Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޑިއާ ވިސާ

ޓޫރިސްޓް ވިސާގައި އިންޑިއާއަށް ގޮސް، ސިއްހީކަމެއް ދިމާވެއްޖެނަމަ މެޑިކަލް ވިސާއަށް ބަދަލުކޮށްދެނީ!

މިގޮތަށް މެޑިކަލް ވިސާއަށް ބަދަލުކުރުމުގައި އެހީތެރިއެއްގެ ގޮތުގައި ހުންނާނެ މީހަކަށްވެސް ވިސާ ލިބޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 14 ޑިސެމްބަރު 2018 | ހުކުރު 13:53
އިންޑިއާ އާއި ރާއްޖެއާ ދެމެދު ބޭއްވުނު މަޝްވަރާތަކުގެ ތެރެއިން

އިންޑިއާ އާއި ރާއްޖެއާ ދެމެދު ބޭއްވުނު މަޝްވަރާތަކުގެ ތެރެއިން

ޓޫރިސްޓް ވިސާގައި އިންޑިއާއަށް ގޮސް، ސިއްހީކަމެއް ދިމާވެއްޖެނަމަ ނުވަތަ މެޑިކަލް ވިސާ ބޭނުންވާ ޙާލަތެއް މެދުވެރިވެއްޖެނަމަ، އިންޑިއާގައި ތިބެގެން މެޑިކަލް ވިސާއަށް ބަދަލުކުރެވޭ ގޮތަށް އިންޑިއާ ސަރުކާރާއިއެކު އެއްބަސްވާން އުޅޭކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ރާއްޖެ.އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިގޮތަށް މެޑިކަލް ވިސާއަށް ބަދަލުކުރުމުގައި އެހީތެރިއެއްގެ ގޮތުގައި ހުންނާނެ މީހަކަށްވެސް ވިސާ ލިބޭނެއެވެ. ވިސާގެ މި ލުއިތައް ދިނުމަށް ހަމަޖެހިފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް މިމަހުގެ 17 ވަނަ ދުވަހު އިންޑިއަށް ކުރައްވާ ދަތުރުފުޅުގައި ސޮއިކުރައްވާ ވިސާގެ އައު އެއްބަސްވުމުގައެވެ.

Advertisement - newsAdvertisement

ފާއިތުވި 7 އަހަރު އިންޑިއާއާއި ރާއްޖެއާއި ދެމެދު އޮތް ގުޅުން ގޯސް، ވިސާގެ ދަތިތަކެއް ދިމާވެގެން ދިޔައިރު، މެޑިކަލް ވިސާއާއި ނުލައި ސިއްހީފަރުވާ ހޯދުމަށް އިންޑިއާއަށް ނުދެވެއެވެ. އަދި ޓޫރިސްޓް ވިސާގައި އިންޑިއާއަށް ގޮސް، މެޑިކަލް ވިސާ ބޭނުންވާނަމަ، މެޑިކަލް ވިސާ ނަގަން ޖެހެނީ އިންޑިއާއިން ބޭރުވުމަށްފަހު އައު ވިސާއެއް ގޮތުގައެވެ.

ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާގެ ޚިދުމަތް އިންޑިއާއިން ހޯދާއިރު، ދިގު މުއްދަތަށް ބޭސްފަރުވާ ކުރާ ފަރާތްތަކަށްވެސް ވިސާގެ އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެގޮތުން ދިގު މުއްދަކަށް ބޭސްފަރުވާ ކުރާ ފަރާތްތަކަށާއި، އެފަރާތްތަކުގެ އެހީތެރިންނަށްވެސް ދިގު މުއްދަތުގެ ވިސާ ހަމަޖެހިގެންދާނެކަމަށް މައުލޫމާތު ލިބެއެވެ.

ވިސާގެ އެއްބަސްވުމުގެ ތަފްޞީލެއް ފޮރިންގ މިނިސްޓްރީއިން އަދި ހާމަކޮށްފައި ނުވިނަމަވެސް، ފޮރިންގ މިނިސްޓަރ އަބްދުﷲ ޝާހިދު ކުރެއް ޓްވީޓެއްގައި ހުކުރު ދުވަހު ވިދާޅުވީ އިންޑިއާއިން ވިސާގެ ބޮޑެތި ލުއިތަކެއް ދިވެހިންނަށް ލިބޭ އެއްބަސްވުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި ސޮއެކުރެވޭނެކަމަށެވެ.

މި އެގްރިމެންޓްގައި ސޮއެކުރެވޭނެކަން އެންމެ ފުރަތަމަ އިއުލާންކުރެއްވީ މަޤާމާއި ހަވާލުވެވަޑައިގަތުމަށްފަހު ޚާރިޖީ ވަޒީރު ޝާހިދު އިންޑިއާއަށް ކުރެއްވި ދަތުރުފުޅަށްފަހުއެވެ. އަދި ނިމިދިޔަ ހަފްތާގައި މާލޭގައި ކުރިއަށްދިޔަ އިންޑިއާ މޯލްޑިވްސް ކޮންސިއުލަރ ޓޯކްސްގައި ވިސާގެ ކަންތައްތަކާއި ބެހޭ ގޮތުން އިންޑިއާގެ ޚާރިޖީ ވުޒާރާގެ އޮފިޝަލުންނާއި ވަނީ މަޝްވާރަކުރައްވާފައެވެ.

ސިއްހީ ފަރުވާގެ ކަންކަމަށްދޭ ވިސާގެ ލުއިތަކުގެ އިތުރުން، ތައުލީމު ހާސިލްކުރުމަށް އިންޑިއާއަށް ދިޔުމުގައިވެސް ބޮޑެތި ލުއިތަކެއް ވިސާގެ އައު އެއްބަސްވުމުގެ ދަށުން ލިބިގެންދާނެކަމަށް ރާއްޖެ.އެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ.

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

އެމްޔޫއޯގެ ފަރާތުން ރ. އަތޮޅުގައި "ދޮރުން ދޮރަށް" ހަރަކާތްތައް ކުރިއަށް ގެންގޮސްފި

24 ފެބުރުއަރީ 2017
އެމްޔޫއޯގެ ފަރާތުން ރ. އަތޮޅުގައި "ދޮރުން ދޮރަށް" ހަރަކާތްތައް ކުރިއަށް ގެންގޮސްފި
21 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި
20 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

20 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ
19 ފެބުރުއަރީ 2017

ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ

19 ފެބުރުއަރީ 2017
ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު