Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޓާނީ ޖެނެރަލްގެ އޮފީސް

ވަކީލުންގެ ހުއްދަ ބާޠިލު ނުވާގޮތަށް ޤާނޫނީ ޚިދުމަތުގެ ބިލު ބަދަލުކުރަނީ

6 ޑިސެމްބަރު 2018 | ބުރާސްފަތި 10:03

ޤާނޫނު ބަދަލުކުރަނީ އެއްވެސް ވަކީލެއްގެ ހުއްދަ ބާތިލް ނުވާ ގޮތަށް

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 6 ޑިސެމްބަރު 2018 | ބުރާސްފަތި 10:03
ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ހަވާލު ކުރުމުގެ ރަސްމިއްޔާތެއް ތެރެއިން

ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ހަވާލު ކުރުމުގެ ރަސްމިއްޔާތެއް ތެރެއިން

އެއްވެސް ވަކީލެއްގެ ހުއްދަ ބާތިލް ނުވާނެ ގޮތަށް "ގާނޫނީ ޚިދުމަތުގެ ބިލް" ބަދަލު ކުރަން ނިންމާފައިވާ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގާނޫނީ ޚިދުމަތުގެ ބިލް މިހާރު އޮތްގޮތުން ބައެއް ވަކީލުން ތިން އަހަރުގެ ތެރޭގައި އަލުން ޑިގްރީއެއް ހާސިލް ނުކޮށްފި ނަމަ، ވަކީލު ކަމުގެ ހުއްދަ ބާތިލުވެއެވެ.

ގާނޫނީ ޚިދުމަތުގެ ބިލަށް ވަރަށް ގިނަ ގާނޫނީ ވަކީލުންނާއި ދީނީ އިލްމުވެރިންގެ ފާޑުކިޔުންވެސް އަމާޒުވިއެވެ.

ބަންޑާރަ ނައިބު ވިދާޅުވީ ޤާނޫނީ ޚިދުމަތުގެ ބިލާއި ގުޅިގެން ގާނޫނީ ވަކީލުންނާއި އާންމު ފަރާތްތަކުން ހުށަހަޅާފައިވާ ޝަކުވާތައް ބަލާފައިވާ ކަމަށެވެ.

އެގޮތުން ޝަކުވާތަކަށް ބެލުމަށްފަހު ސައުދީ އަރަބިއްޔާ އާއި އެނޫންވެސް އިސްލާމީ ގައުމުތަކުގައި ގާނޫނީ ވަކީލުންގެ ކަންކަން ތަންފީޒު ކުރަމުންދާ ގާނޫނުތައް ދިރާސާކޮށް ނިމިފައިވާ ކަމަށް ބަންޑާރަ ނައިބު ވިދާޅުވެފައިވެއެވެ.

އެހުރިހާ ކަމަކަށް ބެލުމަށްފަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ "ގާނޫނީ ޚިދުމަތުގެ ބިލް" ފާސްވާއިރު، ހަމައެކަނި ޝަރީޢާ އިސްލާމިއްޔާ ކިޔަވާފައިވާ ފަރާތްތައްވެސް ހިމެނޭގޮތަށް، މިހާރުވެސް ވަކާލާތު ކުރުމުގެ ހުއްދަ އޮތް ފަރާތްތައް، އިތުރުކަމެއް ފުރިހަމަ ކުރުމަކާއ ނުލާ ދެމި އޮންނާނެ ކަމަށް ބަންޑާރަ ނައިބު ވިދާޅުވެފައިވެއެވެ.

ވަކީލުން ރެގިއުލޭޓް ކުރުމާ ބެހޭގޮތުން ސަރުކާރުން ހުށަހެޅި ގާނޫނީ ޚިދުމަތުގެ ބިލް އޮތްގޮތުން އެ ބިލް ގާނޫނަކަށް ވުމާ އެކު ވަކީލުން ރެގިއުލޭޓްކޮށް، ބަލަހައްޓާނީ ވަކީލުން އިންތިޚާބުކުރާ ބާރ އެސޯސިއޭޝަނަކުންނެވެ.

ހަމައެކަނި ޝަރީއާ ކިޔަވައިގެން ރާއްޖޭގައި ގިނަ ބަޔަކު ގާނޫނީ ވަކީލުކަން ކުރެ އެވެ. އާންމުކޮށް އިސްލާމިކް ޔުނިވާސިޓީތަކުގައި ކިޔަވައިދެނީ ހަމައެކަނި ޝަރީއާ އެވެ. އެގޮތުން މަދީނާ ފަދަ ގައުމުތަކުން ތައުލީމް ހާސިލް ކޮށްފައިވާ މީހުން ޤާނޫނު ކިޔަވާފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

01 އެޕްރީލު 2017

"އަމިއްލަ ނަން ކިއުމުގެ ހުއްދަ އެބައޮތްތޯ" މައުމޫނު ސުވާލުކުރައްވައިފި

01 އެޕްރީލު 2017
"އަމިއްލަ ނަން ކިއުމުގެ ހުއްދަ އެބައޮތްތޯ" މައުމޫނު ސުވާލުކުރައްވައިފި
31 މާރިޗު 2017

ހުއްދަ ނުހޯދައި އޮފީހަށް ވަދެ، ގެއްލުންދިން މީހުން މައްޗަށް ދައުވާ ކުރާނަން: ރައީސް މައުމޫން

31 މާރިޗު 2017
ހުއްދަ ނުހޯދައި އޮފީހަށް ވަދެ، ގެއްލުންދިން މީހުން މައްޗަށް ދައުވާ ކުރާނަން: ރައީސް މައުމޫން
23 މާރިޗު 2017

އަލަށް ޓެކްސީ ހުއްދަ ހޯދުމުގެ ފުރުސަތު މުއްދަތެއް ނެތްގޮތަށް އިތުރުކޮށްފި

23 މާރިޗު 2017
އަލަށް ޓެކްސީ ހުއްދަ ހޯދުމުގެ ފުރުސަތު މުއްދަތެއް ނެތްގޮތަށް އިތުރުކޮށްފި
21 މާރިޗު 2017

ހުއްދަ ނެތި ވެކްސިން އެތެރެ ނުކުރަން އިލްތިމާސްކޮށްފި

21 މާރިޗު 2017
ހުއްދަ ނެތި ވެކްސިން އެތެރެ ނުކުރަން އިލްތިމާސްކޮށްފި
19 މާރިޗު 2017

އިތުރު ޓެކްސީތަކަށް ހުއްދަ ދޭން ނިންމައިފި

19 މާރިޗު 2017
އިތުރު ޓެކްސީތަކަށް ހުއްދަ ދޭން ނިންމައިފި
14 މާރިޗު 2017

ފީއަލީ ކައިރީގައި ފިލްމް މަންޒަރެއް ނެގޭނީ ހުއްދަ ނަގައިގެން ކަމަށް ކަނޑައަޅައިފި

14 މާރިޗު 2017
ފީއަލީ ކައިރީގައި ފިލްމް މަންޒަރެއް ނެގޭނީ ހުއްދަ ނަގައިގެން ކަމަށް ކަނޑައަޅައިފި
09 މާރިޗު 2017

އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި

09 މާރިޗު 2017
އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި
19 ފެބުރުއަރީ 2017

ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

19 ފެބުރުއަރީ 2017
ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް