Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާ ސަރުކާރު

އިންޑިއާގެ އިދިކޮޅު ދެ ޕާޓީއަކުން ބޮޑުވަޒީރު މޯޑީއާއި ދެކޮޅަށް ކޯލިޝަން ހަދައިފި

13 ޖެނުއަރީ 2019 | އާދީއްތަ 03:58

އުއްތަރު ޕްރަދޭޝްއިން ގާނޫނުހަދާ މަޖިލީހުގެ ތިރިގެއަށް 80 މެމްބަރުން ހޮވާ

އަމަން ހަލީމް
އަމަން ހަލީމް | 13 ޖެނުއަރީ 2019 | އާދީއްތަ 03:58
ދެ ޕާޓީ ގުޅިގެން ގާނޫނުހަދާ މަޖިލީހުގެ 76 ގޮނޑިއަކަށް ކުރިމަތިލާން ނިންމައިފައިވޭ

ދެ ޕާޓީ ގުޅިގެން ގާނޫނުހަދާ މަޖިލީހުގެ 76 ގޮނޑިއަކަށް ކުރިމަތިލާން ނިންމައިފައިވޭ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ދެކޮޅަށް ކުރިޔަށް އޮތް އާއްމު އިންތިހާބުގައި ކޯލިޝަން ހަދައިގެން މަސައްކަތް ކުރުމަށް ސަމަޖްވާދީ ޕާޓީ (އެސްޕީ) އާއި ބަހުޖާން ސަމާޖް ޕާޓީ (ބީއެސްޕީ) އިން ނިންމައިފިއެވެ.

މި ދެ ޕާޓީ ނިސްބަތްވާ އުއްތަރު ޕްރަދޭޝްއިން ގާނޫނު ހަދާ މަޖިލީހުގެ ތިރިގެއަށް 80 މެމްބަރުން ހޮވާއިރު، އެ ސްޓޭޓަށް ނިސްބަތްވާ ނުވަ ބޭފުޅަކު ވަނީ އިންޑީއާގެ ބޮޑުވަޒީރުކަން ކުރައްވާދައެވެ

ހޮނިހިރު ދުވަހު އެ ސްޓޭޓްގެ ވެރިރަށް ލަކްނޯގައި ސަމަޖްވާދީ ޕާޓީގެ ލީޑަރު އަކިލޭޝް ޔާދަވްއާއި ބަހުޖާން ސަމާޖް ޕާޓީގެ ލީޑަރު ކުމާރީ މަޔާވަތީ ވަނީ ދެ ޕާޓީ ގުޅިގެން ގާނޫނުހަދާ މަޖިލީހުގެ 76 ގޮނޑިއަކަށް ކުރިމަތިލާން ނިންމައިފައިވާ ކަމަށް އިއުލާންކޮށްފައެވެ.

އެ ބައްދަލުވުމުގައި މަޔާވަތީ ވިދާޅުވީ މި ކޯލިޝަންގެ ސަބަބުން ވެރިކަން ކުރާ ބީޖޭޕީގެ ލީޑަރު އަމިތް ޝާހްއަށާއި މޯދީއަށް ކުރިޔަށް އޮތް ތާނގައި "ނިދި ނުލިބި" ގިނަ ރޭތަކެއް ހޭދަކުރަން ޖެހޭނެ ކަމަށެވެ. އަދި މިއީ ގައުމަށް އަންނަ އައު ސިޔާސީ އިންގިލާބެއް ކަމުގައި ވެސް މާޔާވަތީ ވަނީ ސިފަކުރައްވާފައެވެ.

އެސްޕީގެ ލީޑަރު ޔާދަވް ވިދާޅުވީ ގުޅިގެން މަސައްކަތް ކުރަން ނިންމީ ބީޖޭޕީއިން ހިންގަމުން އަންނަ ބޭއިންސާފުވެރި ކަންކަން ނިމުމަކަށް ގެނައުމަށް ކަމަށެވެ. މި ދެ ލީޑަރުންނަކީ ވެސް ކުރިން އެ ސްޓޭޓްގެ ޗީފް މިނިސްޓަރުކަން ކުރައްވާފައިވާ ދެ ބޭފުޅުންނެވެ.

މި ސަރަހައްދުގައި މި ދެ ޕާޓީއަށް އޮތް ތާއީދު ބޮޑުކަމުން، މާހިރުން ބުނެފައިވަނީ މި އިއްތިހާދުގެ ސަބަބުން ބީޖޭޕީއަށް ވަރުގަދަ ހުރަސްތަކެއް ކުރިމަތި ވާނެ ކަމަށެވެ. މިހާރު އުއްތަރު ޕްރަދޭޝްގައި ވެރިކަން ކުރަނީ ބީޖޭޕީއިންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

10 އެޕްރީލު 2017

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ

10 އެޕްރީލު 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ
09 އެޕްރީލު 2017

ވެނުޒުއޭލާގެ އިދިކޮޅު ފަރާތްތައް މަގުމައްޗަށް

09 އެޕްރީލު 2017
ވެނުޒުއޭލާގެ އިދިކޮޅު ފަރާތްތައް މަގުމައްޗަށް
05 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި

05 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި
03 އެޕްރީލު 2017

އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި

03 އެޕްރީލު 2017
އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި
11 މާރިޗު 2017

އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

11 މާރިޗު 2017
އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި
25 ފެބުރުއަރީ 2017

ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފެށުން ކާމިޔާބު: އިދިކޮޅު ފަރާތްތައް

25 ފެބުރުއަރީ 2017
ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފެށުން ކާމިޔާބު: އިދިކޮޅު ފަރާތްތައް
10 ފެބުރުއަރީ 2017

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
26 ޖެނުއަރީ 2017

އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ

26 ޖެނުއަރީ 2017
އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް