Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުލީސާ ހޭޑަން

ލީސާއަށް ލިބުނީ ފިރިހެން ކުއްޖެއް!

ލީސާއަށް ދަރިއަކު ލިބިފައިވަނީ މެއިމަހުގެ 17 ގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 22 މެއި 2017 | ހޯމަ 09:41
ލީސާ ހޭޑަން

ލީސާ ހޭޑަން

"ކްއީން" އާއި "ހައުސްފުލް 3" ފަދަ ފިލްމްތައް ކުޅެފައިވާ ބޮލީވުޑްގެ ބަތަލާ އަދި މޮޑެލް ލީސާ ހޭޑަން ފިރިހެން ކުއްޖަކު ވިހައިފިއެވެ. ލީސާވަނީ އޭނާއަށް މެއި 17 ވަނަ ދުވަހުގައި ފިރިހެން ކުއްޖެއް ލިބިފައިވާކަމަށާއި ވަރަށް އުފަލުން ހުރިކަމަށް ބުނެ އިންސްޓަގްރާމް ކޮށްފައެވެ. އަދި އޭނާގެ ފިރިހެން ދަރިފުޅަށް ދީފައިވާ ނަމަކީ ޒެކް ލަލްވާނީ ކަމަށް ބުނެފައިވެއެވެ. ޑީނޯ ލަލްވާނީ އާއި ލީސާ ކައިވެނި ކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

Loading Instagram post...

ދަރިއަކު ލިބުމަށްފަހު އޭނާގެ ދިރިއުޅުން ބަދަލުވެއްޖެކަމަށް ލީސާ ބުންޏެވެ.

"ދިރިއުޅުން އެއްކޮށް ބަދަލުވީ ދަރިއަކު ލިބުމުން. ކައިވެނީގެ ސަބަބުން ދިރިއުޅުމަށް މާބޮޑު ބަދަލެއް ނާދޭ" ލީސާ ބުނެފައިވެއެވެ.

ލީސާ ވަނީ އޭނާ ކުޅުނު ފިލްމު "ކުއީން" އިން ފިލްމް ފެއާ އެވޯޑްގައި ބެސްޓް ސަޕޯޓިން އެކްޓްރެސްއަށް ނޮމިނޭޓްވެފައެވެ. އެންމެ ފަހުން އޭނާ ފެނިފައިވަނީ "އޭ ދިލް ހޭ މުޝްކިލް" އިންނެވެ.

އޭނާއަށް ވަނީ 2014 ވަނަ އަހަރު ވޯގް ބިއުޓީ އެވޯޑް ފޯ ބެސްޓް ބްރޭކްތުރޫ އެވޯޑް ވެސް ލިބިފައެވެ. އަދި އޭނާ ވަނީ 2015 ވަނަ އަހަރު ލަޔަންސް ގޯލްޑް އެވޯޑް ފޯ ފެވަރިޓް އެކްޓްރެސް އިން ސަޕޯޓިން ރޯލް ވެސް ހާސިލްކޮށްފައެވެ.

ލީސާ ވިހެއިކަން އިއުލާން ކުރުމަށްފަހު އޭނާ ވަނީ ފިރިމީހާ އާއި ދަރިފުޅާ އެކު ގޭގެ ބޭރުގައި މަޑުކޮށްގެން ތިބެ ނަގާފައިވާ ފޮޓޯއެއް ވެސް އިންސްޓަގްރާމްކޮށްފައެވެ.

އިތުރަށް ކިޔާލަން

17 އޮކްޓޯބަރު 2017

ޗެޕްލިން އެވޯޑު މިފަހަރު ލިބުނީ ހެލެން މިރެން އަށް

17 އޮކްޓޯބަރު 2017
ޗެޕްލިން އެވޯޑު މިފަހަރު ލިބުނީ ހެލެން މިރެން އަށް
12 އޮކްޓޯބަރު 2017

ވީލް ޗެއާ އެވޯޑް ލިބުނީ އެލެކްސަންޑްރާއަށް

12 އޮކްޓޯބަރު 2017
ވީލް ޗެއާ އެވޯޑް ލިބުނީ އެލެކްސަންޑްރާއަށް
01 އޯގަސްޓު 2017

"މާބަނޑު" ފިރިހެން ކުއްޖަކު އުފަން ވެއްޖެ!

01 އޯގަސްޓު 2017
"މާބަނޑު" ފިރިހެން ކުއްޖަކު އުފަން ވެއްޖެ!
06 ޖުލައި 2017

16 އަހަރުގެ ފިރިހެން ކުއްޖަކު 71 އަހަރުގެ އަންހެނަކާ އިންޑޮނީޝިއާގައި ކައިވެނި ކޮށްފި

06 ޖުލައި 2017
16 އަހަރުގެ ފިރިހެން ކުއްޖަކު 71 އަހަރުގެ އަންހެނަކާ އިންޑޮނީޝިއާގައި ކައިވެނި ކޮށްފި
29 ޖޫން 2017

ޖޭސަން ސްޓެތަމް އާއި ރޯޒީ ހަންޓިންގޓަން-ވައިޓްލީއަށް ކުއްޖެއް ލިބިއްޖެ

29 ޖޫން 2017
ޖޭސަން ސްޓެތަމް އާއި ރޯޒީ ހަންޓިންގޓަން-ވައިޓްލީއަށް ކުއްޖެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު