެ ޓީވީގެ މުވައްޒަފުންގެ ހިތްވަރުގެ ވާހަކަ!
31 ޖުލައި 2017

ފަލަސްތީންގެ ހިތްވަރުގެ ކުރިމަތީގައި އިޒްރޭލަށް ޖެހޭނީ ކުޑަކަކޫ ޖަހާށެވެ!

31 ޖުލައި 2017
ފަލަސްތީންގެ ހިތްވަރުގެ ކުރިމަތީގައި އިޒްރޭލަށް ޖެހޭނީ ކުޑަކަކޫ ޖަހާށެވެ!
31 ޖުލައި 2017

ވެނެޒުއޭލާގައި ބޭއްވުނު ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް އިންތިޚާބުން ގައުމަށް އުންމީދެއް އެބައޮތްތަ؟

31 ޖުލައި 2017
ވެނެޒުއޭލާގައި ބޭއްވުނު ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް އިންތިޚާބުން ގައުމަށް އުންމީދެއް އެބައޮތްތަ؟
24 ޖުލައި 2017

ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށް!

24 ޖުލައި 2017
ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށް!
20 ޖޫން 2017

ލަޔަރ އީދު ކުޅިވަރު: ކުލަ ޖެހުމުގެ ތަފާތު މުބާރާތެއް

20 ޖޫން 2017
 ލަޔަރ އީދު ކުޅިވަރު: ކުލަ ޖެހުމުގެ ތަފާތު މުބާރާތެއް
15 މެއި 2017

ރިލުވާނާއި ޔާމީންގެ މަންމަގެ އިހްސާސްތައް، ހިތްފަޅައިގެން ހިނގައްޖެ!

15 މެއި 2017
ރިލުވާނާއި ޔާމީންގެ މަންމަގެ އިހްސާސްތައް، ހިތްފަޅައިގެން ހިނގައްޖެ!
23 އެޕްރީލު 2017

"މަންމަގެ ދޫންޏާ، މަންމަގެ ރަންކޮޅާ"، މިވަރުގެ ހިތާމައެއް ނުދެކެން!

23 އެޕްރީލު 2017
"މަންމަގެ ދޫންޏާ، މަންމަގެ ރަންކޮޅާ"، މިވަރުގެ ހިތާމައެއް ނުދެކެން!
25 މާރިޗު 2017

އަހަންވީ ނިހާނަށް އެންމެ ރީތީ ކޮން ކުލައެއްތޯއެވެ؟

25 މާރިޗު 2017
އަހަންވީ ނިހާނަށް އެންމެ ރީތީ ކޮން ކުލައެއްތޯއެވެ؟
28 ޖެނުއަރީ 2017

މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ ދެއަހަރު، އިންސާފް ލިބޭނެ ދުވަހެއް ނޭނގޭ

28 ޖެނުއަރީ 2017
މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ ދެއަހަރު، އިންސާފް ލިބޭނެ ދުވަހެއް ނޭނގޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު