Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސްކޫލްތަ

ދިރާސީ އާ އަހަރަށް މިނިސްޓްރީ އާއި ސްކޫލުތައް އޮތީ ތައްޔާރުވެފައި: މިނިސްޓަރ

10 ޖެނުއަރީ 2019 | ބުރާސްފަތި 14:09

މިއަހަރައް އިތުރު 153 ބިދޭސީ ޓީޗަރުން ބޭނުންވެގެން ސްކޫލްތަކުން އެދިފައިވޭ

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 10 ޖެނުއަރީ 2019 | ބުރާސްފަތި 14:09
ސްކޫލް ދަރިވަރުންތަކެއް

ސްކޫލް ދަރިވަރުންތަކެއް

ދިރާސީ އާ އަހަރަކަށް މިނިސްޓްރީ އާއި ސްކޫލްތަކުން ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީގައި ބްރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ އަތޮޅުތެރޭގެ ބައެއް ސްކޫލްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ނިމިފައި ވާކަމަށާއި އަދި ސްކޫލްތަކަށް ބޭނުންވާ ގޮނޑި, މޭޒް ފަދަ ތަކެތި ވެސް ހަމަކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން މިއަހަރައް އިތުރު 153 ބިދޭސީ ޓީޗަރުން ބޭނުންވެގެން ސްކޫލްތަކުން އެދިފައިވާއިރު ދަތުރުފަތުރު ކުރުމުގެ ބައެއް ކަހަލަ މައްސަލަތައް ދިމާވުމުގެ ސަބަބުން ބައެއް ޓީޗަރުންނަށް ރާއްޖެ އައުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެޑިއުކޭޝަނުން ބުނީ ގްރޭޑް 1-7 ދެމެދުގެ ގްރޭޑްތަކުގެ ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް މިހާރު ހުރިހާ ސްކޫލަކަށް ފޮނުވާފައިވާއިރު ގްރޭޑް 8 އާއި 9ގެ ދަރިވަރުންގެ ފޮތްތައް މިއަދު މިނިސްޓްރީއަށް ލިބޭނެ ކަމަށާއި ސްކޫލްތައް ހުޅުވުމުގެ ކުރިން ދަރިވަރުންނަށް ހަވާލު ކުރެވޭނެ ކަމަށެވެ. ނަމަވެސް ބައެއް ސްކޫލްތަކުން ދަށް ގްރޭޑްގެ ބައެއް ޓެކްސްޓް ފޮތްތައް ދަރިވަރުންނާ ހަވާލުކޮށްފައެއް ނުވެއެވެ. އެ ފޮތްތައް ސްކޫލް ހުޅުވޭ ދުވަހު ހަވާލުކުރެވޭނެ ކަމަށް ސްކޫލްތަކުން ބުނެފައި ވެއެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހު ކުރުމަށް ނިންމާފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ހެނދުނުގެ ނާސްތާ ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވާ 25 ސްކޫލުގެ ތެރެއިން 22 ސްކޫލެއްގައި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގެ ހުރިހާ އިންތިޒާމެއް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ބާކީ ތިން ސުކޫލްގެ ކަންކަން މިއަދު ހަމަޖެހިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މި އަހަރު ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް 73،035 ދަރިވަރުން ކިޔަވާނެ އެވެ. އަދި ރާއްޖޭގެ 213 ސުކޫލެއްގައި 9800 އަށް ވުރެ ގިނަ ޓީޗަރުން މަސައްކަތްކުރާނެއެވެ.

ސްކޫލްތަކާއި އެޑިއުކޭޝަން މިނިސްޓްރީ ތައްޔާރުވެފައިވާ ކަމަށް މިނިސްޓްރީން ބުނި ނަމަވެސް ބައެއް ސްކޫލްތަކުގެ އެކްޓިވިޓީ ޔުނީފޯމް ނުލިބުމުގެ މައްސަލަތައް ވަނީ ފެންމަތިވެފައެވެ. ހާއްސަކޮށް ބަދަލުތައް ގެނައި ސްކޫލްތަކުގެ އެކްޓިވިޓީ ޔުނީފޯމް ނުލިބޭކަން ފާހަގަކޮށްލެވެއެވެ. އެ ގޮތުން ކަލާފާނު ސްކޫލްގެ އެކްޓިވިޓީ ޔުނީފޯމް ބަދަލުވެފައިވާ އިރު ގިނަ ކުދިންނަށް ޔުނިފޯމް ލިބިފައި ނުވާތީ މިދިޔަ އަހަރު ވެސް ބޭނުންކުރި ޔުނީފޯމް ބޭނުންކުރެވޭނެ ކަމަށް އެ ސްކޫލުން ވަނީ ބެލެނިވެރިންނަށް އަންގާފައެވެ. ނަމަވެސް ޔުނީފޯމް ބަދަލުވެފައިވާތީ މިދިޔަ އަހަރުގެ ޔުނީފޯމް އެއްލާލުމުން އެކްޓިވިޓީ ޔުނީފޯމް ނެތް ކަމަށް ބުނެ ބައެއް ބެލެނިވެރިން ދަނީ ޝަކުވާކުރަމުންނެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
15 ޖެނުއަރީ 2017

ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި

15 ޖެނުއަރީ 2017
ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް