Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ވިލުފުށި

ދެމަފިރިންގެ ކުއްލި މަރާއެކު މުޅި ވިލުފުށި ފެންކަޅިވެފައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 9 ޖެނުއަރީ 2017 | ހޯމަ 23:06
ކުއްލިގޮތަކަށް މަރުވި ދެމަފިރިން ވަޅުލާން ގެންދަނީ

ކުއްލިގޮތަކަށް މަރުވި ދެމަފިރިން ވަޅުލާން ގެންދަނީ

މާލޭގެ ގެއެއްގައި ދެމަފިރިއަކު މަރުވެފައި އޮއްވާ ފެނިގެން ހޮސްޕިޓަލަށް ގެންދިޔަ ޚަބަރާއެކު މިސްރާބު ޖެހީ އައިޖީއެމްއެޗަށެވެ. ދެމަފިރިން އެއްފަހަރާ ހަމަ ކުއްލިގޮތަކަށް މަރުވެފައިވާތީ އުފެދުނު ބައެއް ސުވާލު ތަކަށް ޖަވާބެއް ހޯދޭތޯއެވެ.

އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމާ ދިމާލަށް އޮންނަ މަގަށް އަޅާލެވުމާއެކު ފެންނާން ފެށި މަންޒަރުން އިތުރަށް ކުރިއަށްދާކަށް ފަސޭހައެއް ނުވިއެވެ. ދެޖިންސުގެ ގިނަ އަދަދެއްގެ ބަޔަކައިގެން މުޅި އެތަން ފެންބެދިފައިވާއިރު ކޮންމެ މީހެއްގެ ލޮލުން ވެސް ވަނީ ކަރުނަ ފޭދިފައެވެ. އަޑުން އަޑުނަގާ އެއްބަޔަކު ރޮމުންދާ ހިތާމަވެރި އަޑު ނޫން އެހެން އަޑެއް އެސަރަހައްދަކު ނެތެވެ. އެންމެންގެ މޫނުމަތިން ވެސް ފެންނަ ހިތާމައިގެ ކުލަވަރުން ރަމްޒުކޮށްދެނީ ދުނިޔެއިން ވަކިވެގެން ދިޔައީ އެމީހާގެ މަންމަ ނުވަތަ ބައްޕަކަމެވެ. ނޫން ނަމަ ގާތްތިމާގެ މީހެއް ކަމެވެ. ރޮމުންދާ ބައެއް މީހުން ހަމަޔަކަށް އެޅުވޭތޯ މަސައްކަތް ކުރާ މީހުންނަށް ވެސް އެހިތްވަރު ލިބޭތަން ފެންނަނީ ހަމަ މަދުފަހަރަކުއެވެ.

ހިސާބަކަށް ކައިރި ވެލައި ބައެއް މީހުންނާ ވާހަކަ ދައްކާލެވި، މަރުވި ދެމަފިރިންގެ ޚަބަރު ދަބަރާ އެވެރިން މަރުވެގެން އެދިޔަ ގޮތް އެނގުމާއެކު އެމީހުންނަށް އެވަރުވެދާނެކަން ޤަބޫލު ކުރަން މަޖްބޫރުވިއެވެ

މަރުވި ތ. ވިލުފުށީ ފޭރުގޭ ގާސިމް ޝާހިދު އުމަރާއި އޭނާގެ އަންހެނުން ރަޒީނާ އިބްރާހީމްގެ ވާހަކަ ކިޔައިދިން ހަމަ އެކަކަށް ވެސް އެވާހަކަ ފުރިހަމަ ކުރެވޭވަރެއް ނުވެއެވެ. މަޑުމައިތިރި ސާދާ މިޒާޖެއްގެއް އެދެމަފިރިންނަކީ އެރަށު މީހުން ބުނާ ގޮތުގައި ހަމަ ނަމޫނާ ދެމަފިރިންނެވެ. 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީއަށް ފަހު މާލޭގައި ދިރިއުޅެމުން އަންނަ އެދަމަފިރިންނާ މެދު ކުޑައިމީސް ބަހެއް ބުނާނެ ހަމަ އެކަކު ވެސް އެރަށަކު ނޫޅޭނެއެވެ. ރަށުގެ އެންމެންނާ ވެސް ހީ ސަމާސާކޮށް، އޯގާތެރިކަމާ އެކު ހާލުއަހުވާލު ބަލާ އެދަމަފިރިންނަކީ ހެޔޮލަފާ ދީންވެރި ދެމަފިރިންނެވެ. ފަރުޟު ފަސްނަމާދު ބަރާބަރަށް ކުރުމުގެ އިތުރުން ސުންނަތް ނަމާދު ކުރުމާއި ސުންނަތް ރޯދަ ހިފުމަކީ އެދަމފިރިންގެ އެންމެބޮޑު އެއް އުފަލެވެ. ދަމު ނަމާދު ކުރުމާއި އެހެން މީހުންނަށް އަޅާލުމަކީ އެދެމަފިރިންގެ އެންމެ ފާހަގަ ކޮށްލެވޭ އެއްސިފައެވެ. ރަށުގައި އުޅުނު ދުވަސްވަރު ރަށުފެންވަރުގައި ކުރެވޭ އިޖްތިމާއީ ކަންކަމުގައި ފޯރިއާއެކު އަމަލީ ގޮތުން ބައިވެރިވާ ރަށުވަންތަ ދެމަފިރިންނެވެ.

ދެމަފިރިންގެ އަލަތު ކައިވެންޏާއެކު މިއަދާ ހަމައަށް އާދެވި ލޯބި ލޯބި ތިން ކުދިން ލިބުނުއިރު އެދެމަފިރިންވެފައިވަނީ އެކުދިން ފަޚުރުވެރިވާ ފަދަ މަންމައަކާއި ބައްޕައަކަށެވެ. ދެމަފިރިން ދެބަސްވެ ރުޅިމޫނު ހަދައިގެން ހުރި މަންޒަރެއް އެކުދިންނަށް ފެނިފައި ނުވާއިރު އެދެމަފިރިންގެ މިންނަތް މަސައްކަތުން ދީފައިވާ ރަނަގަޅު ތަރުބިއްޔަތާއެކު ދޮށީ ދަރިފުޅަކީ މިއަދު އައިލެންޑް އޭވިއޭޝަންގައި ފަރުވާތެރިކަމާއެކު މަސައްކަތުގައި ހީވާގިކޮށް އުޅޭ މުރާލި ޒުވާނެކެވެ. ދެވަނަ ދަރިފުޅު މިއަހަރު އެދަނީ އިސްކަންދަރު ސްކޫލް ގްރޭޑް 10 ގައި ތައުލީމް ހާސިލް ކުރަމުންނެވެ. ހައެއްކަ އަހަރުގެ ލޯބިލޯބި އަންހެން ދަރިފުޅު ޕްރީ ސްކޫލް ނިންމާ ގްރޭޑް ކްލާސްތައް ކިޔަވަންދާން އޮތީ މިއަދުގެ މެންދުރުފަހުއެވެ.

ޝާހިދު އާއި ރަޒީނާ ހޮނިހިރު ދުވަހުގެރޭ ނިދަން ވަނީ ރޭގަނޑު 12 ވެސް ޖެހިފަހުންނެވެ. ކުޑަމީހާގެ ސްކޫލަށް ބޭނުންވާ ބައެއް އެއްޗެހި ގަތުމުގައި އެދުވަހު ހަވީރު ހިސާބަކަށް ރަޒީނާ ބޭރުގައި އުޅުނު ނަމަވެސް ރޭގަނޑުގެ ކެއުމަށް އިންސާފް ކުރީ އިރުއޮއްސި 6 ޖަހާކަށްހާއިރު ރިސޯޓުގައި ހުރެ އޮފްޑޭއަށް މާލެ އައި ޝާހިދު އާއި ގޭ އެންމެން ކަހަލަ ގޮތަކަށް ހަމަ އެކުއެކީގައެވެ. ނިދަން ވަންއިރު ވެސް ހިތް ނުތަނަވަސްކަމެއް ނުވަތަ ތަފާތު ކަމެއް އެދެމަފިރިންގެ ވެސް އަދި އެގޭ އެހެން މީހެއްގެ މެދުގައެއް ވެސް ނެތެވެ.

މިއަހަރު ހައްޖަށްދާން ފައިސާ ވެސް ދައްކާފައިވާ އެދެމަފިރިންނަކީ ކިތައްމެ ލަހުން ނިދިޔަސް ފަތިސްނަމާދަށް ހޭލާ ގޮތަށް ގޭތެރޭގައި އެކިކަންކަމުގައި އުޅޭ ދެމަފިރިންކަމުން 9 ޖެހިއިރު ވެސް ގޭތެރެއިން ނުފެނުމުން ރަޒީނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެކޮޓަރީގެ ދޮރުގައި ޓަކި ޖަހާލީ ޚަބަރެއް ނުވެ ލަސްވެއްޖެ ކަމަށް ހީވެގެން ނިދިފައި ތިބީތޯ ބެލުމެވެ. ހައެއްކަ ފަހަރު ޓަކި ޖަހައިގެން ވެސް ޚަބަރެއް ނުވުމުން ކޮޓަރީގެ ދޮރު ހުޅުވާ އެމީހުންގެ ކުޑަދަރިފުޅު ކޮޓަރިތެރެއަށް ވެއްދިއެވެ. މަންމައާ ބައްޕަ އަދިވެސް ތިބީ ނިދާފައޭ، ގޮވަގޮވާ ވެސް ނުހޭލިއޭ ބުނި ބުނުމަށް ރަޒީނާގެ ކޮއްކޮއަށް ބޭއިޚްތިޔާރުގައި ކޮޓަރިއަށް ވަދެވުނެވެ.

އޭނާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ހީވީ ބިންގަނޑު ފައިދަށުން ދެމިގެންހެނެވެ. ޝާހިދުގެ އަތްދަނޑިމަތީގައި ބޯއަޅާލައިގެން ރަޒީނާ އުއްޑުން އޮތްއިރު ލޯބިވާ އަނބިމީހާއަށް ބަލަހައްޓައިގެން ޝާހިދުއޮތެވެ. ދައްކަމުންދިޔަ ވާހަކައަކުން ހެވިފައި އޮތް ދެމަފިރިން ހުއްޓިފައި އޮތީ އެއޮތް ގޮތަށް ޚަބަރު ވެސް ހުސްވެފައެވެ. ކުއްލި ޝޮކާއެކު އެދެމަފިރިންނާއި ރައްޓެއްސަކު ގެނެސް ޚބަރު ބަލާލި އިރު ލިބުނު ބަހަކީ އެދެމަފިރިން އެވަނީ މިފަނާކުރަނިވި ދުނިޔެއާ ވަކިވެފައިކަމެވެ. އެދެމީހުން ތިބީ މަރުވެ ހަރުވެފައި ކަމެވެ.

"އިންނާ ލިއްލާހި ވައިންނާ އިލައިހި ރާޖިއޫން"

ފުލުހުން ގެނެސް ބެލިއިރު އެމީހުންގެ ހަށިގަނޑުގެ ބޭރު ފުށުން ހަމައެފަދަ ކަމެއް ވެދާނެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. ރަޒީނާގެ ނޭފަތް ކައިރި އެއްފަރާތު އަރިމަތީގައި ޓިޝޫ ކުނޑިކޮޅެއް ނޫން ހަމައެއް ވެސް އެއްޗެއް ފެންނާކަށް ނެތެވެ. ނިދަންލީ ހެދުމާއެކު ރަނގަޅަށް ނިވާވެގެން ރަޒީނާ އޮތްއިރު ޝާހިދު ވެސް އޮތީ އަނދެފައި އޮތް މުންޑު ފައިދަށަށް ޖަހާލައި ނިދީގައި ވެސް ކަޝްފު ނުވާފަދަ ގޮތަކަށެވެ.

ކޮންމެއަކަސް ނަމޫނާ ދެމަފިރިއެއްގެ ކުއްލި މަރާއެކު ފުލުހުންނާއި ޑޮކްޓަރުން އެމީހުންގެ ތަހުލީލުތައް އެގެންދަނީ ކުރިއަށެވެ. އެކަމަކު މުޅި ވިލުފުށި އެވަނީ ލިބުނު ކުއްލި ސިހުމާއެކު މިލާ މޯޅިވެފައެވެ. ރަށުގެ ރައްޔިތުން އެވަނީ ކުއްލި ހުއްޓުމެއްގައެވެ. މާލޭގައި ދިރިއުޅޭ ގާތްތިމާގެ މީހުންނާއި ރައްޓެހިންނާއި އެދެމަފިރިންގެ އަވަށްޓެރިންނާއި ދެކިފަރިތަ މީހުންގެ ހިތުގައި ވެސް އެތައް ސުވާލެއް ވަނީ އުފެދިފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މުޅި ގައުމުގައި އޮތީ ފުލުހުންގެ ވާޖިބު އެކަނިތޯއެވެ.!

މުޅި ގައުމުގައި އޮތީ ފުލުހުންގެ ވާޖިބު އެކަނިތޯއެވެ.!

29 ޖުލައި 2017
ޗެސްޓާގެ މަރާއެކު އެތައް ބަޔަކު ރޮއްވާލައިފި

ޗެސްޓާގެ މަރާއެކު އެތައް ބަޔަކު ރޮއްވާލައިފި

21 ޖުލައި 2017
މައުމޫނާއެކު މުޅިން އެހެން ފޮޓޯއެއް

މައުމޫނާއެކު މުޅިން އެހެން ފޮޓޯއެއް

15 ޖޫން 2017
ގަތަރާ މެދު ކުއްލިއަކަށް މި އުފެދުނީ ކޮން ރުޅިވެރިކަމެއް؟

ގަތަރާ މެދު ކުއްލިއަކަށް މި އުފެދުނީ ކޮން ރުޅިވެރިކަމެއް؟

05 ޖޫން 2017
ފަސް ފަނޑިޔާރުންގެ އަތްޕުޅަށް މުޅި ދައުލަތް، "ޖުޑިޝަލް ޑިކްޓޭޓާޝިޕް" އަކަށް؟!

ފަސް ފަނޑިޔާރުންގެ އަތްޕުޅަށް މުޅި ދައުލަތް، "ޖުޑިޝަލް ޑިކްޓޭޓާޝިޕް" އަކަށް؟!

24 މެއި 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު