Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރޮހިންޖާ މުސްލިމުން

ސޫކީގެ ވާހަކަފުޅުން ފާހަގަ ކުރެވޭ 5 ނުކުތާއެއް

ރޮހިންޖާ މުސްލިމުންނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހިމޭނުން ހުންނެވުމަށްފަހު ވާހަކަފުޅު ދެއްކެވީ ދުނިޔޭގެ ޕްރެޝަރ ބޮޑުވެގެން ކަމަށް ބެލޭ

ރާއްޖެ އެމްވީ | 19 ސެޕްޓެމްބަރު 2017 | އަންގާރަ 14:02
މިޔަންމާގެ ސްޓޭޓް ކައުން

މިޔަންމާގެ ސްޓޭޓް ކައުން

މިޔަންމާގެ މުސްލިމް އާބާދީއަށް އަމާޒުކޮށް އެ ގައުމުގެ ސިފައިން ހިންގަމުންދާ ޖަރީމާތަކާ ބެހޭ ގޮތުން އެއްޗެއް ވިދާޅުނުވެ ހުންނެވުމަށްފަހު، ބައިނަލް އަގްވާމީ ފިއްތުންތަން ބޮޑުވެ އެންމެ ފަހުން މި މައްސަލައާ ގުޅިގެން އަންސަން ސޫކީ ވާހަކަފުޅު ދައްކަވައިފިއެވެ. ސެޕްޓެމްބަރު 19 ވީ އަންގާރަ ދުވަހު ޓީވީން ލައިވްކޮށް ދެއްކި އެކަމަނާގެ 30 މިނެޓްގެ މި ވާހަކަފުޅުން ފަސް ނުކުތާއެއް ފާހަގަ ކުރެވެއެވެ.

1. ރޮހިންޖާ މި ލަފްޒް ބޭނުން ނުކުރެއްވުން

ސޫކީގެ މުޅި ތަގްރީރަށް ބަލާއިރު ވެސް "ރޮހިންޖާ" މި ލަފްޒް ބޭނުން ކުރައްވާފައެއް ނުވެއެވެ. މިއީ އެ ގައުމުގެ ނުފޫޒް ގަދަ ބުޑިސްޓް ފާދިރީން މާ ނުރުހުންވާ ބަހެކެވެ. އެތައް ޖެނެރޭޝަނަކަށް ރަޚީން ސްޓޭޓްގައި ދިރިއުޅެމުންދާ ރޮހިންޖާ މުސްލިމުންނަކީ، ބުޑިސްޓުން ދެކޭ ގޮތުގައި އެގައުމުގެ ވަކި ނަސްލެއް ނޫނެވެ. އެއީ ގަވައިދާ ޚިލާފަށް ބަންގްލާދޭޝް އިން މިޔަންމާއަށް އެތެރެވެގެން އުޅޭ ބައެެކެވެ. ރޮހިންޖާ މި ލަފްޒް ބޭނުން ކުރެއްވުމުގެ ބަދަލުގައި އެކަމަނާ ވިދާޅުވީ:

"މި ހަމަ ނުޖެހުމުގައި ބެދިފައި ތިބި އެންމެންނާ މެދުވެސް ފުން އިހްސާސް ކުރެވޭ"، ގެދޮރު ދޫކޮށް ދާން ޖެހުނު މީހުން ވަރަށް ގިނަ. ހަމަ އެކަނި މުސްލިމުންނެއް ނޫން، ރަޚީން މީހުންވެސް އަދި އެހެން ކުދި ކުދި ނަސްލުތަކަށް ނިސްބަތްވާ މީހުންވެސް ހިމެނޭ" މިހެންނެވެ.

2. ކުށްކުރާ މީހުންގެ ވާހަކަ ވިދާޅު ނުވުން

ހަމަނުޖެހުންތައް ވަރަށް ބޮޑު ކަމަށް ސޫކީގެ ވާހަކަފުޅުގައި ވިދާޅުވިއިރު، ހަމަނުޖެހުންތައް އުފައްދާ ބައެއްގެ ވާހަކަ ސޫކީ ވިދާޅުވާން ކެރިވަޑައެއް ނުގަތެވެ. ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އުދުވާންތައް ހިންގަނީ ބުޑިސްޓް ފާދިރީންނާއި، ސިފައިން ކަމަށް އ.ދ ން ނާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ބުނި ނަމަވެސް ސޫކީގެ ވާހަކަފުޅުގައި ގޯސް ހަދާ މީހުންގެ ވާހަކަ ވިދާޅެއް ނުވިއެވެ. މިޔަންމާގެ ސިފައިން މިހިންގާ ލާއިންސާނީ އަނިޔާވެރި އަމަލުތައް ދިފާއު ކޮށް އެ ގައުމުގެ ނުފޫޒްގަދަ ޖެނެރަލުން ގެންދަނީ ވާހަކަ ދައްކަމުންނެވެ.

"ކަންބޮޑުވޭ، ހަގީގީ މައްސަލައަކީ ކޮބައިކަން ދެނެގަންނަން ބޭނުން. ދެކޮޅަށްވެސް މައްސަލައިގައި އިނގިލި ދިއްކުރެވޭ. ފިޔަވަޅެއް އެޅުމުގެ ކުރިން މި ކުރެވޭ ތުހުމަތު ތަކުގެ ހަގީގަތް ދެނެގަންނަން ޖެހޭ" ސޫކީ ވިދާޅުވިއެވެ.

3. ރެފިއުޖީން އަނބުރާ ގެންނާނަން

ދިރާސާ ކުރާ ފަރާތްތަކުން ދެކޭ ގޮތުގައި ސޫކީގެ ވާހަކަފުޅުގައި އެންމެ ހަރުދަނާ އެއްޗަކަށް ވިދާޅުވީ، ގައުމާއި ގެދޮރު ދޫކޮށް ދިޔަ މީހުންނަށް އަނބުރާ އާދެވޭނެ ކަމަށް އިޝާރަތް ކުރައްވާ ދެއްކެވި ވާހަކަފުޅެވެ. ސޫކީ ވިދާޅުވީ ވަޒަން ދޫކޮށް ދިޔަ މީހުންގެ "ވެރިފިކޭޝަން ޕްރޯސެސް" އެއް ފައްޓަވާނެ ކަމަށެވެ.

"ގެދޮރު ދޫކޮށް ބަންގްލަދޭޝް އަށް ދިޔަ މީހުން އަނބުރާ ގެނައުމަށް ގޮވާލަމުން އެބަދޭ. އެމީހުން އަނބުރާ ގެނައުމަށް މީހުން ދެނެގަތުމުގެ ޕްރޯސެސް އެއް ފެށުމަށް ތައްޔާރު" ސޫކީ ވިދާޅުވިއެވެ.

ވެރިފައި ކުރުމުގެ ކްރައިޓީރިއާ އެއް އެކުލަވާލާނެ ކަމަށް ސޫކީ ވިދާޅުވިއެވެ. އަދި އެ ގޮތުން ކާކުކަން ދެނެގަނެވޭ މީހުން އަނބުރާ އައުމަށް އެއްވެސް މައްސަލަ އެއް ދިމާނުވާނެ ކަމަށް ސޫކީ ވިދާޅުވިއެވެ. އަދި އެމީހުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކޮށްދެއްވާނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ސޫކީ މިހެން ވިދާޅުވިއިރު، ބަންގްލަދޭޝްއަށް ހިޖުރަކުރި ރެފިއުޖީންނަކީ އެމީހުންގެ ގެދޮރުގައި ހުޅު ޖެހުމުގެ ސަބަބުންނާއި، އެމީހުންނަށް ކުރިމަތިވަމުން ދިޔަ ޖިސްމާނީ އަނިޔާތަކުން ސަލާމަތް ވުމަށް އަވަސް އަވަހަށް ވަޒަން ދޫކޮށް ދިޔަ ބަޔަކަށް ވެފައި އެމީހުން ވެރިފައި ކުރުމުގައި ވަރަށް ބޮޑެތި އުނދަގޫތައް ކުރިމަތިވާނެ ކަމަށް ބެލެވެއެވެ.

4. އަމިއްލަ އަށް ބަލާ

ސޫކީގެ ވާހަކަފުޅުގައި ބައިނަލް އަގްވާމީ އޮބްޒާވަރުންނާ މުޚާތަބް ކުރައްވާ ވިދާޅުވީ، ކަން ހިނގަމުންދާ ގޮތް އަމިއްލަ ލޮލުން ދުށުމަށެވެ.

"އަހަރެމެން ދައުވަތު ދެން މައްސަލަ ޖެހިފައިވާ ސަރަހައްދުތަކަށް ގޮސް އަމިއްލަ ލޮލުން ބެލުމަށް، އަދި އަހަރެމެންނާ މަޝްވަރާ ކުރުމަށް، އަދި އެގޮތުން ދާ ދިއުމުގައި ސެކިއުރިޓީވެސް ގެރެންޓީ ކޮށްދެން" ސޫކީ ވިދާޅުވިއެވެ.

އެހެން އެކަމަނާ ވިދާޅުވިއިރު، މިޔަންމާ ސަރުކާރުންވަނީ ބައިނަލް އަގްވާމީ އޮބްޒާވަރުންނަށްވެސް އަދި ބޭރުގެ ނޫސްވެރިންނަށްވެސް ހަމަނުޖެހުން ހިނގަމުންދާ ސަރަހައްދުތަކަށް ދިއުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތި ކޮށްފައެވެ. އޭގެ އިތުރުން އިންސާނީ އެހީދޭ ފަރާތްތަކަށްވެސް އެހިސާބަށް ދެވޭނެ މަގުތައް މިޔަންމާ ސަރުކާރުން ވަނީ ބަންދުކޮށްފައެވެ.

5. މިޔަންމާ އަށް ވަގުތު ދީ

ސޫކީ ވިދާޅުވީ، މިޔަންމާގައި އޮތް އަސްކަރީ ވެރިކަމުން ގައުމު ނުކުމެ މިދާ ދިއުމާ މެދު ވިސްނުމަށެވެ. ސޫކީ ވިދާޅުވީ މިޔަންމާ އަކީ "ކޮމްޕްލެކްސް" ގައުމެއް ކަމަށެވެ.

"ބަރުމާ (މިޔަންމާ) އަކީ ކޮމްޕްލެކްސް ގައުމެއް، އެކަން އެންމެންނަށްވެސް އެނގޭ. ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި މިހުރިހާ ކަމަކަމެއް ހައްލު ކުރުމަށް މީހުން އުއްމީދު ކުރުމަކީ މި ގޮންޖެހުންތަކަށް އިތުރުވާ ދައްޗެއް" "އަހަރެމެންނަކީ އުމުރުން ހަގު ޑިމޮކްރަސީއެއް. އެތައް މައްސަލަތަކެއް އެބަހުރި..އެހުރިހާ ގޮންޖެހުންތަކެއް ތަހައްމަލު ކުރަންޖެހޭ، އެހުރިހާ ކަމަކަށްވެސް ވިސްނަން ޖެހޭ. އޭގެ ތެރެއިން އެންމެ ކަމަކަށް ނޫން ވިސްނަން ޖެހޭނީ" ސޫކީ ވިދާޅުވިއެވެ.

ސޫކީ ވިދާޅުވީ، ބައިނަލް އަގްވާމީ މުޖްމައުގެ މަންދޫބުންނާ ބައްދަލުވުމުން އޭގެ ތެރެއިން ބައެއް ކަންކަމަށް އެކަނި ފޯކަސް ކުރުމަށް ކަމަށް ބާރު އަޅާތީ އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލުހުންނަށް އޮޅިގެން ކުރެވޭ ކަންތަކުން ދައުލަތުގައި "މޮޔަ" ސިފަ ޖެހިފައި؟

ފުލުހުންނަށް އޮޅިގެން ކުރެވޭ ކަންތަކުން ދައުލަތުގައި "މޮޔަ" ސިފަ ޖެހިފައި؟

21 ޑިސެމްބަރު 2017
އަސާސީ ހިދްމަތުގެ އަގު ހެޔޮ ކުރެވޭކަށްނެތް، އެކަމަކު ހިޔާނާތެއް ފަޅާއަރާއިރު މިލިއަން ޑޮލަރު!

އަސާސީ ހިދްމަތުގެ އަގު ހެޔޮ ކުރެވޭކަށްނެތް، އެކަމަކު ހިޔާނާތެއް ފަޅާއަރާއިރު މިލިއަން ޑޮލަރު!

04 އޮކްޓޯބަރު 2017
ކުރީގެ ޑީޕީޖީ ދީބާނާޒަށް ދައުވާކުރި ގޮތަށް ބިޝާމަށް ވެސް ދައުވާ ކުރެވޭނެ!

ކުރީގެ ޑީޕީޖީ ދީބާނާޒަށް ދައުވާކުރި ގޮތަށް ބިޝާމަށް ވެސް ދައުވާ ކުރެވޭނެ!

09 ސެޕްޓެމްބަރު 2017
އަންގ ސަން ސޫކީގެ ވާހަކަ: މިޔަންމާގެ އުއްމީދު، ބަދަލުވީ ޑިކްޓޭޓަރަކަށް؟

އަންގ ސަން ސޫކީގެ ވާހަކަ: މިޔަންމާގެ އުއްމީދު، ބަދަލުވީ ޑިކްޓޭޓަރަކަށް؟

05 ސެޕްޓެމްބަރު 2017
ސަރުކާރުގެ ހިސާބުޖެހުން ގޯސް، މަސީހް ސަލާމަތްކުރެވޭނެކަމުގެ އުއްމީދެއް ނެތް!

ސަރުކާރުގެ ހިސާބުޖެހުން ގޯސް، މަސީހް ސަލާމަތްކުރެވޭނެކަމުގެ އުއްމީދެއް ނެތް!

15 ޖުލައި 2017

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު