Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

އިސްލާހު ބަލައެއްވެސް ނުގަންނާނެ: ރައީސް ނަޝީދު ވާދަކުރައްވާނެ: އެމްޑީޕީ

15 ޖެނުއަރީ 2019 | އަންގާރަ 09:28

ދިއްދޫ ދާއިރާގެ މެމްބަރު ހުށަހެޅުއްވި އިސްލާހަކީ ގާނޫނު އަސާސީއާ ޚިލާފް އިސްލާހެއް

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 15 ޖެނުއަރީ 2019 | އަންގާރަ 09:28
ރައީސް ނަޝީދު އިންތިހާބުގައި ވާދަކުރައްވާނެ ކަމުގެ ޔަގީންކަން ޕާޓީގެ މެމްބަރުންނަށް އެމްޑީޕީން ވަނީ ދީފައި

ރައީސް ނަޝީދު އިންތިހާބުގައި ވާދަކުރައްވާނެ ކަމުގެ ޔަގީންކަން ޕާޓީގެ މެމްބަރުންނަށް އެމްޑީޕީން ވަނީ ދީފައި

ރާއްޖޭގެ ރައީސްކަން ކުރެއްވި އެއްވެސް ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަ ނުކުރެއްވޭ ގޮތް ހަދަން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު މަޖިލީހަށް ހުށަހެޅުއްވި އިސްލާހަކީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ހުށަހެޅުއްވި އިސްލާހެއް ކަމަށް އެމްޑީޕީން ބުނެފިއެވެ.

ޖުމްހޫރީ ޕާޓީގެ މެމްބަރު ލަތީފް ހުށަހެޅުއްވި އިސްލާހަށް ކަންބޮޑުވުން ފާޅުކުރައްވާ އެމްޑީޕީން އަންގާރަދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕާޓީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވީ ދިއްދޫ ދާއިރާގެ މެމްބަރު ހުށަހެޅުއްވި އިސްލާހަކީ ގާނޫނު އަސާސީއާ ހިލާފް އިސްލާހެއް ކަމަށެވެ.

Advertisement - newsAdvertisement

ލަތީފް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އަށް ވަނަ މާއްދާގެ (ނ) އަށް ނަމްބަރެއް އިތުރު ކުރުމަށެވެ. އިންތިހާބުގައި ވާދަ ނުކުރެވޭނެ ފަރާތްތައް ބަޔާންކުރާ އެ މާއްދާގެ ފަސް ވަނަ ނަމްބަރަކަށް ލަތީފް ހުށަހެޅުއްވީ "ރައީސްކަން ކޮށްފައިވާ ފަރާތަކަށް ވުން" މި ޝަރުތެވެ. އެ ގާނޫނު މިހާރު އޮތް ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަ ނުކުރެވޭ މީހުންގެ ތެރޭގައި ހިމެނެނީ ފަނޑިޔާރުނެވެ.

ހަސަން ލަތީފް ވިދާޅުވީ ގާނޫނު އަސާސީގައި އެއްވެސް ޝަރުތުތަކެއް ކަނޑައަޅާފައި އޮތް ކަމުގައި ވާނަމަ ގާނޫނަކުން އެކަން އުނިވެސް ނުކުރެވޭނެ ކަމަށާއި އަދި ޝަރުތުތަކެއް ވެސް އިތުރަށް ހުށަނޭޭޅޭނެ ކަމަށެވެ. ޗެއަރޕާސަން ވިދާޅުވީ ގާނޫނު އަސާސީން ވަކި ޝަރުތުތަކެއް ކަނޑައަޅާފައި އޮތް ކަމެއް ބަދަލުކުރަން ވެއްޖެ ނަމަ ޖެހޭނީ ގާނޫނު އަސާސީ އިސްލާހުކުރަން ކަމަށެވެ.

"ލަތީފް ހުށަހެޅި އިސްލާހަކީ ގާނޫނު އަސާސީއާ ތައާރަޒުވާ އިސްލާހެއް، ގާނޫނު އަސާސީގައި ޝަރުތުތަކެއް ކަނޑައަޅާފައިވާނަމަ އެ ޝަރުތުތަކެއް ގާނޫނަކުން އުންޏެއް ވެސް ނުކުރެވޭނެ އިތުރަށް ޝަރުތެއް އިތުރު ވެސް ނުކުރެވޭނެ، އެކަން ކުރެވޭނީ ގާނޫނު އަސާސީ އިސްލާހުކޮށްގެން،" ހަސަން ލަތީފް ވިދާޅުވިއެވެ

ހަސަން ލަތީފް ވިދާޅުވީ ދިއްދޫ ދާއިރާގެ މެމްބަރު ހުށަހެޅުއްވި އިސްލާހަކީ މަޖިލީހަށް ބަލައިގަންނާނެ، އަދި ބަލައިގަނެވޭނެ އިސްލާހެއް ވެސް ނޫން ކަމަށެވެ.

ކޯލިޝަންސް ޕާޓީތަކުގައި ހިމެނޭ މެމްބަރުންގެ އަމަލުތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވާ ވާހަކަދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ކޯލިޝަންސްގެ ތެރޭގައި ހިމެނޭ މެމްބަރުން ވަކި ވަކިން އަމަލުކުރާ ގޮތް އެހާ ރަނގަޅު ނޫން ކަމަށެވެ.

ހަސަން ލަތީފް ވަނީ ރައީސް ނަޝީދު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާނެ ކަމުގެ ޔަގީންކަން ޕާޓީގެ މެމްބަރުންނަށް ދެއްވާފައެވެ.

ކޯލިޝަންގެ ތެރެއިން ރައީސް ނަޝީދަށް އަމާޒުކުރައްވާ އިސްލާހެއް ހުށަހެޅުއްވުން ކޯލިޝަންގެ ތެރޭގައި ރެނދު ލާފައިވަނީތޯ ރާއްޖެ އެމްވީން ސުވާލު ކުރުމުން ޗެއަރޕާސަން ވިދާޅުވީ ލަތީފު، އެ އިސްލާހު ހުށަހެޅުއްވުމަކީ ކޯލިޝަންގެ ތެރޭގައި މައްސަލައެއް އުޅޭ ކަމުގެ ނިޝާނެއް ނޫން ކަމަށެވެ. އެ އިސްލާހަކީ ކޯލިޝަންގައި މަޝްވަރާ ކުރެވިގެން ހުށަހެޅި އިސްލާހެއް ނޫން ކަމަށް ޕީޖީ ލީޑަރު ރިޔާޒު ވިދާޅުވެފައިވުމަކީ ހިތްހަމަޖެހުމެއް ކަމަށް ވެސް ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް