Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުހައްމަދު ނަޝީދު

ލަންކާގެ ރައީސް ސިރިސޭނާއާ ރައީސް ނަޝީދު ބައްދަލުކުރައްވައިފި

އެމަނިކުފާނު ކުރައްވާ މަސައްކަތަށް ލަންކާ ސަރުކާރުގެ އެއްބާރުލުންދޭކަން ވަނީ ހާމަކުރައްވާފަ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 11 ފެބުރުއަރީ 2017 | ހޮނިހިރު 18:24
ލަންކާގެ ރައީސް ސިރިސޭނާއާއި ރައީސް ނަޝީދު ބައްދަލުކުރައްވަނީ

ލަންކާގެ ރައީސް ސިރިސޭނާއާއި ރައީސް ނަޝީދު ބައްދަލުކުރައްވަނީ

ލަންކާ ރައީސް މައިތިރިޕާލާ ސިރިސޭނާ އާއި ރައީސް މުހައްމަދު ނަޝީދު ބައްދަލުކުރައްވައިފިއެެވެ.

އެދެބޭފުޅުން ބައްދަލުކުރައްވާފައިވާކަން ހާމަކުރެއްވީ، ރައީސް މުހައްމަދު ނަޝީދު ހޮނިހިރު ދުވަހު ކުރައްވާފައިވާ ޓްވީޓެއްގައެވެ.

Advertisement - newsAdvertisement

ތޭރަ އަހަރަށް ޖަލަށް ހުކުމް ކޮށްފައިވާ ރައީސް ނަޝީދު ބޭސްފަރުވާއަށް އިނގިރޭސި ވިލާތަށް ވަޑައިގެން ހުންނަވާ، ލަންކާއަށް ދަތުރުފުޅެއް ފެއްޓެވީ، ފާއިތުވި ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުއެވެ.

އެމަނިކުފާނު މީގެ ކުރިންވެސް ލަންކާއަށް ދަތުރުފުޅެއް ކުރައްވާފައިވާއިރު، ލަންކާގައި ހުންނަވާ އިސްލާހަށާއި ޑިމޮކްރެސީއަށް ކުރައްވާ މަސައްކަތްތަކަށް ލަންކާ ސަރުކާރުން ވަނީ މަރުހަބާ ކިޔާ ތާއީދު ކުރާކަން ހާމަކޮށްފައެވެ.

ނަޝީދު ސިރިސޭނާއާއި ދެބޭފުޅުން ބައްދަލު ކުރެއްވި ކުރެއްވުމާއި، މަޝްވަރާކުރެވުނު ކަންކަމާއި ގުޅޭގޮތުން މީޑިއާއަށް އަދި ވަކިއެއްޗެއް ހާމަކޮށްފައެއްނުވެއެވެ.

އެހެންނަމަވެސް ދިވެހި ރާއްޖެ އިސްލާހުކުރުމަށާއި ޑިމޮކްރަސީ ހަރުދަނާކުރުމުގައި އެމަނިކުފާނު ކުރައްވާ މަސައްކަތަށް ލަންކާ ސަރުކާރުގެ އެއްބާރުލުންދޭކަން ވަނީ ހާމަކުރައްވާފައެވެ.

ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި ލަންކާގައި ތިއްބެވި ބޭރު ގައުމުތަކުގެ މަތީފަންތީގެ ބޭފުޅުންނާއި، އަދި ބައެއް ގައުމުތަކުގެ ސަފީރުންނާއި ވަނީ ބައްދަލުކުރައްވާފައެވެ.

މި ދަތުރުފުޅަށްފަހު އަންނަ ހޯމަދުވަހު އެމަނިކުފާނު އެނބުރި އިނގިރޭސި ވިލާތަށް ވަޑައިގަންނަވާނެއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު