Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީން

ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ސާބިތުނުކުރެވޭނެ: ރައީސް ޔާމީން

6 ޑިސެމްބަރު 2018 | ބުރާސްފަތި 19:42

މައްސަލާގައި ސުވާލުކޮށްފިނަމަ ޖަވާބުދާރީ ވާނަން

އަމްނާ އިމާދު
އަމްނާ އިމާދު | 6 ޑިސެމްބަރު 2018 | ބުރާސްފަތި 19:42
ކުރީގެ ރައީސް ޔާމީން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ

ކުރީގެ ރައީސް ޔާމީން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ސާބިތުނުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޔާމީން ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ތަހުގީގު ކުރާ ބަޔަކު އެމަނިކުފާނާއި ސުވާލުކުރައްވަން ބޭނުންފުޅުވާނަމަ ސުވާލު ވެސް ކުރައްވަންވީ ކަމަށެވެ. އަދި އެމައްސަލައަށް އެމަނިކުފާނު ޖަވާބުދާރީވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް ޔާމީން ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައެއް އެމަނިކުފާނުގެ މައްޗަށް ސާބިތުނުކުރެވޭނެ ކަމަށާއި، އެއީ އެމަނިކުފާނާއި ގުޅުން ހުރި މައްސަލައެއް ނޫން ކަމަށެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ކޮރަޕްޝަނުގެ އަމަލުތައް ބެލުމަށް ސަރުކާރުގެ މުއައްސަސާތަކުންނާއި ރައީސް ޔާމީން ވެސް ހުރަސް އެޅުއްވި ކަމަށް ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހިމް ތުހުމަތުކުރައްވާފައިވާތީ އެކަމަށް ރައްދުދެއްވާ ރައީސް ޔާމީން ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލަތަކުން ފެންމަތިވީ ސަރުކާރުން ރިސޯޓު ހެދުމަށް ރަށްވިއްކާފައި ދައުލަތުގެ މާލިއްޔަތަށް ވަންނަންޖެހޭ ފައިސާ ނުވަދެ، އެފައިސާ އެހެންދިމާލަކަށް ދިޔަ މައްސަލަ ކަމަށެވެ. ނަމަވެސް އެމައްސަލަ ނިޔާޒު ވިދާޅުވެފައިނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ނިޔާޒު އެމަނިކުފާނާއި ބައްދަލުކުރެއްވި ކަމަށާއި، އެމްއެމްޕީއާރްސީގެ މައްސަލަތަކުގެ ތެރެއިން ފާހަގަކުރެއްވީ އެމްއެމްޕީއާރްސީން ޑޮލަރު އެހެން މުއައްސަސާތަކަށް އެގްރިމެންޓް ހެދުމަށްފަހު ވިއްކާ މައްސަލަ ކަމަށެވެ. އެގޮތުން އެމްޕީއެލުން އެމްއެމްޕީއާރްސީއާއެކު ހަދާފައިވާ އެގްރިމެންޓްގެ ވާހަކަ ހިއްސާ ކުރެއްވި ކަމަށެވެ.

"މައްސަލައަކީ އެމްއެމްއޭއިން ބައްލަވާފައި އެހިފެހެއްޓެވޭނެ މައްސަލައެއް. ޑޮލަރު ރާއްޖޭގެ ބާޒާރުން ލިބުން ދަތިވީމަ މަނީ ޗޭންޖަސް ލައިސެންސް އޮންނަ ކޮންމެ ބަޔަކަށް ޑޮލަރު ހޯދޭނެ. އެމްޕީއެލްގެ ބޯޑުގެ އަމިއްލަ ނިންމުމެއް އެއީ އެމްޕީއެލްގެ އެގްރިމެންޓެއް ހަދައިގެން އެމްއެމްޕީއާރްސީއާ އެގްރިމެންޓުން އެމުއާމަލާތް ކުރުން" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މިއީ މައްސަލައެއް ކަމަށްވާނަމަ އޮޑިޓަރ ޖެނަރަލްގެ ހައިސިއްޔަތުން މިމައްސަލަ ބަލަންޖެހޭ ކަމަށާއި، ފުލުހުންނަށް މައްސަލަ ހުށަހަޅާގެން ކަންކަން ކުރިއަށް ގެންދިއުމަކީ އޮޑިޓަރ ޖެނަރަލްގެ ގާނޫނީ ޒިންމާއެއް ކަމަށެވެ. އަދި މިމައްސަލާގައި އެމަނިކުފާނުގެ އަރިހަށްއަންނަން ނުޖެހޭ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ދައުލަތުގެ މުއައްސަސާއަކުން ބޮޑު ކޮރަޕްޝަނެއް ހިންގާއިރު ރައީސް ޔާމިނަށް އެނގޭނެ ކަމަށް ގިނަ ބަޔަކު ބުނަމުންދާތީ އެކަމަށް ރައްދުދެއްވާ ރައީސް ޔާމީން ވިދާޅުވީ މިކަން އެނގުނު ހިސާބުން ފިޔަވަޅުއެޅުއްވި ކަމަށާއި، ފިޔަވަޅު އެޅުއްވީ އެމަނިކުފާނު ކަމަށެވެ. އަދި ރައީސް އޮފީހުން މިމައްސަލާގައި ކަންކަން ކުރެއްވީ އެމަނިކުފާނުގެ އޯޑަރަށް ކަމަށާއި، އެހެން އެއްވެސް މުއައްސަސާއަކުން މިމައްސަލަ ބަލާފައިނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"އެހެންވީމަ ރައީސް އަށް އޭނގެ ފައިދާތަކެއް ލިބެ ރައީސް އަށް އެނގޭ ކަންތައްތަކެއް ކީއްކުރަންތޯ ރައީސް ފިޔަވަޅު އަޅުއްވަންވީ. އެހެންވީމަ ތިހެން ހުރި ތަހުގީގުތައް ހަމަ ކުރަންވީ. މިހާރު ވެސް އޭސީސީއަށް ހުންނާނެ ތަހުގީގު ކުރެވިފަ. އެމްއެމްޕީއާރްސީގަ ހަމަ ވަރަށް ގިނަ މައްސަލަތައް ހުންނާނެ އެސީސީއަށް ތަހުގީގު ކުރެވިފަ. އަދި މިހާތަނަށް އަޅުގަނޑުމެންނަށް ލަފާ ކުރެވޭ އެންމެ އެކިޔުރޭޓް އަދަދެއް، އެމްއެމްޕީއާރްސީން ގެއްލުނު ކަމަށް މިބެލޭ ފައިސާގެ އަދަދަކީ އެންމެ އެކިޔުރޭޓް އަދަދެއް ވެސް މިހާތަނަށް ވިދާޅުވެފަ އޮންނާނީ އޭސީސީއިން." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލަ ދިމާވެގެން މިއުޅޭ މައްސަލާގެ ވާހަކަތައް ނުދައްކަވާ އެހެނިހެން މައްސަލަތަކުގެ ވާހަކަތަކުގެ ދެއްކެވުމަށްފަހު އޮޑިޓަރ ޖެނަރަލްގެ މަގާމުން އިސްތިއުފާ ދެއްވީ ކަމަށާއި، ޒިންމާ އެއްވެސް ފަރާތަކުން ނަގާފައިނުވާ ކަމަށެވެ. އަދި މިސަރުކާރުން މިމައްސަލަ ތަހުގީގު ކުރައްވާނަމަ ފުރިހަމަ އެއްބާރުލުންދޭނެ ކަމަށާއި، އެމަނިކުފާނުގެ މައްޗަށް ކޮރަޕްޝަން އެއްވެސް ކަމެއް ސާބިތުނުކުރެވޭނެ ކަމަށް ތަކުރާރުކޮށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް