Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓެކްސީ ހުއްދަ ދޫކުރުން

އަލަށް ޓެކްސީ ހުއްދަ ހޯދުމުގެ ފުރުސަތު މުއްދަތެއް ނެތްގޮތަށް އިތުރުކޮށްފި

ފުރުސަތު އިތުރުކުރީ ގިނަބަޔަކު އެދެމުންދާކަމަށް ބުނެ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 23 މާރިޗު 2017 | ބުރާސްފަތި 17:52
ޓެކްސީ: މިހާރު ވަނީ ހުއްދައަށް އެދުމުގެ ފުރުސަތު އިތުރު ކޮށްފައި

ޓެކްސީ: މިހާރު ވަނީ ހުއްދައަށް އެދުމުގެ ފުރުސަތު އިތުރު ކޮށްފައި

މިހާރު ޓެކްސީ ކުރަމުންދާ ޓެކްސީތަކުގެ އިތުރުން އިތުރު ކާރުތަކަށް ޓެކްސީ ކުރުމުގެ ހުއްދަ ދޫކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ހުޅުވާލި ފުރުސަތު މުއްދަތެއް ނެތްގޮތަށް އިތުރުކޮށްފިއެވެ.

އެއޮތޯރިޓީން މިދިޔަ އާދީއްތަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ މާލޭގައި ދުއްވާ ޓެކްސީގެ އަދަދު މަދުވުމާ ގުޅިގެން އެ ޚިދުމަތް އެންމެ އެދެވޭ ގޮތަށް އާންމުންނަށް ނުދެވޭތީ، އެކަން ހައްލު ކުރުމުގެ ގޮތުން ޓެކްސީ ކުރުމުގެ ޝަރުތުތައް ފުރިހަމަވާ އުޅަނދުތަކަށް ޓެކްސީ ހުއްދަ ދޭގޮތަށް ފުރުސަތު ހުޅުވާލާ ކަމަށެވެ.

އެ އޮތޯރިޓީން އެދުވަހު ކުރި އިއުލާނުގައި ބުނެފައި ވަނީ މި މަހުގެ 26 ވަނަ ދުވަހުގެ ކުރިން ޓެކްސީ ކުރުމުގެ ހުއްދައަށް އެދި ހުށަހަޅަން ވާނެ ކަމަށެވެ. ނަމަވެސް ބުރާސްފަތި ދުވަހު އެއޮތޯރިޓީން ވަނީ އިއުލާނެއް ނެރެ އެފުރުސަތު ވަކި މުއްދަތެއް ނެތްގޮތަށް އިތުރުކޮށްފައެވެ.

އެއޮތޯރިޓީން ބުނީ އެގޮތަށް ނިންމީ ގިނަ އަދަދެއްގެ ބަޔަކު ޓެކްސީ ހުއްދައަށް އެދެމުންދާތީ ގިނަ ފަރާތްތަކަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

ޓެކްސީ ގަވާއިދުގައިވާ ގޮތުންނަމަ، ޓެކްސީ ކުރާ އުޅަނދުގައި “TAXI” މިގޮތަށް ލިޔެފައިވާ ބޯޑެއް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވާ ގޮތަށް ދިއްލޭ ގޮތަށް ޓެކްސީގެ ކުރިމަތިން ފެންނަން ހުންނަ ގޮތަށް ހަރުކޮށްފައި ހުންނަން ވާނެއެވެ. އަދި އެ އުޅަނދަކީ އުފެއްދި ތާރީޚުން ފެށިގެން 10 އަހަރު ނުވާ ހަތަރު ފުރޮޅުލީ ޖާގައިގެ ގޮތުން ތަނަވަސް ޑިކީ ހުރި ކާރު ކަމުގައި ވެސް ވާން ޖެހެ އެވެ.

އަލަށް އެކުލަވާލި ޓެކްސީ ގަވާއިދުގައިވާ ގޮތުގައި ޓެކްސީ ކުރުމުގެ ހުއްދައިގެ އަގަކީ 50،000 ރުފިޔާ އެވެ.

ޓެކްސީ ޤަވާއިދަށް ގެނައި ބަދަލުގެ ސަބަބުން ޓެކްސީ ކުރުމުގެ ހުއްދައިގެ އަގު ބޮޑުވުމާއި ގުޅިގެން ބައެއް ޑްރައިވަރުން ވަނީ ފާޑު ކިޔާފައެވެ.

މިހާރު ވަނީ ސައިކަލް ޓެކްސީވެސް ތައާރަފްކޮށް އެޚިދުމަތް ލިބޭނޭގޮތް ހަދާފައެވެ

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު