Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީޕޕީއެމް މައުމޫނާ ހަވާލުކުރުން

ޕީޕީއެމްގެ މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ނިންމާލައިފި

މިއަދުގެ އަޑުއެހުމުގައި މައުމޫނުގެ ފަރާތުން ތަދައްޚުލުވެފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 17 ޖެނުއަރީ 2019 | ބުރާސްފަތި 09:25
ކުރީގެ ރައީސް މައުމޫނާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް މައުމޫނާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމާ ޕީޕީއެމް ހަވާލުުކުރުމަށް އެދި ސިވިލް ކޯޓަށް ހުށައަޅާފައިވާ މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ނިންމާލައިފިއެވެ.

ޕީޕީއެމްގެ އާންމު ދެ މެމްބަރުން ސިވިލް ކޯޓަށް ހުށައަޅާފައިވާ އެ މައްސަލަ ކުރިއަށްގެންދިއުމާ މެދު ގޮތެއް ނިންމުމަށް ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުގައި ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ރައީސް މައުމޫނުގެ ފަރާތުން ތަދައްޚުލުވެފައިވާއިރު، ދަރިކަނބަލުން ޔުމްނާ މައުމޫނު ވެސް އަޑުއެހުންތަކުގައި ބައިވެރިވެ ވަޑައިގެންފައި ވެއެވެ.

Advertisement - newsAdvertisement

އެކަމާ ގުޅިގެން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ރައީސް މައުމޫނުގެ ފަރާތުން ވަކާލާތު ކުރެއްވި ޤާނޫނީ ވަކީލު މުހައްމަދު ފައިސަލް ވިިދާޅުވީ، ޕީޕީއެމްގެ އާންމު ދެ މެމްބަރަކު ސިވިލް ކޯޓަށް އެ މައްސަލަ ހުށައަޅައި މައްސަލަ ރަޖިސްޓާރ ވެސް ކުރި ފަހުން ސުޕްރީމް ކޯޓުން އެ މައްސަލައިގެ ފައިލުތައް ނަގާފައިވާ ކަމަށެވެ.

ޕީޕީއެމްގެ އާންމު ދެ މެމްބަރުން ކަމަށްވާ އަލީ އަހުމަދާއި އަހުމަދު ރަޝީދު ހުށައެޅުއްވި ދެ މައްސަލަ ނުބެލޭނެ ކަމަށް ޕީޕީއެމްގެ ފަރާތުން ވަކާލާތު ކުރެއްވި އިބްރާހީމް ރިޒާ ވަނީ ވިދާޅުވެފައެވެ. އެފަރާތުން ސަބަބެއް ކަމަށް ވިދާޅުވެފައި ވަނީ މީގެ ކުރިން އެ މައްސަލަ ނިންމައި އޭރު ޕާޓީގެ މުސްތަޝާރަކަށް ހުންނެވި އަބްދުﷲ ޔާމީނާ ޕާޓީ ހަވާލުކޮށްފައިވާ ކަމަށާއި، ސިވިލް ކޯޓުގެ އެ ހުކުމަށް ހައިކޯޓުންނާއި ސުޕްރީމް ކޯޓުން ވެސް ތާއީދުކޮށްފައިވާ ކަމަށެވެ.

ނަމަވެސް ފައިސަލް ވިދާޅުވީ، ޕީޕީއެމްގެ އާންމު ދެ މެމްބަރުން ހުށައަޅާފައިވާ މައްސަލައަކީ މީގެ ކުރިން ރާއްޖޭގެ އެއްވެސް ކޯޓެއްގައި ބަލާފައިވާ މައްސަލައެއް ނޫން ކަމަށާއި، އޭރު ހުށައެޅި މައްސަލައަކީ ރައީސް މައުމޫނު ޕީޕީއެމްގެ ކަންކަން ރަނގަޅަށް ނުހިންގާ ކަމަށް ބުނެ ހުށައެޅި މައްސަލައެއް ކަަމަށެވެ. އަދި މިހާރު ހުށައަޅާފައިވާ މައްސަލަ އާއި ކުރިން ނިންމާފައިވާ މައްސަލައާ އެއްވެސް ގުޅުމެއް ނެތް ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ، 17 ޖެނުއަރީ 2013 ގައި ބޭއްވި ޕީޕީއެމްގެ ޤައުމީ މަޖިލީހުން އެޕާޓީގެ ރައީސަކަށް މައުމޫނު ހަމަަޖައްސާފައިވާ ކަމަށާއި، އޭގެ ފަހުން ޕީޕީއެމް އިން ބޭއްވި ކުއްލި ކޮންގްރެސް އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަންނާތީ، ޕީޕީއެމްގެ މިވަގުތު މުސްތަޝާރެއް ނެތުމާ އެކު، އެ ޕާޓީގެ ހިންގުން ރައީސް މައުމޫނާ ހަވާލުކޮށްދިނުމަށް އެދިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަން ބަޔާންކޮށްފައިވާ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

މި މައްސަލަ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމައި އަންގާނެ ކަމަށް އުއްތަމަ ފަނޑިޔާރު އަންގާފައިވާއިރު، ޕީޕީއެމްއަކީ ގިނަ މެމްބަރުންތަކެއް ތިބި ޕާޓީއަކަށްވެފައި ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެޕާޓީގެ ފަރާތުން ކުރިމަތިލާއިރު، މި މައްސަލައާ މެދު އަވަހަށް ގޮތެއް ނިންމަން ޖެހޭ ކަމަށް ފައިސަލް ވިދާޅުވިއެވެ. އަނެއްކޮޅުން ކުރީގެ ރައީސް އަދި ޕީޕީއެމް ހިންގެވުމަށް އިސްކޮށް ހުންނެވި އަބްދުﷲ ޔާމީން ގެންދަވަނީ އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތްކުރަމުންނެވެ. އެ ގޮތުން އެ މަނިކުފާނުގެ އަރިސް ގިނަ ބޭފުޅުންތަކެއް މިހާރު ވަނީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް އަށް ސޮއިކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު