Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާސެން ވެންގާ

އޭސީ މިލާންގެ ކޯޗުކަމާ ވެންގާ ހަވާލުވަނީ؟

23 ޑިސެމްބަރު 2018 | އާދީއްތަ 14:17

ވެންގާ މަގާމާ ހަވާލުވާނީ ގަޓޫސޯ ވަކިކޮށްފި ނަމަ

ލީވާން އަލީ
ލީވާން އަލީ | 23 ޑިސެމްބަރު 2018 | އާދީއްތަ 14:17
އާސެނަލްގެ ކުރީގެ ކޯޗު ވެންގާ

އާސެނަލްގެ ކުރީގެ ކޯޗު ވެންގާ

އޭސީ މިލާންގެ ކޯޗުކަމާ އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ ހަވާލުވާން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އޭސީ މިލާން މި ސީޒަނުގައި ހޯދަމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން ކޯޗުކަމުގައި ހުރި އެޓީމުގެ ކުރީގެ ކުޅުންތެރިޔާ ގަޓޫސޯ މަގާމުން ދުރު ކުރަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެގޮތުން ރިޕޯޓްތައް ބުނާ ގޮތުން ގަޓޫސޯ މަގާމުން ވަކިކޮށްފި ނަމަ، އެ މަގާމާ ހަވާލުން އެންމެ ގާތީ މިދިޔަ ސީޒަނަށް ފަހު އެއްވެސް ޓީމަކާ ހަވާލުނުވެ ހުރި ވެންގާއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އޭސީ މިލާންގެ ކޯޗުކަމާ ގަޓޫސޯ ވަނީ މި އަހަރުގެ އެޕްރީލް މަހު އެ ކްލަބާ އެކު އޭނާ ހަދާފައިވާ އެއްބަސްވުން 2021 ވަނަ އަހަރުގެ ނިޔަލަށް އާކޮށްފައެވެ.

މި ސީޒަނުގެ އިޓާލިއަން ލީގުގައި އޭސީ މިލާން ކުޅުނު 17 މެޗުގެ ތެރެއިން މޮޅުވެފައި ވަނީ ހަތް މެޗުންނެވެ. ބާކީ ހަތަރު މެޗުން ބަލިވެފައިވާއިރު، ހަ މެޗުން ވަނީ އެއްވަރުވެފައެވެ. އެޓީމު އޮތީ ޕޮއިންޓް ތާވަލުގެ ފަސްވަނައިގައެވެ.

މި އަހަރުގެ އޮކްޓޫބަރު މަހު ވެންގާ ބުނެފައި ވަނީ ކުރިޔަށް އޮތް ޖެނުއަރީ މަހު ޓީމަކާ ހަވާލުވާނެ ކަމަށެވެ. އެހެންނަމަވެސް އޭނާ ހަވާލުވަނީ ކޮން ޓީމަކާ ކަމެއް އިއުލާންކޮށްފައެއް ނުވެއެވެ.

އާސެނަލްގެ ކޯޗުގެ މަގާމާ ވެންގާ ހަވާލުވީ 1996 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. ޕްރިމިއާ ލީގުގައި އޭނާ އެ ޓީމަށް 823 މެޗުގައި އިރުޝާދު ދީފައިވާއިރު މިއީ ރެކޯޑެކެވެ. ވެންގާގެ އިރުޝާދުގެ ދަށުން އާސެނަލް އިން 1549 ލަނޑު ޖަހާފައިވާއިރު އޭނާ އެ މަގާމު ދޫކޮށްލީ ސަޕޯޓަރުންގެ ފަރާތުން ވޭތުވެދިޔަ ދެ ސީޒަނުގައި އޭނާއަށް ކުރިމަތިވި ފާޑުކިޔުންތަކުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

އުމުރުން 68 އަހަރުގެ ވެންގާ ވަނީ އާސެނަލްގައި އޭނާ ހޭދަކުރި ދުވަސްތަކުގައި އެ ޓީމަށް ތިން ޕްރިމިއާ ލީގާއި ހަތް އެފްއޭ ކަޕް ކާމިޔާބުކޮށްދީފައިވެއެވެ. ވެންގާގެ އިރުޝާދުގެ ދަށުން އާސެނަލްއިން ހޯދި އެންމެ ބޮޑު ކާމިޔާބަކީ 2004 ވަނަ އަހަރުގެ ޕްރިމިއާ ލީގުގެ ތަށި އެއްވެސް މެޗަކުން ބަލިނުވެ އުފުލާލުމެވެ.

އެންމެ ހިނގާ

1

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ

2

ސްޓެލްކޯއަށް ގޮސް ޝަކުވާކުރުމުން 17،000 ރުފިޔާގެ ބިލެއް 1000 އަށް އަދި 12،000 ރުފިޔާގެ ބިލެއް 600 އަށް ކުޑަކޮށްދީފި

3

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން އެއްވެސް ރައްޔިތެއްގެ ފުރާނައަށް ގެއްލުންވާ ގޮތަށް މަރުވެގެން ގޮސްފައެއް ނުވޭ: ސުޖާއު

4

50 މިލިއަން ޑޮލަރުގެ ދަރަނި އިންޑިއާއަށް ދައްކަން މަޖުބޫރުވެ، ޒަރޫރީ ތަކެތި އެތެރެކުރުމަށް ނުރައްކާ ވެދާނެ ކަމުގެ އިންޒާރު ރައީސް ނަޝީދު ދެއްވައިފި

5

24 ގަޑިއިރު ތެރޭ ގާނޫނުތަކަށް ބަދަލު ގެނެސް، އަމަލުކުރަން ފަށާ ގައުމަކީ އިންވެސްޓުކުރަން ރައްކާތެރި ތަނެއް ނޫން، މީގެ ފަހުން ރާއްޖޭގައި އިންވެސްޓު ނުކުރަން ނިންމައިފިން: ޚަލީލް

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

މި ސީޒަނަށްފަހު ވެސް ރިޓަޔާކުރަން ނުވިސްނަން:ވެންގާ

18 ފެބުރުއަރީ 2017
މި ސީޒަނަށްފަހު ވެސް ރިޓަޔާކުރަން ނުވިސްނަން:ވެންގާ
15 ފެބުރުއަރީ 2017

ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ

15 ފެބުރުއަރީ 2017
ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ
14 ފެބުރުއަރީ 2017

އިޓާލިއަން ސެރީއޭ: ލާޒިއޯއާ އެއްވަރުކޮށް އޭސީ މިލާން ހަތްވަނަ އަށް

14 ފެބުރުއަރީ 2017
އިޓާލިއަން ސެރީއޭ: ލާޒިއޯއާ އެއްވަރުކޮށް އޭސީ މިލާން ހަތްވަނަ އަށް
03 ފެބުރުއަރީ 2017

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ
28 ޖެނުއަރީ 2017

ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި

28 ޖެނުއަރީ 2017
ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
23 ޖެނުއަރީ 2017

އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ

23 ޖެނުއަރީ 2017
އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
04 ޖެނުއަރީ 2017

އޮޒިލްގެ ކުޅުން ނުފެންނަތާ ހަފްތާއެއް ވެއްޖެ: ވެންގާ

04 ޖެނުއަރީ 2017
އޮޒިލްގެ ކުޅުން ނުފެންނަތާ ހަފްތާއެއް ވެއްޖެ: ވެންގާ
04 ޖެނުއަރީ 2017

މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ

04 ޖެނުއަރީ 2017
މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް