Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑެޕިއުޓީ އެޓާރނީ ޖެނެރަލް

ރައީސް އޮފީހުން އެންގުމުން، ޑެޕިއުޓީ އޭޖީގެ މަޤާމުން އުޝާމް އިސްތިއުފާ ދެއްވައިފި

އިސްތިއުފާ ދެއްވާފައިވަނީ ބުރާސްފަތި ދުވަހު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 ޖެނުއަރީ 2019 | ބުރާސްފަތި 22:49
ޑެޕިއުޓީ އޭޖީގެ މަޤާމާ އުޝާމް ހަވާލުވެވަޑައިގަންނަވަނީ

ޑެޕިއުޓީ އޭޖީގެ މަޤާމާ އުޝާމް ހަވާލުވެވަޑައިގަންނަވަނީ

އެޓާރނީ ޖެނެރަލް އޮފީހުގެ، ޑެޕިއުޓީ އެޓާރނީ ޖެނެރަލްގެ މަޤާމުން އަހުމަދު އުޝާމް އިސްތިއުފާދެއްވައިފި އެވެ.

އެ މަޤާމުން އުޝާމް އިސްތިއުފާ ދެއްވާފައިވަނީ ބުރާސްފަތި ދުވަހުއެވެ.

އުޝާމް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހުވެސް ޑެޕިއުޓީ އޭޖީގެ މަޤާމުގައި ހުންނެވީ ރައީސްގެ އެދިލެއްވުމެއްގެ މައްޗަށް ކަމަށާއި، އަދި އިސްތިއުފާދެއްވާފައިވަނީ ރައީސް އޮފީހުގެ އެދިލެއްވުމެއްގެ މައްޗަށް ކަމަށެވެ.

ޑެޕިއުޓީ އޭޖީގެ މަޤާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ބުދަ ދުވަހު (އިއްޔެ) އާ ބޭފުޅަކު އައްޔަނު ކުރައްވާފައެވެ. އެގޮތުން އެ މަޤާމަށް އައްޔަންކުރައްވާފައި ވަނީ ޚަދީޖާ ޝަބީނެވެ.

ޑެޕިއުޓީ ސޮލިސިޓާ ޖެނަރަލްގެ މަޤާމުގައި ހުންނަވަނިކޮށް އުޝާމް ޑެޕިއުޓީ އެޓާރނީ ޖެނެރަލްގެ މަޤާމަށް އައްޔަނު ކުރައްވާފައިވަނީ 15 އޯގަސްޓް 2013 ގައެވެ. އޭގެ ކުރިން އުޝާމް ވަނީ ޑެޕިއުޓީ ސްޓޭޓް އެޓާނީއެއްގެ މަޤާމުވެސް ފުރުއްވާފައެވެ.

އޭގެ އިތުރުން، އުޝާމް ވަނީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ދައުލަތާ ދެކޮޅަށް އެކި ފަރާތްކުން ކޯޓަށް ހުށަހަޅާ މައްސަލަތަކުގައި ދައުލަތުގެ ދިފާއުގައި ވެސް ކޯޓުގައި ވަކާލާތު ކުރައްވާފައެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު