Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނޫސްވެރިކަމުގެ ގައުމީ އިނާމް

މިނިވަން ނޫސްވެރިކަން ނެތިކޮށްލާ ހިސާބަކީ ހުދުމުހުތާރު ވެރިކަމެއް ފެށޭ ހިސާބު: ހޯމް މިނިސްޓަރ

11 ޑިސެމްބަރު 2018 | އަންގާރަ 18:36

ދައުލަތާއި ވެރިން ޒިންމާދާރު ކުރުވުމުގެ މަސްއޫލިއްޔަތު އަދާކުރަމުންދާ ބަޔަކީ ނޫސްވެރިން ކަމަށް ވިދާޅުވި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 11 ޑިސެމްބަރު 2018 | އަންގާރަ 18:36
ނޫސްވެރިކަމުގެ ގައުމީ އިނާމްދިނުމުގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސާލިޙް އާއި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ

ނޫސްވެރިކަމުގެ ގައުމީ އިނާމްދިނުމުގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސާލިޙް އާއި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ

މިނިވަން ނޫސްވެރިކަން ނެތިކޮށްލާ ކޮންމެ ހިސާބަކީ ހުދުމުހުތާރު ވެރިކަމެއް ފެށޭ ހިސާބު ކަމަށާއި އަދި އެއީ އަނިޔާވެރިކަމާއި ރައްޔިތުންގެ މައްޗަށް ބާރުވެރިވެގަތުން ފެށޭ ހިސާބު ކަމަށް ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިކަމުގެ ގައުމީ އިނާމް ދިނުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ މިނިވަން ނޫސްވެރިކަން ނެތިކޮށްލާ ކޮންމެ ހިސާބަކީ ހުދުމުހުތާރު ވެރިކަމެއް ފެށޭ ހިސާބު ކަމަށާއި ރައްޔިތުންގެ ހައްގުތައް ގެއްލުވާލާ ރައްޔިތުންގެ މުދަލާއި ފައިސާ ނިގުޅި، ފަސާދައާއި ކޮރަޕްޝަން އާންމުވެ، މުޖްތަމައު ފަސާދަ ވެގެންދާ ހިސާބު ކަމަށެވެ. އަދި މި ސަބަބަށްޓަކައި ފެހި ޤާނޫނު އަސާސީ އެކުލަވާލުމާއި އެކު މިނިވަން ނޫސްވެރިކަމަށް ފުޅާވެގެންދާ މާހައުލެއް ގާއިމު ކުރެވުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ނަމަވެސް ގަބޫލު ކުރަންޖެހޭ ހިތާމަވެރި ހަގީގަތަކީ ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި މިނިވަން ނޫސްވެރިކަން އޮތީ އެކި ގޮތްގޮތުން ކަސްތަޅު އަޅުވާ ބަންދު ކުރެވިފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިވަން ނޫސްވެރިކަމަށް އޮތީ ބޮޑެތި ވެގެންވާ ގޮންޖެހުންތަކެއް ކުރިމަތި ކުރެވިފައި ކަމަށާއި، މިއީ މި ސަރކާރު ބަލައިގަންނާނެ ކަމެއް ނޫން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އަދި ނޫސްވެރިން ދަތިއަޅުވާ ވައްޓާލުމަށް ޖެއްސިފައިވާ ހުރިހާ މަޅިތައް މި ސަރުކާރުން ނައްތާލާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ނޫސްވެރިންނަށް ވޭތިވެދިޔަ މުއްދަތުގައި ކުރިމަތިވިވެފައިވާ ބޮޑެތި އަދަދުތަކުގެ ޖޫރިމަނާ ތަކާއި ޖަލުގޮޅިތަކާއި ޕެޕެރ ސްޕްރޭ އަކީ ﷲ އިރާދަކުރެއްވިއްޔާ މި ސަރުކާރުން ނިމުމެއް ގެންނާނެ ކަންކަން،" މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ޑިމޮކްރެޓިކް ވެރިކަމެއް ދެމިއޮތުމުގެ އެންމެ އަސާސީ އެއް ރުކުރަނީ މިނިވަން ނޫސްވެރިކަން ކަމަށާއި، ދައުލަތުގެ ވެރިން ޒިންމާދާރު ކުރުވުމަށް ނުވަތަ އެބައިމީހުން ކަންކުރާ ގޮތުގެ މައްޗަށް ބިނާކޮށް އެއަށް ގޮތް ބުނުމަށް ރައްޔިތުންނަށް ފުރުސަތު ދެނީ ނޫސްވެރިންކަމަށެވެ.

އަދި ދައުލަތާއި ވެރިން ޒިންމާދާރު ކުރުވުމުގެ ބޮޑު މަސްއޫލިއްޔަތު އަދާކުރަމުންދާ ބަޔަކީ މިނިވަން ކަމާއި އެކު މަސައްކަތް ކުރާ ޒިންމާދާރު ނޫސްވެރިން ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެހެން ކަމުން ނޫސްވެރިންގެ ޒިންމާ އާއި ހަރުދަނާކަމުގެ މައްޗަށް މެނުވީ ދައުލަތް ހަރުދަނާ ގޮތެއްގައި ހިނގާނެ ނިޒާމެއް ގާއިމް ނުކުރެވޭނެ ކަމަށެވެ. އަދި އެސަބަބަށް ޓަކައި މިނިވަން ނޫސްވެރިކަމަށް ފުރުސަތު ފަހިވެ ނޫސްވެރިންނަށް މާހަލު ތަނަވަސް ކުރެވެނެ ޖެހޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
27 ޖެނުއަރީ 2017

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017
އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި
27 ޖެނުއަރީ 2017

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި
27 ޖެނުއަރީ 2017

ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

27 ޖެނުއަރީ 2017
ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
26 ޖެނުއަރީ 2017

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް