Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކިމް ކާޑޭޝިއަން، ކާންޔޭ ވެސްޓް

ކިމްއާއި ކާންޔޭގެ ހަތަރުވަނަ ދަރިއަކީ ފިރިހެން ކުއްޖެއް!

ކިމް އާއި ކާންޔޭގެ މިހާރު ތިބީ ތިން ދަރިން

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 16 ޖެނުއަރީ 2019 | ބުދަ 08:01
ކިމް އާއި ކާންޔޭ

ކިމް އާއި ކާންޔޭ

ރިއަލިޓީ ޓީވީ ސީރީޒް "ކީޕިން އަޕް ވިތު ކާޑޭޝިއަން"ގެ ތަރި ކިމް ކާޑޭޝިއަންގެ ހަތަރު ވަނަ ދަރިއަކީ ފިރިހެން ކުއްޖެއް ކަމަށް އޭނާ ބުނެފިއެވެ.

ބްރާވޯ ޓީވީ އިން ގެނެސްދޭ ޝޯއެއް ކަމަށްވާ "ވޮޗް ވަޓް ހެޕެންސް ލައިވް" ގައި ކިމް އާއި އޭނާގެ ދައްތަ ކޯޓްނީ ކާޑޭޝިއަން އަދި ކޮއްކޮ ކްލޯއީ ވަނީ ބައިވެރިވެފައެވެ.

އެ ޝޯގައި ކިމް ބުނީ އޭނާއަށް ލިބެނީ ފިރިހެން ކުއްޖެއް ކަމަށެވެ.

ޝޯގެ ހޮސްޓް އޭންޑީ ކޯހެން ކުރި ސުވާލަކަށް ޖަވާބު ދެމުން ކިމް ބުނީ އޭނާއަށް ކުއްޖެއް ލިބޭކަން އެންމެ ފުރަތަމަ ބުނެވުނީ "ކްރިސްމަސް ޕާޓީގެ" ތެރެއިން އޭނާ މަސްތުގެ ހާލުގައި ހުރެގެންނެވެ. އޭނާއަށް އެހެން ބުނެވުނީ ކޮންބައެއްގެ ކައިރީގައިކަމެއް ހަނދާން ނެތްކަމަށް ކިމް ބުންޏެވެ.

ކިމް އާއި އޭނާގެ ފިރިމީހާ ކާންޔޭ ވެސްޓަށް މިހާތަނަށް ވަނީ ތިން ދަރިން ލިބިފައެވެ. އޭގެ ތެރެއިން އެންމެ ފަހުން ލިބުނު ދަރިފުޅަކީ ސަރޮގޭޓެއް މެދުވެރިކޮށް ލިބުނު ދަރިއެކެވެ. ޝިކާގޯގެ ނަމުން ނަންދީފައިވާ އެކުއްޖާ އުފަންވެފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ 15ގައެވެ.

ކިމް އާއި ކާންޔޭ ސަރޮގޭޓް ކޮށްގެން ދަރިން ހޯދަން ފެށީ ދެވަނަ ދަރިއަކު ލިބި، ތިންވަނަ ދަރިއަކަށް ބަލިވެ އިން ފަހުން އޭނާއަށް ދިމާވި ސިއްހީ މައްސަލަތަކެއްގެ ސަބަބުން ނުވިހެއުމަށް ޑޮކްޓަރ ލަފާދިނުމުން ކަމަށް ކިމް މީގެ ކުރިން ވަނީ ބުނެފައެވެ.

މިފަހަރުގެ ފިރިހެން ކުއްޖާއާއި އެކީކިމް އާއި ކާންޔޭއަށް ސަރޮގޭޓް ކޮށްގެން ލިބޭ ދެވަނަ ދަރިއަކަށް އެކުއްޖާ ވާނެއެވެ. ކިމްގެ ހަތަރުވަނަ ދަރި ލިބޭނެކަމަށް ނޫސްތަކުގައި ބުނެފައިވަނީ އަންނަ މެއި މަހުގެ ތެރޭގައެވެ.

"ވޮޗް ވަޓް ހެޕެންސް ލައިވް"ގައި ކިމް ބުނީ ވަރަށް އަވަހަށް ދަރިއަކު ލިބޭނެކަމަށެވެ. އެހެން ނަމަވެސް ލިބޭނީ ކޮން ދުވަހެއްގައި ކަމެއް ހާމައެއް ނުކުރެއެވެ.

ކިމްއާއި ކާންޔޭގެ ތިބެނީ ތިން ދަރިންނަކީ ނޯތު ވެސްޓް އާއި ސެއިންޓް ވެސްޓް އަދި ޝިކާގޯއެވެ.

އިތުރަށް ކިޔާލަން

24 ޖޫން 2018

މައިކަލް ޖެކްސަން ބައްޕަ، ޖޯއަށް ޓަރމިނަލް ކެންސަރ ޖެހި ހަތަރުވަނަ ސްޓޭޖްގައި، ހާލު ވަރަށް ދެރަ

24 ޖޫން 2018
މައިކަލް ޖެކްސަން ބައްޕަ، ޖޯއަށް ޓަރމިނަލް ކެންސަރ ޖެހި ހަތަރުވަނަ ސްޓޭޖްގައި، ހާލު ވަރަށް ދެރަ
29 އެޕްރީލު 2018

ކާންޔޭގެ އާ އަލްބަމް ކަވަރގައި އޭނާގެ މަންމަ އޮޕަރޭޝަން ކުރި ފަހު ޑޮކްޓަރ

29 އެޕްރީލު 2018
ކާންޔޭގެ އާ އަލްބަމް ކަވަރގައި އޭނާގެ މަންމަ އޮޕަރޭޝަން ކުރި ފަހު ޑޮކްޓަރ
29 އެޕްރީލު 2018

ކައިލީ ޖޭނާ ހަތަރުވަނަ ގެ ގަތީ 12 މިލިއަން ޑޮލަރަށް

29 އެޕްރީލު 2018
ކައިލީ ޖޭނާ ހަތަރުވަނަ ގެ ގަތީ 12 މިލިއަން ޑޮލަރަށް
23 އެޕްރީލު 2018

ކޭޓް އަށް ފިރިހެން ދަރިކަލަކު ލިބިވަޑައިގެންފި

23 އެޕްރީލު 2018
ކޭޓް އަށް ފިރިހެން ދަރިކަލަކު ލިބިވަޑައިގެންފި
06 މާރިޗު 2018

ސަނީ ލިއޯންއަށް އެއްމާބަނޑު ދެ ފިރިހެން ކުދިން ލިބިއްޖެ

06 މާރިޗު 2018
ސަނީ ލިއޯންއަށް އެއްމާބަނޑު ދެ ފިރިހެން ކުދިން ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު