Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ޔާމީން

އަސްތާ! ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ވަންގޮތް ކޮރަޕްޝަން ހިންގުމުގެ ޒަމާނީ އުކުޅެއްބާ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާ ނުހޯދޭއިރު އެފްޕީއައިޑީގެ މައްސަލައިގެ ފައިސާ ހޯދާނީ ކިހިނެއް؟

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 6 ނޮވެމްބަރު 2017 | ހޯމަ 03:41
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަދި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހީމް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަދި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހީމް

އެމްޕީއާރްސީގެ ޚިޔާނާތުގައި އެންމެ ބޮޑު ދައުރެއް އަދާކުރި އެސްއޯއެފް ކުންފުނީގެ އެކައުންޓުން މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވެފައިވާކަން އެންމެފަހުން އެންޓި ކޮރަޕްޝަން ކޮމިޝަންގެ ތަހުގީގަށް މިވަނީ ސާބިތުވެފައެވެ. ކުރިން އެތައް ބަޔަކު ދޮގު ކުރަމުން އައި އެ ވާހަކަ އަކީ ތެދު ހަގީގަތެއްކަން މިއަދު އެންޓި ކޮރަޕްޝަން ކޮމިޝަނުން ކަށަވަރުކޮށްދެއެވެ.

ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ވަދެފައިވާކަން ތަހުގީގަށް ސާބިތުވި ނަމަވެސް އެ މައްސަލަ ނުބަލަން ނިންމައި އެ ކޮމިޝަނުން ވަނީ މައްސަލަ ފައިލްކޮށްފައެވެ. ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތިން ބަލާއިރު، އެ މައްސަލަ ތަހުގީގު ނުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަނުން ނިންމި ނިންމުމުގައި އެއްވެސް ބުރަދަނެއް ހުރިކަމަށް ދެންނެވޭކަށް ނެތެވެ.

އެ ކޮމިޝަންގެ ނިންމުމަށް ބަލައިލާނަމެވެ. އެސްއޯއެފްގެ އެކައުންޓުން ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައާ ގުޅޭގޮތުން ރައީސް ޔާމީނާއި އެމަނިކުފާނުގެ ކުރީގެ ނައިބު އަހުމަދު އަދީބު އަބްދުލްޣަފޫރާ އެ ކޮމިޝަނުން ސުވާލުކޮށްފައިވާނެ ކަމަށް އެ ނިންމުމުގައިވެއެވެ. ނަމަވެސް އެސްއޯއެފްގެ ހިއްސާދާރުން ރާއްޖެއިން ބޭރުގައި ތިބުމުން އެމީހުންނާ ސުވާލު ކުރެވޭނެ ގޮތެއް ނެތް ކަމަށް އެ ނިންމުމުގައިވެއެވެ. ހިއްސާދާރުން ރާއްޖޭގައި ނެތުމުން އެ މައްސަލަ ބެލެން ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ނިންމާފައެވެ.

ރައީސް ޔާމީންގެ އެކައުންޓަށް ޚިޔާނާތުގެ ތުހުމަތު ކުރެވޭ ކުންފުނިން ފައިސާ ޖަމާކުރި ވާހަކަ ދައްކާތީ ސަރުކާރުން މިހާރު އެންމެ އަޑަށް ބާރުލާފައި ވިދާޅުވަނީ ރައީސް މައުމޫންގެ ވެރިކަމުގައި ހިނގާފައިވާ އެފްޕީއައިޑީގެ ޚިޔާނާތުގެ މައްސަލަ ބަލައި އެ ޚިޔާނާތުން ގެއްލުނު ފައިސާ ހޯދާނެ ކަމަށެވެ. އެ ފައިސާ ހޯދަން ބަލާއިރު، އެކަމުގައި ސަރުކާރުން ތުހުމަތު ކުރާ ފަރާތްތައް ތިބީ ރާއްޖެއަކު ނޫނެވެ. އެފަރާތްތައް ތިބީ ރާއްޖެއިން ބޭރުގައެވެ. ނަމަވެސް އެ ފައިސާ ހޯދުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ނޭޝަނަލް އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަދި ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވަނީ ވިދާޅުވިއެވެ.

އެފްޕީއައިޑީ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތައް ރާއްޖެއިން ބޭރުގައި ތިއްބަސް އެ މައްސަލާގައި ދައުލަތުން ގެއްލުނު ފައިސާ ހޯދޭއިރު، ރައީސް ޔާމީންގެ އެކައުންޓަށް ވަން ފައިސާ ދައުލަތަށް ނެގޭނެ ހަމައެއް ނެތީތޯއެވެ. އެ މައްސަލަ ބެލޭނެ އެއްވެސް ހަމައެއް ނެތީތޯއެވެ.

އެސްއޯއެފްގެ އިސްވެރިން ރާއްޖެއިން ބޭރުގައި ތިއްބަސް ފައިސާ ޖަމާކުރި ގޮތުގެ ތަފްސީލުތައް ބޭންކު ސްޓޭޓްމަންޓްތަކުން އެހެރީ ފެންނާށެވެ. ގައިމުވެސް އެ ލިޔުންތައް އެހެރީ ރާއްޖެއިން ބޭރުގައެއް ނޫނެވެ. އެހެންކަމުން އެ ލިޔެކިޔުންތަކުގެ އަލީގައި އެ ފައިސާ ނުހޯދެންވީ ސަބަބެއް އެބައޮތްތޯއެވެ.

ކުށެއްގެ ތުހުމަތު ކުރެވޭ ފަރާތަކަށް ހަނު ނުހުރެވޭނެ ކަމަށް ބުނަމުން އައީވެސް ރައީސް ޔާމީނެވެ. މިއަދު އެމަނިކުފާނުގެ މައްޗަށް މިވަނީ ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައެވެ. އެހެންކަމުން ރައީސް ޔާމީން ވިދާޅުވާގޮތަށް ދަންނަވަނީނަމަ މިއަދު އެމަނިކުފާނަށް ހަނު ހުންނެވުމުގެ ޖާގައެއް ނެތެވެ. ރައްޔިތުންނަށް ޖަވާބުދާރީވާން އެބަޖެހިވަޑައިގަންނަވައެވެ. އެ ފައިސާއަކީ ކީއްކުރަން އެސްއޯއެފް އިން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި ފައިސާއެއްތޯ ވިދާޅުވާން އެބަޖެހިވަޑައިގަންނަވައެވެ. ނޫނީ އެއީ އޮޅުމަކުން އެސްއޯއެފް އަށް ޖަމާކޮށްދެވުނު ފައިސާއެއް ކަމުގައިވާނަމަ އެކަން ވެސް ރައީސް ޔާމީން ރައްޔިތުންނަށް ވިދާޅުވެދެއްވަން އެބަޖެހެއެވެ. ރައްޔިތުންގެ ކުރިމަތީގައި އެކަމާ ބެހޭގޮތުން ޖަވާބުދާރީވެ ވަޑައިނުގެން އެމަނިކުފާނަށް ހަނު ހުންނެވިގެން ނުވާނެއެވެ.

އެސްއޯއެފްގެ ހިއްސާދާރުން ރާއްޖެއިން ބޭރުގައި ތިބީތީ މައްސަލަ ނުބަލާނަމަ އެއީ ކޮރަޕްޝަންގެ އަމަލުތައް ހިންގުމަށް ހުޅުވާލެވޭ ދޮރަކަށް ނުވާނެތޯއެވެ.

މުޅި ދުނިޔޭގައި ވެސް ކޮރަޕްޝަންގެ އަމަލުތައް ހިންގަނީ ތަފާތު އެކި ގޮތްގޮތަށެވެ. ތަފާތު އެކި ވަސީލަތްތައް ބޭނުންކޮށްގެނެވެ. އެފަދަ އަމަލުތައް ހިންގާ މީހުން ޒަމާނީ އުޅުތައް ވެސް ބޭނުންކުރަމުންދެއެވެ. ރައީސް ޔާމީންގެ އެކައުންޓަށް އެސްއޯއެފް އިން އެއް މިލިއަން ޑޮލަރު ޖަމާކުރުމަކީ ކޮރަޕްޝަންގެ އަމަލުތައް ހިންގުމަށް ގެންގުޅޭ ޒަމާނީ އުކުޅަކަށް ނުވާނެތޯއެވެ. އެއީ ޒަމާނީ އުކުޅެއް ކަމަށް ބެލެވިދާނެ އެތައް ގޮތްތަކެއް އެބަހުއްޓުވެ.

މިސާލަކަށް ސަރުކާރު ކުންފުންޏެއްގައި ވަޒީފާ އަދާކުރާ މުވައްޒަފަކު އެކުންފުނީގެ ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ދައުލަތުގެ އިސް ވެރިއެއްގެ އެކައުންޓަށް ޖަމާކުރުމަށް ފަހު ރާއްޖެއިން ބޭރަށް ގޮސް ފިލުމުން، އޭނާ ފިލީތީ އެއީ އުޒުރެއްގެ ގޮތުގައި ދައްކައިގެން އެ މައްސަލަ ނުބަލަންވީތޯއެވެ. އެ ފައިސާ ލިބުނު ދައުލަތުގެ އިސްވެރިޔާގެ އަތުން އަނބުރާ އެ ފައިސާ ނުނެގެންވީތޯއެވެ.

އެހެންކަމުން ރައީސް ޔާމީންގެ އެކައުންޓަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ކުންފުންޏަކުން އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލަ ނުބެލޭނަމަ، މިދެންނެވި ފަދަ ޒަމާނީ އުކުޅުތައް ބޭނުންކޮށްގެން ކޮރަޕްޝަންގެ ވަބާ ރާއްޖޭގައި އިންތިހާ ދަރަޖައަކަށް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތެވެ. އެހެންކަމުން ރާއްޖެއިން ކޮރަޕްޝަންގެ ވަބާ ނައްތާލުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ވެސް ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާގެ ހަގީގަތް ހޯދައި އެ ފައިސާ އަނބުރާ ދައުލަތަށް ނެގޭނެ ގޮތް ހަދަންއެބަޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރެކޯޑް އަދަދަކަށް ދައުލަތަށް ފައިސާ ވަންނައިރު، މުސާރަނުދެވޭ

ރެކޯޑް އަދަދަކަށް ދައުލަތަށް ފައިސާ ވަންނައިރު، މުސާރަނުދެވޭ

02 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު