Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ޔާމީން

ރައީސް ޔާމީންގެ ރައީސްކަމުގެ ޝަރުތު ގެއްލުނީތަ؟

ބުއްދި ހަމައަށް ހުރުމަކީ ރައީސް ކަމުގެ ޝަރުތެއް

އަލީ ޔޫސުފް
އަލީ ޔޫސުފް, ރާއްޖެ އެމްވީ | 5 އޯގަސްޓު 2017 | ހޮނިހިރު 12:05
ސަރުކާރުން ބޭއްވި ހަފްލާއެއްގައި ރައީސް ޔާމީން ބައިވެރިވަޑައިގަންނަވަނީ

ސަރުކާރުން ބޭއްވި ހަފްލާއެއްގައި ރައީސް ޔާމީން ބައިވެރިވަޑައިގަންނަވަނީ

ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ހަތަރު ވަނަ ބާބުގައި ރައީސުލްޖުމްހޫރިއްޔާގެ ޝަރުތުތައް ވަނީ ކަނޑައަޅާފައެވެ. އެ ގޮތުން ގާނޫނުއަސާސީގައި ރައީސުލްޖުމްހޫރިއްޔާގެ ޝަރުތުތަކުގެ ތެރޭގައި 109 ވަނަ މާއްދާގެ (ރ) ގައި ބުނަނީ "ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން" މިގޮތަށެވެ. ރައީސުލްޖުމްހޫރިއްޔާއަކަށް އިންތިޚާބުކުރާ މީހެއްގެ ހުންނަންވީ ޝަރުތުތަކުގެ ތެރޭގައި ބުއްދި ސަލާމަތުން ހުރުން ކަނޑައަޅާފައި އޮންނަނީ ހަމައެކަނި އިންތިޚާބަށް ކުރިމަތިލާ ފޯމު ފުރާ އިރު އެކަން ބެލުމަކަށް ނޫނެވެ. އިންތިޚާބުވުމަށް ފަހު ވެސް އެ މީހުންގެ ބޯގޮވައި ބުއްދި ސަލާމަތުން ނެތްކަން ކަށަވަރުވާ ނަމަ އެ ޝަރުތު އެމީހެއްގެ ކިބައިން ގެއްލިގެންދާނެކަމާ މެދު ދެބަސްވާނެ މީހަކު ނުހުންނާނެއެވެ. އެހެންކަމުން ދައުރުގެ މެދުތެރެއިން ވިޔަސް އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ ބޭފުޅަކު އަޒުލުކުރެވި ވެރިކަމުން ދުރުކުރަން ޖެހެއެވެ.

މިތަނުގައި މި ވާހަކަ މި ފާހަގަ މިކުރަނީ މިހާރު ވެރިކަމުގައި ހުންނެވި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަށް އެފަދަ ހާލަތެއް ކުރިމަތިވެއްޖެ ކަމަށް އެއްވެސް ރަސްމީ ހައިސިއްޔަތަކުން ކަނޑައެޅުމަކަށް ނޫނެވެ. ނަމަވެސް އެކަމާ މެދު ބަހުސްކުރެވޭ ފަދަ ވާހަކައެއް ޚުދު އެމަނިކުފާނު ވިދާޅުވުމުން ހޯއްގޮވާ މީހުން ގޮވެލިތައް ގޮވާތީއެވެ.

ދާދިފަހުން ހުޅުމާލޭގައި ޕާކްތަކެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވަނީ އަމިއްލަފުޅަށް އެކަން ހާމަކުރައްވާފައެވެ. އެކުގައި މަސައްކަތް ކުރައްވާ ސިޔާސީ ބޭފުޅުން ގޮސް އިދިކޮޅު ފަރާތްތަކާ ގުޅޭ މައްސަލާގައި އެމަނިކުފާނު ވިދާޅުވީ މިފަދައިންނެވެ.

"މީ ހަމަ ގައިމުވެސް އެކަންކަމާ ވިސްނާ ވެސް އަޅުގަނޑުގެ ސިކުނޑިއަށް އޭގެ ޖަވާބެއް ނައި އަޅުގަނޑުގެ ސިކުނޑި ގޮވާވަރުގެ ކަމަކަށް ވެއްޖެ."

