Advertisement
ކ. މާލެ
|
21 ޑިސެންބަރ 2018 | ހުކުރު 17:50
ނައިބު ރައީސް ފައިސަލްއަށް ހަނިމާދޫ ރައްޔިތުން މަރުހަބާ ދަންނަވަނީ
ނައިބު ރައީސް ފައިސަލްއަށް ހަނިމާދޫ ރައްޔިތުން މަރުހަބާ ދަންނަވަނީ
ރައީސް އޮފީސް
ނައިބު ރައީސް ފައިސަލް
ނައިބު ރައީސް ފައިސަލް ހަނިމާދޫއަށް ވަޑައިގެންފި
ހަނިމާދޫ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވާފައިވޭ

ނައިބު ރައީސް ފައިސަލް ނަސީމް ހދ. ހަނިމާދޫއަށް ވަޑައިގެންފިއެވެ.

ނައިބު ރައީސް ފައިސަލް ހަނިމާދޫއަށް ވަޑައިގެންނެވުމާއެކު އެރަށުން އެމަނިކުފާނަށް ވަނީ ހޫނު މަރުހާބާއެއް ދަންނަވާފައެވެ. 

ރައީސް އޮފީހުން ބުނީ ނައިބް ރައީސް ފައިސަލްގެ މިދަތުރުފުޅުގައި ހަނިމާދޫ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައި، މަސައްކަތްތައް ކުރިޔަށްދާ ގޮތް ބައްލަވާލާފައިވާ ކަމަށެވެ. 

ނައިބު ރައީސް ފައިސަލް ހދ. އަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ނޮޅިވަރަމަށާއި ނޮޅިވަރަމްފަރަށް މިއަދު ހެނދުނު ވަނީ ވަޑައިގެންފައެވެ.

ނޮޅިވަރަމްފަރަށް ވަޑައިގެން ނައިބް ރައީސް ފައިސަލް ވަނީ ބުރާސްފަތު ދުވަހު މޫދަށްއެރި އުޅެނިކޮށް ގެނބިގެން މަރުވި ތުއްތުކުއްޖާގެ އާއިލާއާ ބައްދަލުކުރައްވައި ތައުޒިޔާ ވިދާޅުވެފައެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ވެސް ތައުޒިޔާ ވިދާޅުވިއެވެ. 

ހދ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ މިދަތުރުފުޅުގައި ނައިބުރައީސް ފުރާވަޑައިގަތީ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ. ނައިބު ރައީސްގެ މިދަތުރުފުޅުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފުވެސް ބައިވެރިވެވަޑައިގަންނަވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް