Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމައުމޫނާ ޕީޕީއެމް ހަވާލުކުރުން

ޕީޕީއެމްގެ މައްސަލައަށް ރައީސް މައުމޫނުގެ ފަރާތުން ތަދައްޚުލު ވަނީ

14 ޖެނުއަރީ 2019 | ހޯމަ 09:59

މާދަމާ ލިޔެކިއުންތައް ކޯޓަށް ހުށައަޅާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 ޖެނުއަރީ 2019 | ހޯމަ 09:59
ކުރީގެ ރައީސް މައުމޫނާއި ޔާމީން

ކުރީގެ ރައީސް މައުމޫނާއި ޔާމީން

ޕީޕީއެމްގެ ހިންގުން ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމާ އަލުން ހަވާލު ކޮށްދިނުމަށް އެދި އެ ޕާޓީގެ އާންމު މެމްބަރަކު ހުށައަޅާފައިވާ މައްސަލައަށް ރައީސް މައުމޫނުގެ ފަރާތުން ތަދައްޚުލު ވާން ނިންމައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ކުރީގެ ސެކެޓަރީ ޖެނެރަލް އަބްދުލް އަލީމް ވިދާޅުވީ އެ މައްސަލައިގެ ތެރެއަށް ރައީސް މައުމޫނުގެ ފަރާތުން ތަދައްޚުލު ވުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަމާ ގުޅޭ ލިއެކިއުންތައް ފުރިހަމަކުރަމުންދާ ކަމަށެވެ.

Advertisement - newsAdvertisement
" ރައީސް މައުމޫނުގެ ފަރާތުން އެ މައްސަލައަށް ތަދައްޚުލުވާން ވަނީ ނިންމާފައި. ދެން އެއަށް ބޭނުންވޭ ވަރަށް ގިނަ ލިއެކިއުންތައް. މިހާރު އަޅުގަނޑުމެން މިދަނީ އެ މަސައްކަތް ކުރަމުން. މާދަމާ ދެން ފޯމުތައް ހުށައެޅޭނީ،" އަލީމް ވިދާޅުވިއެވެ.

ލ. ގަމު، ތުނޑި، ހަވި، އަލީ އަހުމަދު ހުށަހެޅުއްވި އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުން ހޯމަ ދުވަހު ވަނީ ބާއްވާފައެވެ. އެގޮތުން މިއަދުގެ އަޑުއެހުމަކީ ކޯޓުގައި ހިނގަމުންދާ މައްސަލައެއްގެ ފައިލްތައް ނެގުމާ ގުޅޭ ގޮތުން ބާއްވާފައިވާ ފުރަތަމަ އަޑުއެހުމެވެ.

އެ މައްސަލައިގެ ދައުވާގައި ޕީޕީއެމްގެ ފުރަތަަމަ ކޮންގްރެސް އިން އިންތިހާބުކުރި އެ ޕާޓީގެ ރައީސް، މައުމޫނާ ޕީޕީއެމް ހަވާލު ކުރުމަށް އެ ދައުވާގައި އެދިފައި ވެއެވެ. ނަމަވެސް އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި ވަނިކޮށް، އެ މައްސަލައިގެ ހިމެނޭ ހުރިހާ ލިޔެކިޔުންތަކާ އެކު، ދައުވާގެ ފައިލްތައް ސުޕްރީމް ކޯޓަށް ނަގާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުކޮޅުއެވެ. އޭގެ ފަހުން ހޯމަ ދުވަހު ވަނީ ފުރަތަމަ ފަހަރަށް އެ މައްސަލައިގެ އިބްތިދާއީ ބައްދަލުވުން ކުރިއަށް ގެންގޮސްފައެވެ.

ރައީސް މައުމޫނާއި ޔާމީނާ ދެމެދު މައްސަލަ ޖެހި ކޯޓު މެދުވެރިކޮށް ޕާޓީ ވަނީ ޔާމީންގެ ބެއްލެވުމުގެ ދަށަށް ގެންދަވާފައެވެ. އަދި ރައީސް މައުމޫނު ވަނީ ޕާޓީން ވަކިކޮށްފައެވެ.

އެ މައްސަލައިގެ އިތުރުން، އެ ޕާޓީން މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ޚާއްސަ ކޮންގްރެސްގައި ޕީޕީއެމްގެ ރައީސަކަށް އަބްދުﷲ ޔާމީން އައްޔަނު ކޮށްފައިވާ މައްސަލަ ވެސް މިހާރު އޮޮތީ ސުޕްރީމް ކޯޓަށް ހުށައަޅާފައެވެ.

ކުރީގެ ރައީސް މައުމޫނާ ޕީޕީއެމް ހަވާލު ކުރުމުގެ މައްސަލަ ކޯޓުގައި ކުރިއަށްދާއިރު، ރައީސް ޔާމީނަށް ތާއީދު ކުރާ ފަރާތްތަކުން ވަނީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނަމުގައި ޕާޓީއެއް ރަޖިސްޓްރީކުރުމުގެ މަސައްކަތް ފަށައިފައެވެ. އަދި ޕީޕީއެމްގެ އިސްކޮށް ތިބި ގިނަ ފަރާތްތަކެއް މިހާރު ވަނީ އެ ޕާޓީ އަށް ވަނުމަށް އެދި ފޯމް ހުށަހަޅާފައެވެ.

އެންމެ ހިނގާ

1

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

2

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

3

19 އަހަރުގެ ވެރިކަމަށް ފަހު ޔަހޫދީ ނަތަންޔާހޫގެ ސިޔާސީ ހަޔާތް ނިމުމަކަށް އަންނަނީތަ؟

4

އިންތިޚާބަށްފަހު އީރާނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަން ޓްރަމްޕް ގަލްފުގެ ޤައުމުތަކަށް އަންގަވައިފި

5

ގޭސް ހޮޅިތަކުގެ ތެރެއިން ވަދެ ރަޝިޔާ ސިފައިން ވަށައިލައި، ޔޫކްރެއިނުން ކުއްލި ހަމަލާތަކެއް ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް