Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޓޫރިސްޓުން މަރުވުން

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ރައްޓެހިވެގެން އުޅޭތާ 10 އަހަރު، ކައިވެނި ކުރީ މިދިއަ މަހު

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 17 ޖެނުއަރީ 2019 | ބުރާސްފަތި 03:15
ރާއްޖޭގައި މަރުވި ދެމަފިރިންގެ ތެރެއިން އަނބިމީހާ އެރިކާގެ އިންސްޓަގްރާމްގައި ކައިވެންޏަށްފަހު މި މަހު ކުރީ ކޮޅު ޕޯސްޓް ކޮށްފައިވާ ފޮޓޯއެއް

ރާއްޖޭގައި މަރުވި ދެމަފިރިންގެ ތެރެއިން އަނބިމީހާ އެރިކާގެ އިންސްޓަގްރާމްގައި ކައިވެންޏަށްފަހު މި މަހު ކުރީ ކޮޅު ޕޯސްޓް ކޮށްފައިވާ ފޮޓޯއެއް

ކައިވެނި ކުރި ދުވަހު ފިރިމީހާ ވައުދެއް ވި އެވެ. އެކަކު އަނެކަކަށް ހަދިޔާ ބަދަލު ކުރި އުފާވެރި އެ ހަފްލާގައި ފިރިމީހާ ލިއޮމާ، ކަރުދާސް ކޮޅެއްގައި ލިޔެފައި ދިނީ ''ދުނިޔެ ބަލަން ދާނީ އެކުއެކީގައި'' ކަމަށެވެ. އެ ދަތުރުގެ ފުރަތަމަ މަންޒިލަކަށް ވީ ރާއްޖެއެވެ. ހަނީމޫން ހެދުމަށް ވެސް އައީ ރާއްޖެއަށެވެ. ނަމަވެސް ކައިވެންޏަށްފަހު ކުރި ފުރަތަމަ އަދި، ފަހު ދަތުރަކަށް ވެސް ވެގެން ދިޔައީ އެ ދަތުރެވެ.

މާލެ އަތޮޅު، ދިއްފުށީގެ ވިލު ތެރެއަށް މިދިޔަ އާދީއްތަ ދުވަހު ފުރަތަމަ ގެނބުނީ އުމުރުން 30 އަހަރުގެ ލިއޮމާއެވެ. ފިރިމީހާއެވެ. ލިއޮމާ ސަލާމަތް ކުރުމަށް އަންހެނުން، އެރިކާ ދިޔައީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެ ނުރައްކަލަށް އަންހެނުން ވެސް ހުށައެޅި ދެ މީހުންވެސް ގެނބުނީއެވެ. ސަލާމަތް ކުރަން ދިޔަ މީހުން އަރާ ހަމަވިއިރު ދެ މީހުން ވެސް މަރުވެއްޖެއެވެ.

މިދިއަ މަހުގެ 10 ވަނަ ދުވަހު ކައިވެނި ކުރި ފިލިޕީންސްގެ ޒުވާން ދެ ޖޯޑު ކައިވެނީގެ ހަފްލާގައި ނަގާފައިވާ ފޮޓޯއެއް. ފޮޓޯ / އެރިކާ ގެ އިންސްޓަގްރާމް

އަބަދުގެ އަބަދަށް އެ ދެ ފުރާނަ ވަކިވެދިޔައީއެވެ. ސާފު އެ ނޫވިލު ތެރެއަށް ލިއޮމާ އާއި އެރިކާ ދޫކޮށްލި ފަހު ނޭވާގެ ބޮކިތައް ފެނުން މައްޗަށް އެރިއިރު ދެ މީހުންގެ ފުރާނަ ވެސް އެ ވިލުތެރެއަށް ދޫވެގެން ހިނގައްޖެއެވެ. ވަކިވެގެން އެ ދިޔައީ މަތީ ތައުލީމް ހާސިލް ކުރަން ފެށި ދުވަސްވަރުން ފެށިގެން ދަމަހައްޓަމުން އައި ލޯތްބެކެވެ. އެއީ މީގެ 10 އަހަރު ކުރިން، 2009 ވަނަ އަހަރުން ފެށިގެން ދަމަހައްޓަމުން އައި ގުޅުމެކެވެ.

ޒުވާން އެ ދެމަފިރިންގެ މަރާ އެކު ޕިލިޕީންސްގެ މީޑިއާތަކުގެ ފަލަސުރުހީތަކުގައި ދައުރުވާން ފެށީ، އެ ދެމަފިރިންގެ ކުއްލި މަރުގެ ވާހަކައެވެ. މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ކައިވެނި ކުރި އެ ދެމަފިރިންގެ ކައިވެނީގެ ވީޑިއޯ ފިލިޕީންސް މީޑިއާ ތަކުގައި އަދިވެސް ދަނީ ދައުރާވަމުންނެވެ. އެ މަރަށް ފަސް ދުވަސް ވެގެންދިޔަ އިރުވެސް އަދިވެސް ފިލިޕީންސްގެ މީޑިއާތަކުން އެ ވާހަކަ ހުއްޓައެއް ނުލައެވެ.

މޫނުމަތިން އެކުވެރިކަމާއި އަޅާލުން ފެންނަ އެ ދެމަފިރިންގެ ކައިވެނީގެ ވީޑިއޯތަކާއި ފޮޓޯތައް ވަރަށް ވެސް ހިތްގައިމެވެ. ދުރާލާ ރަވާލައިގެން ލިއޮމާ އާއި އެރިކާ ބޭއްވި އަގު ބޮޑު އަލަތު ކައިވެނީގައި ފިސާރި މަޖާކުރިއެވެ. އާއިލާގެ މީހުން އުފަލުން ރޮއްވާލިއެވެ. ކައިވެނީގެ އުފާވެރިން މަންޒަރުތަކުން، އެ ދުވަހަށް އެ ދެ މީހުން ތައްޔާރުވެފައިވާ މިންވަރު މާ ބޮޑަށް ވެސް ސާފުވެއެވެ.

ޕިލިޕީންސްގެ ބޭ ލެގޫނާގެ ސެއިންޓް އޮގަސްޓިން ޕެރިސް ޗާޗްގައި ބޭއްވި އެ ކައިވެނީގެ ހަފްލާގައި ދެ ފަރާތުގެ އާއިލާގެ މީހުންވެސް ވަނީ ބައިވެރިވެފައެވެ. ކައިވެނި ކުރުމަށް ފަހު ދެ މީހުން އެކުގައި ނަށައި އުފާކުރިއެވެ. އެ ދުވަހަކީ ދުނިޔޭގައި ލިބޭނެ އެންމެ އުފާވެރި ދުވަހަށް ހެދިއެވެ.

ކައިވެނީގެ ވީޑިއޯތަކުން ފެންނަ ގޮތުން އަންހެނުން އެރިކާ ހަދިޔާ އަކަށް ދީފައިވާ ގަނޑި ލިއޮމާގެ އަތުގައި އަޅައެވެ.

މީގެ 10 އަހަރު ކުރިން ދެލޯބިވެރިން ރައްޓެހިވެގެން އުޅުނު އިރު ނަގާފައިވާ ފޮޓޯއެއް ފޮޓޯ - ލިއޮމާ ( ފިރިމީހާ)

އުފާވެރި އެ ހަފްލާއަށް އެ ދެ ލޯބިވެރިން ތައްޔާރުވަމުން ދިޔައީ ދެ ގައުމެއްގައި ތިބެގެންނެވެ. ނަރުހެއްގެ ގޮތުގައި ލިއޮމާ މަސައްކަތް ކުރަމުން ދިޔައީ ފިލިޕީންސް ކައިރީގައި އޮންނަ ސިންގަޕޫރްގައެވެ. އުމުރުން 29 އަހަރުގެ އެރިކާ ދިޔައީ، ސައުދި އަރަބިއްޔާގައި ނަރުހެއްގެ ވަޒީފާ އަދާކުރަމުންނެވެ. ކައިވެނީގެ ކުރިން، ދެ ގައުމެއްގައި ތިއްބަސް ދެ މީހުން ވަނީ އެކު އެކީގައެވެ. ކިތަންމެ ބިޒީކޮށް ވަޒީފާގައި އުޅުނަސް ދެ މީހުން ދިޔައީ އެކަކު އަނެކަކަށް ވަގުތު ދެމުންނެވެ.

ކައިވެނީގެ ގޮށް ޖަހާލުމާ އެކު ލިއޮމާ އާއި އެރިކާ ހަނީމޫނަށް ދާން ގައުމުތައް ހާވާ ބަލަމުން ދިޔައިރު އެ ދެމަފިރިން އެންމެ ފުރަތަމަ އިހްތިޔާރު ކުރީ ޖަޕާނެވެ. ނަމަވެސް އެރިކާއަށް ޖަޕާނަށް ދާން ވިސާ ނުލިބުމުގެ ސަބަބުން އެ ދެމަފިރިންގެ މިސްރާބު ޖެހީ ރާއްޖެއަށެވެ.

ނަރުހުންގެ ގޮތުގައި ތިބެ، މީހުންގެ ފުރާނަ ސަލާމަތް ކުރުމުގެ ވާޖިބު އަދާ ކުރަމުން ދިޔަ އެ ދެމަފިރިން މަރުވެގެން ދިޔައީ އަމިއްލަ ފުރާނަ ސަލަމާތް ނުކުރެވި، ހިތާމަވެރި ގޮތަކަށް މުޅި ފިލިޕީންސް ރޮއްވާލާފައެވެ.

ލިއޮމާއާ އެރިކާ:ދެ މީހުންނަކީ ވެސް ނަރުހުން. އެކަމަކު ވަޒީފާ އަދާކުރީ ދެ ގައުމެއްގައި . ފޮޓޯ - ލިއޮމާ އިންޓަގްރާމް

ޕިލިޕީންސްގެ ނޫސްތަކުން ދަނީ މި ދެމަފިރިންގެ މައުލޫމާތު މެދުކެނޑުމެއް ނެތި ފޯރުކޮށްދެމުންނެވެ. އެ ދެ މީހުންގެ ހަށިގަނޑު ދިއްފުށިން މާލެ ގެނެސް، އަދި މާލެއިން ފިލިޕީންސަށް ކުރާ ދަތުރުގެ ވާހަކަ ވެސް ދަނީ ގެނެސްދެމުންނެވެ.

މި ހިތާމަވެރި ހާދިސާ އެންމެ ފުރަތަމަ އިނގިރޭސި ބަހުން ރިޕޯޓް ކޮށްފައި ވަނީ "ރާއްޖެއެމްވީ އިންގްލިޝް އެޑިޝަނުން"ނެވެ. ރާއްޖެއެމްވީއާ ހަވާލާދީ، އެ ހާދިސާގެ ޚަބަރު ފިލިޕީންސް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ފަހު ވަގުތު އެހީއަށް އެދި ގޮވި ވާހަކަ އާއި ސަލާމަތް ކުރަން ދިޔައިރު މަރުވި ވާހަކަ ވެސް ފިލިޕީންސް މީޑީއާތަކުން ރިޕޯޓްކޮށްފައި ވަނީ ރާއްޖެއެމްވީއާ ހަވާލާދީއެވެ.

ދުނިޔެމަތީގައި ސުވަރުގޭގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރާ ރާއްޖެއަށް މީހުން ޒިޔާރަތް ކުރަނީ މި ތަނުގައި އެ މީހުންގެ އުފާވެރި ވަގުތު ހޭދަކުރާށެވެ. މި ތަނަކީ އެ މީހުންގެ އުއްމީދުތައް ވިއްސި ވިހާލިވެގެންދާ ތަނަކަށް ވުމަކީ އެއްވެސް ދިވެއްސަކަށް އެދޭނެ ކަމެއް ނޫނެވެ. ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރަން ޖެހެއެވެ. ހަފްތާއެއްގެ ތެރޭގައި ތިން ޓޫރިސްޓުން ގެނބިގެން މަރުވުމަކީ ކަންބޮޑުވުމެކެވެ. ސާފު ވިލުތައް މަރުތަކުގެ ހާއްޔަކަށް ނަހަދާށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދެމަފިރިންގެ މަސައްކަތުން އަވަށަކަށް ދިރުން!

ދެމަފިރިންގެ މަސައްކަތުން އަވަށަކަށް ދިރުން!

03 ޖޫން 2019
ނިޕާ ވައިރަސް ޖެހިގެން މަރުވި ހިތްވަރުގަދަ ނަރުސް މީހާގެ ވާހަކަ

ނިޕާ ވައިރަސް ޖެހިގެން މަރުވި ހިތްވަރުގަދަ ނަރުސް މީހާގެ ވާހަކަ

23 މެއި 2018
މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ 3 އަހަރު: އިންސާފް ވީތަނެއް ނޭނގޭ

މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ 3 އަހަރު: އިންސާފް ވީތަނެއް ނޭނގޭ

28 ޖެނުއަރީ 2018
ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

07 ޖެނުއަރީ 2018
"ގަބޫލެއް ނުކުރޭ ޔާމީނު މަރުވިކަމަށް، ހީވަނީ ހަމަ ދެންމެވެސް ގެއަށް ވަދެދާނެއޭ"

"ގަބޫލެއް ނުކުރޭ ޔާމީނު މަރުވިކަމަށް، ހީވަނީ ހަމަ ދެންމެވެސް ގެއަށް ވަދެދާނެއޭ"

26 އެޕްރީލު 2017

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު