ރައީސް ސޯލިހް ދުވާފަރާއި އުނގޫފާރު ކައުންސިލާ ބައްދަލުކުރައްވައިފި
ދުވާފަރުގައި އޮންނަ އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި ރައީސް ބައިވެރިވެ ވަޑައިގަންނަވާނެ


ދުވާފަރު ކައުންސިލާއި ރައީސް ބައްދަލު ކުރައްވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރ. ދުވާފަރަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ދުވާފަރު ކައުންސިލާއި، އުނގޫފާރު ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.
ވަކިވަކިން ބޭއްވި މި ބައްދަލުކުރެއްވުމުގައި ކައުންސިލްތަކުން ވަނީ އެކައުންސިލްތައް ހިމެނޭ ރަށްރަށުގެ ތަރައްޤީއަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކާއި ކުރިޔަށް ރާއްވާފައިވާ ކަންތައްތަކުގެ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ދުވާފަރުގައި ބާއްވަން ހަމަޖެހިފައިވާ އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފާދިއްޕޮޅުގައި ތަރައްޤީކޮށްފައިވާ ކުޑަދޫ އައިލެންޑް ރިޒޯޓް ހުޅުއްވައި ދެއްވާގޮތަށްވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ނ. އަތޮޅު ހެނބަދޫއަށް ވަޑައިގެން އެރަށުގެ ނަރުދަމާ ނިޒާމުގެ ޚިދުމަތް ފަށްޓަވައި ދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.