ރައީސް ވިދާޅުވީ، މިހުރިހާ ތަނެއް ފެނިވަޑައިގެން ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ނަމަވެސް އެމަނިކުފާނުގެ ސިކުނޑިފުޅު ގޮއްވާލާވަރުގެ ކަންކަން ގައުމުގައި އެބަ ހިނގާ ކަމަށެވެ. އެމަނިކުފާނުގެ މުޅި ވާހަކަފުޅު އަޑުއަހާލުމުން ހަގީގަތުގައި ވެސް އެމަނިކުފާނުގެ "ބޯގޮވާފައި" ހުރި ކަމަށް ބައެއް ފަރާތްތަކުން ސިފަކުރެއެވެ.

މީގެ ކުރިން ވެސް އެމަނިކުފާނުގެ ބުއްދި ސަލާމަތުން ހުރިތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދާފައި ވެއެވެ. ހާއްސަކޮށް ފާޑުކިޔާ ފަރާތްތަކުން މި ސުވާލު އަމާޒުކުރަނީ ރައީސް ޔާމީން އެކިއެކި ހަފްލާތަކުގައި ދައްކަވާ ވާހަކަތަކާއި ވަރަށް ގާތުގައި ގެންގުޅުއްވާ ބޭފުޅުންނާ މެދު ހަމަ ކުއްލިއަކަށް ކަންތައް ކުރައްވާ ގޮތުންނެވެ. އެގޮތުން އެންމެ އިތުބާރުކުރައްވައިގެން ބޮޑެތި ކަންކަން ހަވާލުކުރާ މީހުންނާ މެދު ވެސް ހަމަކުއްލިއަކަށް އިތުބާރު ގެއްލި އެ ފަރާތްތަކަށް ހިތާމަވެރި ގޮތްތައް ވަނީ ދިމާވެފައެވެ. އެގޮތުން އެންމެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމދު ޖަމީލް އަހްމަދާއި އެންމެ އަރިހުގައި ގެންގުޅުއްވި ދެ ވަނަ ނައިބު ރައީސް އަހްމަދު އަދީބާއި އެންމެ އިތުބާރުކުރެއްވި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި އެއް އަތްފަދައިން ގެންގުޅުއްވި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނާޒިމް އަށް ވީގޮތް މިތަނުގައި ފަށަފަށައިގެން ނުކިޔަސް ރާއްޖޭގެ ރައްޔިތުންނަށް އެކަން އެނގެއެވެ. މި ލިސްޓް އަދިވެސް ވަރަށް ދިގެވެ.

ކައިރީގައި ކުރިން އުޅުއްވި ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ރައީސް ޔާމީނަކީ މީހުންނަށް އިތުބާރު ކުރެއްވުމުގައި ވަރަށް ބޮޑެތި މައްސަލަތަކެއް ހުންނަ ބޭފުޅެކެވެ. ހަމަ އެންމެ ގާތުގައި ގެންގުޅޭ މީހުންނާ މެދު ހަމަ ކުއްލިއަކަށް އިތުބާރު ގެއްލި އެ މީހަކާ މެދު ޝައްކުތައްކޮށް އެންމެ ފަހުން އެ މީހަކު އަރިހުން ދުރުކުރެއްވުމަކީ އާންމު ކަމެކެވެ. އެހެންކަމުން އެމަނިކުފާނު އަރިހުގައި މަސައްކަތް ކުރައްވާ ބޭފުޅުން ވެސް އަބަދު ތިއްބަވަނީ ހިތްބިރުގަނެފައި ކަމަށް އެފަދަ ބޭފުޅުން ވިދާޅުވެއެވެ. ހާއްސަކޮށް ވެރިކަމަށް ވަޑައިގަތް ފަހުން މިހާތަނަށް އެކި ފަރާތްތަކާ މެދު ކަން ހިނގާފައިވާ ގޮތުން ކައިރީގައި ގެންގުޅުއްވާ ކޮންމެ ބޭފުޅަކާ މެދު މާދަމާ ވެސް އެހެން ވެދާނެ ކަމުގެ ބިރު އަބަދު ވެސް އޮވެއެވެ.

ޝައްކުކުރުމާއި އިތުބާރުގެ މައްސަލައިގެ އިތުރުން ބައެއް ހަފްލާތަކުގައި އެމަނިކުފާނު ދައްކަވާފައިވާ ވާހަކަތަކުގައި ވެސް ފޫނުބެދޭ އެތައް ކަމެއް ފާހަގަކުރެއްވިފައި ވެއެވެ. އެގޮތުން އިސްލާމްދީނާ ފުށުއަރާ ވާހަކަތަކާއި ރައްޔިތުންގެ ކުރިމަތިގައި ދައްކަން ހެޔޮނުވާ ވަރުގެ ވާހަކަތައް ދެއްކެވިފައި އެބަހުއްޓެވެ. އޭގެ ތެރޭގައި ބެންކޮކް ހިލޭ އަންހެނުންގެ ވާހަކަ އާއި "މާތް ﷲ ގެ ދެ ވަނަ ދަރިކަލުން" ގެ ވާހަކަ އާއި މި ނޫން ވެސް އެތައް ވާހަކަ ތަކެކެވެ. މީގެ އިތުރުން ސިޔާސީ ގޮތުން ބައިކޮޅަށް ގެއްލުން ލިބޭ ފަދަ އެތައް ވާހަކައެއް ވެސް ދައްކަވާފައި ވެއެވެ.

ފާޑުކިޔާ ފަރާތްތަކުން ދެކޭ ގޮތުގައި ރައީސް ޔާމީންގެ އަމަލުފުޅުތައް ހުންނަނީ ހަގީގަތުގައި ވެސް އެމަނިކުފާނު ވިދާޅުވި ގޮތަށް ބޯގޮވާ ފަދަ ގޮތަކަށެވެ. އެހެންކަމުން އެމަނިކުފާނެ ސައިކޮލޮޖިކަލް ޓެސްޓެއް ހަދައި އެ ޓެސްޓްގެ ނަތީޖާ ދިވެހި ރައްޔިތުންނަށް ދެއްކުން މުހިންމު ކަމުގައި އެފަރާތްތަކުން ބުނެއެވެ. އެއީ ހަމައެކަނި ސިޔާސީ ބޭނުމަށްޓަކައެއް ނޫނެވެ. އެމަނިކުފާނާ މެދު ދެކެވޭ ވާހަކަތަކަށް ނިމުމެއް ގެނައުމަށް ވެސް އެއީ ބޭނުންތެރި ކަމެކެވެ އަނެއްކޮޅުން ރައީސްކަމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ އެފަދަ ކަމެއް ސަމާސާއަކަށް ހަދާފައި ދޫކޮށްލުމަކީ ވެސް ކޮށްގެން ވާނެ ކަމެއް ނޫނެވެ. އެހެން ކަމުން މިފަދަ މައްސަލަތަކުގައި އިސްނަގަންޖެހޭ އެއް ފަރާތް ކަމަށްވާ ރައްޔިތުންގެ މަޖިލީހުން ވެސް ރައީސްގެ ބުއްދި ސަލާމަތުން ހުރިތޯ ޔަގީންކޮށް ޝަރުތު ހަމަވޭތޯ ކަށަވަރުކުރަން އެބަޖެހެއެވެ. ރައްޔިތުން މަޖިލީހަށް އެކަން ކުރަން ނުކެރޭ ނަމަ ސުޕްރީމް ކޯޓުން ވެސް މިކަމުގައި އިސްނަގަން އެބަޖެހެއެވެ. ޚުދު އެމަނިކުފާނު ވެސް އެ ވިދާޅުވި ފަދަ ގޮތެއް އެމަނިކުފާނަށް މެދުވެރިވެފައިވާ ނަމަ އަވަހަށް ކުރީކޮޅުގައި ފަރުވާއެއް ހޯދުމަށް މަގުފަހިކުރުމަށްޓަކައި ވެސް އެއީ ވަރަށް މުހިންމު ކަމެކެވެ. އެއީ އެމަނިކުފާނަށްޓަކައި ވެސް ކަމާ ބެހޭ އިދާރާތަކުން ކޮށްދޭންޖެހޭ ކަމެކެވެ. ބުއްދި ސަލާމަތުން ހުރިކަމާ މެދު ސުވާލު އުފައްދައި އަޒުލުކުރުމަށް މަޖިލީހަށް މައްސަލައެއް ވެއްދުމުގެ ކުރިން މެޑިކަލީ އެއީ ހަގީގަތެއް ނޫންކަން ސާބިތުކޮށްދިނުމަކީ ވެސް ދައުލަތުގެ ޒިންމާއެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު