Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އުމުރު ތަފާތު ކައިވެނި

16 އަހަރުގެ ފިރިހެން ކުއްޖަކު 71 އަހަރުގެ އަންހެނަކާ އިންޑޮނީޝިއާގައި ކައިވެނި ކޮށްފި

ދެމީހުންވެސް ބުނީ ކައިވެނި ކުރީ ލޯބިން ކަމަށް

ރާއްޖެ އެމްވީ | 6 ޖުލައި 2017 | ބުރާސްފަތި 13:48
އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖަކާ 71 އަހަރުގެ އަންހެނަކު ކައިވެނި ކުރުން

އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖަކާ 71 އަހަރުގެ އަންހެނަކު ކައިވެނި ކުރުން

އިންޑޮނީޝިއާގައި އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖަކު 71 އަހަރުގެ އަންހެނަކާ ކައިވެނި ކޮށްފިއެވެ. ކައިވެނި ކުރީ އާއިލާއާއި އަދި އެ ދެމީހުން ނިސްވަތްވާ އަވަށުގެ މީހުންގެ ނުރުހުމުގައި ކަމަށް ވެއެވެ.

ދެ މީހުންނަކީވެސް އަދައިގެ ފަންތިއަކަށް ނިސްބަތްވާ ދެމީހުން ކަމަށް މީޑިއާގައި ރިޕޯޓު ކޮށްފައި ވެއެވެ.

ސޯޅަ އަހަރުގެ ފިރިހެން ކުއްޖާގެ ނަމަކީ ސެލާމަތް ރިޔާދީ އެވެ. އަންހެން މީހާގެ ނަމަކީ ރޮހާޔާ ކަމަށްވެސް ރިޕޯޓުތަކުގައި ވެއެވެ.

ދެ މީހުން ނިސްބަތްވަނީ ސުމަތުރާގެ ދެކުނުގެ އަވަށެއް ކަމަށްވާ ކަރަންގެންޑާ އަށެވެ.

އަންހެން މީހާ މީގެ ކުރިން ދެ ކައިވެންޏެއް ކޮށް ކައިވެނި ކުރި ދެ މީހުންވެސް ވަނީ މަރުވެފައެވެ.

ދެ މީހުންނާ ހަވާލާދީ ޚަބަރުތަކުގައިވާ ގޮތުން ކައިވެނި ކުރީ އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވާތީއެވެ. އަދި ކައިވެންޏަށް ހުރަސް އެޅި ނަމަ ދެމީހުން ތިބީ އެކުގައި ދުނިޔެއަޅާ ދިއުމަށް ތައްޔާރަށް ކަމަށެވެ. ކައިވެނި ނުކޮށްދީފިނަމަ ދެ މީހުންވެސް މަރުވާނެ ކަމަށް ބުނުން އެއީ މިކައިވެނި ކޮށްދިން އެއް ސަބަބު ކަމަށް ޚަބަރުތަކުގައި ވެއެވެ.

އިންޑޮނީޝިއާގައި ކައިވެނި ކުރެވޭ ރަސްމީ އުމުރަކީ 19 އަހަރު ކަމަށް ވިޔަސް، މި ފިރިހެން ކުއްޖާގެ ކައިވެނި ކޮށްދިން އިރު އޭނާ ކައިވެނި ކުރާ އުމުރު ހަމަ ނުވާކަން ފާހަގަ ކުރެވެއެވެ. އިންޑޮނީޝިއާގެ އަވަށް ތަކުގައި ކުރެވޭ މިފަދަ ބައެއް ކައިވެނި ތަކަކީ އަވަށު ފެންވަރުގައި ބަލައިގަންނަ ކައިވެނި ތައް ކަމަށްވެއެވެ.

ކައިވެނި ކުރުމަށް ދެމީހުން ބޭނުންވެގެން އަވަށުގެ ވެރިމީހާއަށް ހުށަހެޅީ ރޯދަ މަހުގެ ކުރިން ކައިވެނި ކުރުން ކަމަށާއި ނަމަވެސް ކައިވެނި ކުރުމަށް އޭރު ހުއްދަ ނުދިން ކަމަށެވެ.

ކައިވެނީގެ ރަނުގެ ގޮތުގައި ދެއްކީ އިންޑޮނީޝިއާގެ 200،000 (ދެލައްކަ) ރުޕީސް އެވެ. އެއީ ގާތްގަނޑަކަށް ފަނަރަ ވަރަކަށް ޑޮލަރަށް ޖެހޭ މިންވަރެވެ.

މި ކައިވެނީގެ ފޮޓޯތަކާއި ވީޑިއޯ އިންޑޮންޑޮނީޝިއާގެ ސޯޝަލް މީޑިއާގައި ދައުރުވުމުން ގިނަ މީހުން ބުނީ މިއީ ގަބޫލު ކުރަން ދަތި ކަމެއް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"މާބަނޑު" ފިރިހެން ކުއްޖަކު އުފަން ވެއްޖެ!

"މާބަނޑު" ފިރިހެން ކުއްޖަކު އުފަން ވެއްޖެ!

01 އޯގަސްޓު 2017
ފަލަސްތީނުގެ އުމުރުން 81 އަހަރުގެ މީހަކު ހައި ސްކޫލް އިންތިހާނުގައި ދެ ވަނަ ފަހަރަށް ބައިވެރިވެއްޖެ

ފަލަސްތީނުގެ އުމުރުން 81 އަހަރުގެ މީހަކު ހައި ސްކޫލް އިންތިހާނުގައި ދެ ވަނަ ފަހަރަށް ބައިވެރިވެއްޖެ

07 ޖޫން 2017
ދެ ބޯ ހުރި ކުއްޖަކު ސީރިއާގައި އުފަން ވެއްޖެ

ދެ ބޯ ހުރި ކުއްޖަކު ސީރިއާގައި އުފަން ވެއްޖެ

26 މެއި 2017
ލީސާއަށް ލިބުނީ ފިރިހެން ކުއްޖެއް!

ލީސާއަށް ލިބުނީ ފިރިހެން ކުއްޖެއް!

22 މެއި 2017
"ބާގީ 2" އަންނަ އަހަރުގެ އެޕްރީލްގައި

"ބާގީ 2" އަންނަ އަހަރުގެ އެޕްރީލްގައި

04 މެއި 2017

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު