Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ނިޕާ ވައިރަސް

ނިޕާ ވައިރަސް ޖެހިގެން މަރުވި ހިތްވަރުގަދަ ނަރުސް މީހާގެ ވާހަކަ

ނަރުސްމީހާ މަރުވިއިރު ފިރިމީހާއަށްވަނީ ނޯޓެއް ލިޔެފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 23 މެއި 2018 | ބުދަ 04:45
ލީނީ

ލީނީ

"ސަޖީޝް. އަހަރެން މަރުވަނީ. އަހަންނަކަށް ހިއެއް ނުވޭ ދެން އަހަންނަކަށް ފެންނާނެ ކަމެއް. މާފުކުރޭ. ދެމީހުންގެ ދަރިން ރަނގަޅަށް ބޮޑު ކުރާތި. އެ ދެކުދިން ގަލްފަށް ގެންދޭ. އެމީހުން އަހަރެމެންގެ ބައްޕަ ގޮތަށް އެކަނި ނުކުރާތި. ލޯތްބާއި އިހުތިރާމާއި އެކު."

މިއީ ނުރައްކާތެރި ނިޕާ ވައިރަސް ޖެހިގެން މަރުވި އިންޑިއާގެ ކެރެލާ ސްޓޭޓަށް ނިސްބަތްވާ ނަރުހެއް އޭނާގެ ފިރިމީހާ އަށް ފޮނުވާފައިވާ ލިޔުންކޮޅެއްގެ ތަރުޖަމާއެވެ.

ކުރިއަށް އޮތް ތަނުގައި އެންމެ ބޮޑަށް ފެތުރޭނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ލަފާކޮށްފައިވާ ނުރައްކާތެރި 10 ވައިރަހުގެ ތެރޭގައި ހިމެނޭ ނިޕާ ވައިރަސް ޖެހިގެން ހޯމަ ދުވަހު މަރުވެފައެވެ. 28 އަހަރުގެ ލީނީ ޕުތުސެރީ އާއި އޭނާގެ ފިރިމީހާއަށް ވަނީ ފަސް އަހަރުގެ ކުއްޖަކާއި ދެ އަހަރުގެ ކުއްޖެއް ލިބިފައެވެ.

ޖަނަވާރުގެ ޒަރިއްޔާއިން އިންސާނުންގެ ގަޔަށް އަރާ ނުރައްކާތެރި ނިޕާ ވައިރަސް ޖެހިގެން އިންޑިއާއިން މިހާތަނަށް ނުވަ މީހުން މަރުވެފައި ވާއިރު މި ބަލި އަދިވެސް ދަނީ އިންޑިއާގައި ހަލުވިކަމާއި އެކު ފެތުރެމުންނެވެ.

މިބަލީގެ އަލާމާތްތަކުގެ ތެރޭގައި ގަދައަށް ހުންއައިސް ހޮޑުލެވުމާއި، ބަނޑުގައި ރިއްސުމާއި، ބޮލުގައި ރިއްސުން ހިމެނެއެވެ. މި ވައިރަސްއަށް އެއްވެސް ކަހަލަ ވެކްސިނެއް މިހާތަނަށް ހޯދިފައި ނުވާއިރު ނިޕާ ޖެހޭ މީހުންގެ ތެރެއިން 70 އިންސައްތަ މީހުން މަރުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ލީނީ އަކީ ނިޕާ ވައިރަސް ޖެހިފައިވާ އާއިލާއަކަށް ފަރުވާ ކުރަމުންދިޔަ ނަރުހެކެވެ. އޭނާ ވަނީ އެ އާއިލާއަށް ރެއާއި ދުވާލު ފަރުވާ ދިނުމުގައި މެދުކެނޑުމެއް ނެތި އެހީވެފައެވެ. އޭނާއަށް ނިޕާ ވައިރަސް ޖެހިފައިވާކަން ޔަގީންވުމުން އަމިއްލައަށް އެޑްމިޓްވީ ކަމަށް އިންޑިއާގެ ނޫސްތަކުގައި ވަނީ ބުނެފައެވެ.

ލީނީގެ ފިރިމީހާ ސަޖީޝް އަކީ ބަހުރެއިންގައި އެކައުންޓެންޓެއްގެ ވަޒީފާ އަދާކުރަމުންދާ މީހެކެވެ. އޭނާ ވަގުތުން އިންޑިއާއަށް އެނބުރި އައީ ބޭބެ ގުޅާ ލީނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފިއޭ ބުނުމުންނެވެ.

"ވަގުތުން ސަޖީޝް އިންޑިއާއަށް އެނބުރި އަތުވެއްޖެ. ލީނީ ގުޅާފަ ބުނީ އޭނާ ހޮސްޕިޓަލަށް ދާ ވާހަކަ. އަދި ބަލިވެ އުޅޭ ކަމަށް. ސަޖީޝް އާދީއްތަ ދުވަހު އައި އިރު ލީނީ އޮތީ އަވަސް ފަރުވާދޭ ޔުނިޓްގައި. އޭނާގެ އޮކްސިޖަން ދަށްވުމުގެ ސަބަބުން އޭރު އޮތީ އޮކްސިޖަން ގުޅާފައި،" ސަޖީޝްގެ ބޭބެ ބުންޏެވެ.

ސަޖީޝްގެ ބޭބެ ބުނީ ލީނީ ލިޔެފައި އޮތް ލިޔުން ސަޖީޝްއާއި ހަވާލު ކުރީ އާއިލާގެ މީހެއްކަމަށެވެ.

ލީނީ ނިޕާ ޖެހިގެން މަރުވި ނަމަވެސް ސޯޝަލް މީޑިއާގައި އޭނާއަށް ދަނީ އެތަކެއް ތައުރީފެއް ކުރަމުންނެވެ. ނުރައްކާތެރި ނިޕާ ޖެހުނު އާއިލާއަކަށް އެއީ ނުރައްކާތެރިކަމެއްކަން އެނގިހުރެ އޭނާ ވެދިން އެހީއަށް އެތައް ބައެއްގެ ލޯތްބާއި ތާއީދު ދަނީ އޮހެމުންނެވެ.

އެކި ޖަނަވާރުތަކުގެ ހަށިގަނޑުން ފެންނަ ނިޕާ ވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ 1999 ވަނަ އަހަރު އޫރުގެ ހަށިގަނޑުންނެވެ. އެ ފަހަރު އޫރާ ކައިރީގައި މަސައްކަތް ކުރި މެލޭޝިއާއި ސިންގަޕޫރުގެ މީހުންގެ ގަޔަށް ވަނީ މި ބަލި އަރާފައެވެ. އެފަހަރު ވަނީ ގާތްގަނޑަކަށް ސަތޭކައަށްވުރެ ގިނަ މީހުން މިބަލީގައި މަރުވެފައެވެ.

އާންމުކޮށް ނިޕާ ވައިރަސް ޖެހެނީ ވާލުގެ ޒަރިއްޔާއިން ކަމަށްވެއެވެ. ގައިންގަޔަށް އަރާ މިބަލި އިންޑިއާގައި މިފަހަރު ފުރަތަމައަށް ޖެހުނު މީހުންނަކީ ވާ ދަތް ޖަހާފައިވާ އަނބާއި އެހެނިހެން މޭވާ ކެއުމުގެ ސަބަބުން ވައިރަހުގެ އަސަރު ކުރި މީހުން ކަމަށް ވަނީ ލަފާކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

20 މާރިޗު 2018
ރައީސް މައުމޫންގެ އަސަރުން ފުރިގެންވީ ހިތްވަރުގަދަ ވަގުތުކޮޅު

ރައީސް މައުމޫންގެ އަސަރުން ފުރިގެންވީ ހިތްވަރުގަދަ ވަގުތުކޮޅު

08 ފެބުރުއަރީ 2018
ފަސް ފަނޑިޔާރުންގެ ހިތްވަރުގަދަ ފިޔަވަޅު

ފަސް ފަނޑިޔާރުންގެ ހިތްވަރުގަދަ ފިޔަވަޅު

02 ފެބުރުއަރީ 2018
މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ 3 އަހަރު: އިންސާފް ވީތަނެއް ނޭނގޭ

މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ 3 އަހަރު: އިންސާފް ވީތަނެއް ނޭނގޭ

28 ޖެނުއަރީ 2018
ބަޖެޓުން ދެކޮޅު ނުޖެހިގެން ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓަށް ހެދީ ކިހިނެއް؟

ބަޖެޓުން ދެކޮޅު ނުޖެހިގެން ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓަށް ހެދީ ކިހިނެއް؟

30 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު